Thursday, June 28, 2012

ނައިފަރަށް ހިތާމަވެރި ދުވަހެއް

އިއްޔެއަކީ މުޅި ނައިފަރަށްވެސް ހިތާމަވެރި ދުވަހެކެވެ. ހަތްދިހައިގެ އަހަރުތަކުގައި ނައިފަރަށް އެންމެ މަޝްހޫރު ކެޔޮޅެއްކަމުގައިވާ ޅ.ނައިފަރު ކުޅުދޫގޭ އަބްދުއްރަހުމާން މުޙައްމަދު (ތުއްތުބޭ) އާންމުބަހުރުވައިންނަމަ "ކަޅުފުތު" މިދުނިޔެއާއި ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ. މަސްވެރިކަމުގެ ދާއިރާއިން ނައިފަރުގައި ނަންހިނގާ ކަޅުފުތުގެ މާހިރު ނުވަތަ "މާހިރު ކެޔޮޅަކީ" ތުއްތުބޭގެ ހުރި ހަމައެކަނި ފިރިހެންދަރިއެވެ. މިހިތާމައިގާ  "އެން.ޔޫ.އެން" ގެ ފަރާތުން ޢާއިލާއަށް ތައުޒިޔާކިޔުމުގެ އިތުރުން މިހިތާމައިގާ ބައިވެރިވަމެވެ. "ތުއްތުބޭ މަރުވި ވާހަކަ މަވެސް އަޑުއެހީ ވަރަށް އަސަރާއިއެކު... ތުއްތުބެއަކީ ވަރަށް ހިތްހެޔޮ މީހުންނާއި ގުޅޭ މިޒާޖެއްގެ ރަނގަޅުމީހެއް... " ނައިފަރުން ވާހަކަދެއްކި މީހެއް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. ނައިފަރަކީ %75 މީހުން މަސްވެރިކަމުގައި ހޭދަކުރާ އަދި މަސްވެރިކަންކުރާ އުޅަނދު ގިނަ ރަށެކެވެ. ނަމަވެސް މިހާރު ނައިފަރަކީ މަސްވެރިރަށަކަށް ވިޔަސް މަސްލިބުންވެސް ދަތި ރަށެކެވެ. "އަހަރެމެން ހަނދާންވޭ ކަޅުފުތާއިއެކު މިތާ މިޔޮއް ކަނިފުށީ ކޮޅުންނާއި ވޭވަށް ކަޑުން... އެންމެ ފަލަ މާރުގަނޑުގޭ ކަންނެލި ބޭނި ހަނދާން... ރިޔަލު ދޯނީގޭ އަހަރެމެން މަހައްދިޔޭމު... ވިއްސަކަށް ފޫޓް ހުންނާނީ... އެއީ ތިޔޮއް ޔޫސުބުމާލިމީގެ ތުއްތޫ ގެ ދޯންޏެއް... ގަހާގޭ އަހަރެމެން މަހަށްދިޔޭމު ކަޅުފުތާ އެއްކޮށް... މޮޅު ކިޔޮޅެއް އޭ.... އަނެއްކާ އޭނާގެ ދުވަސްވަރު ބަސްވިކޭ ހަރު ކިޔޮޅެއް... ފިސާރި މުރާލިވާނެ.... ބޮޑު ފަތިހާ ހޭލާނެ... އަހަރެމެން ދޯންޏަށް އަންނަ އިރު ތުއްތުބޭ އިންނާނެ ދޯނީގޭ.... " މާޒީގެ ހަނދާންތައް ހިއްސާކޮށްލަމުން އޭނާ ކިޔައިދިނެވެ. ތުއްތުބޭގެ އަގުހުރި ފިލާވަޅުތައް އުގެނި އެދާއިރާގައި އޭނާގެ ދަރިފުޅު "މާހިރު ކެޔޮޅު" ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނައިފަރުގައި އެންމެ ފުރަތަމަ އިންޖީނު އެޅި މަސްދޯނީގެ ކެޔޮޅުކަމުގެ އިތުރުން ތުއްތުބެއަކީ މާލެއާއި ކޮޅުނބާއި ދެމެދު ދަތުރުކުރި "ފުންނާބު އުސް" މާލިމީއެކެވެ. "އާދެ... ނައިފަރުން ގެއްލިގެން އެދިޔޭ އަގުހުރި ތަޖުރިބާކާރު ކިޔޮޅެއް... ކުޅަދާނަ ފަންޑިތަވެރިއެއް...." ނައިފަރުން ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. "މެހެން ބުނީމާ ވާހަކައެއް ހަނދާންވެއްޖެ... ތުއްތުބޭ ދޯނިން މާވަރަކަށް މަސްބާނާތީ އަހަރެމެން އަހޭފީމު ކިހިނެއް ހެއްޔޭ ޗަހަދަނީ... ބުނީމާ ދެއްކީ ދިރުނބާކޮޅު (ދޯނީގެ ކުރީކޮޅު) ގޭ ފަށްގަނޑުދަށުގޭ އައްސޭފޭއިން ތޯލާފުޅިއެއް.... އެއްރޭ ދަންވަރު އަހަރެމެން ފުޅި ވަގަށް ނެގީ.... ނަގޭފޭ ފުޅީގޭ އިން ކަރުދާސްކޮޅު ނިޔުޅޭފޭ ބެލީރު އޭގޭ މިއިންނަނީ މިހެން ހަމަ ސީދާ ރޯ ދިވެހިބަހުން " ހައްދަވާ ބޮޑުކުރެއްވި ކަލާކޯ އޭ... މިއަޅާއަށް (ކުޅުދޫ މުހައްމަދުގެ ޢަބްދުއްރަހުމާނަށް) ރިޒުގު ދެއްވާންދޭ..." އެހެން މިއިންނަނީ... ފަންޑިތައެއް.... ހަމަ ފަންޑިތައެއް.... އެކަމުވާ ކިހިނެއް ތުއްތުބޭ މަސްބޭނީ.... ދޮޅިއްސަ ނުބާނާ ދުވަހެއް ހަމަ މަދުވާނެ... " ނައިފަރުގައި ކުރީގައި މަސްވެރިކަން ކުރި މީހަކު "އެން.ޔޫ.އެން" އާއި ހިއްސާކޮށްލިއެވެ. (ނައިފަރު.އަޕްޑޭޓް.ނިއުސްޓީމް) ބޑޕ

8 ޚިޔާލު:

Thuththappeyge furaana ah heyo jazaa dhevvaashi.... aaameen

(faseel)

ވަރަށް ހިތާމަވެރި ދޯ.... އެއީ ކަލޭ ކާފޭތަ ފަސީލޫ

(ޔަހުޔާ(

Innaalihaaali vainnaa ilai ihi raaa ijiooonaaa.... kalhufuthuge aaalia ah varah hamdharudheevey.... i love kalhufuthube


=+=+mooosaa.moon+++-==

Kaaku tha eii thuthapey>>>???? kaaku ei...??? kaaalhufutu o... ei mehunai keiya nata?? any body kunew kaaalhuputu.... kaaalhufutu ei Ganjaa naseedhu.... tha???????...
:::.....someone...::::;;

ކަލުފުތު ނޮޓް ކާޅުފުޓް.... ސަމްވަން ތީ ބޮލު ރޮއްޖެއްތަ؟؟

--ނައިފަރު ޗަކައޮ--

rundikaalheh dho anni akeehehehe hehehe

ma mee ma ok...

kalhufuthu mas beliyyoa......

Kalhufuthu laigen halaaaaganey.....

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..