Saturday, March 3, 2018

ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި




 ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
އެ މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ. އެ މައްސަލައިގައި ފާރިސްގެ ފަރާތުން 47 މީހަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާ އިރު، މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް މި ވަގުތު ވެސް ހުންނެވީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ފާރިސް އެއް ފަހަރު ދޫކޮށްލާފައި ވަނިކޮށް، އޭގެ ދެތިން ދުވަސް ފަހުން އަނެއްކާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ފާރިސްގެ މައްޗަށް އުފުލާފައިިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.


.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ފރޙދ


ރައީސަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފި





ރައީސް އަބްދުﷲ ޔާމީނަށް، މިއަދު ހަވީރު ފުރަތަމަ ކާފަ ދަރިކަލުން  ލިބިވަޑައިގެންފި އެވެ.

 އެމަނިކުފާނުގެ ހުންނެވި ހަމައެކަނި އަންހެން ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތީ މީގެ އިރުކޮޅެއް ކުރިން ތައިލެންޑުގަ އެވެ. އެނގިފައިވާ ގޮތުގައި ރައީސް ޔާމީން 59، ގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދުގެ މެންދުރު ވަނީ ތައިލެންޑަށް ފުރާވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ. އެއީ އަންހެން ބޭކަނބަލަކާއި ފިރިހެން ދެ ބޭފުޅުންނެވެ.



.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙއސނ