Monday, July 2, 2012

ރިޕޯޓް:::: ބަރަކޫޑާ (ފަރުތޮޅި) އެއް ދިން ހަދިޔާ

ދިވެހިރާއްޖެއަކީ %75 ކަނޑުގެ ސަރަހައްދު ބޮޑުބައެއް އޮންނަ ޤައުމެކެވެ. ރާއްޖޭގައި ހިކިފަސްތަނަށްވުރެ ބޮޑީ ކަނޑުކަމަށްވެފައި ދިވެހިންގެ ލޭނާރުކަމަށް ވާ މަސްވެރިކަމަކީވެސް ކަނޑުގައި ގިނަވަގުތު ހޭދަކޮށްގެން ކުރެވޭކަމެކެވެ. މަސްވެރިކަމުގެ ތަފާތު ވައްތަރުތައް ހުންނައިރު މީގެ ތެރެއިން އެންމެ ނުރައްކާތެރި މަސްވެރިކަމަކީ ފަރުމަހުގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމެވެ. މަސްވެރިކަމާއި ބެހޭގޮތުން އޭރުގެ މަސްވެރިއަކާއި އަދި މިހާރުގެ ' މޮޑަރން' މަސްވެރިއަކާއި "އެން.ޔޫ.އެން" ގެ ފަރާތުން ވާހަކަ ދައްކާލީމެވެ. "އަޅުގަނޑަކީ ނައިފަރު މީހެއް... އަޅުގަނޑުމެން މަހައްދިޔޭމު ރިޔަލު ދޯނީގޭވެސް... ރިޔަލުގޭ މަހަށް ފުރުމަކީ ވޭން ހުރި ކަމެއް... އަނެއްކާ ވޭ ނުޖެހެންޏާ ދެން އެ ދިޔޭ ދުވަސް....  އަނބުރޭ ހޭރިޔާ ކުރަމުން އުޅޭން ޖެހޭ ހާލު... މިހާރު ހާދަ ފަސޭހަ އޭ... އަހަރެމެންގެ ޅަދުވަސް ނަމަ މިހާރު.... ކުރިޔަށް އޮތްތާ މަސްވެރިކަން ކުރާނީ ކޯންޗަކުން ކަމެއްވެސް ބުނާކަށް ނޭނގޭ..." މުހައްމަދު އީސާ ކިޔައިދިނެވެ. ރިޔަލު ދޯނީގައި މަސްވެރިކަން ކުރިއިރު އެންމެ ބިރުވެރި ދުވަހަކަށް ދިމާވީ ކޮން ކަމެއްތޯ ސުވާލުކޮށްލުމުން މުހައްމަދު ބުނީ "ފަރުތޮޅި އެއް އޭސް މަ ގައިން ތަންގަނޑެއް ނެގި ދުވަސް" ކަމުގައެވެ. "އާ... ޗަހެން ބުނީމާ އެބަ ޖެހޭ ޗަވާހަކަ ޗަކޮޔަށް ކިޔޭދޭން... މަ ކިޔާ ގޮތަށް ލިޔާން ހިޔޮ... ރަށުބަހުން ހަމަ ލިޔާން ވާނީ... ޗަކޮއި ފޯނަށްތަ ޗަ ރެކޯރޑްކުރަނީ... އާނ ދެން އަޑު އަހޭ... އަހަރެމެން ތިބީ މިތާ މިޔޮއް ކަނިފުށީ ކޮޅުގޭ.... ފިސާރި މަސްބޭނާ ތަނެއްއޭ... މަސް ވަރަށް ދަހި އަނެއްކާ.... އެއްލީ ގަތީ.... ގަތީ އެއްލީ... އަހަރެމެން ތިބީ ނަގިލިވެސް ލޭގެން.... ހަމަ ފަރުމަސް ބާނަން ތިބީ.... ދެން މަ ކޭރީ ބޮޑު މުޑަހަންޖެއް ގަނެގެން މަ ނުވިސްނޭ އިންދޭ އެޅާ ދިޔޭ މަ ގޮވޭގެން.... މަ ވެއްޓުނީ މޫދަށް... އޭރު ދޯނީ އެހެން ކުއްޖެއް ކޭރީ ރަތްމަހެއް ގަނެގެން އެ ސޮރު އޭތި ދަމަނީ.... އިރުކޮޅަކުން މަށަށް ހީވި މަ ފޫކޮޅާދިމާއިން އެއްޗެއް ހޭކެފޭ ދިޔަހެން....... ބޮލަށް އެންބުރުން އަރާހެން ހީވާތީ ނަނުންވެސް ދޫކޮށްލޭފިން.... ދޯންޏާ 15 ވަރަކަށް ފޫޓްގޭ މަ އޮތީ.... ދެން ވީ އެއް ނުވީއެއް ނޭންގުން.... ހޭވެރިކަމެއް ވީއިރު މައޮތީ ރަށުގޭ ދޮންކަލޭފާނުއް ގޯތީގޭ.... އަސްލު ކާފަރުތޮޅި މި ހެދިވަޑާމަކީ އޭތި މިއޭ ރަތްމަހާ ދިމާއަށް އޭސް މަ ބިސްގަނޑު ހިފޭގެން އެމަޔާއިނު މިދިޔޭ.... އެޅާ އަންނާނީ ދަމޭފޭ ދޫކޮށްލާ ރަބަރެއްހެން ފިސާރި ބާރަށް.... މަ މީ ދުނިޔޭގޭ ހުއްޓަސް ނެތް މީހެއް... އެފަހުން މަށެއް ކޮޅެއް ނުވޭ... އަނެއްކާ މީހަކާ އިނދެގެން މި އުޅެނީވެސް.... ދަރިއަކުވެސް ނުލިބޭނުން ނުވެރެންޏަކާ ދޯ...." މުހައްމަދު އީސާ މުންޑުކޮށިކޮށް ބިސްގަނޑު ދައްކާލަމުން ވަރަށް އަސަރާއެކު ކިޔައިދިނެވެ. ފަރުތޮޅިއަކީ އާންމުކޮށް ޝިކާރަކޮށް އުޅޭ މަހެއް ކަމުން، އޭތީގެ ސްޕީޑް ވަރަށް ހަލުވި މަހެކެވެ. ތޫނު ދަތްތަކެއްވެސް ހުންނަ މި މަހުގެ އާންމު ކާނާއަކީ ރިތްމަހާއި ރެއްސާއި މުށިމަހެވެ. މުށިމަހާއި ރެހީގެ އިތުރުން ދަޅައެއް ހުންނަ ކޮންމެ އެއްޗެއްގައި މި މަސް ޝިކާރަކުރުމުގެ ގޮތުން ހިފާކަމަށްވެއެވެ. "މަވެސް ބުނާނީ ޗަބުނާ ކާފަރުތޮޅިއޭ ވަރަށް ނުލަފާ އުއްލޫއެއް... އެޅާ ހިފާނެ ޖެހުނު ކޮންމެ ތާކު... އަހަރެން ބޭނުމެއް ނުވޭ ނޫހުގޭ ޖަހާކަށް ބޮޑު ވާހަކައެއް ކިޔޭދޭކަށެއް.... އަހަރެމެން އެންދަމާން ތިއްބޭ ދޯނި ކުއްޖަކު ފިންސުވެސް އެޅާދިޔޭ ދެފަޅިއަރުވޭލޭފޭ..." ނަންނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން މީހަކު ބުންޏެވެ. މޫދުގައި މާސްކު އަޅައިގެން ދުވާލު ގަޑީގައި ފިނާ މީހުން ބަރަކޫޑާ ނުވަތަ ފަރުތޮޅިއެއް ފެނިއްޖެ ނަމަ މާސްކް އަޅައިގެން އެއާއި ދިމާއަށް ނުބެލުމަކީ ފަރުތޮޅީގެ ސަބަބުން ލިބިދާނޭ ގެއްލުމަކުން ސަލާމަތް ވުމަށް ކުރެވިދާނޭ ވަރަށް މުހިންމު އަދި ރައްކާތެރިކަން ބޮޑު ކަމެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޗޗތ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..