Monday, July 23, 2012

ކ.ކާށިދޫގައި ފުލުހަކު މަރާލައިފި




ކ.ކާށިދޫގައި ޑިއުޓީއަށް ދިޔަ ފުލުހަކަށް ވަޅިން ހަމަލާދީ މިރޭ 12:30 ހާއިރު ވަނީ މަރާލަފައެވެ.

އޭނާގެ ހަތަރުތަނަކަށް (މެއާއި، ކަރާއި، ބުރަކަށީގެ އިތުރުން ބަނޑަށް) ހަމަލާދިނުމުގެ ސަބަބުން މިރޭ 12:30 ހާއިރު މަރުވެފައިވަނީ ކ.ކާށިދޫ ކެތި، ލާންސްކޯޕްރަލް އާދަމް ހަލީމް ކަމަށާއި އޭނަގެ ތިން އަހަރަށްދާ ދަރިފުޅަކު ހުންނަ ކަމަށް މައުލޫމާތުލިބެއެވެ. ހަމަލާދީ މަރާލި ފުލުހުންގެ މީހާގެ  މަންމަ މި ހިތާމަވެރި ޚަބަރު ލިބުމާއި ގުޅިގެން ހޭވެރިކަން ކުޑަވެގެން އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން މިހާރު އަންނަނީ ފަރުވާދެމުން ކަމަށާއި، މަރާލި ޕޮލިސްމީހާއަށް ޙަމާލާދިނީ ރަށުގައި އުޅޭ ގުރޫޕަކުން ކަމަށްވެސް މައުލޫމާތުލިބެއެވެ.
ފުލުހުންގެ މީހާގެ އެކި ތަންތަނަށް ވަޅިހެރުމުގެ ސަބަބުން އޭނާގެ ޔުނިފޯމް އެއްކޮށްވަނީ ލެއިން ތަތްތެޅިފައެވެ. މިހާރު އޭނާގެ ހަށިގަނޑު ފުލުހުންގެ ލޯންޗެއްގައި މާލެ ގެނައުމަށް ފުރުވާލާފިކަމަށާއި، އަދި މާލެއިން ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޓީމެއްވެސް މިހާރު އެބައަންނަކަމަށްވެސް ކ.ކާށިދޫގައި ހުރި "އެން.ޔޫ.އެން"ގެ ނޫސްވެރިއަކު މައުލޫމާތުދެއެވެ. މިޙާދިސާއާއި ގުޅިގެން ރަށުގެ ގިނަބަޔަކު ވަނީ މަގުތައްމައްޗަށް ނިކުމެ ކަމަށާއި މި ކަމާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ރަށުތެރޭގައި ހިނގާފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބެމުންދާ ވަރަކުން ކިޔުންތެރިންނަށް ފޯރުކޮށްދޭނެ ވާހަކަވެސް ދަންނަވަމެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..