Sunday, April 29, 2012

އިމާދުއްދީނަށް އެއް ވަނަ ދިނުމަށް ފަހު، އޮޅިގެން ކަމަށް ބުނެ އިނާމު އަތުލުން


މި މަހުގެ 19 އިން 25 އަށް ބޭއްވި ލަވަ ލަވަމުބާރާތުގެ ނަތީޖާ ރޭ އޮލިޕަސް ތިއޭޓަރުގައި އިއުލާން ކުރި އިރު، ޓީވީއެމްގެ މި އަހަރުގެ ލަވަ މުބާރާތުން އެއް ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. އެއް ވަނަ ދަރިވަރަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރު އައިމިނަތު ސައިނާ މުހައްމަދު އެވެ. ނަމަވެސް ޓީވީއެމްގެ ޕްރެޒެންޓަރު ފުރަތަމަ އިއުލާން ކުރީ އެއް ވަނަ ސްކޫލަކީ އިމާދުއްދީން ސްކޫލެވެ.

އިމާދުއްދީން ސްކޫލަކީ މި އަހަރުގެ ލަވަ މުބާރާތުން އެއް ވަނަ ސްކޫލު ކަމަށް، ޕަބްލިކް ޓީވީި އިން ލައިވް އިވެންޓެއްގައި، އިއުލާން ކުރުމުން އެ ސްކޫލުގެ ދަރިވަރުން އިނާމާ ހަވާލުވުމަށް ފަހު، ގޮނޑިތަކުގައި އިށީން ފަހުން، ޕްރެޒެންޓަރު އިއުލާން ކުރީ، މުބާރާތުން އެއް ވަނަ ސްކޫލަކީ އިމާދުއްދީން ކަމަށް އިއުލާން ކުރެވުނީ އޮޅުމަކުން ކަމަށާއި އެއް ވަނަ ސްކޫލަކީ އިސްކަންދަރު ސްކޫލް ކަމަށެވެ.

ރޭގެ އިނާމު ދިނުމުގެ ޖަލްސާގައި ދެ ވަނަ ސްކޫލަކަށް ހޮވިފައި ވަނީ ޖަމާލުއްދީން ސްކޫލެވެ.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިއަދު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެގޮތަށް ރޭ ދިމާވީ ކާޑުތައް ހެދިއިރު ނަން ޖެހުމުގައި އެރި އޮޅުމަކުން ކަމަށެވެ. އަދި ވަނަތައް ހާމަކޮށް ސްކޫލްތަކަށް ދިނުމަށް ކުރިން ތައްޔާރުކޮށްފައިވާ ފޮތުގައި ވެސް އޮންނާނީ ރަނގަޅަށް ކަމަށް މޮންދު ވިދާޅުވި އެވެ.

(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)
.

ޝައިހު ފަރީދުގެ ދަރުސަކަށް މިލަދޫ ބަޔަކު ހުރަސް އެޅުން


" އެންމެ ނުރައްކާތެރިވަބާ" މިނަމުގައި މިލަދޫ ސްކޫލް ހޯލުގައި ރޭ 20:30ގައި ބޭއްވުމަށް ހަމަޖެއްސި ދަރުސް ކެންސަލްކުރީ އެ ސްކޫލް ކައިރިއަށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

މިލަދޫ ކައުންސިލްގެ ރައީސް ހަސަން ގައްޝާން މިއަދު ވިދާޅުވީ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ދަރުސަށް ހުރަސްއަޅާފައި ވަނީ އެ ރަށު ކައުންސިލުން ރޭވި ރައްޔިތުންގެ ބައްދަލުވަކަށް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ހުރަސްއަޅާފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ އެއްވި މީހުން ބުނަމުންގެންދިޔައީ ކައުންސިލުން ބާއްވަން އުޅުނު ރައްޔިތުންނާ ގުޅުން ހުރި ބައްދަލުވުމަކަށް އެމްޑީޕީ އިން ނުކުމެ ހުރަސްއަޅާފައި، އެބައްދަލުވުން ބޭއްވުމުގެ ފުރުސަތު ދީފައިނުވާތީ މަދަނީ ޖަމާއަތްތަކުގެ އެއްވެސް ހަރަކާތްތަކެއް ބޭއްވިޔަކަ ވެސް ނުދޭނެ ކަމަށެވެ.

ގައްޝާން ވިދާޅުވީ އެ ރަށު ސްކޫލް ހޯލްގައި ރޭ ބާއްވަން ހަމަޖެއްސި ދަރުސް އިންތިޒާމްކުރި ފަރާތުން އެ ދަރުސް ކެންސަލްވެއްޖެކަން ރޭ އިޢުލާން ކުރިއިރު ވެސް އެތަނަށް ޝައިހު ފަރީދު ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގެ އެއްގަޑި އިރު ކުރިން ޝައިހު ފަރީދު ރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ހާލަތަށް ބައްލަވާލައްވައި ދަރުސް ދެއްވަން ގަސްދުނުކުރައްވާ ކަމަށް ފަރީދު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ހާލަތެއްގައި މިކަހަލަ ހަމަނުޖެހުން ބޮޑު ހިސާބެއްގައި ރައްޔިތުން އޮއްވާ ދަރުސް ނުދެއްވާނެ ކަމަށް ފަރީދު ވިދާޅުވި. ރަށުގެ ހާލަތު އޮތް ގޮތް ކުރިން އެނގިވަޑައިނުގެންނަވާ ކަމަށާއި އެނގިވަޑައިގެންނެވި ނަމަ އެ ރަށަށް ވަޑައިނުގެންނަވާނެ ކަމަށް ވެސް ފަރީދު ވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށް ރޭ އިރާކޮޅު ވިދާޅުވަފައި،" ޣައްސާން ވިދާޅުވި އެވެ.

ފަރީދުގެ ދަރުސަށް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ހުރަސްއަޅައި އަޑުގަދަކޮށް ހެދި ނަމަވެސް އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ރަށު ކައުންސިލުން "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ނައިފަރުގެ ގެއެއްގެ ކުޑަކުއްޖަކަށް އޭނާގެ މަންމަ އަނިޔާ ކުރުން

ޅ. ނައިފަރު މަސްޖިދުއް ތަޤުވާ ކައިރީ ހުންނަ ގެއެއްގައި، މިއަދު މެންދުރު (3 އަހަރުގެ) ކުޑަކުއްޖަކަށް  އޭނާގެ މަންމަ އަނިޔާކޮށްފިއެވެ. މަންޒަރު ދުށް މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުނީ އެކުއްޖާގެ މަންމަ ކުޑަކުއްޖާ އަށް އަނިޔާ ކުރީ ނުކެއީމައެވެ. "ފުރަތަމަ އެކުއްޖާ ކައިފަ ހޮޑުލީ، ދެން އެކަމާ ރުޅިއައިސްގެން، ކާންދެން ގެންގުޅުނު ސަމުސަލުން އެކުއްޖާގެ ބޮލުގަ ޖެހީ... " ނަންނުޖެހުމަށް ޝަރުތުކޮށް އެމީހާ ކިޔައިދިނެވެ. މީގެ ކުރިންވެސް ނައިފަރުގައި ވަނީ ކުޑަކުއްޖަކު ހިލިހިލާ ޖަހައިގެން އުޅުނުކަމުގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ސިފައިންގެ ދުވަހާއި ގުޅިގެން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާއިން ޅ.ނައިފަރުގައި ޝަރަފުގެ ހިނގާލުމެއް

އިއްޔެ ހަވީރު 04:30 ގައި ޅ.ނައިފަރު މަދަރަސަތުލް އިފްތިތާޙް ކުރިމަތިން ހުޅަނގަށް އޮންނަ ހުސް ސަރަޙައްދުން ޝަރަފުގެ ހިނގާލުން ފައްޓަވާފައިވަނީ  ޝަރަފުގެ ހިނގާލުން ބޭއްވުމަށްޓަކާ ތައްޔާރުކޮށްފައިވާ ހުސް ބިމުގައި ބޭއްވި ކުޑަ ރަސްމިއްޔާތަކަށްފަހުއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެއްޓި މިރަސްމިއްޔާތުގައި ސިފައިންގެ ބޭންޑުން ކުޅުނު ރާގަކަށް މަދަރަސަތުން އިފްތިތާޙްގެ ދަރިވަރުންކޮޅެއް ނެށުމުގެ އައިޓަމެއްވަނީ ހުށަހަޅާދީފައެވެ.  ސިފައިންގެ ބޭންޑްގައި ކުޅުނު ޤައުމީ ސަލާމަށްފަހު ޝަރަފުގެ ހިނގާލުން ފައްޓަވާފައިވަނީ މަދަރަސަތުލް އިފްތިތާޙް ކުރިމަތިން އޮތް ހުސްބިމުންނެވެ. ޅ.ނައިފަރުގެ ބޮޑެތި މަގުތަކުގައި ބޭއްވި މިޝަރަފުގެ ހިނގާލުމުގެ ފަހަތުން މަދަރަސަތުލް އިފްތިތާޙްގެ ކެޑޭޓް ކުދިންނާއި އަދި ޅ.ކުރެންދޫ ސްކޫލްގެ ކެޑޭޓް ކުދިންވެސްވަނީ ސްކޫލްގެ ބޭންޑާއެކު ޝަރަފުގެ ހިނގާލުމުގައި ބައިވެރިވެފައެވެ. ނައިފަރުގެ ގިނަ ރައްޔިތުންގެ ތަރުޙީބު ލިބިގެންދިޔަ މިޝަރަފުގެ ހިނގާލުމުގައި ޤައުމީ ދިދައާއި ސިފައިންގެ ދިދަ ތަމްސީލުކޮށްދީފައިވެއެވެ. ސިފައިންގެ ތިން ގެމައާއި ސްކޫލް ކުދިންގެ 3 ގެމައާއި ސްކޫލް ބޭންޑާއެކު ޖުމްލަ 7 ގެމަ ހިމެނޭ މިޝަރަފުގެ ހިނގާލުން ނިންމާފައިވަނީވެސް މަދަރަސަތުލް އިފްތިތާޙް ކުރިމަތިން އެކަމަށްޓަކައި ޚާއްޞަކޮށްފައިވާ ހުސްބިމަށެވެ. މިޝަރަފުގެ ހިނގާލުން ބަލާލުމަށް ޅ.ނައިފަރުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ ތަރުޙީބު ދީފައެވެ. .

އިންޑިޔާގެ މީހަކާއި ލަންކާ އަންހެނަކު މާރާމާރީ ހިންގުން

އިސްކަންދަރު ސްކޫލް ކައިރީގައި އިންޑިޔާގެ މީހަކާއި ލަންކާ އަންހެނަކު މާރާމާރީ ހިންގުން
މިއަދު ހެނދު 7:45 ހާއިރު  ސްކޫލުކައިރީގައި ޒުވާބުކޮށް ދެމީހުން މާރާމާރީ ހިންގީ ދެމީހުންގެ ދެ ދަރިވަރުންނާއި ޖެހުނު މައްސަލައެއްގައެވެ. ލަންކާ އަންހެނަކާ އިންޑިޔާގެ ފިރިހެނަކު ހިންގި މާރާމާރީގައި، ލަންކާ އަންހެންމީހާގެ އަނގަމަތީގައި ޖަހާ، އޭނާގެ އަނގަމަތި ވަނީ ފަޅާލާފައެވެ. މި ދެމީހުން އެތަނަށް ފުލުހުން އައުމުގެ ކުރިން ވަނީ އަނބުރާ ގެއަށް ގޮސްފައެވެ. އިތުރު މައުލޫމާތު ލިބޭތޯ އުޅެގެންވެސް އެއިން އެއްވެސް ބިދޭސީ އެއް އެކަމާ ގުޅިގެން އެއްޗެއް ބުނަން ބޭނުން ނުވާކަމަށާއި، އަދި އިންޑިޔާ މިހާ ބުނީ "ލަންކާ މީހާ ބޮޑު ސަކަރާތް ހުންނަނީ، މީނަ މިޤައުމުން އަވަސް ޑީޕޯރޓް ކުރަން ބޭނުން" ކަމަށެވެ
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

މިއަދު ހެނދުނު އަމީނިއްޔާ ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވުން
މިއަދު ހެނދުނު އަމީނިއްޔާ ސްކޫލް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސްކޫލަށް އައި ދެ ބެލެނިވެރިންގެ ދެ ސައިކަލު ޖެހިގެންނެވެ. މަންޒަރު ދުށް މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުނީ ދެސައިކަލު ޖެހުނީ ދެމީހުން ދެމީހުންނަށް ކުރިއަށް ދިޔުމަށް ތަންދޭން އުޅުމުގެ ސަބަބުން ދެ ސައިކަލު މުޑި އެރުމުގެ ސަބަބުންނެވެ. މި ހާދިޘާގައި އެއްސައިކަލުގެ ދަފަތް ބިންދައިގެން ގޮސް ދެވަނަ ސައިކަލުގަ އިން ސްކޫލު ދަރިވަރުގެ ކަނާތު ފައިގެ ކަށިމަތިން ވަނީ 3 އިންޗިހާތަން މަށައިގެންގޮސްފައެވެ. "މި ދެސައިކަލުވެސް ދުއްވަންތިބީ ފަލަ ފަލަ ދެ އަންހެނުން" ކަމަށާއި، "ދުއްވަން އިން އެކަކު އަތުގައި ލައިސަންސް ނެތް" ކަމަށްވެސް މަންޒަރުދުށް މީހާ ބުންޏެވެ.. މިއަރުގެ މިހާތަނަށް 50 އަށްވުރެ އެކްސިޑެންޓް ހަމައެކަނި މާލޭގައިވެސް ވަނީ ހިނގާފައެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)