Wednesday, May 2, 2012

ޅ. ނައިފަރު ދޯންޏަކުން މާވަހަރެއް ހޮވުން


   ޅ. ނައިފަރުގައި ދުއްވާ ދޯންޏަކުން 15 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ. މީގެ 5 ދުވަސް ކުރިން ހޮވި މާވަހަރު މިހާރު އޮތީ އެދޯނީގެ ވަތުތެރޭގައި، ބާއްވާފައެވެ. ދޯނިން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށްފަ  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުންބުނީ، "މަށަކަށް ނޭގެ ޗަޔެއް ބުނާކަށް... މަވެސް އޮތީ ނިދޭފޭ... އޮއްވޭ ދޯނި ކުއްޖަކު ގޮވޭފޭ ބުނީ، ކަލޯ އޭ، ތެދުވާށޭ، މިއޮތީ މާވަހަރެކޭ.. ދެން މަ ލޯ އުނގުޅަމުން ދަނިކޮށް މަ ވެއްޓުނީ ވަތުތެރެއަށް... އެރި އައްސީގޭ ތެދުވާން އުޅެނިކޮށް ކަރުގޭ ޅާޔަކު ދާވަނި އަޅުވޭފޭ މަ ނެގީ.. މަށަށް އޮތީ ގޮރުވެސް ހެޑެފޭ... " ކަމަށެވެ.  މިހާރު މާވަހަރު ހިފައިގެން މާލެ އަންނަން ދަތުރު ފަށާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. "ޗަތިބި ކައުޅުންތަށް ބުނަނީ ހިޔެއް ނުވެޔޯ މީ މާވަހަރެއް ހެންނެއް...ހޯ... ތާރު ގުޅައެއް ނޫނީ ބޮޑު ގޮންގުރެޓް (ކޮންކްރިޓް) ގަނޑެކޯ.. އެކަމަކު ޗަހަރެފެންނަ މަޔާފޮކި ބުނި މާވަހަރެކޯ... ޗަހެން ކިޔޭގެން ޗަޅާ މެން ޗައުޅެނީ މި މާވަހަރު ބަނޑު އަޅާން ވެގެން... އަޅޭ އެޅާ އުޅުނީ މަ މަރާން ވެގެން، މަ ބިސްގަނޑުގޭ ދާވަނިވެސް އަޅުވާން އުޅުނީ.. މަށަށް ހަދޭލެވުން އެއްޗަކުން މަ ކަރުގޭ އޭތި އެ އަޅޭ ގަތީ.. އަޅޭ ގަތްނަމަ މަ ބިސްގަނޑެއް ނޫންތަ އިރޭގެން ދާނީ... ހަރާންބަކަރިތަށް އަދި އެބަ ހެޔޭ ތިބެގެން... " އޭނާ ރުޅި ގަދަވެގެން އެހެން ބުންޏެވެ. ދޯނީގައި އުޅޭ ދެތިން މީހަކުވެގެން އެ މާވަހަރު ވަގަށް ނަގަން އުޅޭކަންވެސް ވަނީ ތޯނު މުޖައްރިބު ގޮތަކަށް "އެން.ޔޫ.އެން" އަށް އެނގިފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

1 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..