އިންޑިއާގެ ދަ ހިންދޫއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ސަފީރު އަހުމަދު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅު ކުށްވެރި ކުރައްވައި، އިންޑިއާ އާއި އެހެން ޤައުމުތަކުން ގުޅިގެން ނަޝީދު ރާއްޖެއާ ޙަވާލު ކުރުމަށް ގޮވާލައްވައިފަ އެވެ.
ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާ އިރު، އެ ޤައުމަށް އެހެން ޤައުމެއް މެދުވެރިކޮށް ޙަމަލާއެއް ދޭން ގޮވާލައްވައި ގައުމަށް ޣައްދާރުވެއްޖެ ނަމަ ނަޝީދަކީ ދިވެއްސެކޭ ބުނުމުގެ ފުރުސަތު އޮންނާނެތޯ ވެސް ސަފީރު ވަނީ ސުވާލު އުފައްދަވާފައެވެ..
މީގެ އިތުރުން، ސަފީރު އަޙުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްރަހު އޮތް ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުގެ މަންދޫބަކު އިންޑިއާއަށް ފޮނުވުމަށް ރާއްޖެ އިން މީގެ ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ބައްދަލު ކުރެވެން ނެތް ކަމަށް އެ ގައުމުން ބުނުމުން އެދަތުރު ލަސް ކުރީ އެވެ. ރާއްޖެ އިން އަދި ވެސް އޮތީ ދެ ގައުމަށް ފަސޭހަ ވަގުތެއްގައި އިންޑިއާއަށް މަންދޫބަކު ފޮނުވަން ތައްޔާރަށް ކަމަށްވެސް ސަފީރު އަހުމަދު ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ސަފީރު އެފަދައިން ވިދާޅުވެފައިވާ އިރު، އިއްޔެ ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އަށް ނުވޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ ހާލަތު ކިލަނބުވެފައި މިވާ ދަނޑިވަޅުގައި، ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމަކީ ގައުމަށް ޣައްދާރުވުން ކަމަށްވެސް ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު އިންޓަވިއު ނިންމާލައްވަމުން ވިދާޅުވިއެވެ.
.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ
0 ޚިޔާލު:
Post a Comment
މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..