Wednesday, July 11, 2012

ރިޕޯޓް: މާވަހަރަކީ ކޯންޗެންކަން އެނގެނީ މަދު ބަޔަކަށް


މާވަހަރާ ބެހޭގޮތުން އަޅުގަނޑުމެން ދިވެހިންނަށް އެނގިފައިވަނީ ކިހާ މިންވަރެއް ހެއްޔެވެ. މާވަހަރަކީ ކޯންޗެންކަން އެނގެނީ މަދު ބަޔަކަށް ކަން ޔަޤީނެވެ. އެވޭލާ ޒަމާނުއްސުރެ މިލާދީން 35 ވަނަ ގަރުނުގައި ގްރީކް ހަޒާރަތުގައި މާވަހަރަކީ އެމީހުންގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުން ކުރެވުނު މާއްދާއެކެވެ. މިތަކެތި މިބައިމީހުންނަށް ފޯރުކޮށްދެނީ ކަންޢާނީންނާއި ގަދީމީ މިސްރު މީހުންނާއި ބާބިލުގެ މީހުންނެވެ. މާވަހަރަކީ މީގެ 6000 އަހަރު ކުރިން ބާބިލުގެ ގަދީމީ މީހުން ފަންޑިތަ ސިހުރު ހެދުމުގައި މީރުވަސް ދުއްވުމުގެ ގޮތުން ހޯދުނުތަކެތިކަމަށް ބާބިލުން ގްރީކަށް ބަދަލުވި މީހުންގެ އުޅުމާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާ އަކުން ދޭހަވެއެވެ. ސުލައިމާނުގެފާނުގެ ޒަމާނުގައި ބާބިލަށް ފޮނުއްވުނު ދެމަލާއިކަތުންގެ ކިބައިން ގްރީކް މީހުންނާއި ކަންއާނީންނާއި ޔޫނާނީން ސިހުރު ފަންޑިތަ އުގެނުނެވެ. އަދި މިބައިމީހުން އުގެނުނު ތަކެތި ބަދަލުކޮށް ޝައިތާނުން އެވެރިންނަށް ނުބައި ނަސޭހަތް ދީ އެވެރިން މަގުފުރެއްދޫއެވެ. ދެންފަހެ އިސްވެ ދެންނެވި ޝައިތާނުން އޭރުގެ ކަހީނު ކަމަށާއި ބޮޑެތި ފާދިރީން ކަމަށް ދައުވާ ކުޅަ މީހުންނަކީ މާތްރަސްކަލާންގެ ފިޔަވައި ކަލުންކަމަށް ދައުވާ ކުރުމަށް އެވެރީންނަށް އެހީތެރިވެދިނޫއެވެ. ނަތީޖާއެއްގެ ގޮތުން މި ދެންނެވި ކަހީނުންނާއި ފާދިރީން ދެއްކުންތެރިކަން އިތުރު ކުރުމުގެ ގޮތުން މީހުންގެ ކުރިމަތީ ސިހުރުގެ ބޮޑެތި މަހުރަޖާންތައް ބާއްވައެވެ. ކޮންމެ ފާދިރީ އަކާއި ކަހީނަކު މަސައްކަތް ކުރަނީ ޝައިތާނުންގެ އެހީގައި އަނެކާއަށް ނުކުރެވޭ މާމޮޅު ކަމެއް ދެއްކުމަށެވެ. މި މަހުރަޖާން ތަކުގެ ވަށައިގެން ދުން އެޅުމަށް މާވަހަރާއި، ގޮމަކަސްތޫރި ބޭނުން ކުރެވުނުކަމުގައިވެސް ބުނެވެއެވެ. ޝައިތާނުންނަށް ކަމުދަނީ އޭގައިދުވާ މީރު ވަހަށް ވުރެ މި ދެންނެވި ތަކެތި ޅަކޮށް އޮންނައިރު އެއިން އެދުވާ ނުބައިވަހެވެ. ގޮމަކަސްތޫރި އަކީ ރަންމަން ފުއްލާގެ ލޭ ނަގައިގެން ސާޅީސް ދުވަސްވަންދެން ބަހައްޓައިގެން އުފައްދާ އެއްޗެކެވެ. މާވަހަރު ފެން ނުހިކި އޮންނަ އިރު ދުވާ ނުބައި ވަޙާއި މި ދެންނެވި ގޮމަކަސްތޫރި ހެދުމަށް ފުއްލާއިން ނެގޭ ލެއިން ދުވާ ވަހާއި ތަފާތެއް ނުހުންނާނެއެވެ. ކަހީނުން ކުރާކަމަކީ މި ދެންނެވި ޒާތުގެ ތަކެތި ބޭނުން ކުރަނީ އޭގެ އެންމެ ހަޑިމުޑުދާރު ގޮތުގައެވެ. ސިހުރުތަކުގެ މަހުރަޖާން ފެށުމުގެ ސާޅީސް ދުވަސް ކުރިން ފެންވަރާ މުޅިގައިގާ ކިސަޑު އުނގުޅާ މަރުވެފައިވާ ތަކެތީގެ ލޭ އޭނާގެ ގައިގާ އުނގުޅާނެއެވެ. މިގޮތުން ފުއްލާއާއި ސިންގާގެ ލޭގެ އިތުރުން 7 އަހަރުނުވާ ކުޑަކުއްޖެއްގެ ލޭގެ އިތުރުން މަރުވެފައިވާ އަންހެނެއްގެ މޭގަނޑު ނަގާ އެއިން ތެޔޮ ހަދާ، އެތެޔޮ ވެސް މުޅި ގައިގާ އުނގުޅާނެއެވެ. މިފަދަ ނުބައި އަމަލެއް ކުރާމީހެއްގެ ހުރިހާ މުހުތާދެއް ފުއްދައިދިނުމަށް ޝައިތާނާ އޭނާއާ އަހުދުކަށަވަރު ހިފާ މީހުންގެ ކުރިމަތީ އޭނާ އަކީ ކަލާންގެ އެއްކަން ދޭހަވާފަދަ އަވާމެންދުރުތައް ދައްކާނެއެވެ. މާވަހަރެއް ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ ހިޖުރައިން 8 ވަަނަ ގަރުނުތެރޭ ޅ.އަތޮޅު މާބިންހުރައިން ކަމަށާއި އޭރުހުންނެވި ރަސްގެފާނު ސިރީ ފުރައުއްތަ ކައިސި ހޮނދޭ ކަލަމިންޖާގެ އަރިއަހަށް އޭތި ވެދުމަށް ގެންދެވިފައިވެއެވެ. މާވަހަރު އުފެދެނީ ބޮޑުމަހުގެ ގޮހޮރުގެ ތެރޭގައެވެ. ޕްލާންކްޓަންސް ނުވަތަ ފިރުއަނު މުދަލަކީ ވަކި މޫސުމެއްގައި ކަނޑުގެ ވަކި ހިސާުބުތަކެއްގައި ގިނަވެ އާލާވާ ލޮލަށް ނުފެންނަވަރުގެ ކުދިކުދި ދިރޭ އެއްޗެހިތަކެކެވެ. ބޮޑުމަހުގެ ކާނާއަކީ މިދެންނެވި ފިރުއަނުމުދަލެވެ. ބޮޑުމަހަކީ އޭތި ކަނޑުގައި ދުވާއިރު އަނގަ ފުޅާކޮށްގެން ދުވާމަހެއް ކަމުން މޫދުގައި ހުންނަ މިދެންނެވި ފިރުއަނުމުދާ އޭގެ އަނގައިން ފުރާނާލާ ބާކީ ފެންތައް ބޭރުކޮށްލައެވެ. ބޮޑުމަސް އެންމެ ގިނައިން އުޅެނީ މި ދެންނެވި ފިރުއަނުމުދާ ގިނަ ހިސާބުތަކުގައެވެ. މިގޮތަށް ބޮޑުމަސް އޭގެ ކާނާ ލޮނުގަނޑުގެ ތެރެއިން ފުރާނަމުންދާއިރު އެކި ބާވަތް ބާވަތު ނުރައްކާތެރި މާއްދާތައްވެސް ބޮޑުމަހަށް ފުރާނާލެވި ކެވޭގޮތް މެދުވެރިވެއެވެ. ނަމަވެސް ގުދުރަތުން ލައްވާފައިވާ ފުރިހަމަ ނިޒާމަކުން މިދެންނެވި ނުރައްކާތެރި ތަކެތި ބޮޑުމަހުގެ ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއަކަށް ނުދެއެވެ. ބޮޑުމަހުގެ ގޮހޮރުގައިވާ ހާއްސަ މާއްދާ އަކުން މިދެންނެވި ނުރައްކާތެރި ތަކެތި ހިފެހެއްޓުމަށާއި ހަޖަމު ވިިޔަ ނުދިނުމަށް އެހީތެރި ވެދެއެވެ. ގޮހޮރުގެ ވަށައިގެން ވާ ބޯ ދުލިފަށުގެ ބޭރުގައި ގޮހޮރު ތެރޭ ލައްވާފައިވާ މިދެންނެވި އުށުގެ ފަށަލައިގެ ސަބަބުން ބޮޑުމަހަށް ކެވޭ ނުރައްކާތެރި މަޑި ފަދަ ތޫނު ކަށި ހުންނަ ތަކެތި ބޮޑުމަހުގެ ގޮހޮރުގައި މިވާ އުށުގެ ފަށަލައިގާ ހަރުލައެވެ. އަދި ގޮހޮރުގައި ޓިޔުމާއެއްފަދައިން އެ އުފެދި ގޮހޮރު ބެދުމުގެ ކުރިން އޭތި ހޮޑަށް ދޫކޮށްލައެވެ. އެހާހިސާބުން މި ހޮޑު މަޑުގަނޑު ކަނޑުގެ ތެރެއަށް ދޫވެ އޮޔާ އެކު ކޮންމެސް ބައްރަކަށް ލައްގައެވެ. މާވަހަރުގައި ދުވާ ވަހަކީ މި ދެންނެވި އުށުގެ ފަށަލަައިގާވާ މާއްދާއިން ދުވާ ވަހެކެވެ. މާވަހަރެއް ފެނި ޔަގީން ކުރުމަށް މާވަހަރު ކަމަށް ޝައްކު ކުރެވޭ އެއްޗަށް ތިނޯހެއް ހޫނު ކުރުމަށްފަހު ކޮށްޕާލާށެވެ. ތިނޯސް ކޮށްޕާލިތަނުން އޮލަކޮށް ތެޔޮ ނިކުމެ އުއްބައްތި ވިރިފަ ހުންނަ ސިފަޔަކަށް ހުންނާނެއެވެ. އަދި ކުޑައިރުކޮޅަކުން ލުއި ލުއި މީރުވަހެއް ދުވާނެއެވެ. މާވަަހަރަކީ ޔުނާނީ ބޭސްވެރިކަމުގައި ވިހަވުމަށާއި ބަނޑު އަދި ގޮހޮރުގެ ބައްޔައް ބޭނުން ކުރެވޭ އެއްޗެކެވެ. ގަދީމީ ބޭސްވެރިކަމުގައި މާވަހަރު ބޭނުން ކޮށްފައިވަނީ މަރުވެފައިވާ މީހުން ގިނަދުވަހު ކުނިނުވެ ބޭތިއްބުމަށް އެއްކުރާ ފަތެއްގެ ދިޔައާއި އެކުއެވެ. ސެންޓާއި އަތަރު އުފެއްދުމުގައި މާވަހަރު ބޭނުން ކުރަނީ ވެސް މިދެންނެވި ސަބަބަށްޓަކައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

3 ޚިޔާލު:

paragraph ah bahaigen liyefa hunna nama kiyan faseyhavees

thanxx 4 ur kind in4mation..

hama habeys..interesting...mikahala ehchehi liyaanama kihaa kiyaahih vaane...tnx NON

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..