Thursday, June 28, 2012

ނައިފަރަށް ހިތާމަވެރި ދުވަހެއް

އިއްޔެއަކީ މުޅި ނައިފަރަށްވެސް ހިތާމަވެރި ދުވަހެކެވެ. ހަތްދިހައިގެ އަހަރުތަކުގައި ނައިފަރަށް އެންމެ މަޝްހޫރު ކެޔޮޅެއްކަމުގައިވާ ޅ.ނައިފަރު ކުޅުދޫގޭ އަބްދުއްރަހުމާން މުޙައްމަދު (ތުއްތުބޭ) އާންމުބަހުރުވައިންނަމަ "ކަޅުފުތު" މިދުނިޔެއާއި ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ. މަސްވެރިކަމުގެ ދާއިރާއިން ނައިފަރުގައި ނަންހިނގާ ކަޅުފުތުގެ މާހިރު ނުވަތަ "މާހިރު ކެޔޮޅަކީ" ތުއްތުބޭގެ ހުރި ހަމައެކަނި ފިރިހެންދަރިއެވެ. މިހިތާމައިގާ  "އެން.ޔޫ.އެން" ގެ ފަރާތުން ޢާއިލާއަށް ތައުޒިޔާކިޔުމުގެ އިތުރުން މިހިތާމައިގާ ބައިވެރިވަމެވެ. "ތުއްތުބޭ މަރުވި ވާހަކަ މަވެސް އަޑުއެހީ ވަރަށް އަސަރާއިއެކު... ތުއްތުބެއަކީ ވަރަށް ހިތްހެޔޮ މީހުންނާއި ގުޅޭ މިޒާޖެއްގެ ރަނގަޅުމީހެއް... " ނައިފަރުން ވާހަކަދެއްކި މީހެއް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. ނައިފަރަކީ %75 މީހުން މަސްވެރިކަމުގައި ހޭދަކުރާ އަދި މަސްވެރިކަންކުރާ އުޅަނދު ގިނަ ރަށެކެވެ. ނަމަވެސް މިހާރު ނައިފަރަކީ މަސްވެރިރަށަކަށް ވިޔަސް މަސްލިބުންވެސް ދަތި ރަށެކެވެ. "އަހަރެމެން ހަނދާންވޭ ކަޅުފުތާއިއެކު މިތާ މިޔޮއް ކަނިފުށީ ކޮޅުންނާއި ވޭވަށް ކަޑުން... އެންމެ ފަލަ މާރުގަނޑުގޭ ކަންނެލި ބޭނި ހަނދާން... ރިޔަލު ދޯނީގޭ އަހަރެމެން މަހައްދިޔޭމު... ވިއްސަކަށް ފޫޓް ހުންނާނީ... އެއީ ތިޔޮއް ޔޫސުބުމާލިމީގެ ތުއްތޫ ގެ ދޯންޏެއް... ގަހާގޭ އަހަރެމެން މަހަށްދިޔޭމު ކަޅުފުތާ އެއްކޮށް... މޮޅު ކިޔޮޅެއް އޭ.... އަނެއްކާ އޭނާގެ ދުވަސްވަރު ބަސްވިކޭ ހަރު ކިޔޮޅެއް... ފިސާރި މުރާލިވާނެ.... ބޮޑު ފަތިހާ ހޭލާނެ... އަހަރެމެން ދޯންޏަށް އަންނަ އިރު ތުއްތުބޭ އިންނާނެ ދޯނީގޭ.... " މާޒީގެ ހަނދާންތައް ހިއްސާކޮށްލަމުން އޭނާ ކިޔައިދިނެވެ. ތުއްތުބޭގެ އަގުހުރި ފިލާވަޅުތައް އުގެނި އެދާއިރާގައި އޭނާގެ ދަރިފުޅު "މާހިރު ކެޔޮޅު" ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ނައިފަރުގައި އެންމެ ފުރަތަމަ އިންޖީނު އެޅި މަސްދޯނީގެ ކެޔޮޅުކަމުގެ އިތުރުން ތުއްތުބެއަކީ މާލެއާއި ކޮޅުނބާއި ދެމެދު ދަތުރުކުރި "ފުންނާބު އުސް" މާލިމީއެކެވެ. "އާދެ... ނައިފަރުން ގެއްލިގެން އެދިޔޭ އަގުހުރި ތަޖުރިބާކާރު ކިޔޮޅެއް... ކުޅަދާނަ ފަންޑިތަވެރިއެއް...." ނައިފަރުން ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. "މެހެން ބުނީމާ ވާހަކައެއް ހަނދާންވެއްޖެ... ތުއްތުބޭ ދޯނިން މާވަރަކަށް މަސްބާނާތީ އަހަރެމެން އަހޭފީމު ކިހިނެއް ހެއްޔޭ ޗަހަދަނީ... ބުނީމާ ދެއްކީ ދިރުނބާކޮޅު (ދޯނީގެ ކުރީކޮޅު) ގޭ ފަށްގަނޑުދަށުގޭ އައްސޭފޭއިން ތޯލާފުޅިއެއް.... އެއްރޭ ދަންވަރު އަހަރެމެން ފުޅި ވަގަށް ނެގީ.... ނަގޭފޭ ފުޅީގޭ އިން ކަރުދާސްކޮޅު ނިޔުޅޭފޭ ބެލީރު އޭގޭ މިއިންނަނީ މިހެން ހަމަ ސީދާ ރޯ ދިވެހިބަހުން " ހައްދަވާ ބޮޑުކުރެއްވި ކަލާކޯ އޭ... މިއަޅާއަށް (ކުޅުދޫ މުހައްމަދުގެ ޢަބްދުއްރަހުމާނަށް) ރިޒުގު ދެއްވާންދޭ..." އެހެން މިއިންނަނީ... ފަންޑިތައެއް.... ހަމަ ފަންޑިތައެއް.... އެކަމުވާ ކިހިނެއް ތުއްތުބޭ މަސްބޭނީ.... ދޮޅިއްސަ ނުބާނާ ދުވަހެއް ހަމަ މަދުވާނެ... " ނައިފަރުގައި ކުރީގައި މަސްވެރިކަން ކުރި މީހަކު "އެން.ޔޫ.އެން" އާއި ހިއްސާކޮށްލިއެވެ. (ނައިފަރު.އަޕްޑޭޓް.ނިއުސްޓީމް) ބޑޕ

Tuesday, June 26, 2012

ހިންނަވަރު މީހަކު ހޭނެތިއްޖެ


ބޯ ކޮށް ވާރޭވެހި ގުގުރާ ވިދާ ބެނބުޅުމުގެ ސަބަބުން ޅ. އަތޮޅު މާފިލާފުށީގައި ދިރިއުޅެމުންދާ ހިންނަވަރު މީހަކު ހޭނެތިއްޖެއެވެ. މީނާ ހޭނެތުނީ ރޭ ދަންވަރު 2 ޖަހާކަން ހާއިރު ކަމަށް އޭނާގެ ފިރިމީހާއާއި ޙަވާލާދީ ޅ.އަތޮޅު ހޮސްޕިޓަލުން "އެން.ޔޫ.އެން" އަށް މައުލޫމާތު ދެއްވި މީހަކު ބުންޏެވެ. ޅ. އަތޮޅު މާފިލާފުށްޓަކީ މީގެކުރިންވެސް މީހުން ދިރިއުޅެފައިވާ، އަދި އެވޭލާ ޒަމާނުގައި ރަސްކަންކޮށްފައިވާ ކަމުގެ ހެކިތައް ތާރީޚީ ދިރާސާތަކުން ސާބިތުވެފައިވާ ރަށެކެވެ. މާފިލާފުށި ފަޅުވެފައި ވަނީ މީގެ 500 އަހަރުކުރިން އެރަށަށް ކުރިމަތިވި ޙާދިޘާއެއްގެ ސަބަބުންކަމަށްވެސް ތާރީޚު ދިރާސާ ކުރައްވާފަރާތްތަކުން ހާމަ ކުރައްވައެވެ. "މަގޭ އަންހެނުން ވަރަށް ބިރުގަންނާނޭނަ... އޭނަ އަކީ ބްލަޑް ޓްރެސަރުވެސް ހުންނަމީހެއް... އަނެއްކާ މިހާރު ކާސްޓްރޯލު މަތިކަމުން، ހިކޭށޭ ބުނެފަ ޑޮކުޓަރު އޮންނަނީ.... ބިރުގަތީ ގުގުރިއެއް ޖެހިކަމަށް ހީކޮށް... އަސްލު ކާގޭތެރޭހުރި ޑަބިޔަލެއް ވެއްޓުނީ.... ޑަބިޔާވެއްޓުން އަޑު ހީވީ ގުގުރި ޖެހި އަޑުކަމަށްނަ... ދާދިފަހަކުން އޭނަ ކަންފަތް ކައިރީ މީހަކު ކިބިއްސެއް އެޅުމުން ބިރުން އޭނަ އައްވަނީ ގަޔަށް ގޮނރުވެސް ހެނޑިފަ... އެހެން ހަމަ ވެދާޅެ... މާ ހިތްކާފަރު ވެގެން އުޅެންޏާ....." އޭނާގެ ފިރިމީހާ އަށް ގުޅާލުމުން ކިޔައިދިނެވެ. މިއަންހެންމީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށްވެސް އޭނާގެ ފިރިމީހާ ބުންޏެވެ.

Monday, June 25, 2012

މަދްރަސަތުލް އިފްތިތާހުގައި ޖިންނި ޝައިތާނުން އުޅޭ ވާހަކަ

ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގައި ޖިންނި ޝައިތާނުން އުޅޭ ވާހަކައަކީ ހަޤީޤަތެއްކަމަށް ދެކެވޭ ވާހަކަ އެސުކޫލުގެ ޕްރިންސިޕަލް ދޮގުކޮށްފިއެވެ. ޅ.އަތޮޅުގައި މިހާރު ހުރި އެންމެ ފެންވަރު ރަނގަޅު ސުކޫލަކީ މަދްރަސަތުލް އިފްތިތާހެވެ. މިސުކޫލުގައި މިވަގުތު 1580 ދަރިވަރުން ކިޔަވަމުން އެބަދެއެވެ. "ކުރީގަ ސުކޫލުގަ ކެޑޭޓްގައި އުޅުން ކުދިން ޖިންނި އަވަލާގެން އުޅުންކަން އެނގޭ... އެހެންނަމަވެސް އެކަން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި..." ޕްރިންސިޕަލް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުންވިދާޅުވިއެވެ. ނަމަވެސް އެރަށު ސުކޫލުގެ ކުރީގެ މުދައްރިސެއް ކަމުގައިވާ އަހުމަދު ޝަމީމު (ސަޓަނި ސަމީ) މިކަން މިގޮތަށް ހިނގާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. " އާދެ... ނައިފަރު އިފްތިތާހަކީ ރާއިބްރާހިން ކޮއިގެ ސޮރު ފޮށޭ ދަށުން ވައްޓޭލި ތަނެއްނޫން އިނގޭތޯ... އިފްތިތާހަކީ މަ މަންމޭ ފޮށޭ ދަށުން ވައްޓޭލިތަނެއް... އަހަރެމެން (މަށާ، އަހުމަދު ނައީމާ، ވާފިރާ) ޗަނަކުން ބޭރުކޮށްލީ ހާދަ ހިތްދަތި ގޮތަކަށޭ... ބަލޭބަލޭ މިހާރު ޗަ އިފްތިތާހެއް އޮތްވައްތަރު... ސުކޫލުނިންމޭފޭ ނުކުންނަ ކުދިންވެސް 2 ދަޅާ ނަގުލަކާވެސް އިނދޭ... އަހަރެމެން އުޅުން އިރު ނަގުލެއް ދަޅެއް ނުހުންނާނެ... ގަވާއިދުން ކޮންމެ މަހަކު ސުކޫލު ކުދިން އޮރިޔާންކޮށްގެންވެސް އަހަރެމެން ބަލަން.... ނަގުލެއް އިނދޭތޯ.... އަޅުގަނޑުމެންނެއް ކުދިން ކިރަކު ނުހިފަމު "މީނީ ކަނިފުށީ ކޮޅޭ ކިޔޭފައްޔެއް"..... ސުކޫލުން މީއްޗިހިން ބޭރުކުރުމަށް އަޅުގަނޑުމެން ވާނެ ސުކޫލަށް ފަންޑިތަވެސް ހަދޭފޭ...." ސަމީ ވަރަށް އަސަރާއެކު ކިޔައިދިނެވެ. ނައިފަރުގައި މިވަގުތު ހުރި އޭލެވެލަށް ވެސް ކިޔަވޭދޭ ހަމައެކަނި ސުކޫލަކީ އިފްތިތާހެވެ. އިފްތިތާހަކީ ރާއްޖެތެރޭގޭ އެންމެ ފުރަތަމަ ހުޅުވުނު މަދުރަސާއެވެ. މި މަދުރަސާއަށް މިހާރުވަނީ 75 އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. " މިހާރު މި ސުކޫލަށް 80 އަހަރުވަނީ.... ކުރިން މިވަރު ސުކޫލެއް މުޅި މި ދިވެހިރާއްޖޭގޭވެސް ނޯންނާނެ... ސުކޫލުގޭ އަހަރެމެން އެހެރަ މޮޑެލާ 'ސަޓަނި ގަނޑުގަނޑު' ހަނދާންވިޔަސް ކުޅުދިޔޭވޭ.... ހާދަ އުފަލަކުއޭ އަހަރެމެން އުޅުނީ..." މާޒީގެ ސަފުހާތަށް ސަމީ އުކާލިއެވެ. ސަމީ އަކީ ނައިފަރު މަދްރަސަތުލް އިފްތިތާހު އުފެއްދި އަގުހުރި ރުނޑިކައުޅެކެވެ. "ދެން ފަންޑިތަވެސް ނުހެދިއްޔާ ރަނގަޅުތާ.... މަ ހެއްދުވިން ސުކޫލަށް ފަންޑިތަވެސް... އެއީ ވާފިރުމެން ކިޔޭކިޔޭ ކުރު ނުކުރީމަ.... މުޅި ސުކޫލަށް ހުންނާނީ ބޫގަލް ހަދޭފޭ.... ޗަތާކު ނުކެރޭނެ މީހަކަށް ހަމަޖެހެލޭގެން އުޅޭކަށް... ޖިންނި އަވަނުލިއްޔާ އަހަރެމެންވެސް ޗަތަނާ އަވާލާނަން... މި އުޅެނީ އަދި އައްޑުއަށްވެސް ނުދެވެގެން... އިންޖީނުގޭގޭ މަ ނޫޅޭނަމަ މިހާރު ފަންޑިތަ ހަދޭލޭ ދައްކޭލާނަން.... ސުކޫލު ނިންމާ ކޮންމެ ކުއްޖަކު ވާނީ ހަމަ މަރު... މަރަން ފަންޑިތަ ހަދާނީ.... ކުޅިކުޅެލާނަން އެނގެއްޖެ" ސަމީ ވަރަށް ކެރިހުރެ ބުންޏެވެ. (އެން.ޔޫ.އެން ނިއުސްޓީމް) ބޑޕ

އޮޅުވެލިފުށީގައި ގޮތްނޭނގޭ މީހަކު...

ޅ.އަތޮޅު އޮޅުވެލިފުށީގައި ބޭއްވި ބެލެނިވެރިންގެ ޖަލްސާއަކަށް ގޮތްނޭނގޭ މީހަކު ހާޒިރުވެ ތަނުގެ ތެރޭގައި ބަދުއަޚުލާޤީ އަމަލު ހިންގައިފި ކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. އަންހެން ބެލެނިވެރިންނަށް ބޭއްވި މިބައްދަލު ވުމަކީ ސުކޫލުގެ އާބާދީ މަދުކަމުން އިތުރަށް ސުކޫލަށް ކުދިންވެއްދުމަށް ހަދާނެ ގޮތްތަށް ކިޔައިދިނުމަށް ބޭއްވި ބައްދަލުވުމެކެވެ." އިއްޔެ ހަވީރު 5އަށް ބައްދަލުވުމަށް ގަޑިކިޔާފަ އޮތީ... ބައްދަލުވުން ފެށޭވަރުވީ 5 ގަޑި 30 ވާން ކައިރިވެފަ ވަނިކޮށް... ދެން ބައްދަލުވުމުގައި ބޮޑަށް އަލި އަޅުވާލީ އާބާދީ އިތުރު ކުރުމުގެ މައްޗަށް... މުޅިންވެސް ދެކެވުނީ އެއްމާބަޑު 2 ކުދިން ހޯދަން ހަދާނެ ގޮތްތަކާއި ގިނަ ދަރިން ހޯދަން ހަދާނެގޮތްތައް... އަދި އެއްދާން ކުރާނެ ގޮތްތަކާއި ވަހުޝީ ވާހަކަވެސް ކިޔާދެއްވި... އިރުއޮއްސި 6:15 ވި ތަނަކާ މުޅި ރަށުން ކަރަންޓް ހިނގައްޖެ...އެއީ އެންމެންވެސް އެދުންރިވެފަ (ވެޓްފުޅުވެފަ) ތިބި ވަގުތު... ބައްދަލުވުން އޮތީ ސްކޫލު ހޯލުގައި ކަމުން ވަރަށް އަނދިރި... ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިފަ 15 ވަރަކަށް މިނިޓް ފަހުން އަނެއްކާވެސް ކަރަންޓް ލިބޭތީވެ، ބައްދަލުވުން ނިންމާ ނުލާ މަޑުކޮށްލީ... އަޅުގަނޑުވެސް ދިޔައީ ސިއްސައިގެން... މީހަކު އައިސް މަގޭ އުރަމަތީގަ (ކިރުފުޅުގަ) ހިފާ ބާރަކަށް އަނބުރާލައިފި... ދެން ވެސް އަޅާވެސް ނުލާ މި އިނީ... އަނދިރި ކަމުން ތަންދޮރު ވަކިވާ ވަރެއް ނޫން.... ވަންދޮރެއް ނިކުންނަ ދޮރެއް ނޭގި ރޯނާވެ ދެދޮރުއެއްވެފައިވާ ހާލު އެތާތިބެވުނީ.... 7 ޖަހަން އުޅެނިކޮށް ކަރަންޓް އައީ.... ކަރަންޓް އައިއިރު ބައްދަލުވުން ފެށުންއިރު ހާޒިރުނުވާ އަންހެނަކު އޮތް މީހެއްގެ (ބެލެނިވެރިޔެއްގެ) ލަދުވެތި ގުނަވަނެއްގަ އަނގަފުޅު ޖައްސަވާގެން.... ގިނަ ބެލެނިވެރިންވެސް ތިބީ އޮރިޔާން ހާލުކޮޅުގަ... ލައިގެން އައި ހެދުންކޮޅުވެސް ފެންނަ ހިސާބެއްގަ ނެތް... އެކަމާލަދުން އަނެއްކާ ސުކޫލުން ހޯލުގެ ބްރޭކަރު ވައްޓާލީ.... އެމީހާ އައިސް މަށާވެސް ބެހުނު... ދޮގެއް ހަދާކަށް ނެތިން... ވީ އަރާމެއްގެ ބޮޑުކަމުންނާއި، މިފަދަ ހީލިގަނޑެއް ނާރާތާ ދޮޅުއަހަރަށް ވުރެ ގިނަ ދުވަސް ވެފަ ވާތީ ދެފައި ދުރުކޮށްލައިގެން އަރަތްބަކު ރާފޮދު ހިއްޕަވައިގެން އިންހެން އިނދެވުނީ.... ދެން ކޮންމެ ބެލެނިވެރިޔަކަށް ސުކޫލުން ދިން ފޮތިގަނޑުތަކެއް ގައިގަ އޮޅާލައިގެން ހުރިހާ ބެލެނިވެރިން ދިޔައީ ގެއަށް..." ބެލެނިވެރިޔަކާއި ހަވާލާދީ  "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ރަށުން ވާހަކަ ދެއްކި އަބްދުއްސަލާމު ކިޔައިދިނެވެ. އޮޅުވެލިފުށީގެ ގިނަ ފިރިހެނުން މަސައްކަތްކުރަނީ ރަށުން ބޭރުގައި ރިސޯޓްތަކުގައެވެ. އެހެންކަމުން ގިނަ އަންހެނުން ތިބޭނީ އެދުންވެރިކަން ބޮލަށް އަރާ ހަތަރު އުދަރެސް ފޮށާ ދޮށަށް ވަދެފައެވެ. "މިރަށުގެ ގިނަ ފިރިހެނުން މިދަނީ ރިސޯޓްތަކަށާއި ލަނޑާ ނަގަން ނޫނީ އިހިނަގަން... ދާގޮތަކަށް އަނބުރާ އަންނަނީކީ ނޫން... އެމީހުން ގެންނަންޔާ މިޖެހެނީ އަނބިމީހާ ވަރިވާން ނޫނީ ދަރި ސާބިތުކުރަން ކޯޓަށް ގޮސްގެން ކޯޓު އަމުރަކުން ގެންނަން.... މިރަށުގަ ކަތީބުންނަށް އުޅުނު ބައިގަނޑު  (ކުރީގަ ކަތީބުކަން ކުރި މީހުން) ހުރިހާ ފޮންޏެއް މި ބޯލަނީ...ކަތީބުމެން މިހަދާގޮތަކީ މުޅިރަށުން ކަރަންޓް ކަނޑާލަނީ... ދެން ލިސްޓް ތަރުތީބުން ފަހަރަކުގެޔަކުން އަންހެނެއް ހިސޯރުކޮށްގެން މި ފޮނިބޯލަނީ...  އާބާދީ އަށް ބަލާލީމަ ވެސް އެކަން ފާހަގަވާނެ... ހުރިހާ ކުޑަކުދިން މި ތިބެނީ (ހަފީޒު) ކަތީބުމެން އާއިލީ ބްރޭންޑަށް... ކަތީބުގެ ދަރިފަނި އެތެރެނުވާ ފަތަފޮޅިއެއް (ޔައުނީ: ރަހިމެއް) މިރަށުގަ ނޫޅޭނެ.... ދެން މި ޖެހެނީ ދަރި ސާބިތުކުރަން... 3 އަހަރު ފަހުން ރަށަށް އަންނަ އިރު ބައްޕަ ކިޔާ 2 ކުދިން އެބަ ތިބޭ.... ފިރިމީހާއަށް މިލިބެނީ ކުއްލި ޝޮކެއް... ޔަގީނޭ ކަރަންޓް ދުއްވާލާފަ ސުކޫލަށް ބުރުގާއެއް އަޅައިގެން ގޮސް މީހުންނާއި މޮށެވަޑައިނަވަން އެއުޅުނީ ކަތީބުމެން އާއިލާ މީހެއް.... މަ އެތާ ހުރިނަމަ އޭނަވެސް (ބުރުގާ އަޅައިގެން މީހަކު ކުރިމަތީ ފަރާތުގަ އަނގަ ޖައްސަވައިގެން އޮތް މީހާ) އޮރިޔާން ކުރާނަން.." އޭނާ ބުންޏެވެ. ފާއިތުވި 2011 ވަނަ އަހަރުގެ މާރޗްމަހުވެސް މިރަށުގައި ވަނީ 4 މީހަކު ލިއާނުކޮށްފައެވެ. މިއީ މިރަށުގެ އެންމެންނަށް އެނގޭ ބޮޑު ސިއްރެއްކަމަށްވެސް އޭނާގެ ވާހަކައިގަ އިތުރަށް ބުނެފައިވެއެވެ. (އެން.ޔޫ.އެން ނިއުސްޓީމް) ގއޏ

 

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްޥާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

 

Saturday, June 23, 2012

އާންޓީއަކަށް "ބީ އެއް" ބުލޫ (އޮރިޔާން) ފިލްމެއް




ޅ.ހިންނަވަރު ނާސަރީ ކްލާހެއްގައި ކިޔަވާ
 ދަރިވަރެއްގެ އާންޓީއަކަށް ބުލޫ (އޮރިޔާން) ފިލްމެއް އެކުއްޖާގެ ބެލެނިވެރިޔާ ދީފިކަމަށް ވަރަށް މުއުތަބަރު ގޮތަކަށް  "އެން.ޔޫ.އެން." އަށް މައުލޫމާތު ލިބިއްޖެއެވެ. ހިންނަވަރުން ވާހަކަދެއްކި މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ކިޔައިދެމުން ބުނީ " ގަނޑިޔަ ގަނޑިޔަ، އަހަންވެސް ތިޔާ ވާހަކަ އެހިން... އަހަންމެން ރަށު މީހުންވެސް ކިޔަނީ ތިޔަހެންނަ.. ކުޑަކުއްޖަކު އިސްކޫލަށް ގޮސްސަ އައިސްފަ މިބުނަނި މިހެންނަ.. ބައްޕާވޭ، އާންޓީ ބުންޏޭ މާދަމާ އިސްކޫލަށް އަންނަ އިރު "ބީ" އެއް ގެންނާތިވޭ... އެހެންވެ ދަރިފުޅު ބައްޕަޔަށް އޮޅުން އެރީ... އަސްލު އެސޮރު ބަފާ މިހިތީ އެއީ ކާފަރު ފިލުމު ކަމަށްނަ.. މީކީ ދެން އެހާވަރު ބޮޑުވެސް ކަމެއްނޫނިއްޔަ... "މިހެންނެވެ. މިކަމުގެ މައުލޫމާތު އިތުރަށް ސާފުކޮށްލުމަށް އާންޓީއަށް ގުޅާލީމަ އާންޓީ ހެމުން ހެމުން ކިޔައިދިނެވެ. " އަޅުގަނޑަށް އެނގޭ މީހަކަށް ހަމަ އޮޅިދާނެކަން... އެކަމަކު މީދެން ބޮޑުވަރެއް... އާންޓީކުރެން ކީއްތޯވާނީ އަހާލަންވެސް ދެއްތޯ... މިދިޔަ ހޯމަ ދުވަހު އަޅުގަނޑު ކުދީންނަށް ކިޔަވާދިނީ އިންސެކްޓްސް (ސޫފާސޫފި) .. ދެން ކޮންމެ ކުއްޖަކަށް ވަކި ސޫތްޕެއްގެންނަން ބުނެފަ އޮންނާނީ... މާއިޝް އެދުވަހު ސުކޫލަށް ގެނައީ ސީޑީއެއް.. އަޅުގަނޑު ހީކުރީ އެއީ އިންސެކްޓް އާއި ބެހޭ ފިލްމެއްކަމަށް... ދެން ޕްރޮޖެކްޓަރުން އޭތި ބޮޑު ސްކްރީންކޮށް ހުރިހާކުދިންނަށް ފެންނަގޮތަށް އަޅުވާފަ އަޅުގަނޑު ދިޔައީ ސްޓާފް ރޫމަށް.. ޑޮކިއުމެންޓްރީއެއް ކަމަށް ހިތައި އަޅުގަނޑު ދިޔައީ ފިލްމުގެ އަޑުވެސް ފުދޭވަރަކަށް ބާރަށް ޖައްސާފަ ... ސްޓާފް ރޫމަށޗގޮސްފަ ކުލަ ޗޯކުކޮޅެއް ހޯދައިގެން ހިނގާގަތްތަނާ ފާހާނައަކަށް ދާންވެގެން އަޅުގަނޑުވަނީ ޓޮއިލެޓަށް.. ވިއްސަކަށް މިނެޓްފަހުން ނިކުމެގެން ކުލާސްރޫމާއި އަރާހަމަ ނުވަނީސް އެތަނަށް ބެލެނިވެރިންތަކާ ބައިވަރު މީހުންވެސް އެއްވެފަ އޮތް... މީހުންތައް ހަޅޭއްލަވަނީ މީހެއްޔޯ އާންޓީމެން ތިކިޔަވާދޭ މޮޅުކިޔެވުމަކީ... އޭރުވެސް އަޅުގަނޑަކަށް ވެގެން މިއުޅޭ ގޮތެއް ސާފެއް ނުވޭ... ކްލާސްރޫމާއި އަރާހަމަވީއިރު އެބަ އިވޭ "އާހްް.... އޫހް... އޯޔޭ... ފަރރރކް މީ ބޭބީ..." މިހެން ގޮވާއަޑު... ނަސީބަކުން އަޅުގަނޑަށް އާދެވުނީ ރެމޯޓްވެސް ސްޓާފް ރޫމްގަ ބައިންދާފަ... ދެން ވަގުތުން ދުވެފަ ގޮސް ކަރަންޓް ކަނޑާލީ... ބައެއް ކުދިން ތިބި އެފިލްމުގަ އެފެނުން ގޮތަށް އޮރިޔާންވެލައިގެން މަންޒަރު ކުޅެންވެސް... ކުޑަކުދިން ވިއްޔަ... ކީކޭދެން ބުނާނީ.... ސީޑީ ލާފައިން އުރަވެސް އަޅުގަނޑެއް ބަލައެއްނުލަން... އޭގަ އިން ލިޔެފަ "އާންޓީ... މީ ބީ އެއް، އެއްވެސް މީހަކަށް ނުދޭތި... އެކަނި އިނދެ ބަލާލާ... ކަމެއް ބޭނުމިއްޔާ މަށަށް ގުޅާލާ.." މިހެންވެސް... ދެން ކީއްތޯ ކުރާނީ... "ބީ " އެކޭ އަޅުގަނޑު ބުނީ ކުޅަނދުރު ގެ މާނައިގަ، ހިޔެއް ނުކުރަން އޮރިޔާން ފިލްމަށް ވެސް ކިޔަނީ "ބީ" ކަމަކަށް.... އެކަމަކު ދެން އެނގޭނެ "ބީ"  އަކީވެސް ތަފާތު އެއްޗެއްކަން( އެން.ޔޫ.އެން. ނިއުސްޓީމް) ޕޖ
 (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޕޖ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ، މި ބްލޮގް ވިދާޅުވެލައްވާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

Thursday, June 21, 2012

ޅ.ނައިފަރު ހިނުވާގެއިން އާދަޔާހިލާފު ހިޔަންޏެއް


ޅ.ނައިފަރު ހިނުވާގެއިން އާދަޔާ ހިލާފު ހިޔަންޏެއް ފެންނަކަމަށް ނައިފަރު ކައުންސިލްގެ އިދާރާއިން "އެން.ޔޫ.އެން" އަށް މައުލޫމާތުދީފިއެވެ. މިހިޔަނި ފެނިފައި ވަނީ ނައިފަރަށް މަޝްހޫރު ކަހަނބު ރައްޒާގު ކިޔާ މީހަކަށެވެ. އެން.ޔޫ.އެން އިން ރައްޒާގަށް ގުޅާ މައުލޫމާތު ސާފުކުރުއިރު މިއީ ވަރަަށްވެސް އާދަޔާ ހިލާފު ހިޔަންޏެކެވެ. "އެން.ޔޫ.އެން" އިން މިކަން ކަށަވަރު ކުރުމަށް މިސްކިތު މުދިމާ ވެސް މަޝްވަރާ ކޮށްލީމާ މުދިންބެވެސް ބުނީ އެއީ އަލަކަށް ފެންނަ ހިޔަންޏެއް ނޫން ކަމަށާއި  މީހުން ހިނުވާ ވަގުތު އެހިޔަނި ދުރުގަ ހުރެގެން އާނ، އޯޔޭ، އާހް.. މިކަހަލަ ކާފަރު އަޑު އަޑު ވެސް ލައްވާކަމަށާއި އަހަރެމެން ހިޔަނި ލައްވާ އަޑަކަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ.
ހިނުވާގެޔަށް މައްޔިތުންގެ މޫނުބަލަން އަންނަ އަންހެން ކުދިންގެ ކިރުގަ ވެސް ކާފަރު ހިޔަނި ހިފާކަމަށް ނައިފަރުގެ ބައެއް މީހުން ބުންޏެވެ. ހިޔަނި ހުންނަނީ ރޯ އޮރިޔާމުން، ކުޑަ ގޮލާވެސް ނެރެގެންކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބެއެވެ.

މި ހިޔަނި ވަރަށް ގިނަ މީހުންނަށް ފެނިފައިވެއެވެ. އަދި ހިޔަނި ފެނި ގިނަބަޔަކު ވަނީ މޮޔަވެސް ވެފައެވެ. "އެހިޔަނި އަހަންނަށް ފެނުނީ މިސްކިތަށް ފެންބަލާ ގޮސް އުޅުމުގެ ތެރޭގައި... ހަންތަކަށް ފެންއަޅާގެން ދާން ދިމާކޮށްލި ތަނާ ފެނުނީ ހިނުވާގެ ކައިރީ އޮރިޔާމުން ހުރި އެއްޗެއް... އޮރިޔާމުން ހުރީމަ ހިތަށްއެރީ ދާނަމޭކައިރިޔަށް... ފަހަރެއްގަ ކަންފުޅެއްވެސް ވެދާނެޔޭ... މިހެން ހިތަށްއަރާފަ ހިޔަނި ހުރި ހިސާބު ކައިރިޔަށްދާން ހިގައިގަތީ... ތަންކޮޅެއް ކައިރިޔަށް ދިޔައިރު އެނގުނީ އެޅާހުރީ ފުރަގަހަށްކަން... އެއް އަތް ވަރަށްބާރަށް ހެލޭތަންވެސްފެނޭ... ދެން ހިތައް އެރީ މިފަހަރު ބަލާނަމޭ އަންހެން ޅާއަކައްވެސްވެދާނެޔޭ... މަޑު މަޑުން ގޮސް ކުރިމައްޗަށް އަރާ ބަލައިލިއިރު އޮއްކަޅު ޅާ އެއް... އެޅާ ހުރީ އަމިއްލައަށް އެދުން ދުއްދަން... އެޅާގެ ދެލޯވެސް ހުރީ އަނގުރު އަލިފާން ގަނޑެއްހެން.. މަގޭ ކަލޭގެބިރުން ހަޅޭ ލަވާގަތް އިރަށް އެމަޔާއިނު ދިޔައީ މަގޭ މޫނަށް ވަރާލާފަ ކަނިބުރުވަމު ކަނިބުރުވަަމުން...." "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ރައްޒާގު ކިޔައިދިނެވެ.
މިހިޔަނި ހުންނަނީ އައްޕަން އާދަންކޮއިގެ ސިފާގައި ކަމަށް ނައިފަރު ޖުވެނައިލް ވާހަކަދެއްކި މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ކިޔައިދިނެވެ.  
ނައިފަރު ހޮސްޕިޓަލުން ދަނީ މި ހިޔަނި  ނައްތާލުމަށް ވެކުސިނެއް ތައްޔާރުކުރަމުން ކަމަށްވެސް އޭނާގެ ވާހަކައިގާ އުފަލާއެކު ފާހަގަކުރިއެވެ. .
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހމޒ


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ، މި ބްލޮގް ވިދާޅުވެލައްވާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)