Sunday, August 5, 2012

ބޮޑުބޭބެއަކީ ވަހުޝީކަމުން ހައްދުފަހަނައަޅައިފައިވާ ޝައިޠާނެއް

އަޅުގަނޑަކީ އުމުރުން 17 އަހަރުގެ ކިޔަވާ ކުއްޖަކީމެވެ. ކިޔުންތެރިންނަށް އަޅުގަނޑު މިހުށަހަޅާލަނީ އަޅުގަނޑާއި އަޅުގަނޑުގެއާއިލާ ޔަތީމުވެ އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތް ބަނަކޮށްލި ހަޤީޤީ ހިތާމަވެރި ޙާދިސާއެއްގެ ވާހަކައެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންވަނީ ނަފްސާނީ ބަލިމަޑުކަމެއްގެތެރޭގައި އުމުރަށް ހިތާމަކުރަންޖެހިފައެވެ.

އަޅުގަނޑުގެ ބައްޕައާއި ބޮޑުބޭބެއަކީ ޅަދުވަހުންފެށިގެން އެކަކު އަނެކެއްގެ ދުޝްމަނެކެވެ. މިކަން ފެށިފައިވަނީ ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން ބިން ދޫކުރި ފަހަރެއްގައި،  ބޭބެ އަށް ބިމެއް ލިބުމުންނެވެ. ބޭބެގެ ތަނަވަސްކަން ނެތުމުގެ ސަބަބުން އަޅުގަނޑުގެ ބައްޕަ އާއިދެމީހުން އެއްބަސްވުމެއްގެ މަތިން ބޭބެއަށް ލިބުނުބައި ބައްޕަ އިމާރާތް ކުރިއެވެ. ވެވުނު އެއްބަސްވުމަކީ ގެ ހަދައި ނިމުމުން ގޭގެ ދެބައިކުޅައެއްބައި ބައްޕައަށް މިލްކުކޮށްދިނުމެވެ. ވަރަށް ގިނަދުވަސްތަކެއްގެ ބުރަ މަސައްކަތާއިއެކު ބައްޕަ ގެ އިމާރާތްކޮށް ނިންމީ ބޭބެގެ އެއްވެސް އެހީތެރިކަމަކާއި ނުލައެވެ.

މާގިނަދުވަސްތަކެއްނުވެ ބޭބެގެ ދަރިން ގިނަވެ ގެދޮރުގެ ދަތިކަންމެދުވެރިވުމާއި ގުޅިގެން ބޭބެގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. ބޭބެ އޭނާގެ ކޮއްކޮ ( އަޅުގަނޑުގެ ބައްޕަ ) އަށް ދޭޚިޔާލު މުޅިން ދޫކޮށްލައިފިއެވެ. މިކަމުގެ ސަބަބުން ބައްޕަގެ ހިތުގައި ބޭބެގެ މައްޗަށްއޮތް ހަސަދަވެރިކަން އިތުރުވެ މި ނިކަމެތި އާއިލާގެތެރޭގައި ފިތުނައިގެ އަލިފާންގަނޑު ވަރުގަދައަށް ރޯވެ އަނދަންފަށައިފިއެވެ. ބައްޕައާއި ބޮޑުބޭބެ އަރައިރުންވާން ފަށައިފިއެވެ.

ގެ އިމާރާތްކުރުމުގެކުރިން ބައްޕައާއި ބޭބެ އެއްބަސްވުމުގެ މަތިން ބައްޕައަށް ލިބިފައިވާބައި އަތުލެވޭތޯ ބޭބެ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ބަދަލެއް ނުކުރެވުނެވެ. މިކަމާއި ގުޅިގެން ބޭބެގެ ލޭ ދުވަހެއް ދުވަހަކަށްވުރެ ހޫނުވަމުންއައިސް ބައްޕަގެ މުދަލަށް ގެއްލުންދީ ބައްޕަގެ ފުރާނަ ދުއްވާލާނެ ކަމުގެ އިންޒާރު ބޭބެ ބައްޕަ އަށް ދީފިއެވެ. މިފަދަ އިންޒާރުތަކުގެތެރޭގައި '' ޕެޓްރޯލް އަޅާ ކަލޭގެ މުދާ ހުޅު ޖަހާނަށް'' މިފަދަ ރަހުމު ކުޑަ އިބާރާތްތައްވެސް ބުނެފައިވެއެވެ.

އަޅުގަނޑުގެ ބައްޕައަކީވެސް ރުޅިގަދަމީހެކެވެ. ފިތުނައިގެތެރެއިން މިހިނގައިދާހުރިހައިކަމެއް ، ކަމާބެހޭފަރާތަށް ބައްޕަދިޔައީ ކިޔައިދީ އަންގަމުންނެވެ. އެއްބަސްވުމުގެ ދަށުން ގެ ބެހިފައިވާ ގޮތާއިމެދު ބައްޕަ ރުހޭއިރުވެސް ، އަޅުގަނޑުގެ ބައްޕަގެމުދަލަށް ބޭބެ ގެއްލުންދޭނެ ވާހަކައާއިމަރުގެ އިންޒާރުތައް ދެމުންދާކަމުގެ ޚަބަރުތައް ރަށުގައިތިބި ކަމާއިބެހޭ ފަރާތްތަކަށް ބައްޕަދިޔައީ އަންގަމުންނެވެ.

މިދެންނެވި އުސޫލުގެ މަތިން ކަންތައްތައް ހިނގަމުން ދަނިކޮށް، އެއްދުވަހަކު ބައްޕަ މަސައްކަތުން އަވަދިވެގެން އައިތަނާ ބޭބެ ނުކުމެ އިންޒާރުދީފިއެވެ. '' ކަލޭ މިއަދު އަހަރެންގެ ގެއިން ނުކުންނާށެވެ. ނޫންނަމަ ކަލެއަށް މިގޭގައިވެސް ، އަދި ދުނިޔޭގައިވެސް އުޅެވޭނެ އެންމެފަހުދުވަހު މިގޭގައި މަޑުކުރާށެވެ. ކަލޭ ނިދީމާ އަހަރެން ކަލޭގެ ކޮޓަރިއާއިއެއްކޮށް  ހުޅުޖަހާނަމެވެ.  '' މިހުރިހާވާހަކަތަކެއް އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދިން ނަމަވެސް ބައްޕަ ހުރީ ގެއިން ނުކުންނަ ޚިޔާލަކުނޫނެވެ. ނަމަވެސް އެދުވަހުގެ އެގަޑީގައި ފެންވަރައިގެން ދިޔަގޮތަށް ރޭގަނޑުވީއިރުވެސް ބައްޕަ ގެޔަކަށް ނާދެއެވެ. ބައްޕައެދުވަހު ކެއީވެސް ބޮޑުދައިތަގެ ގެއިންނެވެ. މިހުރިހާކަމެއް ތަފްސީލުކޮށް ބޮޑުދައިތައަށްކިޔައިދިންކަމުގައި ބައްޕަ ބުންޏެވެ. އެވަގުތު ބޮޑުދައިތަވެސް އެކަމާއި ނުރުހުންވި ކަމަށް ވެއެވެ.

މިކަމާއިގުޅިގެން ބޮޑުދައިތަގެގެއަށް ބައްޕަ އައުމަށާއި ، ފޮށިތަންމަތި ވެސް ގެނައުމަށް ބޮޑުދައިތަ އެދުނެވެ. ނަމަވެސް ބޮޑުދައިތަގެގެއިންކައިގެން ބައްޕަ ހިނގަމުން ހިނަގަމުދެން ނުކުތީ އަތިރިމައްޗަށް ކަމުގައި ބައްޕަ ބުންޏެވެ.  އެރޭ ގަޑިން އެގާރަޖެހިއިރުވެސް ބައްޕަ އުޅުނީ ގެއަށް ނުގޮހެވެ.
 
އަތިރިމަތީގައި އުޅުމަށްފަހު ގެއަށް ދެވުނުއިރުމެންދަމު އެކެއްޖަހައިފިކަމަށް ވެއެވެ. އޭރު ބައްޕަގެ ބޮޑުބޭބެ އާއި އޭނާގެ ފިރިހެން ދަރިފުޅު ގޭގެ ސިޓިންރޫމުގައި ތިއްބެވެ. ބައްޕަ ގެއަށްވަދެ ފެންވަރައިގެން ނިދައިފިންކަމަށް ބައްޕަ އަޅުގަނޑަށް ކިޔައިދިނެވެ. ދެން ބައްޕައަށް ކުއްލިއަކަށް ހޭލެވުނީ ވަރަށް ފިނިއެއްޗެއް ގައިގައި ޖެހިގެންނެވެ. ބައްޕަ ލޯހުޅުވާ ރަނގަޅަށް ބަލައިލިއިރު ދޮރާއި ދިމައިން އަލިފާން ހުޅުގަނޑު ބައްޕަގެ ގަޔާއި ދިމައަށް އަންނަނީއެވެ. އޭރު މުޅި ކޮޓަރީގައިވަނީ ޕެޓްރޯލުން ކޯރު ހެދިފައެވެ.  ބައްޕައަށް ރަނގަޅަށް ނުތެދުވެވެނީސް ބައްޕަގެ މުޅި ހަށިގަނޑުގައި އަލިފާން ރޯވެ މުޅިތަން އަނދައިފިއެވެ. ބައްޕަގެގައިގާ އަލިފާން ރޯވެފައިހުއްޓާގޮސް ދޮރުގައިޖެހިގަނެ ދޮރު ދުއްވާލާފައި ބޭރަށް ނުކުތެވެ. އޭރު ދޮރުން ދެބައިކުޅައެއްބައިވަނީ އަނދައިފައެވެ. ދެން ބައްޕަ ހަލޭއްލަވަންފެށިއެވެ. ދުވެފައި ބޭރަށް ނުކުމެވުނުއިރު ބައްޕަގެ މުޅިހަށިގަނޑު އެއްކޮށް އަނދާފިހިއްޖެކަމަށް ބައްޕަ ބުންޏެވެ. އޭރުބޭބެއާއި ބޭބެގެ އަންހެނުންނާއި ދަރީން ގެއިން ބޭރުގައިތިއްބެވެ. އޭރުވެސް ނިއްވައިދޭކަށް ނޫޅެއެވެ. އަވަށު އެންމެން ނުކުތްއިރުވެސް ބައްޕަ ހުރެގެން ހަޅޭކުގެ އަޑުން ރޮނީއެވެ. މުޅިމީހާގެ ގައިގާ ނުފިހޭކަށް ތަނެއް ނެތެވެ. ގައިގާ ރޯވެފައިވާ އަލިފާންގަނޑު އޭރުވެސް ނުނިވޭކަމަށް ބައްޕަ ބުންޏެވެ. އެތަނުން ކައިރިގެއެއްގެ މީހަކު ގޯންޏެއް އަޅާ ބައްޕަގެ ގައިގާ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފިއެވެ. އަނިޔާވެރިކަމުން ފުރިފައިވާ ބޭބެ އޭރުވެސް  ، ކޮއްކޮއަނދާ ވާނެގޮތެއް ވަންދެން ބަލަހައްޓައިގެ ހުއްޓެވެ. އަލިފާންގަނޑު ބައްޕަގެ ގައިން ނިއްވާލެވުނުއިރު ބައްޕަގެ ހަށިގަނޑުން %95 ވަނީ އަނދައި ފިހިއްޖެއެވެ.

ނައިފަރު ހޮސްޕިޓަލުގައި ބައްޕަ އޮތްއިރު ބައްޕަ ވަރަށް ރަނގަޅަށް ވާހަކަ ދައްކައެވެ. އެކަމަކު އޭރުވެސް ބައްޕަގެ ހާލަތު ވަރަށް ދަށެވެ. ބައްޕަ އޭރުވެސް އެދެމުން ދިޔައީ ބޭބެ ގެނެސް ދިނުމަށެވެ. ނަމަވެސް ގޮވައިލަންވެސް ނާންނަކަމަށް ބައްޕަ އަޅުގަނޑަށް ކިޔައިދިނެވެ. ބައްޕަގެ ކުށެއްއޮތްނަމަ  ބޭބެގެ ކިބައިން މަޢާފަށް އެދުމަށާ ފަހުވަގުތު ދެކިލުމަށް ބޭނުންވެގެން ވާޙާލު ، ކޮއްކޮގެ ގާތަށް އައުމަށް އެދުނު އެދުންވެސް ޤަބޫލެއް ނުކުރިއެވެ. ދެން ބައްޕަގެ ޙާލު މާބޮޑަށް ދެރަވެގެން  3 ވަނައަށް އޮތްދުވަހު ހަވީރުމާލެ ގެނެގޮސްފިއެވެ.

ބައްޕަގެ އެހީތެރިއަކަށް ދިޔައީ ކާފައާއި، ބައްޕަގެރައްޓެއްސަކާއި ޅިޔަނެކެވެ. އެއީ މިތިންމީހުންނަކީ ބައްޕަގެ ހާލަތު ރަނގަޅަށް އެނގޭ ތިންމީހުންނަށް ވާތީއެވެ. ނަމަވެސް މިމީހުން މިހާރުވެސް މިހާދިސާ ސިއްރު ކުރެއެވެ. މާލެ ގެންދިޔަރޭގައި ބައްޕަ ވަރަށް ގިނަމީހުންނަށް ވަޞިއްޔަތްކޮށް ހެދިއެވެ. މީގެ ދެދުވަސްފަހުން އަޅުގަނޑުގެބައްޕަ މިއަނިޔާވެރި ދުނިޔެ ދޫކޮށް ފިއެވެ. '' އިސްވެ ދިޔަވާހަކަތައް އަލުގަނޑު މިލިޔުނީ މިހާދިސާއަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދީފައިވާގޮތަށެވެ.''

ބައްޕަ މަރުވިއިރު، ބައްޕަގެ ހަތަރު ދަރިން ތިއްބެވެ. އެއީ އަޅުގަނޑާއި، އަޅުގަނޑުގެ ހަގަށް 9 އަހަރާއި 10 އަހަރުގެ ދެއަންހެން ކުދިންނާއި، އުމުރުން ނުވަމަހުގެ ކުޑަފިރިހެން ކުއްޖެކެވެ.  އަޅުގަނޑުގެ އުމުރަކީ އޭރު 12 އަހަރެވެ. އަޅުގަނޑުގެ މަންމައަކީ ކަންކަމާ ފިކުރުބޮޑުވާ މީހެއްކަމުން ބައްޕަގެ މަރުގެ ޚަބަރު ލިބުމާއިއެކު މަންމަ ހޭނެތުނެވެ. ހޭވެރިކަންވީއިރު މަންމަގެ ހަމަބުއްދިވަނީ ފިލައިގޮސްފައެވެ. މިކަމާއި ގުޅިގެން އަޅުގަނޑުގެ މަންމައަކީ މިއަދާއިޖެހެންދެން ހަމަބުއްދީގައިވާ މީހެއްނޫނެވެ. އަނިޔާވެރިކަމުން ފުރިގެންވާ ބޮޑުބޭބެގެ ނަންލިބިގެންވާ މިނުބައިމީހާ މިވަރުން ހިތްފުރުނީއެއް ނޫނެވެ. އޭނާގެ މަކަރުވެރި އަނިޔާވެރިކަމުގެ ވަކިތަކުން އަޅުގަނޑުމެން ޔަތީމު ހަތަރުކުދިންމެ ޝިކާރަކޮށްފިއެވެ.

ބައްޕަމަރުވިތާ އެއްއަހަރު ފަހެވެ. މަންމައަކީ ހޭބުއްދި ނެތް މީހަކަށްވާތީ އަޅުގަނޑު ނައިފަރަށް ފޮނުވާލައިފިއެވެ. ނައިފަރުގެ ބަނދަރަށް ދޯނިގާތްކޮށްލުމާއިއެކު އަޅުގަނޑު ފައިބައިފީމެވެ. ދާނެތަނެއް ހަވާލުވާނޭ މީހަކު ނެތިފައިހުއްޓާ މީހަކުއައިސް ކާފަގެ ގެއަށް އަޅުގަނޑު ގެންގޮސްފިއެވެ. ބައްޕަގެ ދަރިންތައް ބަލައިދިނުމަށް ބައްޕަވަނީ ކާފައަށް ވަޞިއްޔަތްކޮށްފައެވެ. އެހެންކަމުން ކާފަ އަޅުގަނޑު ގެންދިޔައީ ބޮޑުދައިތަގެ ގެއަށެވެ.

ނައިފަރު ސުކޫލަށް އަޅުގަނޑު ވެއްދިއިރު އަޅުގަނޑު އުޅެމުންއައީ ބޮޑުދައިތައާއިއެކު އޭނާގެ ފިރިމީހާގެ ގޭގައެވެ. މާގިނަދުވަސްތަކެއްނުވެ ބޮޑުދައިތަގެ ދެމަފިރިންގެ މައްސަލައެއްގައި އަޅުގަނޑު އެގެއިން ބޭރުކޮށްލައިފިއެވެ. މިހިސާބުން ދެން އަޅުގަނޑަށް މަޖުބޫރުވީ ކާފަގެ ގޭގައި އުޅޭށެވެ. ބައްޕަގެ އާއިލާގައި ތިބެނީ އެއްބަނޑުއެއްބަފާ ފަސްމީހުންނެވެ.  އޭގެތެރެއިން ބޮޑުދައިތަ އުޅެނީ ކާފަގެގޭ ގައެވެ. ބޮޑުދައިތަ އަޅުގަނޑާއިމެދު ކަންތައްކުރަމުން އައީ ރަނގަޅަށެވެ.

ބައްޕަ މަރުވުމުގެ ކުރިން ވަނީ ބައްޕަގޭގެ ލިޔުންތަކާއި ރެޖިސްޓްރީ ރައްޓެއްސަކާއި ހަވާލުކޮށްފައެވެ. އަދި މިތަކެތި އަޅުގަނޑަށް ރައްދުކޮށްދިނުމަށްވެސް އޭނާއަށް ވަޞިއްޔަތްކޮށްފައިވެއެވެ. އަދި އެލިޔެކިޔުންތައް އަޅުގަނޑުއަތުގައި ބެހެއްޓުމަށާއި، އެކަން އެއްވެސްމީހަކަށް ނޭންގުމަށާއި، ނުވެސް ދިނުމަށް ވެސް ބައްޕަ އަޅުގަނޑަށް ވަޞިއްޔަތްކޮށްފައިވެއެވެ. އެއީ ކިއްވެތޯ ސުވާލުކުރުމުން ބައްޕަ ބުންޏެވެ.'' ބައްޕަގެ އާއިލާއަކު ދަރިފުޅުމެންނަށް ހެޔޮއެދޭ މީހަކު ނުތިބޭނެއެވެ.''

ދުވަސްތައް މާޒިވަމުން ދިޔައިރު ބައްޕަ ދެއްކިވާހަކަތަކާއި ކުރިވަޞިއްޔަތްތަކަށް އަޅުގަނޑަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭރު އަޅުގަނޑަކީވެސް އުމުރުން ހަގު ކުއްޖަކަށްވާތީއެވެ.  މާބޮޑު ފިކުރެއްނެތި ގޭގެ ލިޔެކިޔުންތައް އަޅުގަނޑުއަތުގައި ހުރިވާހަކަ ބޮޑުދައިތަގާތުގައި ބުނެވިއްޖެއެވެ. އެދުވަހުން ފެށިގެން ދައްތަ އަޅުގަނޑަށް ނަސޭހަތްތެރިވާން ފެށިއެވެ. އަޅުގަނޑުމެންހަތަރު ކުދިންގެ މައްޗަށް ގެރަޖިސްޓްރީ ކުރަމާ ހިނގާށެވެ. ދައްތަގެ މިވާހަކަތަކަކީ ތެދުކަމަށް ހިތައި މިތަކެތި ދައްތައާ އަޅުގަނޑު ހަވާލުކޮށްފީމެވެ. މިހިސާބުން ދައްތަ(ބޮޑުދައިތަ) ބޭނުންވީ ކަންތައް އަޅުގަނޑުގެ ފަރާތުން ފުދުނީކަމަށް ހީވަންފެށިއެވެ. ދައްތަ އަޅުގަނޑާއިމެދު ކަންތައްކުރަމުން އައިގޮތް މުޅިންބަދަލުވެ ގޯސްވެއްޖެއެވެ.

ދުވަސްކޮޅަކަށްފަހު އަޅުގަނޑުގެ ހަގަށްތިބި ދެކޮއްކޮ ނުބެލިގެން ، މަންމަ އެދެކުދިންވެސް ނައިފަރަށް ފޮނުވާލައިފިއެވެ. މިދެކުދިން ނައިފަރަށް ގެނައުމުގައި އެންމެ ބޮޑު ބާރެއް އަޅާފައިވަނީ އަޅުގަނޑުގެ ބައްޕަގަޔަށް ޕެޓްރޯލް އަޅާރޯއްކޮށްލައި މަރާލި ބައްޕަގެ ޤާތިލް ކަމަށްވާ ،ބައްޕަގެ ބޮޑުބޭބެ އެވެ. މީނާގެ މަކަރުވެރިކަމުގައި ، ކޮއްކޮމެންނަށް ކިޔަވައިދޭންކަމަށް ބުނެ މަންމަގެ ލޮލުގައި އަނދުންއަޅުވައި ، އެތައް ބަހަނާތަކެއް ދައްކައިގެން އަޅުގަނޑުގެ 2 އަންހެންކޮއްކޮ ގެނެސް އޭނާގެ ގޭގައި ބަހައްޓައިފިއެވެ. މިދެކުދިންނަކީ އަޅުގަނޑާއިއެއްބަނޑުއެއްބަފާ ދެކުދިންކަމުން އަޅުގަނޑުދެކެ އެދެކުދިން ވަރަށްލޯބިވެއެވެ. ދިމާވާ ކޮންމެކަމެއް މިދެކުދިން އަޅުގަނޑަށް ކިޔައިދެއެވެ. ބޮޑުބޭބެގެ މަކަރުވެރިނުބައި  ރޭވުންތައްއޭރު އަޅުގަނޑަކަށް ނުވިސްނެއެވެ.

އަޅުގަނޑުގެ ދެއަންހެންކޮއްކޮ ބޮޑުބޭބެގެ ގެއަށް ގެނައި ދުވަހުން ފެށިގެން ކޮއްކޮމެންނަށް ގޭތެރޭގައި ދިމާވާ ކޮންމެ ކަމެއް އަޅުގަނޑަށް ކިޔައިދެއެވެ. ބޮޑުބޭބެ ވަރަށްގިނައެއްޗެހި ދޭކަމަށާއި ، ބޮޑުބޭބެގެ ކޮޓަރިއަށް ބޭބެގެ ދަރިންނަށް ވަނުމުގެ ހުއްދަ ނެތްއިރުވެސް އަޅުގަނޑުގެ ދެކޮއްކޮއިންނަށް ވަނުމުގެ ހުއްދަ އޮންނަ ވާހަކައެވެ. ބޮޑުބޭބެ ކޮއްކޮމެންނާ ގައިގޯޅިވެ އުޅޭވާހަކައާއި، ގައިގަ އަތްލައި އުޅޭ ވާހަކައެވެ. ރޭގަނޑު ދަންވަރު ކޮއްކޮމެންގެ ކޮޓަރިއަށް ބޮޑުބޭބެ ވަންނަން އުޅޭ ވާހަކަ އާއި، ބައެއްރޭރޭ ކޮޓަރިއަށް ވަންނަވާހަކައެވެ. އަދިވަދެ ބައެއްރޭރޭ  މިދެ އަންހެން ކުދިންނަށް ބިރުދައްކާ އަނިޔާކޮށް އެދެކުދިންގެ އިއްފަތްފޭރިގަތްގޮތުގެވާހަކަވެސް އަޅުގަނޑަށް ކިޔައިދިނެވެ. އަޅުގަނޑުގެ ދެކޮއްކޮއިންނަށް ވަރަށް ބޮޑެތި އަނިޔާތައްކޮށްފައިވެއެވެ. އެގޮތުން އެއްކުއްޖެއްގެ ހަށިގަނޑުގެ އެތައް މިތާ އަލިފާން ޖައްސައި ތަޅާފައިވެ އެވެ. ކޮއްކޮ އަޅުގަނޑަށް ކިޔައިދިން ގޮތުން ގޮނޑި ގޮނޑިންނާއި އެހެނިހެން ތަކެތިންވެސް ތަޅާފައި ވެއެވެ. އަދި ބޮޑުބޭބެ ކޮއްކޮމެންނާއި ދިމާއަށް ބުނި ކަމަށްވެއެވެ. " މިކަން އެއްވެސް މީހަކަށް ކިޔައިދީފިނަމަ ބައްޕައަށް ހެދި ގޮތަށް ހަދާ މަރާލާނަމެވެ." މިއީ ބައްޕަ ނެތް ދުނިޔޭގައި އަޅުގަނޑުމެންގެ ބަލަދުވެރިޔާ ބޮޑުބޭބެ އަޅުގަނޑުމެންނާ ދިމާއަށް ބުނެފައި ހުރި ބަސްބަހެވެ. ބޮޑުބޭބެގެ އިންސާނިއްޔަތުކަމެއް ފަހެ ކޮބައިހެއްޔެވެ؟ މިދެއަންހެންކުދިންނަކީ ފުރާވަރު އުމުރުގެ ދެއަންހެން ކުދިންނަށްވުމާއިއެކު މިކުދިންގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑުގެ ހިތްނުތަނަވަސްވެ ބިރުގަންނަންފަށައިފިއެވެ.

އަނިޔާވެރި ބޮޑުބޭބެ، އަޅުގަނޑުމެންގެ ބައްޕަ މަރާލުމަށްފަހު މީނާގެ ޝިކާރައަކަށް އަޅުގަނޑުގެ ދެއަންހެންކޮއްކޮހަދައި، ޔަތީމު ކުދިބައެއްގެ ދިރިއުޅުން ހިތާމައާއި ބިރުވެރި ކަމުގެތެރެއަށް ވައްޓާލާ އަޅުގަނޑުމެންގެ ދިރިއުޅުން ހަލާކުކޮށްލައިފިއެވެ.

ހިތްވަރާއި ކަރުނައިގެތެރޭގައި ، މާތްﷲ އަށް ވަކީލުކޮށްލައިގެން އަޅުގަނޑުގެ މަސައްކަތް ފެށީމެވެ. އާއިލާގެ ބައެއްމީހުންނަށް މިކަން އެންގިނަމަވެސް އެއީ ބޮޑުބޭބެ ކަމަށްވާތީ ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ރައްޓެހިންގެ ތެރެއިން އިތުބާރުހިފޭ މީހުންނަށް އަޅުގަނޑު މިވާހަކަތައް ކިޔައިދިނީމެވެ. އަދި ރައްޓެހިންނާއިއެކު ކަމާބެހޭ ފަރާތަށް މިކަން އަންގައިފީމެވެ. އޭގެ އަނެއްދުވަހު އެއަނިޔާވެރިބޮޑުބޭބެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފިއެވެ. ކަންތައްވީ އަޅުގަނޑު ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އާއިލާގެތެރެއިން އެކަކުވެސް އެކަމެއް ގަބޫލެއް ނުކުރިއެވެ. ޚުދު ބޮޑުދައިތަވެސް މިހަގީގަތާ ދިމާއިދިކޮޅު ހަދައި ދެބަސްވިއެވެ.  މިކަމަކީ ބޮޑުބޭބެއަށް ލަނޑެއް ދިނުމުގެ ނިޔަތުގައި އަޅުގަނޑު ގަސްދުގައިކުރިކަމެއް ކަމަށް މިމީހުން އަޑުއުފުލަމުން ދިޔައެވެ. އަޅުގަނޑު މިކަމުގައި ކުށްވެރިކޮށް ހަޑިހުތުރުއެއްޗެހި އަޅުގަނޑާއިދިމައަށް ގޮވަމުން ދިޔައެވެ.

ކިޔުންތެރިންނޭވެ. އަޅުގަނޑުގެ ބޮޑުބޭބެއަކީ ވަހުޝީ ކަމުން ހައްދު ފަހަނައަޅައިފައިވާމީހެއްކަން ނައިފަރުގެ ގިނަބަޔަކު ގަބޫލުކުރެއެވެ. މީނާއަކީ މީނާއަށް އުފަން 2 އަންހެން ދަރިންގެވެސް އިއްފަތްފޭރިގަތުމުގެ ކުށުގައި ފަސްއަހަރަށް އަރުވާލައި އަދަބު ލިބިފައިވާ މީހެކެވެ. މިވަރުން ނުފުދިގެން އަޅުގަނޑުގެ އެއްބަނޑު އެއްބަފައި  ޔަތީމު2 އަންހެންކޮއްކޮއިންގެ އިއްފަތްތެރިކަންވެސް މީނާ ފޭރިގަތީއެވެ.

މީނާގެ ދަރިންގެ އިއްފަތްފޭރިގަނެގެން އަރުވާލައިފައިހުރި ދުވަސްކޮޅު، އޭނާގެ އަނބިދަރިންނަށްއަޅާލައި ބެލެހެއްޓީ އަޅުގަނޑުގެ ބައްޕައާއި ކާފައެވެ. ލިބުނު އަދަބުން މިންޖުވުމުން އަޅުގަނޑުގެ ބައްޕައާއިއެއްބަސްވުމެއްވެ، އެއަށް ޚިޔާނާތްތެރިވެ، ބައްޕައަށްދިން އިނާމެއްގެގޮތުގައި މަރާލީއެވެ. އެވަރުންވެސް ނުފުދި އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިންގެ ބަލަދުވެރިޔެއްގެގޮތުގައިހުރެ އެކުދިންގެ އިއްފަތްތެރިކަންވެސް ފޭރިގަތީއެވެ. ބޮޑުބޭބެގެ މިއަނިޔާވެރި އަމަލުތައް އާއިލާގެ އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް ދުނިޔޭގެ ލަދަށްޓަކައި މިހުރިހާކަމެއްސިއްރުކޮށް، އިދިކޮޅު ހަދަނީއެވެ. ސަބަބެއްކަމުގައިވަނީ މީނާއަށް އަދަބެއް ލިބިއްޖެނަމަ އޭނާގެ އަނބި ދަރިން ބެލުމުގެ ޒިންމާ އާއިލާމީހުންނަށް އުފުލަންޖެހޭނެތީއެވެ.

ކިޔުންތެރިންނޭވެ! މިނުބައި ހީލަތާއި މަކަރުން ފުރިފައިވާ އަނިޔާވެރިންގެ އަތްދަށުގައި އެއް އަހަރުދުވަސް އަޅުގަނޑުމެން ހޭދަކުރުމަށްފަހު ﷲގެ ރަޙުމަތާ އޯގާވަންތަކަމުން އަޅުގަނޑުމެންގެ ޔަތީމު އާއިލާ މިންޖު ކުރައްވައިފިއެވެ. ރައްޓެއްސެއްގެ ގެޔަށް އަޅުގަނޑާއި އަޅުގަނޑުގެ ދެކޮއްކޮވެސް ބަދަލުވެ ހަމްދާއި ޝުކުރުވެރިކަމުގެ ނޭވާއެއްލެވިއްޖެއެވެ.

ބޮޑުބޭއެއްގެ ސިފައިގައިހުރި މިވަހުޝީ، ޤާތިލް ޖަލުގައި ބަންދުކުރުމަށްފަހު 50 ދުވަސްފަހުން ރަށުބަންދަށް ދޫކޮށްލައިފިއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ބުނެވޭ ހަރުބަހާއި އެއްގޮތަށް  މީނާގެ ދަރިންނަކީވެސް މީނާފަދައިން ނުބައި ނުލަފާކަމުން ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ރަށުގެ އެންމެންނަށްވެސް ހާމަވެއެވެ.

އަޅުގަނޑުގެ ޔަތީމު ދެއަންހެންކޮއްކޮގެ އިއްފަތްތެރިކަންފޭރިގަތް މައްސަލަ އަދިވެސް އޮތީކޯޓުގައެވެ. ވާނުވާއެއްނޭގެއެވެ. މިފަދަ ވަހުޝީ މީހުންނަށް އޮތް ހަމައެކަނި އަދަބަކީ ވަގުތީބަންދަކަށް ޖަލުގައިބޭންދުމަށްފަހު ދޫކޮށްލުންތޯއެވެ؟ ދުނިޔެ ފަސާދަކުރުމަށް އުޅޭ މުޖުރިމުންގެ ޖަޒާއަކީ ޤަތުލް ނޫންތޯއެވެ؟ އިސްލާމީ ޝަރީއަތުގައި މަރަށް މަރު ނޫންތޯއެވެ؟ ނަމަވެސް މައްސަލަ ނިމި ދެހަފްތާގެތެރޭގައި މީނާ ބަންދުކުރެވޭނެކަމަށް ކަމާބެހޭ ފަރާތުން އަޅުގަނޑަށް އެންގިނަމަވެސް މީނާވަނީ މިނިވަންކަމާއިއެކު ރަށުތެރެއަށް ދޫކޮށްލެވިފައެވެ.

މިދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމްކުރާ ފަރާތްތަކަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑުގޮވާލަމެވެ! މިފަދަ ނުބައި އަނިޔާވެރިންނަށާއި ޤާތިލުންނަށް އިސްލާމީ ޝަރީއަތާއިއެއްގޮތަށް ހައްޤުއަދަބުދެއްވާށެވެ! މިފަދަ ވަޙުޝީ ޝިކާރަވެރިން އެމީހުންގެ ފާހިޝް އަމަލުތައް ތަކުރާރުކުރުމަށް ފުރުޞަތުނުދީ އެމީހުންނަށް ޖަލުގެކުޑަގޮޅިތައް ޚާއްޞަކުރުމަށް ގޮވާލަމެވެ! އެފަދަ ވަޙުޝީ ޝައިޠާނުން އިންސާނުންގެތެރޭގައިވާކަން  ޤަބޫލުކޮށް ، އެފަދަ މީހުން ދުނިޔެއަށްފަޟީހަތްކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ސަމާލުވެތިބުމަށް އެޅެންއޮތް އެންމެ ހަރުދަނާފިޔަވަޅުކަމުގައި އަޅުގަނޑުދެކެމެވެ.

އަޅުގަނޑުބައްޕަގެ މަރުގެ މައްސަލާގައި ސަރުކާރުން ވަކިފިޔަވަޅެއްނާޅާ މައްސަލައަށް ޝަރުޢީ ޙުކުމެއް އިއްވާފާނެތުމުން އަޅުގަނޑު އެފަރާތްތައްކުއްވެރިކޮށް ދަޢުވާ އުފުލަމެވެ. ބައްޕަގެ މަރުގެ މައްސަލާގައި އަނިޔާވެރި ބޮޑުބޭބެ ދެމުން ގެންދިޔަ އިންޒާރުގެ ޚަބަރުތަކާއި ، އަލިފާނުގެ ހާދިސާއަށްފަހު ޒަޚަމްވެ ހޮސްޕިޓަލުގައި އޮތްއިރު ޕޮލިހުންގެ ކައިރީގައި، ބައްޕަގެ ގައިގައި ރޯކޮށްލީ ބައްޕަގެ ބޭބެ ކަމަށް އެތަކެއްފަހަރު  ބުނެފައިވެއެވެ.  ވީމާ މިހެކިތަކުގެ އަލީގައި މީނާގެމައްޗަށް އިސްލާމީ ޝަރީއަތުގެ ހައްޤު އަދަބު ތަންފީޒުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެންމެހާ ސަރުކާރުގެ އިދާރާތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަޅުގަނޑުގޮވާލަމެވެ. އަދި އަޅުގަނޑުގެ ޔަތީމު ޢާއިލާއަށް މީނާގެ ފަރާތުން ދީފައިވާ ޖިންސީ އަދި ޖިސްމާނީ ގޯނާއާއި އަނިޔާވެރިކަން ދަނެ ޝަރީޢަތްގާއިމްކޮށް ޙުކުމް ނެރެދެއްވުމަށް ޝަރީއަތުގެ މަޖިލީހަށް އަޅުގަނޑު ގޮވައިލަމެވެ! މިކަމުގާ އަޅުގަނޑާއިއެކު، ތިޔައެންމެހާފަރާތްތަކުން ބައިވެރިވެ އެއްބާރުލާ އެހީތެރިކަން ދެއްވާނެކަމަށް އުއްމީދުކުރަމެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ޤާޟީންނަށާއި ޤާނޫނީ ވަކީލުންނަށް އަޅުގަނޑު ގޮވާލަމެވެ! ހައްޤަށް އިންސާފް ކުރައްވާށެވެ! އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖްތަމަޢު ފަސާދަކުރަމުންދާ މިފަދަ ނުބައި މުޖްރިމުންގެ ކެހިވެރި ޢަމަލުތަކުން އަޅުގަނޑުމެންގެ މިދީބު ސަލާމަތްކޮށްދެއްވާށެވެ! މާތްﷲގެ ޢަދުލުވެރިކަމާއި އިންސާފްގެ ދަރުބާރުގެ ކުރިމަތީގައި ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ޖަވާބުދާރީވާންޖެހޭނެކަން ދެނެތިބެ މާތް ﷲ އަށް ބިރުވެތިވެ ހައްޤުބަސް އިއްވައި ހައްޤަށް ޙުކުމް ކުރައްވާށެވެ! އަޅުގަނޑާއި އަޅުގަނޑުފަދައިން މިފަދަ އަނިޔާލިބިފައިވާ މުސްލިމް ދިވެހި ޢާއިލާތަކުގެ ހައްޤުގައި ތެދުވެ އަޑު އުފުލުމަށް ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ޢިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ގޮވާލަމެވެ! މިއީ އަޅުގަނޑުގެ އާދޭހެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

ހާދިސާ ދިމާވި ފަރާތް : (އަޙުމަދު އަފީފު މުހައްމަދު / މީނާޒު ,ޅ. ނައިފަރު )

** މިއީ ކިޔުންތެރިއަކު ފޮނުއްވެވި ލިޔުމެކެވެ. މިލިޔުން ޝާއިޢު ކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ށ. މިލަންދޫގައި އަނބިމީހާ އަށް ވަޅިއަކުން ހަމަލާދީފި



<< އަނިޔާ ލިބުނު އަންހެން މީހާ ކައުންސިލަރު އަރިހުގައި...


ށ. މިލަންދޫގައި ދެމަފިރިއަކު ޒުވާބުކޮށް އެންމެ ފަހުން މާރާމާރީއަކަށް ވެ ދެމީހުންނަށްވެސް އަނިޔާ ވެއްޖެ އެވެ. އުމުރުން 32 އަހަރުގެ މި އަންހެން މީހާގެ ފޫކޮޅުގެ 3 އިންޗި ހާ ތަން ވަނީ ޒަހަމް ކޮށްލާފައެވެ. ފިރިމީހާ އަކީ އުމުރުން 58 އަހަރުގެ ފިރިހެނެއް ކަމަށްވެސް ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

"މިއަދު މެންދުރެއް ހައި އިރު އޭރު ގާތް ގަނޑަކަށް 11 ޖަހާނީ... މިރަށު ދެމަފިރިއަކު މާ ބާރަށް ޒުވާބު ކުރާ އަޑު ގަދަވެގެން އަހަރެންވެސް ދިޔައީ... ދިޔައިރު ކަމަކު ދާކަށް ނެތް މިދެމީހުން މި ޒުވާބު ކުރަނީ ލާރި ކޮޅެއްގެ މައްސަލައިގަ.. ދެން އަހަރެން ވެސް އެ ދެމެފިރިން ކައިރީ މީ ބަރަކާތް ތެރި ރަމަޟާން މަހޭ، ދެން ތި ޒުވާބު ހުއްޓަހަރޭ ކިޔާފަ މަވެސް މި ދިޔައީ މެންދުރު ނަމާދަށް ދާން ފެންވަރަން ވެގެން... ގާތް ގަޑަކަށް މިހިރެ އަސުރުމާގޭ ކަންމައްޗަށް އެރި ތަނާ އެބަ އިވޭ އަންހެން މީހާ ހޭރިގަން އަޑު 'އަލިފާނޯތް އަލިފާނޯތް' އޭ ކިޔާފަ... މަ ހިތަށް އަރައިފި ދާނަމޭ ވީ ގޮތެއް ބަލާން ... މި ފިރިހެން މީހާއަކީ ކުރީގަ މަސްތުވާތަކެތި ބޭނުން ކުރި މީހަކަށް ވާތީ ރަމަޟާންމަހު ދުވާލު ގަޑީގަ ނުކައި ނުބޮއި ހުންނަން ވީމަ ރުޅި ގަދަވެގެން ކޮންމެ ކަމެއްވެސް ކޮށްފާނޭ... ދިޔައިރު މިކަލޭގެ ހަދާނެ އެއްޗެއް ހަދައިފި... އަންހެން މީހާގެ ފޫކޮޅުން ލޭ ފައިބަނީ... މަ ވަގުތުން ފުލުހުންނަށް ގުޅާފަ ބުނެފަ، މި އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔައީ... ނަސީބަކުން އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫން... ޒަޚަމް ވެފައި އިންތަން ފަހާލީ... މިހާރު ފުލުހުން މި ހަމަލާދިން ފިރިހެންމީހާ ހައްޔަރުކޮށްގެން ގެންގޮސްފަ ވީ.." މަންޒަރު އެންމެ ކައިރިން ފެނުން މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މި ދެމަފިރިން ނަކީ އަބަދުވެސް "ކޯޅޭ" ދެމީހުން ކަމަށާއި، ފިރިހެންމީހާ އޭނާގެ އަންހެނުންނަށް އަނިޔާ ކުރާ ކަމަށްވެސް އޭނާގެ ވާހަކާއިގާ އިތުރަށް ބުނެފައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Tuesday, July 31, 2012

މާވަހަރުގެ އެއްބައި މާވަހަރަކަށް ވީ އިރު އަނެއްބައި ޖަނަވާރު ސަރުބީއަށް


 މިއީ ނައިފަރު ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ދެވަނަ ފަހަރެވެ. ކުރީފަހަރު ހޮވި މާވަހަރު ގައި 20 ކިލޯ ހުރި އިރު އެ މާވަހަރު މިހާރުވަނީ އޮޑިވެރިޔާ އަށާއި ފަޅުވެރިންނަށް ދެބައިކުޅަ އެއްބައި ލިބޭގޮތަށް ހުކުމްވެސް ކޮށްފައެވެ. އޮޑިވެރިޔާ އަށް ދެއްވި ނިޢުމަތަށް ޝުކުރު ވެރި ނުވުމުގެ ސަބަބުން، މާވަހަރުން އޭނަ ހޯދި ދެބައިކުޅަ އެއްބައި ބޮޑު އަގެއްގައި ވިއްކާލަން އުޅެނިކޮށް އެއީ "ޖަނަވާރުގެ ސަރުބީ" ގަނޑަކަަށްވެ، މި ދެންނެވި މާވަހަރު ވިއްކާލެވޭ ގޮތެއް ނުވިއެވެ. 

ނައިފަރު ބަޔަކު ދުއްވުމަށް އޮޑިވެރިޔާ އާއި ދޯނީގެ ކެޔޮޅު އަނގަބަހުން ވެފައިވާ އެއްބަސް ވުމުގައި ނެތް ކަމަކާއި ގުޅިގެން ދެފަރާތުން ވެސް ގޮތް ދޫނުކޮށް، ދޯނީގެ ވެރިފަރާތުން ކޯޓަށް މައްސަލަ ވެއްދުމުން، ކޯޓުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް މާވަހަރު ގެންދިޔުމަށެވެ.

ނަމަވެސް އެހުކުމް ބާތިލް ކޮށް އަލުން ނިންމާފައިވަނީ އޮޑިވެރިޔާއަށާއި ދޯނިން މަހަށް ދިޔަ އެންމެން ހިއްސާ ވާގޮތަށް މާވަހަރު 2 ބައިކޮށް ކޮންމެ ބަޔަކަށް އެއްފަޅި ލިބޭ ގޮތަށެވެ. ކެޔޮޅުގެ ފަރާތުން މާހަވަރުގެ ދިފާޢުގައި ވާކަލާތުކޮށްދެއްވި މީހުންނަށް ފައިސާ ދީ ބާކީ އޮތް ބައި އެންމެންނަށް ހަމަހަމައަށް ބަހާލީއެވެ. ކޮންމެ ފަޅުވެރިއަކަށް 54000 ދިވެހި ރުފިޔާ ލިބުން އިރު ކެޔޮޅަށް ލިބިފައިވަނީ 75000 ރުފިޔާ އެވެ. ނަމަވެސް ދޯނީގެ ވެރިފަރާތުން ވިއްކަން އުޅުނު މާވަހަރުގެ އަނެއް ބައި ރާއްޖޭން ބޭރަށް ގެންގޮސް ޓެސްޓްކުރުމުން އެއީ މާވަހަރެއް ނޫން ކަމަށާއި، އެއީ ޖަނާވާރު ސަރުބީކަމަށް ޓެސްޓްކުރި ހުރިހާ ފަރާތްތަތަކުން ބުނުމުން އެ ވިއްކާ ލެވޭ ގޮތެއް ނުވިއެވެ.

މިކަމާއި ބެހޭ އިތުރު މައުލޫމާތު ސާފުކޮށްލުމަށް "އެން.ޔޫ.އެން"ގެ ފަރާތުން އޮޑިވެރިޔާއަށް ގުޅާލުމުން އެކަން ވީގޮތް ވަރަށް ރަނގަޅަށް ކިޔާދެއްވިއެވެ. "އަޅުގަނޑު ވަރަށް ދެރަވޭ އިނގޭތޯ... ނައިފަރު މީހުންގެ އެއްވެސް މައްސަލައެއް މިކަމުގަ ނެތް... ދޯނިން މާވަހަރެއް ހޮވިކަން އޭގަ އުޅޭ ސަލާމު ކިޔާ ޖުނުބުވެރިއެއް، އޯ.. ސޮރީ ފަޅުވެރިއެއް ބުނީ... ދެން މި ޚަބަރު ލިބުމާއި ގުޅިގެން އަޅުގަނޑަށް ކެވެނީއެއް ނޫން،  ލެވެނީ އެއް ނޫން، ނިދެނީއެއް ނޫން... ދެން މި މާވަހަރު ހިފައިގެން އަޅުގަނޑުގެ 'ނަސްރު ދޯނި' މާލޭ ފަޅަށް ވަން އިރު އަޅުގަނޑު ހުންނާނީ ބަނދަރުގަ... ދެން މާވަހަރު ބެހުމުގަ ވަރަށް އޮމާންކޮށް ގޮސްފަ އޮއްވަ މި ދޯނީގަ އުޅޭ ސަލާމު ކިޔާ މީހެއް ބުނެފި ކަލެޔަށް މާރަނގަޅު ފައިދާ އެއް ލިބޭނޭ ތި މާވަހަރު ބޭރަށް ގެންގޮސްގެން ވިއްކާލެވިއްޖެއްޔާ... އެހެން ބުނެގެން އަޅުގަނޑު މައްސަލަވެސް ބޮޑުކޮށް، މައްސަލަ ކޯޓަށް ވައްދާ، އެންމެ ފަހުން އޭގެ ދެބައިކުޅަ އެއްބައި ހޯދައިގެން މިހެން މިހެން މިއުޅެވުނީ...

އަސްލު ކުށްވެރިޔަކީ އަޅުގަނޑު... އަޅުގަނޑަށް އެނގޭ މިކަމުން މާބޮޑު ފައިދާއެއް ވެސް ނުލިބޭނެކަން.... އެކަމަކު މިއަދު މިއޮތީ އޭގެ ކެހި ލިބިފަ... މާވަހަރެއް ނުވެސް ވިކުނު.... ގަންނާނެ މީހެއް ނުވި... އެމީހުން އެކި ގޮތް ގޮތަށް ތަޙުލީލުތައް ހަދާފަ ބުނަނީ "އެނިމަލް ފެޓްސް" އޭ... މާނައަކީ ޖަނަވާރު ސަރުބީއޭ... ދެން އެކަމަކުވެސް މާވަހަރު ގޮތަށް އޮތީމާ އެއްލައި ނުލަން މި ގެނައީ... މިހާރު އޭތި އިންނާނެ ގޭގައި ވަރަށް ރައްކާތެރި ތަނަކަށް ލާފައި..." ދޯނީގެ ވެރިފަރާތް ކަމުގައިވާ އަނިލް މިވާހަކަ ކިޔާދެއްވި އިރު ލޮލުން ކަރުނަ ނުހިކެއެވެ. އޭނާގެ ވާހަކައިގައި މިއީ އޭނައަށް ލިބުނު އިބުރަތްތެރި ފިޅާވަޅެއް ކަމަށާއި، ނައިފަރު ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށްވެސް ވަރަށް ދެރަވެފައި ހުރެ އިތުރަށް ބުނެފައި ވެއެވެ. ބަޔެއްްގެ ޙައްޤަކަަށް އަރައިގަނެގެން ވާނެ ފައިދާއެއް ނޯންނާނެ ނޫންތޯއެވެ. އެހެންކަމަށް ވާނަމަ އަނިލް އަށްވެސް އޭގެ ފައިދާ ވާނެ ކަން ގައިމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ރބޢ

Monday, July 30, 2012

ކުޑަސޮރަށް ކިރުނު ދޭށެވެ.



      މިއީ ނޫނު އަތޮޅުގެ ރަށެއްގައި ހިނގާފައިވާ ހަޤީޤީ ޙާދިސާއެކެވެ. މި ވާހަކަ ވިދާޅުވުމުގެ ކުރިން ކުޑަ އިރުކޮޅަކު ފުންކޮށް ނޭވާއެއް ލައްވަވާށެވެ. ކިޔުންތެރިންގެ ފަސޭހައަކަށް މި ވާހަކައިގާ ނަންތަކެއް ހިމަނާފައިވިޔަސް، މި ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ. މިވާހަކައިގާ އުޅޭ ހަކީމްބެއްޔާ އަކީ އެރަށުގައި އޭރު ހުރި ދިވެހި ބޭސް ކުރާ މީހެއްގެ އިތުރުން، ރަށުގެ ކަތީބު ކަލޭގެފާނުން ނިޔާވުމުން ރަށުގެ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނެވި އެންމެ އިސް ވެރިޔާ ވެސް މެއެވެ. 

  ދުވަސްވަރަކީ ރާއްޖޭގައި ނުރައްކާތެރި ކަށިވިދުރި ބަލި ފެތުރި ގިނަބަޔަކު މަރުވަމުން ދިޔަ ބިރުވެރި ދުވަސްކޮޅެކެވެ. މުޅިރާއްޖެއިން 30000 ހައި މީހުން މިބަލީގައި މިދުނިޔެއާއި ވަކިވެ ގޮސްފައިވާކަމަށް ތާރީޚް ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރެވެ. ކަށިވިދުރިއަކީ ގައިން ގަޔަށް އަރާ ނުރައްކާތެރިބައްޔެކެވެ. މި ބަލި އެންމެ ފަހުން ފެނިފައިވަނީ  1952  ވަނަ އަހަރުއެވެ. އަދި މި ބައްޔަށް އަތްކަނޑައިގެން ދޭ ވެކްސިން ދިނުން ހުއްޓާލީ 1980 ވަނަ އަހަރުއެވެ.

  ނޫނު އަތޮޅުގައި ފެތުރެމުން ދިޔަ ކަށިވިދުރީގެ ބަލީގައި މަރުވަމުން ދިޔަ ކުޑަކުދިންތަކާއި ބޮޑެތިމީހުންތައް މި ބަލިން މިންޖުވޭތޯ ރަށުގެ ކަމުވޮށިވެގެންވާ ގިނަ އަދަދެއްގެ ބަޔަކު، އޭރުގެ ކަތީބު ބުނުއްވައިގެން ބޮޑު ދުމާއި ހިނގިއެވެ. ބޮޑުދުމާއި ހިނގުމަކީ ބޮޑު ތެއްޔަކަށް ނާށި އަނގުރު އަނދާ އަޅައިގެން ގޮމަކަސްތުރިއާއި، މާވަހަރާއި، ހުނގުފަދަ މީރުވަސްދުވާ ތަކެތިން، ރަށުތެރޭ ހިނގަމުން، ތަކުބީރާއި ތަހުލީލު ކިޔަމުން ރަށުގެ ހުރިހާ މަގަކަށާއި އަތިރިމަގާއި ވަލުތެރެއަށް ދުން އެޅުމެވެ. މިކަން އެންމެ ވައްތަރުވާނީ މަދިރި މެރުމަށް ރިސޯޓްތަކުގައި ފޮގް ސްޕްރޭ ކުރުމާއި އެވެ.
(ނުނިމޭ)

Saturday, July 28, 2012

އެއްގަމުން ބޭނި ބޮޑު މުޑަހަނދި


މިއީ ތަންކޮޅެއްގެ ކުރީގެ ވާހަކައެކެވެ. މި ވާހަކަ "އެން.ޔޫ.އެން" އަށް ކިޔައިދިނީ ޅ.ނައިފަރު އިބްރާގެ ޔޫސުބެވެ. މީލާދީން 1960 ގެ ހިސާބެވެ. މުޅިނައިފަރަށް މަޝްހޫރު ކެޔޮޅު ވަޑި ޔޫސުއްބެއަކީ މަހަށް ނުދާ ދުވަސް ދުވަހު "ތުނޑީ މަގުން" ފަރުމަހެއް ބޭނޭތޯ ރޭގަނޑަށް އެންގަނޑެއް އެއްލަން ނުދެވިއްޖެއްޔާ ލޮލު ނިދިފިޔައެއް ޖެހޭ އާދަމުގެ ދަރިއެއް ނޫނެވެ. ތުނޑީ މަގުން ރަތްމަހެއް ފިލޮޅެއް ނޫނީ ކަށިތުއިންބެއް ނުބޭނިއްޖެނަމަ ޔޫސުއްބެއަށް ހުކުރުދުވަހުގެ ކެއުމަކާއި ވެސް ނުވާނެއެވެ. ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ފިހެލާނެ ރަނގަޅުމަހެއް ކޮންމެހެން ބޭނުމަކީ ޔޫސުއްބެއަށް އޮތް ޢައިނިއްޔަ ފަރުޟެކެވެ. ޔޫސުއްބެ މަސްބާނައިގެން ގެއަށް ދާއިރު އިބުރާގެ ޔޫސުބު ނަމަކަށް ކިޔާ ޅަ ޒުވާން ފިރިހެނަކު ކޮންމެ ރެއަކު ޔޫސުއްބެ އަށް ފާރަ ލަމުން ޔޫސުއްބެ ބާނައިގެން ދާ ތަނުން މަހެއް ނުހޯދާ ރެޔެއް ހަމަ މަދުވާނެއެވެ.

ރެޔަކީ ފޮއިމަތީ ކަޅު އަނދިރި ރެޔެއް ކަމުން އައުގެ އަލިފުޅުމެންގެއިން ދިއްލާފަ ހުރި ފާނޫޒެއްގެ އަލި ފިޔަވައި ތުނޑީ މަގަށް ފެންނާނެ އެއްވެސް އަލި ކަމެއް ރަށުތެރެއިން ފޫދިން އައިސްފައެއް ނެތެވެ. އެހެން ރޭތަކެކޭ އެއްފަދައިން ޔޫސުއްބެ އިނީ ތުނޑީ މަގުގައި އެންގަނޑެއް އެއްލައިގެންނެވެ. ވަރަށް މަސް ދަހި ރެއެކެވެ. ބޮޑު މުޑަހަންޖެއް އެއްޗެއް ގަނޭތޯ ބޮޑު ބުޅިއަކާއި ފަލަ ކަންވާރު ނަނެއް އެހެން ރޭތަކާ ޚިލާފަށް މިރޭ ވަޑި ޔޫސުއްބެ ގެންދިޔައެވެ. ދެ ފިލޮޅާއި ރަތްމަހެއް ބޭނިތަނާ އިބުރާގެ ޔޫސުބު ތުނޑީމަގަށް ފޭބީ ޤަޟާޙާޖަތެއް ކޮށްލުމަށެވެ. ގޮނޑުދޮށުން ތާހިރުވެގެން އެރިތަނާ ވަޑި ޔޫސުއްބެ ފަރުމަސް ބާނަން ހުރިތަން ފެނިއްޖެއެވެ.

ވަޑި ޔޫސުއްބެ މަސް ބާނާ ތަނާ ކައިރިއަށް ގޮސް ސިއްރު ސިއްރުން ދުރުގައި ބަލަން ހުރި ކަމެއް އިތުރު މީހަކަށް ނޭނގޭނެއެވެ. އިބުރާގެ ޔޫސުބަކީ ފުރާ ވަރުގެ ޒުވާން ފިރިހެނެއް ކަމުން އިސްކޮޅުން އެހާ ބޮޑެއް ވެސް ނުވާނެއެވެ.
އިބުރާގެ ޔޫސުބު މިހެން ހުއްޓާ ވަޑި ޔޫސުއްބެ ހޫރަ ހޫރަފަ އެއްލި އެންގަނޑެއް އައިސް ޖެހުނީ ޔޫސުބުގެ ފައިބުޑުގައި ހުރި ކުރެދި ގަހެއް ކައިރިއަށެވެ. ނަމަވެސް އިބުރާގެ ޔޫސުބުކަށްވެސް އަދި ވަޑި ޔޫސުއްބެއަކަށްވެސް މިކަމެއް ނުއެއް އެނގެއެވެ. އެންގަނޑު އެއްލި ތަނާ ވަޑި ޔޫސުއްބެއްގެ ބޮލާ ދިމާލުގައި މޫދާ ދިމާއަށް ބޮޑުބަައެއް ލެނބިފަ ހުރި ގަހެއްގައި ކަންވާރު އެޅިގެން ލޫދިފައި ގޮސް އެއްގަމަށް ޖެހުނީއެވެ. މަހެއް ގަނޭތޯ ހިތުން ފަޅުތެރެއަށް އެންގަނޑު އެއްލައިގެން އިން ވަޑި ޔޫސުއްބެ އިރު އިރު ކޮޅާ ކަންވާރު ނަނަށް ދަމާލައެވެ. މިހެން އުޅެނިކޮށް އިބުރާގެ ޔޫސުބު ފައިވާޅުވެގެން އެތާ ތަންކޮޅެއް ދުރުގައި އިން ދޯނި އެހެލާއިރު އަޅާ ކަހަލަ ކަނދު 'ގެރިއެއް' މަތީ ޖައްސާލުމަށް ހިނގައި ގަތްތަނާ އިބުރާގެ ޔޫސުބުގެ އަނދެގެން ހުރި މުންޑުގައި އެއްގަމަށް އެއްލާފައިވާ އެންގަނޑުގައި އަސްޖަހާފައި އިން ބުޅި އަޅާގެންފިއެވެ. ނަމަވެސް އިބުރާގެ ޔޫސުބަކަށް މިކަމެއް ނޭނގެއެވެ. 

ކަނދު ގަނޑުގައި ހަމަ އިށިންދެލި ތަނާ އެއްގަމުން މޫދާދިމާއަށް ޔޫސުބު ދަމަން ފަށައިފިއެވެ. އަނދެގެން ހުރި މުންޑަށާ ފަޔަށް އޮޅިފަ އޮތް އެއްޗެއް ނައްޓުވާލަން ހަދާލެވުން ގޮތަކުން އިބުރާގެ ޔޫސުބު ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިމުގައި ދެމެމުން ހަންގަޑުން ލޭކޮށާލާފާ ޔޫސުބު މިހިރެ ގެންދަނީ ސީދާ މޫދަށެވެ.

މަހެއް ގަނެގެން ދަނީ ކަމަށް ހިތާ ވަޑި ޔޫސުއްބެ ގައިގަ ހުރި ހުރިހާ ބާރެއް ލާފައި މަސް އެއްގަމަށް ގެނެވޭތޯ ކަންވާރަށް ދަމަނީއެވެ. ހީވަނީ ދެންމެ ދެންމެ ކަންވާރު ކަނޑާލަފާނެހެންނެވެ. ނަނުގައި ގަނެފަ މިހުރީ މުޑަހަންޖެއް ނަމަވެސް ދުރަށް ދުއްވައި ގަންނާކަށް ނޫޅެއެވެ. މުޑަހަނދީގެ ބޮޑުކަމުން ނަނަށް ވާންވަނީއެވެ. އަނެއް ކޮޅުން އިބުރާގެ ޔޫސުބު މިއޮއް މޫދަށް ދަމާގެންދަނީއެވެ. ލޮނުބޮވި ހާލު ދެރަ ވުމުގެ ސަބަބުން އިބުރާގެ ޔޫސުބުގެ "ހުވާސް" ވެސް ނެތެވެ. މޫދުގައި ޖަހާފަ ހުރި ކަޑަޔަކު ނަނު އަޅާގަނގެން މޫދުން ލާފާ ޔޫސުބު ކަޑަޔާ ހަމަޔަށް ގެން ދިޔަ ތަނާ ކަޑަ ބިނދިއްޖެއެވެ.

ދެން ވާ ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ވަޑި ޔޫސުއްބެ ގެ ގައިގަ ހުރި ހުރިޙާ ބާރެއް ލާފާ ދަމާ ގެނެސް ނަނުގައި ގަނެފަ މިހިރަ "މާ މުޑަހަނދި" އެއްގަމަށް އެރުވިއެވެ. ކަޅުފޮއި އަނދިރި ރެއެއް ކަމުން އިންސާނެއް އަދި މުޑަހަނޖެއް ވަޑި ޔޫސުއްބެއަކަށް ވަތްކެއް ނުވެއެވެ.

މުޑަހަނދިން ބުޅިނައްޓަން އަތް ޖައްސާލިއިރު ކަމަކު ދާކަށް ނެތެވެ. މިއޮތީ ކަނޑުރަސްގެފާނު މި އެންކޮޅުގައި ގަނެފައެވެ. އޭރުގެ ދުވަސް މީހުން ޤަބޫލުކުރާ ގޮތުގައި ކަނޑު ރަސްގެފާނު ބޭނިއްޖެ މީހަކު މުއްސަނދިވާނެއެވެ. ވަޑި ޔޫސުއްބެ ވީ އުފަލުން، ހޭނެތިފަވާ އިބުރާގެ ޔޫސުބު ކޮނޑަށް ލައިގެން އެއްގަމަށް އަރުވާފާ އަޅާ އިތިކޮށް އެއްގަމަށް އަރައި ދުއްވައިގަތީ  ތަން އަބްދުﷲ ބެ ހޯދާށެވެ. އެއީ މާ ލޯއަލި މާ ދަންނަ ބޭކަލެކެވެ. އަބްދުﷲބެ ގޮވައިގެން އައިރު އައީ ފާނޫޒު ބައްތިއެއްވެސް ހިފައިގެންނެވެ. ފާނޫޒުން އަލި ކޮށް ބެލިއިރު ދެފަޔަށް ނަނު އޮޅި ލޮނު ބޮވި ޒަޚަމް ވެފަ މިއޮތީ އިބްރާގެ ޔޫސުބެވެ. ކަނޑުރަސްގެފާނެއް އަދި "މާ މުޑަހަނޖެއް" ވެސް ނޫނެވެ.

ފަރުމަސްވެރި ކަމަކީ ވެސް މީހާ އެކަމަށް ދެވި ހިފާ ކަމެކެވެ. ނަމަވެސް އިންސާނުންނާއި މަސްމަހާމެހި ވަކިކުރަން ނޭނގިއްޖެނަމަ އިންސާނެއްވެސް މުޑަހަނޖެއްގެ ސިފާގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Friday, July 27, 2012

މާދަމާއަކީ އިސްލާމީ މަރުކަޒަށް އިބިލީސް ފާވާ ދުވަސް...


ޒަމާންތަކެއް ވަންދެން ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަށް ވަޑައިނުގެން ހުންނެވުމަށްފަހު މާދަމާ އިސްލާމީ މަރުކަޒުގައި ޚުތުބާ ވިދާޅުވުމަށާއި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް އެދި މިޞްރުގެ އަޒުހަރުން ދީނީ ޢިލްމު ލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫމު ޢަބްދުލް ޤައްޔޫމް އެދިވަޑައިގެންނެވުމާއި ގުޅިގެން މާދަމާގެ ހުކުރު ނަމާދު ކުރެއްވުން އިސްލާމިކް މިނިސްޓްރީގެ ބޮޑު ބަހުސަކަށްފަހު، މައުމޫނާއި ޙަވާލުކުރައްވައިފިކަން "އެން.ޔޫ.އެން" އަށް ވަރަށް މުޢުތަބަރު ގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ.

މާދަމާގެ ހުކުރު ޚުތުބާގައި މައުމޫނު ނަސޭހަތް ދެއްވާ ޚުތުބާ ދެއްވަވާނީ ޕީ.ޕީ.އެމް އަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެވޭނެ ގޮތްތަކާމެދުގައި ކަމަށްވެސް މައުލޫމާތުލިބެއެވެ. "އާޅޭއި... މާދަމާއަކީ އިސްލާމީ މަރުކަޒަށް އިބިލީސް ފާވާ ދުވަސް... އެހެންވީމާ މާދަމާއަކީ ބޮޑު ދުވަހެއް... ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު މާދަމާ މީހުން މަގުފުރައްދާނެ... އެބޭފުޅާގެ ބޭނުމަކީ ރާއްޖެ ހަލާކު ކުރުން... ރޯދައަށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫނޭ... ރާއްޖެއަކީ ހޫނުގަދަ ގައުމެކޭ... އެހެންވީމަ ދިވެހިން އެންމެ ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު ނޫނީ ހުޅަނގު މޫސުމުގެ ހަޅަޖާހާއިރު ރޯދަ ހިފިޔަސް ރަނގަޅުވާނޭ މާދަމާ އެބޭފުޅާ ވިދާޅު ވާނެތޯއްޗެއް... އެހެން ނޫނީ ދައްކާނީ ޕީ.ޕީއެމް ގެ ބައިބޯ ވާހަކަ ކަންނޭނގެ... މަ ހިތަށް އަރާ ކާކު ބާއޭ އެކަހަލަ ލާދީނީ މީހަކާ މިކަހަލަ ބޮޑު މަސްއޫލިއްޔަތެއް ހަވާލު ކުރީ... ޔަގީނޭ އެތާ އުޅޭ އިބްރާހިމްފުޅުކަން... އޭނާ އަކީ މައުމޫނާ ހެދި ހޭބަލި ވެފަ ހުންނަ މީހެއް... މަށެއް އިސްލާމީ މަރުކަޒަކަށް މާދަން ހުކުރަކަށް ނުދާނަން... " ނަން ނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން މައުމޫނުގެ ބަސްފުޅެއް ލިބޭތޯ ގުޅާލުމުން މައުމޫނު ވިދާޅުވީ މިހާ ދަންވަރު މައުލޫމާތު ސާފުކުރަން ގުޅުމުގެ ބޭނުމެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި އިސްލާމް ދީނާއި ތަފާތު ޚިޔާލުގެ، އިސްލާމީ ޙުކުމްތަކާއި ޚިލާފު ވާހަކަތަކެއް އޭރުގެ އިސްލާމީ ކަންތައްތަޚާއި ބެހޭ އެންމެ މަތީ މަޖްލީހުގެ ރައީސް ދެއްކެވި އެވެ. އަދި މައުމޫނަށް ސަނާ ކިޔުމުގެ ގޮތުން އޭނާ އަކީ ކަލެއް ކަމަށް ދޭހަވާފަދަ އިބާރާތަކުން ނައިފަރުގެ މަޖްލީސް މެމްބަރު އަޙްމަދު މުހައްމަދު (އުސްތާޒް އަހައްމަދު) ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މިއިން އެއްވެސް ބޭފުޅަކާއި ދެކޮޅަށް މައުމޫނެއް އެއްޗެއް ވިދާޅުވެފަ ނެތުމުން މިއީ މައުމޫނު ކުރެއްވެވި ވަރަށް ލާދީނީ އަމަލެއް ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

ޖީވަންގެ ފަޓްލޫނު ޖީބުން ނިޔަމް ނިޔަމް މިސް ނެންގެވި މަސްގަނޑުގެ ވާހަކަ


ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙަކީ ޒަމާނީ ތައުލީމުދޭ، އަތުޅޮގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސުކޫލޭ ބުންޏަސް ފާފަވެރިއެއް ނުވާނެއެވެ. ދުވަސް ވަރަކީ ގްރޭޑް ހަތެއްގައި ސޯޝިއަލް ސްޓަޑީޒް ކިޔަވައިދިން ދުވަސްވަރެވެ. ގްރޭޑް ހަތަކަށް މި މާއްދާ ކިޔަވައިދެއްވަނީ ޤާބިލް މުދައްރިސެއް ކަމުގައިވާ "ނިޔަމް މިސް" އެވެ. ނިޔަމް އަކީ ހިތްބަލި ނަމަވެސް ރުޅިގަދަ މުދައްރިސެކެވެ. ނިޔަމް މިސްގެ ގަޑީގައި ދަރިވަރުން ބަސް އަހައިގެން ތިބެނީ ބޮޑެތި އަދަބުތަކެއް ދޭތީއެވެ. ސަކަރާތް ޖަހައިފިއްޔާ ބޭރަށް ނެރެލަފާނެއެވެ. ފޮތް ނުލައި އަތުވެއްޖެ ނަމަ ކޮޅަށް ނަގާނެއެވެ. ކޮންމެ ކަމަކަށް ނިޔަމް މިސް ދެއްވާ އަދަބު ތަފާތުވެފައި ނިޔަމް މިސް އެހާމެ ޒީލަވެސް ގަދައެވެ.

ޖީވަންއަކީ ލާނެތް ކުއްޖެއް ނަމަވެސް މަޑުމައިތިރި މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ސުކޫލަށް ހާޒިރު ވާ ދުވަހަށް ވުރެ 'އުޅެން ޖެހޭލެއް' ބިޒީކަމުން ސުކޫލަށް ނާދެވޭ، ގަޑިޖެހިގެން ސުކޫލަށް އަންނަ ކުއްޖެކެވެ. އާދައިގެ މަތިން ދުވަހެކެވެ. ޖީވަން އިނީ ފޮތެއް ހިފައިގެން ނިޔަމް މިސް އައުމުގެ ކުރިން، ގޭގައި ނިންމަން ދީފަ އޮތް މަސައްކަތެއް ކުއްޖެއްގެ ފޮތުން *ވަގަލުކުރުމަށެވެ. މި ބުރަ މަސައްކަތުގައި އުޅެނިކޮށް ދިވެހި ގަޑި ނިމި ނިޔަމް މިސް ކްލާހަށް ވަދެއްޖެއެވެ. މަސައްކަތް ނިންމަން *"ހޭބަލައިޒްޑް" ވެފައި އިން ވަރުން ނިޔަމް މިސް ކްލާހަށް ވަން ކަމެއް ވެސް ޖީވަން ނުދެނަހުއްޓެވެ. ނިޔަމް މިސް އަަށް ޖީވަންކުރަމުންދާ މަސައްކަތް ފެނުމުން އެކަމާ ރުޅި ދުރުވިއެވެ. އަދި ޖީވަންގެ އަތުން ފޮތް އަތުލުމަށް ފަހު،  ވަގުލުކުރުމަށް ޖީވަންގެ އަތަށް ފޮތް ދިން ކުއްޖާއާއި ޖީވަންއާއި ދެމީހުން ކްލާހުން ބޭރަށް ނެރުނެވެ.

ކުރިމަތިވަމުން އަންނަ 'ދުނިޔޭގެ ކާބޯތަކެތީގެ' ދުވަހަށް ސުކޫލްގެ މަތީ ގްރޭޑް ތަކުން ތައްޔާރު ވަމުން އަންނަ ފަދައިން ގްރޭޑް ހަތެއްގެ ކުލާސް ތަކުންވެސް ދަނީ ފުރިހަމަ ތައްޔާރީތަކެއް ވަމުންނެވެ. ގްރޭޑް ހަތެއްގައި ނަން ހިނގާ މަޝްހޫރު ކުލާސް ކަމުގައިވާ ހަތެއް ސީގެ ފަރާތުން އެދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ 'ކާބޯތަކެތީގެ މައުރަޒު' ގައި ބައިވެރިކުރުމަށް ގެންނަންޖެހޭ ތަކެއްޗާއި، ކްލާހުގެ ކުދިންތަށް ގްރޫޕް ތަކަށް ބަހާލިއެވެ. ޖީވަންގެ ގްރޫޕުން ގެންނަން ނިންމީ މަސްކާއްޓެވެ. ނައިފަރަކީ މަސްވެރި ރަށަކަށް ވާތީ، މަގުމަތީ އަވީލާފަ ހުންނަ މަސްއަށި ތަކުން އެއްވެސް "އަގެއް ނެތި" ލިބޭނެ ހަމައެކަނި އެއްޗަކީ ހިކިމަސް ކަމަށް ވުމުން، ހިކިމަސް ގެންނަން ޖީވަން އެއްބަސްވިއެވެ. ދެން ތިބި ކުދިން ހަމައެކަނި ކާށި އުތުވައިގެން ގެނައީމަ ރަނގަޅު ވާނެ ކަމަށް ޖީވަން ބުންޏެވެ.

ގްރޫޕް ތަކުން ސައްލާކޮށް ނިންމި ގޮތަށް، އިންޓަވަލް ގަޑިއަށް ގެއަށް ގޮސްފަ އައިއިރު 'މައުރަޒު' ބޭއްވުމަށް ބޭނުންވާ ތަކެތި ގެނެސް ޖަމާކޮށްފިއެވެ. އިންޓަވަލް ގަޑިއަށް ފަހު، ފުރަތަމަ އޮންނަނީ ދިވެހި ގަޑިއެވެ. އޭގެ ފަހު ސޯޝިއަލް ގަޑި ނުވަތަ ނިޔަމް މިސްގެ ގަޑިއެވެ. ދިވެހި ގަޑި ނަގައިދެއްވާ ޝިޔާނާ މިސް ބަލިވެގެން ސުކޫލަށް ނުދުރުވާ ދުވަހެއް ކަމުން ދިވެހި ގަޑި އޮތީ ހުސްވެފައެވެ. އެގަޑި ފުރާދިނުމަށް އައިސް ހުރި ގާދިރު ސަރ އަކީ ކުދިންނަށް ރަނގަޅު ހިތް ހެޔޮ ޓީޗަރެއްކަމުން އެގަޑީގައި ކާބޯތަކެތީގެ މައުރަޒު ބޭއްވުނެވެ. ގާދިރު ސަރ އަށް ވެސް ދީގެން ކާބޯތަކެތީގެ މައުރަޒުގައި، ކުދިން ގެނައި ތަކެތި ކަމުން ދަނިކޮށް ގަޑި ނިމިއްޖެއެވެ. ދެން އޮތީ ސޯޝިއަލް ސްޓަޑީޒް ގަޑިއެވެ. ކެވުނު އެއްޗެއް ކައިފަ، ނުކެވުނު އެއްޗެއް ފަހުން ކެއުމަށް ފޮރުވުމަށް ފަހު ހިންދެމިލެވޭ ވަރުވީ ނިޔަމް މިސް ކޮރިޑޯ ހުރަސް ކޮށް ކްލާސް ރޫމްގެ ދޮރުމައްޗަށް އެރުމަށްފަހު 'އެކްސް ކިޔުޒް މީ ސްޓޫޑަންޓްސް' އޭ ގޮވާލުމުންނެވެ.

ހިކިމަހާއި ކާށީގެ އިތުރުން ރިހާކުރާއި  ޖައްސައިގެން ރޮށި ކެއުމުގެ ސަބަބުން ކްލާސްތެރޭގައި ދުވަނީ މަސްވަހެވެ. ނިޔަމް މިސް އަށް ވަސް ދުވައިގެން ފަހަރަކު ކުއްޖެއްގެ ދަބަހާއި މޭޒު ބަލާ ފާސްކުރަން ފެށިއެވެ. ދެކުއްޖެއްގެ ވަތްގަނޑުން މަސްކާއްޓާއި 'މައުރަޒަށް' ގެނައި އެހެނިހެން ތަކެތި ނިޔަމް މިސް އަތުލައިގަތެވެ. ޖީވަން އަކީ ކުރާ ކޮންމެ ކަމެއް ކެރިގެން ކުރާ ކުއްޖެއް ކަމުން، ނިޔަމް މިސް ދުރުވެންނެވި އިރުވެސް، "ޖަމަލު ފަތް ކާހެން" މަސްކޮޅު އަނގައިގެ ތެރޭ ހަފާލަ ހަފާލަ އިނެވެ.

އެދުވަހުގެ ގޭ މަސައްކަތާއި ބެހޭގޮތުން ސުވާލުކޮށް ކުދިންނަށް އާ ފިލާވަޅެއް ނަގައި ދިން އިރުވެސް ޖީވަން އިނީ މަސްކޮޅެއް ހަފާލުމުގައި އަވަދިނެތިއެވެ. މެގަޒިންއަކުން ފެނުނު އޮރިޔާން ފޮޓޯއަކަށް ބެލުމުގެ ސަބަބުން ޖީވަން އިނީ އެދުންވެރިކަން އޭގެ 'މަތީ ފަޑިމައްޗަށް' އަރާ 'ކޮޅުން ބޮކި' ތަޅާލަ ތަޅާލައެވެ. ޖީވަންގެ ޖީބު ފޫގޮސްފަ އިނުމުގެ ސަބަބުން ކަނާތް ޖީބަށް ކޮށްޕައިގެން 'ގޭމް' ކުޅެން ގެއްލިފަ އިން އިރު މަސްކޮޅު ހެފުމަށް އަނގަ ތެޅޭ މަންޒަރު ނިޔަމް މިސް ބަލާލާ ކޮންމެ ފަހަރަކު ނިޔަމް މިސްއަށް އެބަ ފެނެއެވެ.
އެންމެ ފަހުން ނިޔަމް މިސް އައިސް ޖީވަންގެ ވަތްގަނޑު ބަލާ ފާސް ކުރިއެވެ. ދަބަހުންނާއި ވަތްގަނޑުން އެއްވެސް އެއްޗެއް ފެންނަން ނެތުމުން އިތުރަށް ބަލާ ފާސް ކުރުމަށް ޖީވަން ކައިރީ ކޮޅަށް ތެދުވުމަށް ނިޔަމް މިސް ބުނުއްވިއެވެ. ނަމަވެސް 'ދަނޑިއަރާފަ' އިނުމުގެ ސަބަބުން ޖީވަން އެކަމާއި އިންކާރު ކުރިއެވެ. ނިޔަމް މިސްއަށް ލިބިފައިވާ ބާރު އެނގޭތީ ، ފަޓްލޫނުގެ ޖީބަށް އަތްކޮށްޕައިގެން ހުރެ ޖީވަން ކޮޅަށް ތެދުވީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. އެހިނދު ނިޔަމް މިސް ، ޖީވަންގެ މުޅި ހަށިގަނޑުގަ އަތްހާކައިގެން ބަލަން ފެށިއެވެ. ފަޓްލޫނުގެ ކަނާތު ޖީބު ފިޔަވާ، ފަޓްލޫނުގެ ހުރިހާ ޖީބެއް ނިޔަމް މިސް ބަލާ ފާސް ކޮށްފިއެވެ. ފަޓްލޫނުގެ ކަނާތުގެ ޖީބަށް، ޖީވަން އަތްކޮށްޕައިގެން ހުރުމުގެ ސަބަބުން ކަނާތުގެ ޖީބަށް ނިޔަމް މިސްއަކަށް އަތެއް ނުކޮށްޕޭނެނޫންތޯއެވެ.
ނިޔަމް މިސް: "ހަމަ މިހާރު ޖީބުން އަތްނަގާ... ތި ޖީބަށް ފުރެންދެން މަސް އަޅައިގެން ފޮރުވައިގެން ތިހުރީ.."
ރުޅިވެރިކަމާއިއެކު ނިޔަމް މިސް މިހެން ބުނުމާއެކު ޖީވަން އެކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ.
ޖީވަން: "މާތް ﷲ ގަންދީ ހުވޭ މިކުރީ... މި ޖީބަކު މަހެއްވެސް ކާއްޓެއްވެސް ނެތް ނިޔަމް މިސް..."
ނިޔަމް މިސް ބޭނުން ވީ، ނިޔަމް މިސްގެ ބަހުގެ ތެދުކަން ސާބިތު ކޮށްދޭށެވެ. އަދި ޖީވަންގެ އަތް ގަދަކަމުން ޖީބުން އުފުރާ ލުމަށްފަހު، ޖީބުގެ ތެރެއަށް އަތްކޮށްޕާލިއެވެ. ފަޓްލޫނުގެ އެހެން ޖީބުތަކާއި އަޅާބަޅާއިރު މި ޖީބު މާފުނެވެ. ޖީބުގެ އެކި ދިމަ ދިމާއަށް އަތް ހިންގާލިތަނާ މަސްގަނޑެއްގައި ނިޔަމް މިސްއަށް ހިފުނެވެ. އަދި މަސްގަނޑު ނެގޭތޯ ނިޔަމް މިސްގެ ގައިގެ ހުރި، ހުރިހާ ބާރެއް ލާފަ ދަމައިގަތެވެ.
ނިޔަމް މިސް: " މިސް ބުނީމެއްނުންތަ އޭރުގަ ވެސް... މަސްކާށި ކަންޏާ  މިސްއަށް އެނގޭނޭ.. މިއޮތީ ކޮން މަސްގަނޑެއްތަ ދެން.."
މަސްގަނޑަށް ކުއްލިޖަހަމުން ނިޔަމް މިސް މިހެން ބުނުއްވުމާއެކު ޖީވަން އަށް ވީ ތަދެއްގެ ބޮޑުކަމުންނާއިއެކު އެއީ ދޮގެއްކަން ހާމަ ކުރުމުގެ ގޮތުން ޖީވަން ބުންޏެވެ.
ޖީވަން: "އައްދޯއި ނިޔަމް މިސް... ޗަޔޭ މަސްގަނޑެއް ނޫނޭ ނިޔަމް މިސް... ނިޔަމް މިސް ކިތަންމެ ބާރަކަށް ދެމިޔަކަސް ޗަ މަސްގަނޑެއް ލުހެގެންނެއް ނާންނާނެ..."

ޖީވަން މިހެން ބުނުމާއެކު ނިޔަމް މިސްއަށް ޖީވަންގެ ބަސް ޔަގީން ކޮށްލުމަށްޓަކައި ޖީވަންގެ ޖީބުން ނިޔަމް މިސްއަށް ހިފިގެން މިއުޅޭ މަސްގަނޑަށް ބޭއިޚްތިޔާރުގައި ފިތާލެވުނެވެ. އަދި މަސްގަނޑުގެ ބުޑަށް ނިޔަމް މިސްގެ އަތްވެސް ކޮށްޕާލެވުނެވެ.
ތެދެކެވެ. ޖީވަން އެބުނީ ހަމަ ތެދެކެވެ. ޖީވަންގެ ޖީބުން ނިޔަމް މިސް އަށް އަތްކޮށްޕާފަ އެހިފުނީ މަސްގަނޑެއްގަ އެއްނޫނެވެ. އެއީ ގުދުރަތީ "ދިރޭ" މަސްގަނޑެކެވެ. ޖީވަންގެ ފަޓްލޫނުގެ ޖީބުން ނިޔަމް މިސްގެ އަތް ނެގިއިރު ނިޔަމް މިސްގެ އަތުގައި ހޭކިފައި ހުރި 'ލޮނދި' ފެނެއްގެ ސަބަބުންނާއި، މަސްގަނޑުގެ މަޑުކަމުގެ އިތުރުން މަސްގަނޑުގެ ދަށުގައި އިން މަޑު ދެ "ޗެރީ" އިން ނިޔަމް މިސް އަށް މިކަން ރަނގަޅަށް ރޯފިލައިފިއެވެ.

ޖީބުން އަތްނެގުމަށްފަހު އަތްތިލައަށް ބަލާލައިފަ "އަމައްޔާތް" އޭ ގޮވަމުން ނިޔަމް މިސް ދިޔައީ ސްޕަވައިޒަރު ގެންނާށެވެ. އެކަމަކު ނިޔަމް މިސްއަށް ބުނަން ކެރޭ ވަރަށް ވުރެ ކުރެވުނު ކަމުގެ ލަދުވެތިކަމާއެވެ. ސްޕަވައިޒަރު ކައިރީ ބުންޏަސް ނިޔަމް މިސް ބަދުނާމުވުން ފިޔަވައި އިތުރު ކަމެއް ނުވާނެތާއެވެ. ޖަނގިޔާ ނުލާ އިން ފިރިހެނެއްގެ ޖީބަށް އަތްކޮށްޕާއިރު ޖީބު ފޫގޮސްފަ އިންނަންޏާ ހިފޭނީ މަސްގަނޑުގައެއް ނޫނެވެ. އަދި ކިއެއްތަ އެފިރިހެނާގެ 'ލަދުވެތި' ގުނަވަނުގައިކަން މުދައްރިސުން އަހުލުވެރި ކުރުވާ ޕްރޮގްރާމްތަކުގައި އޭރު ކިޔައި ނުދީ ހުރުމުގެ ސަބަބުން މިފަދަ ކަމެއް މެދުވެރިވީތާއެވެ. ހަލާ ދަނޑީގެ ދެކޮޅު ބެލުމުގެ ބަދަލުގައި، ނިޔަމް މިސް އަށް މި ހިފުނީ ހަލާ ދަނޑީގެ އެއްކޮޅުގަ ދެއްތޯއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ސލމ
----------------
*ވަގަލުކުރުމަކީ ވަގު ނަކަލު ކުރުމެވެ. މާނައަކީ ވަގަށް ނަކަލު ކުރުމެވެ.
ހޭބަލައިޒްޑް ވުމަކީ ހޭބަލިވުން ނުވަތަ ކަމަކަށް މާބޮޑަށް ގެއްލި ހުސްވެފައި ވުމެވެ. 

ނައިފަރުގައި ބަންގާޅީންގެ މާރާމާރީ ގިނަވެއްޖެ


ނައިފަރުގައި މަސައްކަތް ކުރާ ބަންގާޅީންގެ ބަޔަކު މާރާމާރީ ހިންގައިފި ކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދިން މީހަކު މިއަދު ބުނެފިއެވެ. މިއަދު ހަވީރު 4:30 ހާއިރު ހިންގި މިހާދިސާގައި ދެމީހުންނަށް ވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ދެމުން ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދެމީހުން ވެސް މައްަސަލަ ޖެހުނީ ރޯދަ ވީއްލުމަށް މިސްކިތަށް ގެންދާ އެއްޗެހި މިސްކިތުން ވަގަށް ގެންގޮސް އޭތި ބަހާނެ ގޮތަކާއި މެދު ކަމަށްވެސް އޭނާ ބުންޏެވެ. އިތުރު މައުލޫމާތު ހޯދުމަށް ބަންގާޅީ މީހާއަށް ވެސް ގުޅާލީމެވެ. "ބޮންދު ބަރާބަރު ނަމާޒް ކުރަނީ... ބަރާބަރު ރޯޒާ ހިފަނީ... ދެން މިތާ ބޮންދުމެން ކޮށީގޭ އުޅެނީ ރޯޒާ ނުހިފާ ކުޑަކުޑަ މުސްލިމް ވައްތަރު ހުންނަ މީހާ... އޭނާ ކޮންމެ ދުވަސް މިސްކިތް ދަނީ... ދެން ކަދުރު ކަނީ ބޭވަރު ބޭވަރު ކަނީ... މިސްކިތުގޭ ހުންނަ އެއްޗިހި ބޮންދު ޗޯރު ހަދަނީ... ހުރިހޭ އެއްޗެއް ބޮންދު ގެންދަނީ... ބޭވަރު ކަދުރު ގެންދަނީ... ބޭވަރު ބިސް ގެންދަނީ... އަދި ރީތި ފޭންވާންވެސް ބޮންދު ގެންދަނީ... އެވައްތަރު ސަކަލާތް ހުންނަނީ... ރޯޒާ ހިފާ ގަޑީ ޗޯރު ހެދީމާ ބޮޑު ބޮޑު އަޒާބު ހުންނަނީ.." ބަނގުލަދޭޝްގެ އަންވަރު ހިމާރުލް އިސްލާމް ބުންޏެވެ.

ނައިފަރުގެ މަސްޖިދުއް ތަޤްވާ އަށް ރޯދަ ވީއްލުމަށް ދާ މީހުންގެ 80 އިންސައްތަ އަކީ ބަނގުލަދޭޝްގެ ރައްޔިތުންނެވެ. ރޯދަ ވީއްލުމަށް އެކި އެކި ދީލަތި ފަރާތްތަކުން މިސްކިތުގައި އިޢުތިކާފަށް ތިބޭ ރޯދަ ވެރިންނަށް ގެންދާ ތަކެތި، ބަނގުލަދޭޝްގެ މީހުން ކެއުމުގެ އިތުރުން އޭގެ ތެރެއިން ބާކީ ވާ ތަކެއްޗާއި ބަެއް ފަރާތްތުން ޚައިރާތުގެ ގޮތުގައި ބަހާލުމަށް ހަވާލުކުރާތަކެތި  އެމީހުންގެ ރައްޓެހިންނަށް ގެންގޮސް ދިނުމަށް ކޮތަޅުތަކުގައި ބަންދުކުރެއެވެ. މިސްކިތަށް ގެންދާ ކޮންމެ އެއްޗަކުންވެސް އެތައްބައިވަރެއް މި މީހުން އެއްކުރުމަށް ފަހު ކޮތަޅަކަށް އަޅައިގެން އިމާމާ ޤަމަތް ދޭން ފެށުމާއިއެކު މިސްކިތުން ނިކުމެގެން ވަގު ވަގަށް ހިފައިގެން ދަނީ އެމީހުން އުޅޭ ގެއަށެވެ. ނައިފަރު މީހުން މިސްކިތަށް ދާއިރު އަރައިގެން ދާ ރީތި ފައިވާނާއި، ރީތި ބޫޓް ފަދަ ތަކެތި މި މީހުން ވަގަށް ގެންގޮސް އެހެން ރަށްރަށުގައި ތިބޭ ބަނގުލަދޭޝްގެ މީހުންނަށް އަގުހެޔޮކޮށް ވިއްކާލަނީއެވެ.

ނައިފަރުގެ އިތުރުން މާލެއާއި ރާއްޖެ ތެޜޭގެ ރަށްރަށުގެ ގިނަ ބަޔަކު ނަމާދަށް މިސްކިތަށް، ދާއިރު ހުކުރު ނަމާދާއި ރަމަޟާން މަހުގެ މަޣުރިބް ނަމާދު ފިޔަވައި މިސްކިތަށް ނަމާދަށް ދާ ބަނގުލަދޭޝްގެ މީހުން މަދުކަން ފާހަގަ ކުރެވެއެވެ. ރަމަޟާން މަހު ލިބޭ ފައިދާ ބޮޑުވީމާ މިސްކިތަށްގޮސް އަތުޖެހުނު އެއްޗެއް ވިއްޔާ ވަގަށް ގެންދާއިރު މިކަން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ރާއްޖޭގައި ގެދޮރު ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ގިނަ މީހުންނަކީ ބަނގުލަދޭޝްގެ މީހުންނެވެ. އަދި ބަނގުލަދޭޝް އިން ރާއްޖެ އައިސް މަސައްކަތްކުރާ ގިނަ މީހުންނަކީ އިމިގްރޭޝަންގެ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ މީހުންނެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Thursday, July 26, 2012

މުދައްރިސްގެ ކަށްގަނޑުން ބޭރަށް ނިކުތީ ދޮން ހޯނެއް ތޯއެވެ.

އަލިބެ އަކީ ކިޔަވައިދިނުމުގައި ތަޖްރިބާކާރު މުދައްރިސެކެވެ. ސުކޫލުގެ ގްރޭޑް ހަތަކަށް ކިޔަވައިދިނުމުގެ ޤާބިލްކަން ހުރި ޝަޚްޞިއްޔަތެއްވެސް މެއެވެ. އަލިބެ ކިޔަވައިދެއްވަނީ އިސްލާމް މި މާއްދާއެވެ. ދީނީ އިލްމުގެ އިތުރުން ކީރިތި ރަސޫލާގެ ސިޔަރަތަކީ އަލިބެއަށް ވަރަށް ބޮޑަށް އެނގޭ އެއްޗެކޯލައެވެ. އަލިބެގެ ގަޑީގައި ކުދިން އެހާ ކިޔަވާހިތް ނުވާ އެއް ސަބަބަކީ، ފިލާވަޅާ ނުގުޅޭ ބޭކާރު ވާހަކަތައް ކިޔައިދިނުމެވެ. މިކަމުގެ ޝަކުވާތައް އުފުލި އެންމެ ފަހުން އަލިބެ ބަދަލު ކުރީ އެގްރޭޑްގެ އަންހެން ކުލާސްތަކުގެ، އިސްލާމްގަޑި ނަގާދޭ އިސްލާމް ޓީޗަރަކަށެވެ. އަލިބެއަކީ އޭރު ހުސްސަރިބައި ނަމަވެސް ދެބައި އުމުރުގެ "ވަރުއަރާ" ފިރިހެނެކެވެ.

ކްލާހަށް ފުރަތަމަ އައި ދުވަހުވެސް އަލިބެގެ ނަޒަރު ހުއްޓުނީ އެ ކްލާހުގައި އިން ތުޅާދޫ ޒިދުނާގެ ޖާޒުބީ މޭގަނޑަށެވެ. ކްލާހުގެ ފަހަތުގައި އިން ޒިދުނާގެ ކުށެއް ނެތަސް "ބޭކާރު ވާހަކަ ދައްކަނީ" އޭ ކިޔާފަ ކުރީ ގޮޑިބަރިއަަށް ޒިދުނާ ބަދަލު ކުރީ އެވަގުތު ކޮޅުވެސް އަލިބެ ކަރުހިއްކާލުން ފިލުވާލުމަށް ޒިދުނާގެ މޭގަނޑު ފެނުމުން އެލިބޭ ބޮޑު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ކޮންމެ ދުވަހަކުވެސް ޒިދުނާ ކޮޅަށް ނަގައެވެ. ކޮޅަށް ހުންނައިރު ޒިދުނާގެ ވަނާތައް ޔުނީފޯމުގެ މަތިން އަލިބެއަށް "ޓާޓާ" ކިޔާކަހަލައެވެ. ކުލާހުގެ ގަޑި ނިންމާލުމަށްފަހު އަލިބެ ގެންނަ ފައިލެއް، ފަޓުލޫނުގެ ޒިބާއި ދިމާލުން ކުރިމަތި ފަރާތް ނިވާވާގޮތަށް އަޅައިގެން ދަނީ "ދަނޑިއަރާފަ" ހުންނާތީއެވެ. އެންމެ ދުވަހެއްވެސް  ފާޚާނައަށްވަދެ "ޒަކާތް" ނުދީ "މައިތިރި" އަރާކަމަކަށް ނުވެއެވެ. އަލިބެއަށް އެހާވެސް ވަރު އަރައެވެ. ޒިދުނާގެ ވަނާތައް ހަމަ އެހާވެސް އަސަރު ގަދައީއެވެ.

އާދައިގެ މަތިން އަލިބެ ކިޔަވާދޭ ދުވަހެކެވެ. މަޝްހޫރު އިބުނު ހަޖަރުގެ ވާހަކަ ކިޔައިދެމުން ދިޔައިރުވެސް އަލިބެގެ ލޯ ހުރީ 'ނަމުގައި' ވާހަކަދައްކާތީ، ކޮޅަށް ނެގިފައި ހުރި ޒިދުނާގެ މޭގަނޑަށެވެ. އިބުނު ހަޖަރަށް އެނަން ކިޔުނު ގޮތަކީ އޮމާން ފާރަކަށް އަރަމުން ދިޔަ ކުރަތްޕެއްގެ ހިތްވަރު ފެނި ކުރި ބުރަ މަސައްކަތުން ، ކުރީގަ އެބޭފުޅާގެ ކޮށި ވިސްނުން ބަދަލުކުރުމުން ކަމުގައި އަލިބެ ކިޔައިދިނެވެ. ކުރަފި ވަކި ހިސާބަކަށް އަރާއިރަށް ވެއްޓެނީއެވެ. އެކަމަކުވެސް ފާރުގެ އެންމެ މަތީގައި އިން ދޮން ހޯނު އިން ހިސާބައް އެރޭތޯ ކުރަފި މަސައްކަތްކުރި ކަމަށް އަލިބެ ބުންޏެވެ. އެހާހިސާބުން ކުއްޖަކު ތެދުވެ ސުވާލެއް ކުރިއެވެ.
ދަރިވަރު: މުދައްރިސް... ދޮން ހޯނު ކީއްވެތޯ ފާރުގަ ނުވެއްޓި އިނީ... ކީއްވެތޯ ކުރަފި ފާރުން ވެއްޓެނީ...
އަލިބެ: ހޯނުވެސް ވެއްޓުނޭ... ހޯނު ކުރި ބުރަ މަސައްކަތް ބަލަން ކުރަފި އިނީ... އެހެންވެ ކުރަފި ވެސް އެހާ ވަރަށް މަސައްކަތްކުރީ...
ދަރިވަރު ސުވާލު ކޮށް ނުނިމެނީސް އެހެން ކުއްޖެއް ސުވާލު ކުރިއެވެ.
ދަރިވަރު: "މުދައްރިސް، ދޮން ހޯނު އިންނަނީ ކިހިނެއް....؟"
ދަރިވަރުގެ ސުވަލަށް އަލިބެެ ޖަވާބުދިނުމުގެ ކުރިން، ފަހަތު ގޮނޑިބަރިން ކުއްޖަކު ތެދުވެ "އޭނީ ދޮން ހޯނު ނިކުމެޔޭ" ބުންޏެވެ.
ބޭއިޚްތިޔާރުގައި އަލިބެއަށްވެސް ދޮން ހޯނު އިންދިމާ ހޯދަން ފެށުނެވެ.
އަލިބެ: "ކޮބާ... ކޮބާ... ކޮބާ ދޮން ހޯނު..."
ދޮން ހޯނު ހޯދުމަށް ހުރިހާ ކުދިން ޝައުގުވެރިވި ވަގުތު، އިނގިލިން އިޝާރާތްކޮށް ޒިދުނާ ބުންޏެވެ.
ޒިދުނާ: "މުދައްރިސް... ކުޑަކޮށް ގުދުވެލާފަ ބަލާލަބަލަ... ދޮން ހޯނު އޭނީ ހޮރުން އޭގެ ބޯވެސް ނެރެގެން.... ހޯނު އަނގައިން ސޮނިބޮކިވެސް އެބަ ވެއްޓޭ..."
ޒިދުނާ މިހެން ބުނުމާއިއެކު ހުރިހާ ކުދިންނާއި އަލިބެވެސް، މޭޒުގެ ދަށުން އަލިބެގެ ފަޓުލޫނުގެ ކަށްގަނޑާއި ދިމާއަށް ބަލާލިއެވެ. ބައެއް ކުދިން އަލިބެގެ ދޮން ހޯނު ފެނި ހަޅޭއްލަވަމުން ކުލާހުން ބޭރަށްވެސް ނިކުތެވެ. ޒިދުނާގެ އަސަރުގަދަ މޭގަނޑު ފެނި އަލިބެ ކަށްގަނޑަށް ބާރު ބޮޑުވެ، ކަށްގަނޑު ފަޅައިގެން ގޮސްފަ އިންތަނުން އަލިބެގެ ފިރިހެން ހަށި 3 އިންޗި ބޭރަށް ނިކުމެފަ އިންތަން ނުފެންނަ އެއްވެސް ކުއްޖެއް ކުލާހުގަ ނެތެވެ.

މިމައްސަލަ އާއި ގުޅިގެން އަލިބެގެ ވަޒީފާއިން ސަސްޕެންޑްކޮށް ގެއަށްވެސް ފޮނުވާލިއެވެ. ޒުވާން އުމުރުގައި އެހާ 'ވަރު އަރާއިރު' މީހަކާ ނީންދެ ހުންނަންޏާ އަލިބެ ފަދައިން ކޮންމެ މީހަކަށްވެސް މިކަހަލަ ކަންތަކާއި ކުރިމަތިވާނެތާއެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމުގެ މުހިންމުކަން އެނގޭނީ މުސްކުޅިވީމައެވެ.  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ފހދ

Wednesday, July 25, 2012

މީ 'ކަށިކެޔޮ ރައިޓަރެއް' ނޫނެވެ. ސީޑީ ރައިޓަރެކެވެ.


<< އަންހެނަކު ކަށިކެޔޮ ލިޔަނީ... ކަށިކޭލަކީ ސިއްޙަތަށް ފައިދާހުރި އެއްޗެއް.....

--------------------------------------

މުޅި ނޫނު އަތޮޅަށް މަޝްހޫރު 'ގަޅިކަމުގަ' ދެވަނަ މިސާލެއް ނުވާ ނޫނުއަތޮޅުގެ ރަށެކެވެ. ރަށުގެ ގިނަ މީހުންނަކީ 'ނައިފަރު ދޮހޮއްކޮގެ' ލަވައިގެ އިތުރުން 'މުހައްމަދު ރަފީ ސާހަބުގެ' ލަވަތަކަށް ލޯބިކުރާ ހިތްހެޔޮ ގުޅުން ބަދަހި ބަޔެކެވެ. ދަނޑުވެރިކަމުން ލިބޭ ނަފާގެ މައްޗަށް ބަރޯސާވެގެން ތިބި ތަނަވަސް ރައްޔިތަކު ތިބޭ ރަށެކެވެ. ބައެއް މީހުން ހުސްވަގުތު ލިބޭ ވަރަކުން އެކި ބާވަތް ބާތަގުގެ ތަކެތި ހަދަނީ ކައިރި ރަށްރަށުގެ އިތުރުން މާލެއަށް ވިއްކައިގެން އޭގެ ނަފާ ލިބޭތީއެވެ.

މިގޮތުން އަވެއްޔާއި، ރާހުތާއި، އެކިވައްތަރުގެ އަސާރައާއި، ދިވެހި ހަކުރުގެ އިތުރުން ކަށިކެޔޮ ބޮނޑި އަކީ އެމީހުންނަށް އެންމެ 'ޑިމާންޑް' ބޮޑުކޮށް ވިއްކާލެވޭ ތަކެއްޗެވެ. މި ދެންނެވި ތަކެތީގެ ތެރެއިން އެންމެ 'ޑިމާންޑް' ބޮޑުވެފަ 'މަސައްކަތްބުރައީ' ކަށިކެޔޮ ބޮނޑި ހެދުމަށެވެ.ކަށިކެޔޮ ބޮނޑި ހެދުމަށް ކަށިކެޔޮ ލިޔުމަކީ ވަރަށް 'ކަވި' ގިނަ ވަގުތު ނަގާ ކަމެކެވެ. މިކަމުގައި 'ގަނަ ތެޅެންޖެހޭ ވަރު' އެނގޭނީ މި މަސައްކަތް ކުރާ މީހުންނަށް ތާއެވެ. އެންމެ ފުރަތަމަ ވަލުތެރެއިން ދޮންކަށިކެޔޮގަނޑެއްް ހޯދުމެވެ. ކަށިކެޔޮ ލިޔެދޭނެ މީހުން ހޯދުމެވެ. ފުށްގަނޑު ފުރާނަން ބޭނުންކުރާ ހުދުފޮއްޗެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ. ޒަމާނީ އާލާތް ތަކުން އޭގެ އެންމެ ފަސޭހަ ގޮތުގައި ބޮނޑިހެދުމަށް ބޭނުން ކުރެވެނީ ހަމަ އެކަނި މިކްސަރ އެވެ. އެއީ ބޮނޑިހެދުމަށް ކަށިކޭލުގެ ފުށްގަނޑުނެގުމަށް ލިޔެފަ ހުރި ކަށިކެޔޮ ހިމުންކޮށް މުގުރުމަށެވެ. މިގޮތަށް މުގުރާ ކަށިކެޔޮ ފުށް ނެގުމަށް، ފުރޭނުމަށް މާބޮޑަށްވެސް ފަސޭހައީއެވެ.

ރަށުގެ މުއްސަނދި މީހެއްގެ ދަރިއަކު ރަށަށް ކޮމްޕިއުޓަރެއް ގެނައެވެ. ރަށުގެ މީހުން ނުދެކޭ މޮޅު އެއްޗަކަށް ވުމުން މީހުން އޭތި ދެކުމަށް ދެއިރު ދެދަޅައަށް އެގެއަށް ޒިޔާރަތްކުރެއެވެ. އަދި މިއިން ކުރެވޭ ބޭނުންތަކާއި، މީގެ ފަސޭހަކަން ގިނަބަޔަކަށް އެނގުމުން ގިނަ ބަޔަކު މީތި ބަލައިގަތީ ވަރަށް އުފަލާއެކުއެވެ. ކޮމްޕިއުޓަރުގެ ލުއިފަސޭހަކަން ލިބުމުން ރަށުގައި ކުރިން އަތުން ލިޔަމުން ދިޔަ ކިތަންމެ ލިޔުންތަކެއް ކޮމްޕިއުޓަރުން ލިޔަމުން ދިޔުމުގެ އިތުރުން ކުދިންގެ ނަންކޮޅުވެސް ހަދަނީ މިދެންނެވި ކޮމްޕިއުޓަރުންނެވެ. ރަށުގެ ޒުވާން ފުރައިގެ ކުއްޖަކު ޖިންނި މޮޔަވެގެން ވެސް ރަނގަޅު ކޮށްދިނީ މި ކޮމްޕިއުޓަރެވެ.

ރަށުގެ ނަންމަޝްހޫރު ފަންޑިތަވެރިން ނާކާމިޔާބުކޮށްލުމަށް ފަހު ކޮމްޕިއުޓަރުން ހެދީ މޮޅު ފަންޑިތައެކެވެ. ތަވީދުގައި ލިޔެފައި އޮތް އިބާރާތް ނުވަތަ ޖިންނި ބިރުގަންނަވާ މޮޅު ޢަޒީމަ ޕްރިންޓް ކުރީވެސް ކޮމްޕިއުޓަރެވެ. "މިއަދުން ފެށިގެން މިސޮރާއި އަވަލަވާގެން އުޅޭ ޖިންނި، މިސޮރުކައިރިއަށް އައުމަކީ މަނާކަމެކެވެ. މި އެންގުމާއި ޚިލާފް ވެއްޖެ ނަމަ 'ޝިފްޓް ޑިލީޓް' ކޮށްލެވޭނެކަންވެސް ތިޔަ ޖިންނި ހަނދާންކުރައްޗެވެ." މި ޢަޒީމަ ލިޔެ ޕްރިންޓްކޮށް އެޅުވި ތަވީދަށް ފަހު، އެސޮރު އެއްކޮށް ރަނގަޅުވީއެވެ. ޖިންނިމެންވެސް 'ޝިފްޓް ޑިލީޓް' ވާކަށް ބޭނުމެއް ނުވާނެތާއެވެ. ޝިފްޓް ޑިލީޓް ކުރާ އެއްވެސް އައިޓަމެއް ރިސައިކްލް ބިންގަ ނީންނަ ފަދައިން، ޝިފްޓް ޑިލީޓް ކުރުމުން، "މަރުވެ ކަށްވަޅު ނުދެކި ނަރަކައަށް ދަނީ" ކަމުގައި ޖިންނި މެންވެސް ގަބޫލު ކުރަނީ ތޯއްޗެކެވެ.

ރަށުގެ ހޮޅުއަށްޓަކީ ދުވަސްވީ މީހުންގެ އިތުރުން ގިނަ ބަޔަކު އެއްވެ ޚިޔާލު ބަދަލުކޮށްލާ ރަށުތެރޭ ހިނގާ އެންމެ 'ހިޓް' ކަންތަކުގެ ވާހަކަ ދައްކާ ތަނެއްގެ އިތުރުން، 'މީހުންގެ މަސްކެއުންތައްވެސް ބާއްވާ' ތަނެކެވެ. ރަށުގެ ދުވަސްވީ އާދަނުބެ އަކީ ކަށިކެޔޮ ބޮނޑި ހެދުމުގައި ހޭބޯ ނާރާ އުޅޭ އެއްކަށި ވީރެއް ފަދަ މީހެކެވެ. ޢިލްމެއް ލިބި ނެތަސް ޙިލްމުގެ ސަބަބުން ތިޔާގި ކަން ލިބި އެކަން ދެމެހެއްޓޭތޯ 'ހިތުން ފަޤީރު' މީހެކެވެ. ހޮޅުއަށްޓަށް ގަވައިދުން ގޮސް 'އަޕްޑޭޓްވާ' މީހެވެ. އެދުވަސްކޮޅު ޗާޓްގެ އެންމެ ކުރީގަ އުޅެނީ ކުރިން 'ލަވަހޮޅި' ޖެހި މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދިން ޚަބަރެކެވެ. ކަތީބުމެން ގެއަށް އަލަށް ގެނައި ކޮމްޕިއުޓަރު ސިސްޓަމްގެ މޮޅުވާހަކައެވެ. ކުރީގަ 'އޮޑި ގޯތި' މީހުން ގެނައި ކޮމްޕިއުޓަރަށް ވުރެ މާ މޮޅު ކޮމްޕިއުޓަރެކެވެ. މިއިން ކުރީގަ ޖެހި ސީޑީ ޕްލޭޔަރުތަކުން ޖަހަމުން ދިޔަ ލަވަތައް އެހެން ސީޑީ އަކަށް އަޅާދެއެވެ. ގިނަ ބަޔަކަށް މިކަން ކުރަނީ ކިހިނެއްކަން ނޭނގުނަސް، އެކަން ކުރަނީ މިދެންނެވި ކޮމްޕިއުޓަރު ކަން އެނގެއެވެ.

އާދަނުބެވެސް ހޮޅުއަށީގައި އިން ދުވަހެކެވެ. ޒުވާން ފުރައިގެ ދެކުއްޖަކު އައިސް ދެއްކި ވާހަކައަކުން އާދަންބެގެ ހިތް އުތުރި އެރި އެވެ. ލިބުނު އުފަލަކުންނެވެ. މަސައްކަތަށް އައި ބޮޑު އިންގިލާބަކުންނެވެ. ފަތިހު ގޮވި ކޮވެއްޔާއެކު އާދަނުބެ ވެސް ހޭލިއެވެ. ދޮންކަށިކެޔޮގަނޑުތައް ކަނޑައިގެން ގެންގޮސް ކަތީބުމެން ގޭ ކައިރީ ފަރުބަދައެއްހެން ޖަހާލިއެވެ. ބޮލެއް ކަނދުރާއެއް ބެލުމެއް ނެތި ހިންދެމިލީވެސް އިރުގެ ހޫނުކަން ހަންގަނޑު ރޯފިލާވަރު ކޮށްލީމައެވެ.

އާދަންބެ: "ކަތީބޫ.. ކޮބާ މިގޯތި ދޮން ސޮރު.... ހައްވާނިކޭ ކޮބާ ތަ މަގޭ ދޮންހޯނު..."
ޅަވަރެއްގެ ގެރިއެއްހެން އާދަނުބެ ގޮވާލިއެވެ. ކަތީބުގެ ދޮން އަހައްމަދު ފެނޭތޯ ދެކޮޅަށް ކުރުކާލި ކަނޑާލިއެވެ. ނަސީބަކުން އެސޮރު ބޭރަށް ނިކުމެއްޖެއެވެ. ކައިރިއަށް އައުމަށް އިޝާރާތްކޮށްލުމުން އެސޮރު އައިގޮތަށް އައިސް ފުރަތަމަވެސް ކުރީ ސުވާލެކެވެ.
އަހައްމަދު: "ބަލަގަ އާދަންބޭ.. މީކޮންވަޑާމެއް... މިއޮއްހާ ކަށިކޭލެއް... މިއަދުވެސް ބައްޕައަށް ވެދުމަކަށް ގެނައި އެއްޗެހިތަ މީ..."
ސުވާލުގެ އެއްބައި އަނގައިގަ އޮއްވާ އާދަނު އެސޮރު ކޮނޑަށް އަތްވައްޓާލަމުން ބުންޏެވެ.
އާދަންބެ: "ދޮންދޫންޏާ... މަގޯތި އަހައްމަދާ... ތިޔާ ގެންގުޅޭ ކޮންނަޕޫޓަރަކުން މިހިރެ ފެންނަ ކަށިކެޔޮތައް ލިޔެލާދީބަލަ... އަވަހިއްޔާ އަވަސް ވާނެތާ ދެލޯފުޅާ ރަންކޮޅާ..."
އަހައްމަދު އިތުރަށް ހައިރާން ވުން ނޫން ކަމެއް ނުވިއެވެ.
އަހައްމަދު: "ބަލަގަ އާދަންބޭ ކޮމްޕިއުޓަރުން ތިކަހަލަ ކަމެއް ނުކުރާނެ... ސިޓީއެއް ލިޔެލެވިދާނެ... ލަވަހޮޅިއެއް ވެސް ލިޔެލެވިދާނެ..."
އަހައްމަދަށް ފާޑަކަށް ރޯފިލައިފިއެވެ. އަހައްމަދު ގެންގުޅޭ ކޮމްޕިއުޓަރުގައި ސީޑީ ރައިޓަރެއް އިންނާނެއެވެ. މި ރަށު މީހުން ކިޔާ ގޮތުން އެއީ 'ލަވަ ހޮޅި ލިޔާ ހަރެވެ.' ޔަގީން ކޮށްލުމަށް ބޭ އިޚްތިޔާރުގައި އާދަނުބެ ކުރެން އަހާލެވުނެވެ.

އަހައްމަދު: "ތިޔާ ބުނަނީ..... އޭގަ އިންނަ 'ލަވަ ހޮޅި ލިޔާ ހަރުން' ތީއްޗެހި ލިޔާށޭތަ..؟"
އާދަންބެ: "އާ މަގޯތި ފުތާ... ތިޔާ ބުނާ އެއްޗަކުން ބަސްބުނާ ހިނދަށް މިހިރަ ފަރުބަދަ ތަމާން ކޮށްލަފާނެ... އާދަންބެ މެން ކަހަލަ ނިކަމެތި ފަގީރަކަށް މިވަރުގެ ކަމެއް ކޮށްލާ ދިނަސް ދަރިފުޅު ބައްޕާ ރުޅިއެއް ނުދުރުވާނޭ... ނިމެން ވާއިރަށް އިތުރަށް ދޮޅަހަކަށް (12 ވަރަކަށް) ގަނޑު އަދި ގެންނާނަން...
އާދަންބެ ވީ އުފަލުން އެސޮރު ގަޔާކައިރިކޮށްލާ ވަރަށް ލޯބިން ބުނެލިއެވެ.
އަހައްމަދު: ބަލަގަ އާދަންބޭ... މީ ކަށިކެޔޮ ރައިޓަރެއް ނޫނޭ... މީ ސީޑީ ރައިޓަރެއް... ކަށިކެޔޮ ލިޔަން ހުންނާނެ ލިޔާ ވަޅި...
އަހައްމަދު ގެ ހިނި ގަނޑު ފަޅަފަޅައިގެން ދިޔުމާއެކު ބުނެލިއެވެ.

އާދަންބެގެ ހަތަރު އުދަރެސް ފެނުޖެހުން ކަހަލައެވެ. ކުރާނީ ވަކި ކީއްހެއްޔެވެ. ގޭ މީހުންތައް 'އެލާޓަށް' ގެނެސް މި ކަށިކެޔޮތަށް ލިޔުއްވުން ނޫން އިތުރު ކަމެއް ދެން ނޯންނާނެތާއެވެ. ދިވެހި ބަހަކީވެސް ކެހި ދޭ އެއްޗެކެވެ. އެއީވެސް އޭގެ މާނަ ދިމާ އިދިކޮޅަށް ނަގައިފިނަމައެވެ. 'ރައިޓް' ކުރުމަކީ އިނގިރޭސި ބަހެކެވެ. މާނައަކީ 'ލިޔުމެވެ'. ނަމަވެސް ކަށިކެޔޮ ރައިޓެއް ނުކުރާނެތާއެވެ. ކަށިކެޔޮ ލިޔާނީއެވެ. ޓެކްނޮލޮޖީގެ ސަބަބުންވެސް ކޮޅުކެހި ލިބޭ ފަހަރުތައް އަންނާނެއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ރހމނ

**(މި ލިޔުމުގައި ބޭނުން ކުރެވިފައިވާ ނަން ތަކަކީ، އަސްލު ނަމެއް ނޫންކަން، ކިޔުންތެރިޔާ ދަންނަހުށިކަމެވެ.)