Monday, June 18, 2012

މާވަހަރު ފިނޭންސާ ހަވާލު ނުކުރާނެ ކަމަށް ކެޔޮޅު ބުނެފި


މާވަހަރަށް ލިބޭ ކޮންމެ ގެއްލުމަކަށް ފިނޭންސް މިނިސްޓްރީ އިން ޒިންމާ ނުނަގާ ނަމަ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގ. ޑްރީމް އޮފް ގާޑަން މުހައްމަދު އަނީލްގެ "ނަސްރު" ދޯނިން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރު ފިނޭންސާ ހަވާލު ނުކުރާނެ ކަމަށް އެ ދޯނީގެ ކެޔޮޅު ޅ. ނައިފަރު ނޫރާނީމާގޭ އަބްދުﷲ މުހައްމަދު ބުނެފި އެވެ.
އެން.ޔޫއެންއަށް މައުލޫމާތު ދެމުން އަބްދުﷲ މުހައްމަދު މިއަދު ބުނީ ފިނޭންސް މިނިސްޓްރީއާ މާވަހަރު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ އެ މިނިސްޓްރީ އިން އެކަމަށް އިންކާރުކޮށްފައި ވަނިކޮށް ކަމަށާއި މާވަހަރަށް ލިބޭ ކޮންމެ ގެއްލުމަކަށް ފިނޭންސުން ޒިންމާ ނުނަގަންޏާ އެ މިނިސްޓްރީއާ މާވަހަރު ހަވާލު ނުކުރެވޭނެ ކަމަށެވެ.
"
އެއީ އެކޮޅުން [ފިނޭންސް މިނިސްޓްރީން] އެއަށްވާ ކޮންމެ ގެއްލުމަކަށް ޒިންމާ ނުވެވެންޏާ އަޅުގަނޑުމެންނަކަށް ނޯންނާނެ ހަވާލުކުރެވޭކަށް. ފިނޭންސުން އިންކާރުކޮށްފައި އޮއްވައި ކޯޓުން އަމުރެއް ނެރުނީ. އެހެންނޫން ވަނީ،" އަބްދުﷲ މުހައްމަދު ބުންޏެވެ.
އޭނާ ބުނީ ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރެވޭތޯ ދޯނީގެ ވެރިފަރާތް، އަނީލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުވަދޫ ކަނޑުން ނެގި އެ މާވަހަރު ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ވިއްކާލެވޭތޯ ދޯނީގެ ވެރިފަރާތް އަނީލްއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"
ކޯޓުން ބޭރުގައި ދެ ފަރާތުން އެއްބަސްވެވޭތޯ މިހާރު އަމަލުކުރަމުން މިދަނީ. މިހާރު ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި މާވަހަރު ވިއްކާލާ ކަހަލަ ގޮތަކަށް ވާހަކަ ދެއްކިފައި މިވަނީ،" އަބްދުﷲ މުހައްމަދު ބުންޏެވެ.
މާވަހަރު ބެހުމާ މެދު ކެޔޮޅު މީހާ އާއި އޮޑިވެރިޔާއާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅީ އޮޑިވެރިޔާ އަނިލް އެވެ. އަދި ފިނޭންސް މިނިސްޓްރީއާ މާވަހަރު ހަވާލުކުރުމަށް ކޯޓުން އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފިނޭންސްގެ ބެލުމުގެ ދަށުގައި މާވަހަރު ބޭއްވުގެ އަމުރަކަށް އޮޑިވެރިޔާ އެދުމުންނެވެ.
މިކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ދޭދޭ ފަރުދުންގެ ދެމެދުގައި ދިމާވި މައްސަލައަކާ ގުޅިގެން އެހާ އަގުބޮޑު މުދަލެއްގެ ޒިންމާ އުފުލުމަށް ނޭދޭ ކަމަށް ދައުލަތުން ކޯޓުގައި ދަންނަވާފައި ވަނިކޮށް އެފަދަ އަމުރެއް ނެރެފައިވާތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ކޯޓުގެ އަމުރަށް ސަރުކާރުން ތަބާވާނެ ކަމަށާއި، މާވަހަރު ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން ގެނައުމުން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން މާވަހަރާ ހަވާލުވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ
.

2 ޚިޔާލު:

maavaharu genathanah maavaharu laan mashah fennany......

Bagee vaheedhu fadaboigen kohgen ulhey kameh thy =VADAK=

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..