Sunday, July 1, 2012

ނައިފަރު ދޯންޏަކުން ހޮވި މާވަހަރު ވަގަށް ނަގަން އުޅެފި

މި ދިޔަ މެއި މަހު ޅ.ނައިފަރު ދޯންޏަކުން ހޮވި މާވަހަރު އެންމެ ފަހުން ދޯނީގެ ކެޔޮޅަށާއި ފަޅުވެރިންނަށް ނުދީ ހަމައެކަނި އޮޑިވެރިޔާއަށް އެކަނި ލިބޭގޮތަށް ހުކުމް ކުރުމަށް ސިވިލް ކޯޓްގެ ގާޒީއަކަށް ރިޝްވަތުދޭން އުޅޭކަމުގެ މައުލޫމާތު  "އެން.ޔޫ.އެން" އަށް މައުލޫމާތު  ލިބިއްޖެއެވެ. މި މާވަހަރަކީ 20 ކިލޯއަށްވުރެ ބަރު މާވަހަރެއް ކަމަށާއި އަދި މާވަހަރުގެ އެންމެ މޮޅު ވައްތަރު ކަމަށްވާ ހުދަންބަރެއްކަމަށާއި މީގެ އަގު ގާތް ގަނޑަކަށް 8 މިލިއަން ރުފިޔާއަށް އަރާނޭކަމަށްވެސް  ދޯނީގެ ފަޅުވެރިއެއް އަދި ދޯނީގެ ކެޔޮޅުގެ ކޮއްކޮ  އިބްރާހިމް ބުންޏެވެ. "އޭނާ (ދޯނީގެ އޮޑިވެރިޔާ) ބޭނުންހޭ އެއްޗެއް ނެހެދޭނެ... ވިސްނޭލެބަލޭ އޭނާގެ ހަޔާތްކުޑަކަން... އޭ އަހަރމެންނަށް ފެނުން އެއްޗެއް... އޭނާގެ ދޯނި މިހާރުވެސް އެއްދުއްވަނީ ބަޔަކު.... ދޯންޏަކު ނީންނަނޭ ލޮލެއް، މާވަހަރު ފެންނާކަށް... އެބަ މާވަހަރު ހޮވޭތަ.... ދޯންޏަކަށް ފެނުން އެއްޗެއް ނޫނޭ އެއީ.... އޭނާ ކޭރީ ނުލާހިކު ރީތިކޮށް އަހަރެމެން ބުނީމު ހިނގާށޭ މަސްބޭ ބަހާގޮތަށް ބަހާން... އެކަމަކު އޭނާ އެކަމާ އެއްބަހެއް ނުވި.... ދެން އޭނާ އުޅެފި ބަޔަކުން ލައްވޭ އޭތި ވަގަށް ނަގުވާންވެސް... ފިނޭންސް މިނިސްޓްރީއަށް އޭތި ގެންދުވޭ ބަހައްޓޭފޭ އެމީހުންނަށް ޗިޕެއް ޖަހޭގެން އެ މާވަހަރު ފޮރުވާން.... އަހަރެމެން އޭނާޔަށްވުރެ އިސްކޮޅުން ކުޑަޔަކަސް އަހަރެމެން މާ ބޯބޮޑުވާނެ.... މިހާރު އޭނާ އެ އުޅެނީ މާވަހަރު އޭނާއަށް އެކަނި ލިބޭގޮތަށް ގާޒީ ލައްވޭ ހުކުން ކުރުވާން... އޭނާ ގާޒީ އަށް ރިޝްވަތުވެސް ނޭނގެ ނުދޭކަމެއް..." އިބްރާހިމް "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ. މާވަހަރު ހޮވިފަހުން ދޯނީގެ އެއްވެސް ފަޅުވެރިޔަކު މަހަކަށް ނުދެއެވެ. އަދި ދޯނީގެ ކެޔޮޅުވެސް ވަނީ  ފާޑަކަށް "މާލޭ ބަންދު" ވެފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑނ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..