Saturday, June 30, 2012

އަލަތު ކާވެނީގެ ފުރަތަމަ ރޭ މަރުވި އަންހެން ކުއްޖެއް


އަލަތު ކާވެނީގެ ފުރަތަމަ ރޭ މަރުވި އަންހެން ކުއްޖެއް
 
އުމުރުން ދުވަސްވީ ފިރިހެނުން، ޅަ އަންހެން ކުދިންނާ އިނުމަކީ، ބައެއް އިސްލާމީ ގައުމުތަކުގައި އަދިވެސް ދެމިއޮތް އާދައެކެވެ. އެފަދަ އެއް ގައުމަކީ، ޔަމަނުކަރަ އެވެ. އެގައުމުގެ ބައެއް ރަށްތަކާއި އަވަށްތަކުގައި މިހާރުވެސް ޅައަންހެން ކުދިންނާ ކާވެނިކުރެ އެވެ. މިއީ، ދާދިފަހުން ކުރި އެފަދަ ކާވެންޏެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގެ ވާހަކަ އެވެ.
ޢުމުރުން 24 (ސައުވީސް) އަހަރުގެ ޢިމާދާއި، އުމުރުން 13 (ތޭރަ) އަހަރުގެ އިލްހާމުގެ ކާވެނިކުރެވުނީ، ތަބާދުލު ކާވެންޏެއްގެ ގޮތުގަ އެވެ. މީގެ މާނައަކީ، ޢިމާދު އަންހެން ކޮއްކޮ، އިލްހާމުގެ ބޭބެ ޢަބްދު ﷲ އާ ކާވެނިކޮށްދޭ މަތިންނެވެ. ނަމަވެސް ޢިމާދާއި އިލްހާމުގެ ކާވެނި ވެގެން ދިޔައީ، ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
އަލަތު ކާވެނީގެ ރޭކުރުން ނިމި، ޖެހިގެން އައި ދުވަހުގެ ހެދުނު އިރުއެރިއިރު، އިލްހާމުވަނީ، ލެއެއް، ފުރާނައެއް ނެތް މައްޔިތަކަށް ވެފަ އެވެ! ޑަކުޓަރުން އިލްހާމުގެ ހަށިގަނޑު ބެލުމަށްފަހު ނެރުނު ރިޕޯޓްގައި އޭނާގެ މަރުގެ ސަބަބު ލިޔެފައިވެ އެވެ. "އަލަތު ކާވެނީގެ އެއްދާންކުރުމުގެ ތެރޭގައި އޭނާގެ ނިވާމަގުގެ އެތެރެ ވަނީ، މާބޮޑަށް އިރައިރައިގެން ގޮސްފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ލޭފައިބައި، ލޭހުސްވެގެން މަރުވީ އެވެ!"
މިކަމާ ގުޅިގެން، އިލްހާމުގެ ފިރިމީހާ ޢިމާދު ބުނީ، އެރޭ އިލްހާމާއެކު އެއްދާން ނުކުރެވުނު ކަމަށެވެ! އިލްހާމަކީ ބަލި ކުއްޖެއް ކަމަށްވެފައި، އަދި އޭނާ އެއްދާންކުރަން ބިރުގަންނާތީ އެކަން ނުކުރެވުނީ ކަމަށެވެ!
މިކަމާ ގުޅިގެން، އިލްހާމުގެ ބޭބެ ޢަބްދު ﷲ ބުނީ، އިލްހާމުގެ މަރުވެފައިވާ ހަށިގަނޑު އޭނާގެ އާއިލާއިން ބޭނުންނުވާ ކަމަށެވެ. އެކަމަކު އެ އާއިލާއިން ބޭނުންވަނީ މަރަށް މަރުހިފަން ކަމަށެވެ. އޭނާގެ ނަޒަރުގައި އިލްހާމުގެ ގާތިލަކީ، ޢިމާދެވެ. އެހެންވީމާ، ޢިމާދުގެ ކިބައިން ޤިޞާޞް ހިފައި، އޭނާ މަރަންޖެހޭނެ އެވެ!
މި ހާދިސާ ވެގެން ދިޔައީ، ޅައަންހެން ކުދިންނާ ކާވެނިކުރުމުގެ މައްސަލަ އަނެއްކާވެސް ޔަމަނުކަރައިގައި ފެންމަތިކުރުވި ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. މި ހާދިސާއާ ވިދިގެން، ޅައަންހެން ކުދިންނާ ކާވެނިކުރުން މަނާކުރުމަށް އެދި، އެތައް ބަޔަކު މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ. އެ މުޒާހަރާތަކުގައި ގޮވާލާފައިވަނީ، އަންހެން ކުދިންނަށް ކާވެނިކުރުން ހުއްދަވާނެ ޤާނޫނީ އުމުރެއް ކަނޑައަޅައިދިނުމަށެވެ
.


ށ. ފޭދޫގައި 15 އަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވިހެއި ދަރިފުޅު "މަރާލި" ކަމުގެ ތުހުމަތުގައި އެ އަންހެން ކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުން މިހާރު ތިބީ ފުނަދޫގައި ހުންނަ ށ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ފޭދޫ ކައުންސިލުން ބުނީ ދުވަސް ފުރައި އަންހެން ދަރިއަކު ވިހެއި 15 އަހަރުގެ ކުއްޖާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ. އެކަމަކު އޭނާ ވިހާފައި ވަނީ ގޭގަ އެވެ.
ތުއްތު ކުއްޖާ ފުލުހުން ހޯދީ އިރުއޮއްސި 30: 6 ހާއިރު އެ ގޭގެ ގިފިލި ތެރޭގައި ވަޅުލާފައި އޮއްވަ އެވެ.
ފޭދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މަންމަ އާއި ދޮން ބައްޕަ އަށް ފުރަތަމަ ނުވިއްސިގެން އެމްބިއުލެންސްގެ ނަމްބަރު ހޯދަން އެ އާއިލާގެ އަންހެނަކަށް ގުޅުމުން އޭނާ އެ ގެއަށް ދިޔަ ކަމަށެވެ. އެ ކުއްޖާ ވިއްސަން އުޅޭކަމުގެ އަޑު ރަށު ތެރެއަށް ފެތުރުނީ އެ އަންހެން މީހާގެ ސަބަބުން ކަމަށާއި ކައުންސިލްގެ އިދާރާ އަށް އެންގީ އާއިލާ އިން ކަމަށް ވެސް ކައުންސިލަރެއް ކަމަށްވާ ހުސެން ސޯލިހު ވިދާޅުވި އެވެ.
ކައުންސިލުން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމަށް ފަހު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައެއް އާންމުން އެ ގޭ ދޮށަށް ދިއުމުން ދޮންބައްޕަ އާއި އަންހެން ކުއްޖާގެ މަންމަ އެގެއަށް އެއްވެސް މީހަކު ނުވެއްދި ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
"އޭރު ވެސް އަންހެން ކުއްޖާ ކުކުރާ އަޑު ވެސް ބައެއް މީހުންނަށް އިވޭ. އޭނަ [ވިއްސުވަން އުޅެނިކޮށް އެ ގެއަށް އަންހެން މީހާ] ދިޔައިރު ކުއްޖާގެ ބޯ ފެންނަން އޮތް ކަމަށް ވަނީ. އޭނާ ކައިރީގައި ބުނި ކަމަށް ވަނީ އެއީ ކަމެއް ނޫނޭ، [އަންހެން ކުއްޖާ] ބޭރަށް ހިންގާތީއޭ އުޅެނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެންމެންނަށް ވެސް އެނގޭ އަންހެން ކުއްޖާ ވިއްސުވަންކަން އުޅެނީ، އެހެންވެ ގޭގެ ވަށައިގެން ތިބީ. އޭގެ އިރުކޮޅެއް ފަހުން ކުޑަކުއްޖަކު ރުއި އަޑު ވެސް ބައެއް މީހުންނަށް އިވުނު ކަމަށްވޭ."
ކައުންސިލުން ފުލުހުންނަށް އަންގައިގެން ފުލުހުން އެ ގެއަށް ދިޔައިރު ވިހެއި ކަމުގެ ނިޝާނެއް ވެސް އެ ގެއިން ފެންނާކަށް ނެތެވެ. ލޭތައް ވެސް ސާފުކޮށް، މަސް ވެސް ފޮރުވާފައިވާއިރު، އަންހެން ކުއްޖާ ވެސް ރަނގަޅަށް ވާހަކަ ދައްކާ ހަދާ ކަމަށްވެ އެވެ. އެ ގޭގައި ވިއްސިކަމަށް ދޮން ބައްޕަ އާއި މަންމަ އެއްބަސްނުވުމުން، ފުލުހުން ހޯދި ހޯދުމުން އެ ކުއްޖާ ވަޅުލާފައި އޮތް ތަން ފެނުނީ ގިނަ ތަންތަން ބަލައި ފާސްކޮށް، އަދި ބައެއް ތަންތަން ކޮނުނު ފަހުން ކަމަށް ވާހަކަ ދެއްކި އެ ރަށުގެ މީހަކު ބުންޏެވެ.
"އެއްވެސް އެއްޗަކަށް ނުލައި ވަޅުގަނޑެއް ކޮނެފައި ވަރަށް ތިލަކޮށް ވަޅުލާފައި އޮތީ ވެސް. އެ ކުއްޖާގެ ބަރުދަން ބަލައި ނުހެދި ނަމަވެސް ތިން ކިލޯވަރު ހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކުރޭ،" އެ ރަށު ސިއްހީ ދާއިރާގައި އުޅޭ މީހަކު ބުންޏެވެ.
ދޮން ބައްޕަގެ މައްޗަށް ތުއްތު ކުއްޖާ މަރާލުމުގެ ތުހުމަތުކޮށް، ރަށު ތެރޭގައި އޭނާއާ މެދު ރުޅިވެރިކަން އުފެދި، އެ ގޭދޮށަށް އެއްވެފައި ތިބި މީހުންނާއި ރަޔަޓް ގިއަރުގައި ތިބި ފުލުހުންނާ މެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ވެސް ރޭ ހިނގި އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނައުޝާދު ހިމެނެ އެވެ. އެކަމަކު މިއަދު މެންދުރެއްހާއިރު އޭނާ ދޫކޮށްލާފައިވާ ކަމަށްވެ އެވެ.
ފޭދޫގެ ބައެއް މީހުން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ޓާމްގެ ތެރޭގައި އެ ކުއްޖާ ސްކޫލަށް ދިއުން ހުއްޓާލާފައި ވަނީ ނަހަލާލަށް ބަލިވެ އިނުމާ ގުޅިގެންނެވެ. އެ ކުއްޖާ ބަލިވެ އިން މައްސަލަ ރަށުގެ އެކި މީހުންނާއި ކައުންސިލުން ވެސް ފުލުހުންނާއި ޖެންޑާ އަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިދިޔަ އަހަރު ކައުންސިލް އުފެދުމުގެ ކުރިން ވެސް، އެ ކުއްޖާއާ ބައެއް މީހުން ޖިންސީގޯނާކުރާ ކަމަށް އޭރުގެ ރަށު އޮފީހުން ޕޮލިހަށް ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހުރި ކަމަށް ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
"އެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ކައުންސިލުން ޖެންޑާ އާއި ޕޮލިހުންނަށް ހުށަހަޅައި އެ މައްސަލަ ބަލަމުން ދަނިކޮށް ވިހެއީ،" ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
އެ އަންހެން ކުއްޖާ ވިހާފައި ވަނީ ދޮން ބައްޕަ އަށް ކަމަށް ވެސް ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ. އޭގެ ސަބަބުތަކެއް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ދެއްކި އެވެ.
"ބަލިވެ އިނދެ ވިހެއުމުގެ ކުރިން ވެސް އެ އަންހެން ކުއްޖާއާ ދޮން ބައްޕަ ބެހޭ މައްސަލަ ޕޮލިހާއި ޖެންޑާ އަށް ވެސް މި ރަށުގެ މީހުން ހަ ފަހަރަށް ހުށަހެޅި. އެ މައްސަލަ ޖެންޑާ އިން އަދި ފުލުހުން ވެސް ބެލި. އެ ނޫނަސް ދޮން ބައްޕަ އޭނާއާ ގުޅުން ހިންގާކަން މި ރަށުގެ ގިނަ ބައަކަށް އެނގޭ، އެކަހަލަ މަންޒަރުތަކެއް ވެސް ފެނިފައި ހުރީ،" އެ ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
ދޮން ބައްޕަގެ އިތުރުން ވެސް ދޮން ބައްޕަގެ ރައްޓެހިންގެ ގޮތުގައި އެ ގެއަށް އަންނަ މީހުންގެ ޝިކާރައަކަށް އެ ކުއްޖާ ވެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ. އެ ގޭގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އުޅުނު ކުޅުދުއްފުށީ މީހަކު ވެސް އެ އަންހެން ކުއްޖާ އަށް ޖިންސީގޯނާކުރާކަން ރަށުގެ ބައެއް މީހުންނަށް ފަޅާއަރައިގެން މަގުމަތީގައި އޭނާއާ އެ ރަށުގެ ބަޔަކު ވަނީ މާރާމާރީ ވެސް ހިންގައިފަ އެވެ.
އެ ކުއްޖާ ބަނޑުބޮޑުވުމުގެ ކުރިން ވެސް އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ވެފައިވާ މައްސަލަ ޖެންޑާ އިން ބަލައި އެ ކުއްޖާ އެ މާހައުލުން އެކަހެރި ކޮށްފައި ނުވާތީ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ކައުންސިލުން ބުނީ އެ ގެއަކީ އެ ކުއްޖާ އަށް ރައްކާތެރި މާހައުލަކަށް ނުވުމުން އެހެން ތަނަކަށް ކުއްޖާ ބަދަލުކުރުމަކީ ޖެންޑާ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އަދި ކުއްޖާގެ އާއިލާގެ އިތުރުން ޖެންޑާ އަދި ފުލުހުން ވެސް އެކަމުގައި އިހުމާލުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

Friday, June 29, 2012

ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ހިކަނދިފަތުގެ އިތުރުން ބަކައްޓެއްވެސް ވަގަށް ގެންގޮސްފި

ރޭގެ ދަންވަރުގެ ވަގުތެއްގައި ޅ. ކުރެންދޫއަށް ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ކަމަށް ޝައްކުކުރެވޭ ބަޔަކު އަރާ ރަށުގެ ތަންތަނާއި ފިހާރަތައް ފަޅާ ރަށުން ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ގެންގޮސްފިއެވެ. ކުރެންދުއަކީ ފާދިއްޕޮޅުގެ އެންމެ އިރުމަށްޗަށް އޮންނަ ރަށަށްވެފައި ރަށުގެ މީހުން ނިދައި އުޅޭވަގުތު އަވަސްވުމުން ވައްކަންކުރަން ފަސޭހަ ރަށެކެވެ. މިކަމާއި ގުޅިގެން އެރަށުގެ ޑީ.އާރް.ޕީގެ މީހަކަށް ގުޅާލުމުން ބުނީ މިވަގުތު މިހުރީ ރަށުގައި ނޫން ކަމަށާއި ފަހުން ގުޅާލުމުން ސާފު ޖަވާބެއް ދެވިދާނެކަމަށެވެ. ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގިނައަދަދެއްގެ ސާމާނު ފިހާރަތަކުން ވަގަށް ގެންގޮސްފައިވާނޭ ކަމަށެވެ. "އަޅުގަނޑު ވަރަށް ހައިރާންވޭ މިރަށަށް ސޯމާލިޔާ މީހުން އެރީމަ... އެމީހުންނަކީ ހަތިޔާރުވެސް ގެންގުޅޭބައެއް... އަނެއްކާ މިމީހުން އެރި ގަޑިއެއް އެރި ދިމާއެއްވެސް ނޭނގޭ... ރަށުގެ ދެފިހާރަވެސް ވަނީ ފަޅާލާފަ... މުޅިންވެސް ނަގާފައިމިވަނީ ކާން ބޭނުން ކުރާ ތަކެތި... ފިހާރަތެރޭގައި ގަނޑެއްގައި ލިޔެފަ އޮތް އިނގިރޭސި ބަހުން
“WE ARE SOMALIANS LET ME LEAVE TO STEAL”
 މިހެންވެސް .... މީގެ އިތުރުން ދެކުނު ފަރާތު އަތިރިމަތީގައި ހުރި ބަކަރި ކޮށިތަކުން 10 ބަކަރިވެސް ވަނީ ވަގަށް ގެންގޮސްފައި.... އަދި މިރަށު ފަޅުގެޔަކުން ހިކަނދިފަތް ގަސްތަކަކާއި ރާނބާފަތުގެ އިތުރުން ގިނަ އަދަދަކަށް ގިތެޔޮ މިރުހާއި ފަޅޯވެސް ވަނީ ގެންގޮސްފައި... މިކަން މިހާރުވާނީ ޅ.އަތޮޅު ޕޮލިސް ސްޓޭޝަނަށްވެސް އަންގާފައި" ކަމަށެވެ. ކުރެންދޫ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ އާބާދީ މަދު ރަށެކެވެ. މިރަށުގެ ބަނދަރުން މީގެ ކުރިންވަނީ ކިނބުލެއްވެސް ފެނިފައެވެ. "އަޅުގަނޑެއް ނުބުނާނަށް ތި އީ ސޯމާލިޔާ ބަޔަކުން ކުރި ވައްކަމެކޭ... ސޯމާލިޔާ ގެ ކަނޑުފޭރޭ މީހުންނަކަށް ނޭނގޭނެ ލިޔަން ކިޔަންވެސް... މަވެސް ވައްކަން ކޮށްފަ ލިޔަން ވީ ދޯ މަ މީ ސޯމާލިޔާ މީހެކޭ.... އަނެއްކާ ސޯމާލިޔާ މީހުން ނުގެންދާނެ ހިކަނދިފަތާ ބަކައްޓަކާވެސް.... އެމީހުން ބޭނުން ވާނީ ޑޮލަރާއި އަގުބޮޑެތިމުދާ... އަނެއްކާ ހަމަ ނުޖެހޭ ވާހަކައެއް އެއީ މިރަށަށް އަރަން އެމީހުން އައި ގޮތް.... ރޭގަ ނުލާހިކު ބޯކޮށް ވާރޭ ވެހުން.... 12 ޖެހީއްސުރެ 4 ޖަހަންދެކަށް ބޯކޮށް ވާރޭ ވެހުން... ދަނޑިވަޅު ބަލާފަ، ވަރަށް ރާވައިގެން ކޮށްފަ އޮތް ޕަރފެކްޓް ކްރައިމެއް ތިއީ...." ރަށުން ވާހަކަ ދެއްކި މީހަކު  "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ. މިމައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުޤީޤު ކުރަމުންނެވެ. ެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝމނ
­­­­­­­­­­

Thursday, June 28, 2012

ނައިފަރަށް ހިތާމަވެރި ދުވަހެއް

އިއްޔެއަކީ މުޅި ނައިފަރަށްވެސް ހިތާމަވެރި ދުވަހެކެވެ. ހަތްދިހައިގެ އަހަރުތަކުގައި ނައިފަރަށް އެންމެ މަޝްހޫރު ކެޔޮޅެއްކަމުގައިވާ ޅ.ނައިފަރު ކުޅުދޫގޭ އަބްދުއްރަހުމާން މުޙައްމަދު (ތުއްތުބޭ) އާންމުބަހުރުވައިންނަމަ "ކަޅުފުތު" މިދުނިޔެއާއި ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ. މަސްވެރިކަމުގެ ދާއިރާއިން ނައިފަރުގައި ނަންހިނގާ ކަޅުފުތުގެ މާހިރު ނުވަތަ "މާހިރު ކެޔޮޅަކީ" ތުއްތުބޭގެ ހުރި ހަމައެކަނި ފިރިހެންދަރިއެވެ. މިހިތާމައިގާ  "އެން.ޔޫ.އެން" ގެ ފަރާތުން ޢާއިލާއަށް ތައުޒިޔާކިޔުމުގެ އިތުރުން މިހިތާމައިގާ ބައިވެރިވަމެވެ. "ތުއްތުބޭ މަރުވި ވާހަކަ މަވެސް އަޑުއެހީ ވަރަށް އަސަރާއިއެކު... ތުއްތުބެއަކީ ވަރަށް ހިތްހެޔޮ މީހުންނާއި ގުޅޭ މިޒާޖެއްގެ ރަނގަޅުމީހެއް... " ނައިފަރުން ވާހަކަދެއްކި މީހެއް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. ނައިފަރަކީ %75 މީހުން މަސްވެރިކަމުގައި ހޭދަކުރާ އަދި މަސްވެރިކަންކުރާ އުޅަނދު ގިނަ ރަށެކެވެ. ނަމަވެސް މިހާރު ނައިފަރަކީ މަސްވެރިރަށަކަށް ވިޔަސް މަސްލިބުންވެސް ދަތި ރަށެކެވެ. "އަހަރެމެން ހަނދާންވޭ ކަޅުފުތާއިއެކު މިތާ މިޔޮއް ކަނިފުށީ ކޮޅުންނާއި ވޭވަށް ކަޑުން... އެންމެ ފަލަ މާރުގަނޑުގޭ ކަންނެލި ބޭނި ހަނދާން... ރިޔަލު ދޯނީގޭ އަހަރެމެން މަހައްދިޔޭމު... ވިއްސަކަށް ފޫޓް ހުންނާނީ... އެއީ ތިޔޮއް ޔޫސުބުމާލިމީގެ ތުއްތޫ ގެ ދޯންޏެއް... ގަހާގޭ އަހަރެމެން މަހަށްދިޔޭމު ކަޅުފުތާ އެއްކޮށް... މޮޅު ކިޔޮޅެއް އޭ.... އަނެއްކާ އޭނާގެ ދުވަސްވަރު ބަސްވިކޭ ހަރު ކިޔޮޅެއް... ފިސާރި މުރާލިވާނެ.... ބޮޑު ފަތިހާ ހޭލާނެ... އަހަރެމެން ދޯންޏަށް އަންނަ އިރު ތުއްތުބޭ އިންނާނެ ދޯނީގޭ.... " މާޒީގެ ހަނދާންތައް ހިއްސާކޮށްލަމުން އޭނާ ކިޔައިދިނެވެ. ތުއްތުބޭގެ އަގުހުރި ފިލާވަޅުތައް އުގެނި އެދާއިރާގައި އޭނާގެ ދަރިފުޅު "މާހިރު ކެޔޮޅު" ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނައިފަރުގައި އެންމެ ފުރަތަމަ އިންޖީނު އެޅި މަސްދޯނީގެ ކެޔޮޅުކަމުގެ އިތުރުން ތުއްތުބެއަކީ މާލެއާއި ކޮޅުނބާއި ދެމެދު ދަތުރުކުރި "ފުންނާބު އުސް" މާލިމީއެކެވެ. "އާދެ... ނައިފަރުން ގެއްލިގެން އެދިޔޭ އަގުހުރި ތަޖުރިބާކާރު ކިޔޮޅެއް... ކުޅަދާނަ ފަންޑިތަވެރިއެއް...." ނައިފަރުން ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. "މެހެން ބުނީމާ ވާހަކައެއް ހަނދާންވެއްޖެ... ތުއްތުބޭ ދޯނިން މާވަރަކަށް މަސްބާނާތީ އަހަރެމެން އަހޭފީމު ކިހިނެއް ހެއްޔޭ ޗަހަދަނީ... ބުނީމާ ދެއްކީ ދިރުނބާކޮޅު (ދޯނީގެ ކުރީކޮޅު) ގޭ ފަށްގަނޑުދަށުގޭ އައްސޭފޭއިން ތޯލާފުޅިއެއް.... އެއްރޭ ދަންވަރު އަހަރެމެން ފުޅި ވަގަށް ނެގީ.... ނަގޭފޭ ފުޅީގޭ އިން ކަރުދާސްކޮޅު ނިޔުޅޭފޭ ބެލީރު އޭގޭ މިއިންނަނީ މިހެން ހަމަ ސީދާ ރޯ ދިވެހިބަހުން " ހައްދަވާ ބޮޑުކުރެއްވި ކަލާކޯ އޭ... މިއަޅާއަށް (ކުޅުދޫ މުހައްމަދުގެ ޢަބްދުއްރަހުމާނަށް) ރިޒުގު ދެއްވާންދޭ..." އެހެން މިއިންނަނީ... ފަންޑިތައެއް.... ހަމަ ފަންޑިތައެއް.... އެކަމުވާ ކިހިނެއް ތުއްތުބޭ މަސްބޭނީ.... ދޮޅިއްސަ ނުބާނާ ދުވަހެއް ހަމަ މަދުވާނެ... " ނައިފަރުގައި ކުރީގައި މަސްވެރިކަން ކުރި މީހަކު "އެން.ޔޫ.އެން" އާއި ހިއްސާކޮށްލިއެވެ. (ނައިފަރު.އަޕްޑޭޓް.ނިއުސްޓީމް) ބޑޕ

Tuesday, June 26, 2012

ހިންނަވަރު މީހަކު ހޭނެތިއްޖެ


ބޯ ކޮށް ވާރޭވެހި ގުގުރާ ވިދާ ބެނބުޅުމުގެ ސަބަބުން ޅ. އަތޮޅު މާފިލާފުށީގައި ދިރިއުޅެމުންދާ ހިންނަވަރު މީހަކު ހޭނެތިއްޖެއެވެ. މީނާ ހޭނެތުނީ ރޭ ދަންވަރު 2 ޖަހާކަން ހާއިރު ކަމަށް އޭނާގެ ފިރިމީހާއާއި ޙަވާލާދީ ޅ.އަތޮޅު ހޮސްޕިޓަލުން "އެން.ޔޫ.އެން" އަށް މައުލޫމާތު ދެއްވި މީހަކު ބުންޏެވެ. ޅ. އަތޮޅު މާފިލާފުށްޓަކީ މީގެކުރިންވެސް މީހުން ދިރިއުޅެފައިވާ، އަދި އެވޭލާ ޒަމާނުގައި ރަސްކަންކޮށްފައިވާ ކަމުގެ ހެކިތައް ތާރީޚީ ދިރާސާތަކުން ސާބިތުވެފައިވާ ރަށެކެވެ. މާފިލާފުށި ފަޅުވެފައި ވަނީ މީގެ 500 އަހަރުކުރިން އެރަށަށް ކުރިމަތިވި ޙާދިޘާއެއްގެ ސަބަބުންކަމަށްވެސް ތާރީޚު ދިރާސާ ކުރައްވާފަރާތްތަކުން ހާމަ ކުރައްވައެވެ. "މަގޭ އަންހެނުން ވަރަށް ބިރުގަންނާނޭނަ... އޭނަ އަކީ ބްލަޑް ޓްރެސަރުވެސް ހުންނަމީހެއް... އަނެއްކާ މިހާރު ކާސްޓްރޯލު މަތިކަމުން، ހިކޭށޭ ބުނެފަ ޑޮކުޓަރު އޮންނަނީ.... ބިރުގަތީ ގުގުރިއެއް ޖެހިކަމަށް ހީކޮށް... އަސްލު ކާގޭތެރޭހުރި ޑަބިޔަލެއް ވެއްޓުނީ.... ޑަބިޔާވެއްޓުން އަޑު ހީވީ ގުގުރި ޖެހި އަޑުކަމަށްނަ... ދާދިފަހަކުން އޭނަ ކަންފަތް ކައިރީ މީހަކު ކިބިއްސެއް އެޅުމުން ބިރުން އޭނަ އައްވަނީ ގަޔަށް ގޮނރުވެސް ހެނޑިފަ... އެހެން ހަމަ ވެދާޅެ... މާ ހިތްކާފަރު ވެގެން އުޅެންޏާ....." އޭނާގެ ފިރިމީހާ އަށް ގުޅާލުމުން ކިޔައިދިނެވެ. މިއަންހެންމީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށްވެސް އޭނާގެ ފިރިމީހާ ބުންޏެވެ.

Monday, June 25, 2012

މަދްރަސަތުލް އިފްތިތާހުގައި ޖިންނި ޝައިތާނުން އުޅޭ ވާހަކަ

ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގައި ޖިންނި ޝައިތާނުން އުޅޭ ވާހަކައަކީ ހަޤީޤަތެއްކަމަށް ދެކެވޭ ވާހަކަ އެސުކޫލުގެ ޕްރިންސިޕަލް ދޮގުކޮށްފިއެވެ. ޅ.އަތޮޅުގައި މިހާރު ހުރި އެންމެ ފެންވަރު ރަނގަޅު ސުކޫލަކީ މަދްރަސަތުލް އިފްތިތާހެވެ. މިސުކޫލުގައި މިވަގުތު 1580 ދަރިވަރުން ކިޔަވަމުން އެބަދެއެވެ. "ކުރީގަ ސުކޫލުގަ ކެޑޭޓްގައި އުޅުން ކުދިން ޖިންނި އަވަލާގެން އުޅުންކަން އެނގޭ... އެހެންނަމަވެސް އެކަން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި..." ޕްރިންސިޕަލް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުންވިދާޅުވިއެވެ. ނަމަވެސް އެރަށު ސުކޫލުގެ ކުރީގެ މުދައްރިސެއް ކަމުގައިވާ އަހުމަދު ޝަމީމު (ސަޓަނި ސަމީ) މިކަން މިގޮތަށް ހިނގާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. " އާދެ... ނައިފަރު އިފްތިތާހަކީ ރާއިބްރާހިން ކޮއިގެ ސޮރު ފޮށޭ ދަށުން ވައްޓޭލި ތަނެއްނޫން އިނގޭތޯ... އިފްތިތާހަކީ މަ މަންމޭ ފޮށޭ ދަށުން ވައްޓޭލިތަނެއް... އަހަރެމެން (މަށާ، އަހުމަދު ނައީމާ، ވާފިރާ) ޗަނަކުން ބޭރުކޮށްލީ ހާދަ ހިތްދަތި ގޮތަކަށޭ... ބަލޭބަލޭ މިހާރު ޗަ އިފްތިތާހެއް އޮތްވައްތަރު... ސުކޫލުނިންމޭފޭ ނުކުންނަ ކުދިންވެސް 2 ދަޅާ ނަގުލަކާވެސް އިނދޭ... އަހަރެމެން އުޅުން އިރު ނަގުލެއް ދަޅެއް ނުހުންނާނެ... ގަވާއިދުން ކޮންމެ މަހަކު ސުކޫލު ކުދިން އޮރިޔާންކޮށްގެންވެސް އަހަރެމެން ބަލަން.... ނަގުލެއް އިނދޭތޯ.... އަޅުގަނޑުމެންނެއް ކުދިން ކިރަކު ނުހިފަމު "މީނީ ކަނިފުށީ ކޮޅޭ ކިޔޭފައްޔެއް"..... ސުކޫލުން މީއްޗިހިން ބޭރުކުރުމަށް އަޅުގަނޑުމެން ވާނެ ސުކޫލަށް ފަންޑިތަވެސް ހަދޭފޭ...." ސަމީ ވަރަށް އަސަރާއެކު ކިޔައިދިނެވެ. ނައިފަރުގައި މިވަގުތު ހުރި އޭލެވެލަށް ވެސް ކިޔަވޭދޭ ހަމައެކަނި ސުކޫލަކީ އިފްތިތާހެވެ. އިފްތިތާހަކީ ރާއްޖެތެރޭގޭ އެންމެ ފުރަތަމަ ހުޅުވުނު މަދުރަސާއެވެ. މި މަދުރަސާއަށް މިހާރުވަނީ 75 އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. " މިހާރު މި ސުކޫލަށް 80 އަހަރުވަނީ.... ކުރިން މިވަރު ސުކޫލެއް މުޅި މި ދިވެހިރާއްޖޭގޭވެސް ނޯންނާނެ... ސުކޫލުގޭ އަހަރެމެން އެހެރަ މޮޑެލާ 'ސަޓަނި ގަނޑުގަނޑު' ހަނދާންވިޔަސް ކުޅުދިޔޭވޭ.... ހާދަ އުފަލަކުއޭ އަހަރެމެން އުޅުނީ..." މާޒީގެ ސަފުހާތަށް ސަމީ އުކާލިއެވެ. ސަމީ އަކީ ނައިފަރު މަދްރަސަތުލް އިފްތިތާހު އުފެއްދި އަގުހުރި ރުނޑިކައުޅެކެވެ. "ދެން ފަންޑިތަވެސް ނުހެދިއްޔާ ރަނގަޅުތާ.... މަ ހެއްދުވިން ސުކޫލަށް ފަންޑިތަވެސް... އެއީ ވާފިރުމެން ކިޔޭކިޔޭ ކުރު ނުކުރީމަ.... މުޅި ސުކޫލަށް ހުންނާނީ ބޫގަލް ހަދޭފޭ.... ޗަތާކު ނުކެރޭނެ މީހަކަށް ހަމަޖެހެލޭގެން އުޅޭކަށް... ޖިންނި އަވަނުލިއްޔާ އަހަރެމެންވެސް ޗަތަނާ އަވާލާނަން... މި އުޅެނީ އަދި އައްޑުއަށްވެސް ނުދެވެގެން... އިންޖީނުގޭގޭ މަ ނޫޅޭނަމަ މިހާރު ފަންޑިތަ ހަދޭލޭ ދައްކޭލާނަން.... ސުކޫލު ނިންމާ ކޮންމެ ކުއްޖަކު ވާނީ ހަމަ މަރު... މަރަން ފަންޑިތަ ހަދާނީ.... ކުޅިކުޅެލާނަން އެނގެއްޖެ" ސަމީ ވަރަށް ކެރިހުރެ ބުންޏެވެ. (އެން.ޔޫ.އެން ނިއުސްޓީމް) ބޑޕ