Sunday, July 15, 2012

ޅ.އަތޮޅު މަޑިވަރު ކައިރިން މާވަހަރެއް ހޮވައިފި



<< ޅ.އަތޮޅުގައި އެމް.އެން.ޑީ.އެފް ގެ ފަރާތުން ޓްރެއިނިންގ ހިންގާ މަޑިވަރު...


ޅ.އަތޮޅު މަޑިވަރު ކައިރިން މިއަދު މެންދުރު މާވަހަރެއް ހޮވައިފިއެވެ. މާވަހަރު ހޮވާފައިވަނީ އެމް.އެން.ޑީ.އެފް ގެ ލޯންޗެއްގައި މަޑިވަރުން ފުރައިގެން ޅ.ނައިފަރަށް ކުރި ދަތުރެއްގައި މަޑިވަރު ކައިރިން ގާތްގަނޑަކަށް 700 ފޫޓް ދުރުން ކަނޑުމަތިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

މި މާވަހަރުގައި ގާތް ގަނޑަކަށް 40 ކިލޯ ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި "މިއަދު މީހުން އެބަ ވަރަށް މާވަހަރު ހޮވޭ... އަޝްރަފުކިޔާ މިރަށު މީހަކު 400 ގްރާމުގެ މާވަހަރެއް ހޮވި ގޮނޑުދޮށުން... އަދި ހިންނަވަރު ދޮނޭގެ ކުއްޖަކުވެސް ދެކޮތަޅުގެ ކުދި ކުދި މާވަހަރު ތަކެއް ވަނީ ހޮވޭފޭ.. ނައިފަރުގެ ގިނަބަޔަކު މިހާރު ވަނީ ގޮނޑުދޮށުގޭ... މާވަހަރު ހޮވާން ގޮސް... މަވެސް މި މަސައްކަތް ނިންމޭލޭފޭ ދާނީ މާވަހަރެއް ފެނޭތޯ... " ކަމަށެވެ. 

މިއީ ނައިފަރު ކައިރިން ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ދެވަނަ ފަހަރެވެ. ކުރީފަހަރު ނައިފަރު އަތިރިމަތީ ސުކޫލާ ދިމާ ފަސްގަނޑު މަތިން ނައިފަރު 'ކިމްޒޯ' ހޮވި މާވަހަރު ގައި 250 ގްރާމް ހުރި އިރު އެ މާވަހަރު މިހާރުވަނީ 25000 ރުފިޔާއަށް ވިއްކާލާފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..