Friday, June 29, 2012

ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ހިކަނދިފަތުގެ އިތުރުން ބަކައްޓެއްވެސް ވަގަށް ގެންގޮސްފި

ރޭގެ ދަންވަރުގެ ވަގުތެއްގައި ޅ. ކުރެންދޫއަށް ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ކަމަށް ޝައްކުކުރެވޭ ބަޔަކު އަރާ ރަށުގެ ތަންތަނާއި ފިހާރަތައް ފަޅާ ރަށުން ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ގެންގޮސްފިއެވެ. ކުރެންދުއަކީ ފާދިއްޕޮޅުގެ އެންމެ އިރުމަށްޗަށް އޮންނަ ރަށަށްވެފައި ރަށުގެ މީހުން ނިދައި އުޅޭވަގުތު އަވަސްވުމުން ވައްކަންކުރަން ފަސޭހަ ރަށެކެވެ. މިކަމާއި ގުޅިގެން އެރަށުގެ ޑީ.އާރް.ޕީގެ މީހަކަށް ގުޅާލުމުން ބުނީ މިވަގުތު މިހުރީ ރަށުގައި ނޫން ކަމަށާއި ފަހުން ގުޅާލުމުން ސާފު ޖަވާބެއް ދެވިދާނެކަމަށެވެ. ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގިނައަދަދެއްގެ ސާމާނު ފިހާރަތަކުން ވަގަށް ގެންގޮސްފައިވާނޭ ކަމަށެވެ. "އަޅުގަނޑު ވަރަށް ހައިރާންވޭ މިރަށަށް ސޯމާލިޔާ މީހުން އެރީމަ... އެމީހުންނަކީ ހަތިޔާރުވެސް ގެންގުޅޭބައެއް... އަނެއްކާ މިމީހުން އެރި ގަޑިއެއް އެރި ދިމާއެއްވެސް ނޭނގޭ... ރަށުގެ ދެފިހާރަވެސް ވަނީ ފަޅާލާފަ... މުޅިންވެސް ނަގާފައިމިވަނީ ކާން ބޭނުން ކުރާ ތަކެތި... ފިހާރަތެރޭގައި ގަނޑެއްގައި ލިޔެފަ އޮތް އިނގިރޭސި ބަހުން
“WE ARE SOMALIANS LET ME LEAVE TO STEAL”
 މިހެންވެސް .... މީގެ އިތުރުން ދެކުނު ފަރާތު އަތިރިމަތީގައި ހުރި ބަކަރި ކޮށިތަކުން 10 ބަކަރިވެސް ވަނީ ވަގަށް ގެންގޮސްފައި.... އަދި މިރަށު ފަޅުގެޔަކުން ހިކަނދިފަތް ގަސްތަކަކާއި ރާނބާފަތުގެ އިތުރުން ގިނަ އަދަދަކަށް ގިތެޔޮ މިރުހާއި ފަޅޯވެސް ވަނީ ގެންގޮސްފައި... މިކަން މިހާރުވާނީ ޅ.އަތޮޅު ޕޮލިސް ސްޓޭޝަނަށްވެސް އަންގާފައި" ކަމަށެވެ. ކުރެންދޫ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ އާބާދީ މަދު ރަށެކެވެ. މިރަށުގެ ބަނދަރުން މީގެ ކުރިންވަނީ ކިނބުލެއްވެސް ފެނިފައެވެ. "އަޅުގަނޑެއް ނުބުނާނަށް ތި އީ ސޯމާލިޔާ ބަޔަކުން ކުރި ވައްކަމެކޭ... ސޯމާލިޔާ ގެ ކަނޑުފޭރޭ މީހުންނަކަށް ނޭނގޭނެ ލިޔަން ކިޔަންވެސް... މަވެސް ވައްކަން ކޮށްފަ ލިޔަން ވީ ދޯ މަ މީ ސޯމާލިޔާ މީހެކޭ.... އަނެއްކާ ސޯމާލިޔާ މީހުން ނުގެންދާނެ ހިކަނދިފަތާ ބަކައްޓަކާވެސް.... އެމީހުން ބޭނުން ވާނީ ޑޮލަރާއި އަގުބޮޑެތިމުދާ... އަނެއްކާ ހަމަ ނުޖެހޭ ވާހަކައެއް އެއީ މިރަށަށް އަރަން އެމީހުން އައި ގޮތް.... ރޭގަ ނުލާހިކު ބޯކޮށް ވާރޭ ވެހުން.... 12 ޖެހީއްސުރެ 4 ޖަހަންދެކަށް ބޯކޮށް ވާރޭ ވެހުން... ދަނޑިވަޅު ބަލާފަ، ވަރަށް ރާވައިގެން ކޮށްފަ އޮތް ޕަރފެކްޓް ކްރައިމެއް ތިއީ...." ރަށުން ވާހަކަ ދެއްކި މީހަކު  "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ. މިމައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުޤީޤު ކުރަމުންނެވެ. ެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝމނ
­­­­­­­­­­

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..