އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މި އަހަރުގެ ރިޔާސީ އިންތިހާބު، ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބު ބާއްވަން ގާނޫނުގައި ބުނާ ތާރީހުތަކަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފުތާގައި އިޢުލާންކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ވާ ގޮތުން ރިއާސީ އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިޚާބުގެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާން ކުރަންޖެހޭނެ އެވެ.
.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ
0 ޚިޔާލު:
Post a Comment
މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..