ހުޅުމާލޭގައި ހެދި ފެންވަރު މަތީ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށާއި މި މަހު ތެރޭގައި ހުޅުވިގެން ދާނޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވިޔަފާރި ކުރައްވާ މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހެދި ހޮސްޕިޓަލް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ދޭން ޖެހޭ ހުއްދަތައް ވެސް ދީފައިވާ ކަމަށެވެ.
އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި 159 އެނދުގެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް ނިމި، މިހާރު ވަނީ ޚިދުމަތް ދޭން ތައްޔާރުވެފަ އެވެ.
.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. މދޙ
0 ޚިޔާލު:
Post a Comment
މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..