Tuesday, May 15, 2012

ނައިފަރުގައި މަސާޖު ޕާލާއެއް ހުޅުވައި ހިންގުމުގެ ހުއްދަ ދީފި

މި ސަރުކާރުގެ ހެޔޮފުޅުކަމާއިއެކު، ނައިފަރުގައި މަސާޖު ޕާލާއެއް އިއްޔެގެ ވަގުތެއްގައި ހުޅުވައި ހިންގައިދެނީ، ނައިފަރުގައިތިބި ކުޑަކުދިންނާއި ބެހޭ، މީހުން ކައިރިއަށް ވަންނަ އަދި އެއްޖިސުން ގުޅުން ހިންގާ މީހުންނަށް ޚާއްޞަކޮށްގެންނެވެ. މި މަސާޖުޕާލަރގެ ބިންގާ އަޅާފައިވަނީ 17 ފެބްރުއަރީ 2012 ގައެވެ. ނައިފަރު ޖަލާލުއްދީންމަގުގައި ހުންނަ ސޮޑާގޭގައި ހުޅުވި މި އިމާރާތުން ހަމައެކަނި ރޭވެސް 35 ދިވެހިންނާއި 12 ބިދޭސީން ޚިދުމަތް ހޯދާފައިވެއެވެ. މިހާ އަވަހަށް މި އިމާރާތް ހުޅުވީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ނޫން ދުވަސްވަރެއް ކަމުން ރަށުގައި މަޑުކޮށްލައިގެން ތިބޭ މީހުންނަށް "އަރާ ހާލު ފަންވަރު" ކުޑަކުރުމުގެ އިތުރުން، މި މީހުން މިގޮތަށް ކަމެއްނެތިފަ ތިބެންވެއްޖެނަމަ މި ބައިމީހުންގެ ޝިކާރަޔަކަށްވެ ހަނާ ވެގެން ދާ، މީހުންގެ އަނބީންނާއި، ބިކުރުވެރި ޅަކުދީންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނެވެ. "އަޅޭ ލާއިލާ... މިރަށުގޭ މިތިބީ ހުސް ޅަތެލަނގައިގެ އަހުލުވެރިން.. ފަޅޭލާން ވެއްޖިއްޔާ ހެވޭ ދެންމެ ވިހޭ ކުއްޖަކަސް... ހުވޭ މިބުނީ... މީހުންގެ އަނބިން ކޭރިޔަށްވެސް ވަންނަނީ... އަދި މަސް ނުބާނާ، މީހުންގަނޑު ކަންނެލި ބުރު ނިންމޭފޭ އަންނަ ދުވަސްކޮޅު މިކަންތައްގަނޑު މާ ބޮޑު... ޕޮލިހުންވެސް އުޅެނީ އެއްގަމު މަސްވެރިކަމުގޭ..."  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން މީހަކު ބުންޏެވެ. މިދިޔަ 2011 ވަނަ އަހަރުވެސް  ނައިފަރުގައި ވަނީ މީގެ 3 މައްސަލައެއް ފެންމަތިވެ ތަހުޤީގު ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ފޮނުވާފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..