ޔުމްނާ މައުމޫނު ސުޕްރީމު ކޯޓަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ރާއްޖޭގެ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކާ އިއުލާނު ކުރެވޭނެ ހާލަތްތަކުގެ ތެރޭގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް" ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ގަރާރަކީ، ނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތް ކަމަށް ކޯޓުން ބުންޏެވެ.
.:ނައިފަރު އަޕްޑޭޓް ނިއުސްޓީމް:. ޙސނ