ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު، ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ވަގުތުން ތަންފީޒުކުރަން އިންޑިއާ އިން ހަރުކަށިކޮށް އިއްޔެ ގޮވާލާފައި ވަނިކޮށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިއީ އެއް ހަފްތާ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވި ދެ ވަނަ ފަހަރެވެ.
ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގެ ވެސް މާބޮޑު ތަފްސީލެއް ނުދީ،ކުރި ޓުވީޓެއްގައި ބުނީ އިންޑިއާ ސަފީރާއެކު ބައްދަލުކުރައްވައި ރާއްޖެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އިންޑިއާގެ އިތުރުން ވެސް ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަން ދިވެހި ސަރުކާރު ތައްޔާރަށް އޮތް ކަން، ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ސަރީރު ފާހަގަކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ
0 ޚިޔާލު:
Post a Comment
މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..