ސްޓެލްކޯ އިން މާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ފަތިހު ރޯކޮށްލައިފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ރޯކޮށްލާފައި ވަނީ ފާށަނާކިލެގެ މަގުގައި (ބާ އިންޖީނުގެ ހުރި މަގުގައި) ހުރި ސަންސްޓޭޝަން 50ގައި ކަމަށެވެ. އަލިފާން ރޯކޮށްލާފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ސްޓެކްލޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޯކޮށްލި ޑިސްޓްރިބިއުޝަން ފޮއްޓަކީ ހަތް ގެއަކަށް ކަރަންޓު ދިނުމަށް ބޭނުންކުރި ފޮއްޓެއް ކަމަށާ، ފޮށީގައި ބަޔަކު ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ. އެ ފޮށިން ގާތްގަނޑަކަށް 60 މީޓަރަށް ކަރަންޓު ފޯރުކޮށްދޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ސަބްޓޭޝަން ފޮއްޓަށް ލިބިފައިވާ ގެއްލުން ބަލަމުންދާ ކަމަށާއި ކަރަންޓް ކެނޑިފައިވާ ގެތަކަށް ކުރިއަށް އޮތް ހަތަރު ވަރަކަށް ގަޑި އިރުގެ ތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ
0 ޚިޔާލު:
Post a Comment
މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..