Wednesday, May 2, 2012

މުހައްމަދު ރަޝީދު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންހުކުމްކޮށްފި


ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓިކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް އަދި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ކަމަށްވާ ޑައިޒެޕަމް، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ދަފްތަރު ނަމްބަރު ،1307 މުހައްމަދު ރަޝީދު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ހަވީރު ބްލޫ ލައިޓް ލެގޫންސް ހޮޓަލުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ފުލުހުން އެ ތަނަށް ގޮސް އޭނާ ހައްޔަރުކޮށް ހަށިގަނޑު ފާސްކުރުމުން އޭނާގެ ޖީބުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.
އެ ދުވަހު އޭނާގެ ޖީބުން 9.2313 ގްރާމް ހެރޮއިންއާއި 26.7625 ގްރާމް ޑައިޒެޕަމް ފެނިފައިވެ އެވެ. އޭގެ ތެރެއިން ޑައިޒެޕަމް އަކީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެކެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އަހުމަދު ރަޝީދު އަބްދުލްބާގިރުގެ ޖީބުން މަސްތުވާތަކެތި ފެނުނު ކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އޭނާގެ ޖީބުން ފެނުނު ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި އޭނާގެ އަތުގައި ހުރީ ދައުލަތުގެ ކަމާ ބެހޭ ފަރާތެއްގެ ހުއްދަ ލިބިގެންކަން އޭނާ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް 10 އަހަރަށް އަދި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް އަހުމަދު ރަޝީދު އަބްދުލްބާގިރު އުމުރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ހުކުމުގައިވެ އެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..