Friday, July 13, 2012

326 ކިލޯގެ ބޮޑު މާވަހަރެއް ހޮވައިފި


ރާއްޖެއިން މީގެން ދުވަހަކު ނުފެންވަރުގެ ބޮޑު މާވަހަރެއް ށ.ފީވަކު އުދަރެސް ދޯނިން ހޮވައިފިއެވެ. މިއަދު ހަވީރު ކ. ހިންމަފުށިކައިރިން ހޮވި މިމާވަރުގައި 326 ކިލޯ އެބަހުއްޓެވެ.
"މަސްވެރިކަން ނިންމާފައި މާލެ އަންނަނިކޮށް ހިންމަފުށި ކައިރިން ބޮޑު ކުނިގަނޑެއް ކަހަލަ އެއްޗެއް ފެނިގެން އަހަރެމެން ދޯނި ކައިރިކޮށްފަ ބެލީ... މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ވީމަ އެންމެން ވެގެން އޭތި ދޯންޏަށް ނެގީ... އޭތި ބަރުކަމުން ދާވަނި އަޅުވައިގެން ނެގުނީ،" އުދަރެސް ދޯނީގެ ކައްޕި "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ.
މިއީ މާވަހަރެއްކަން އަދި ސީދާ ކަށަވަރެއް ނުވެ އެވެ. އެކަން ޔަގީންކުރުމުގެ މަސައްކަތް ދަނީ އެކި އެކި ފަރާތްތަކަށް ގުޅައިގެން ކުރަމުންނެވެ.
"މާވަހަރާ" އެކު މި ދޯނި މިހާރު އޮތީ މާލޭގެ މަސް މާރުކޭޓާ ދިމާލުން ފަޅުތެރޭގަ އެވެ. އަދި މާވަހަރު ބެލުމަށް ގިނަ ބަޔަކު "އުދަރެސް" ދޯންޏަށް އަރަމުން ވެސް އެބަ ދެ އެވެ.
ދާދި ފަހުން ރ. ދުވާފަރު ދޯންޏަކުން ވަނީ 180 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ. އޭގެ އަގު 100 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެ އެވެ.
އުދަރެސް ދޯނިން ހޮވައިގެން މި އުޅެނީ ހުދަންބަރެއް ނަމަ އޭގެ އަގު 200 މިލިއަން ރުފިޔާ އާ ގާތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި އަހަރުގެ މިހާތަނަށް 2 ދޯންޏަކުން 3 މާވަހަރަށްވުރެ ގިނަ މާވަހަރު ހޮވައިފާވާއިރު މިދިޔަ ހަފްތާ ވަނީ 150 ކިލޯގެ ބޮޑު މާވަހަރެއް 100 މިލިޔަން ރުފިޔާއަށްވެސް ވިއްކާލާފައެވެ. 150 ކިލޯގެ މާވަހަރު ހޮވި ދޯނިން މީގެ ކުރިންވެސް ވަނީ މާވަހަރެއް ހޮވާފައެވެ. އެދޯނީގެ މާވަހަރު ބެހުމުގައި އޮޑިވެރިޔާގެ ފަރާތުންވަނީ ފުރިހަމައަށް އެއްބާރުލުންދީ ދޯނިގެ ފަޅުވެރިން ރުހޭ ގޮތަކަށް މާވަހަރު ބެހުމަށް ދޫކޮށްލައިފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..