Wednesday, September 19, 2012

ފައިސާ ދެއްކީ، އައިނެއް ހައްދަން...



ބައެއް މީހުންނަކީ ދެއްކުންތެރިކަމާއެކު ނަންބަރު އައިނު އަޅާ މީހުންނެވެ. އެހެން ކަމުން، ނަންބަރު އައިނެއް ހެދުމުގެ ކުރިން ތިމާއަށް ކޮންމެހެން އައިނެއް ބޭނުން ވޭތޯ، ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކާ، ޓޮކްޓަރުގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޮލަކީ އިންސާނާގެ އެންމެ އަގުބޮޑު އެއް ހިއްސު ކަމަށް ވިހިނދު ލޮލަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ.
އައިނު ހަދައިދޭ އޮޕްޓިކަލް އަކުން ލޯ އަނދިރި މީހަކު ނަންބަރު އައިނެއް ހެއްދި އެވެ. އެ އައިނު އަޅައިގެން ލޯގަނޑުން ބެލި ފުރަތަމަ ފަހަރު، އޭނާގެ މޫނު އޭނާއަށް ސާފުކޮށް ފެނުނެވެ. އެންމެ ފުރަތަމަ އޭނާގެ ނަޒަރު ހުއްޓުނީ ބުމަ މަތީގައިވާ ބޮޑު ކަޅުތިލައަކަށެވެ. ދެން އައިނު ހެއްދި ތަނަށް ގޮސް ބުންޏެވެ.
އަހަރެން މިތަނަށް ފައިސާ ދެއްކީ، އައިނެއް ހައްދަން...   ނަމަވެސް މިތަނުން އަހަންނަށް ހަދައިދީފައި މިވަނީޣައިނެއް    ( غ ) ނޫންތަ! އެހެން ވީމާ، މި ޣައިނު، އައިނަކަށް ބަދަލުކޮށްދީ...

އައިނު ހަދައިދޭ ތަނުގައި ހުރި މީހާ ހައިރާންކަމާއެކު ބުންޏެވެ.

މިތަނުން އެއްވެސް މީހަކަށް ޣައިނެއް ( غ ) ހަދައެއްނުދޭނެ.... ތިބޭފުޅާއަށް ވެސް މި އޮޕްޓިކަލްސް އިން ހަދައިދީފައިވާނީ ހަމަ އައިނެއް...

އައިނު ހެއްދި މީހާ، އިންތިހާ ދަރަޖައަށް ރުޅިގަދަވެފައިވާ ޙާލު ބުންޏެވެ. އަދި ތަނުގައި އަޑުގަދަކޮށް މީހުން އެއްކޮލުމުގެ ބޭނުމުގައި ބުންޏެވެ.

"
އެހެނެއް ނުވާނެ... މަށަށް މިތަނުން ހަދައިދީފައި މިވަނީ ހަމަ ޣައިނެއް...  ކަލޭމެން  ހީކުރީ މަށަށް އޮޅުވައިލެވޭނެޔޭތަ..؟ މީގެ މަތީގައި ޖަހާފައިވާ ނުކުތާ ނުފެންނަ ވަރަށް އަހަރެންގެ ލޯ އަނދިރިވެފައިވާ ކަމަށް ތަ ކަލޭމެން ތިޔަ ހީކުރަނީ...؟ އަދި އެވަރެއް މަށަކަށް ނެވޭ... އިނގޭ... !"

ކައުންޓަރުގައި އިން ކުއްޖާގެ ހިނގަނޑު ފަޅަފަޅައިގެން ދިޔުމުން، އައިނު އަތުކޮޅަށް ހޫރާލާފާ އެމީހާ އެތަނުން ނުކުމެގެން ދިޔައީއެވެ... ކުރާނީ ވަކި ކީއްހެއްޔެވެ. އައިނެއް މިފަހަރު މިއޮތީ ޣައިނަކަށް ވެފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އއމ


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ.. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަޞްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..