Sunday, July 22, 2012

ރަމަޟާންމަހު އަޅުކަން ކުރުމަށް މާލޭގައި މިސްކިތެއް އެޅުމަށް ޝަހީމު ދެކޮޅުހެދި


<< އެމް.ޑީ.ޕީން އުސްފަސްގަނޑުގައި އަޅަމުންދާ މިސްކިތް...

މި ބިންމަތީގައިވާ މިސްކިތްތަކަކީ ﷲގެ ގެފުޅުތަކެވެ. މިސްކިތެއް ބިނާކުރި މީހަކަށް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި، ދިވެހިންގެ ގިނަބަޔަކު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭމަހެކެވެ. ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގެންތިބި ބަޔަކަށް ވީހިނދު، ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް މިސްކިތެއް ބިނާކުރުމާއި ދެކޮޅު ހަދާނެ ދިވެއްސެއް ނުހުންނާނެ ކަމީ 'މެންދުރުގެ އިރު' ފާޅުވެ އެނގޭފަދައިން އެނގޭކަމެކެވެ. ނަމަވެސް ދިވެހިންގެ ގިނަބަޔަކު ޤަދަރުކުރާ ބޮޑު ޢިލްމު ވެރިޔަކު 'ސިޔާސީ މަޤްޞަދުތަކެއް ޙާސިލްކުރުމަށްޓަކައި' ރާއްޖޭގައި 'ވަކި ބަޔަކު' މިސްކިތެއް އެޅުމާއި މެދު އިންކާރުކޮށް، އެބޭފުޅާއަށް ކުރެވުނު ހުރިހާ 'ދުއްޕާނެއް' ކުރުމަކީ އަޅުގަނޑުގެ އިތުރުން އެއްވެސް ދިވެއްސަކު ޤަބޫލުކުރާނެ ކަމެއް ނޫނެވެ.
އެމް.ޑީ.ޕީގެ ފަރާތުން އުސްފަސްގަނޑުގައި އަޅަމުންދާ މިސްކިތް ނިމި މާދަމާގެ އަސުރުނަމާދަށް ހުޅުވޭނެ ކަމުގައި މިސްކިތުގެ މަސައްކަތް ކުރަމުންދާ އެމް.ޑީ.ޕީގެ މެމްބަރަކު "އެން.ޔޫ.އެން" އަށް މައުލޫމާތުދީފިއެވެ. ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން މެމްބަރުން ނަމާދުކުރުމަށާއި ރޭއަޅުކަން ކުރުމަށް އެޅި މި މިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭއިރު އަންހެނުންނަށް ޚާއްސަ ތަނުގައި ގާތްގަނޑަކަށް 50 މީހުންނަށް ނަމާދުކުރެވޭނެކަމަށްވެސް ވެއެވެ.
"އަޅުގަނޑުމެން މިސްކިތް މިއެޅީ ވަގުތީގޮތުން... ރަމަޟާން މަސް ދިޔަޔަސް މިސްކިތުގަ މީހުން ނަމާދުކުރަންޏާ މިސްކިތް ރޫޅާލާކަށް ޤަޞްދެއްނުކުރަން... މި މިސްކިތުގައި ނަމާދު ކުރެވޭނެ 350 މީހުންނަށް... އެއީ 300 ފިރިހެނުންނަށާއި 50 އަންހެނުންނަށް... ވަރަށް ގިނަ ބަޔަކުގެ އެދުމުގެ މަތިން އަޅުގަނޑުމެން އެޅި މިސްކިތެއް މިއީ... މި މިސްކިތް މާދަމާގެ އަސުރު ނަމާދަށް ހުޅުވޭތޯ ވަރަށް ބާރަށް މަސައްކަތް ކުރަމުން މިދަނީ... އަސްލު ރޯދައަށް ނިންމަން އުޅުނީ... އިސްލާމިކް މިނިސްޓްރީގެ ޝަހީމު މިކަން ހުއްޓުވީ... ވިސްނާލަ އެމީހުންގެ ހުރި ނުބައި ނުލަފާކަން... މިސްކިތެކޭ އިނގޭތޯ... މީ ފައްޅިއެއް ނޫނޭ... ބާޣީން ހީކުރަނީ މީ ފައްޅިއެއް ކަމަށް... އަހަރެމެން ވެސް މިތާ ތިބެފަ މި ޖެހެނީ ނުލާހިކު ދުރަށް ނަމާދަށް ދާން... މި ތާކައިރީ މިސްކިތެއް ހުންނަނީކީ ނޫން... އެހެން ނޫނަސް މާތްވެގެންވާ އިސްލާމް ދީނުގައި މަނާކަމެއް ނޫން މިސްކިތެއް އެޅުމަކީ.. އަޅުގަނޑުމެން މި ތަނުގައި ނަމާދުކޮށް ޤުރުއާން ކިޔަވައި ރީތިކޮށް އުޅެން ހެދި ތަނެއް މީ... އެއްވެސް ޙާލެއްގައި ބާޣީ ސަރުކާރަށް ފަންޑިތަ ހަދަން، ކިޔެވެލި ކިޔަވަން އެޅިތަނެއް ނޫން މީ... ކޮންމެ ކަމެއްވެސް ސިޔާސީ ކުރަން މިއުޅޭ ބާޣީން ބޭނުންވަނީ... އެމް.ޑީ.ޕީ އަކީ ފިކުރެއް... އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ... މިސްކިތްވެސް މިހިރީ އަޅާފަ... ދެން އިރާދަ ކުރެއްވިއްޔާ ވެރިކަމަށް ވެސް އަންނާނީ އެމް.ޑީ.ޕީގެ ރައީސެއް... ރައްޔިތުން ހަބޭސް..." އުސްފަސްގަނޑުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ.
"އެން.ޔޫ.އެން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މިސްކިތް އިމާރާތް ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޝެއިޚް ޝަހީމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެކަމާއި ގުޅިގެން  އެމް.ޑީ.ޕީގެ ބަޔަކު ވަނީ ޝަހީމުގެ ކާރުކޮޅު ހިފަހައްޓައި ކާރަށްވެސް ގެއްލުން ތަކެއް ދީފައެވެ. މި ކަމާއި ގުޅިގެން ފުލުހުން ވަނީ 3 މީހަކުވެސް ހައްޔަރުކޮށްފައެވެ. މިރޭ އެމް.ޑީ.ޕީގެ ޚާއްސަ ޖަލްސާއެއް މި މިސްކިތް އިމާރާތްކޮށްފަވާ، އުސްފަސްގަނޑުގައި އޮންނާނެ ކަމަށް އެމް.ޑީ.ޕީގެ ވެބްސައިޓްގައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

1 ޚިޔާލު:

މުޅި މާލެ މީ މިބައިގަނޑުގެ މިލްކިއްޔާތުތަ؟ހިތައްއެރި ތަނަކު ހިތައް އެރި ކަމެއް މިބައިގަނޑު ވިއްޔާ ކުރަންވީ.ނުވެއްޖެއްޔާ މީހުންގެ ފުރާނަޔަށް މުދަލަށް ގެއްލުން ދޭންވީ.މީދެން މީހުން މިސްކިތް އަޅާކަހަލަ ތަންތަންތަ؟އެތަނަކާ މިސްކިތެއް ނުގުޅޭ އެތަނާ ގުޅޭ އެއްޗެހި އެތަނުން ވަނީ ސިފައިން ހޯދާފަ. އެއީ ކޮންޑަމް.އެހެންވީމާ ޒިނޭކުރާތަނަކަށް އެތަން ހަދަން ފެންނަނީ.އެމްޑީޕީ މީހުންނަށްޓަކައި.އެމީހުންގެ ތެރޭގައި ރޯދަމީހުންނަށްވުރެ ގިނަވާނީ ރޯދަނޫން މީހުން.އެހެންވީމާ ރަނަގަޅުވާނީ އެކަހަލަތަނެއް ހެދުން.

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..