Thursday, May 31, 2012

ނައިފަރު އަޕްޑޭޓް ނިއުސް ޓީމް ގެ އެޑްމިން މެމްބަރަކަށް ޙުކުމް ކުރުން.

ދިވެހި ފިލްމު "ޔޫސުފް" ގެ ވަގު ކޮޕީ ވިއްކި ކަމަށް ބުނެ ފިލްމު އުފެއްދުންތެރިޔާ ފާތިމަތު ނަހުލާ (ތުންބަޅު ނަހުލާ) ދައުވާ ކުރުމުން ހިޔާނާތްތެރިވުމުގެ ކުށް ސާބިތު ނުވިއަސް ޅ. ނައިފަރު ހަވީރީ ހިޔާ، ހައްސާން އަލިފުޅުގެ މައްޗަށް ހަ މަހަށް އަރުވާލުމަށް ހައި ކޯޓުން އިއްޔެ ހުކުމް ކުރުމުގައި ރިޝްވަތުގެ ޢަމަލެއް ހިނގައިފައިވާ ކަމަށް ވަރަށް މުޢުތަބަރު ގޮތަކަށް   "އެން.ޔޫ.އެން" އަށް  އެންގިއްޖެ އެވެ. ހައި ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމްކުރުމުން އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުގައި ގާޒީއަށް ނަހުލާ ލަންކާ ދަތުރެއް ދޭންނިންމި ކަމަށާއި އަދި 5000 ޑޮލަރު ދޭން ނިންމާފައިވާ ކަމުގެ ކޮރަޕްޝަން އަމަލެއް މިހާރު ވަނީ ފެންމަތި ވެފައެވެ.
ހައި ކޯޓުގައި  އިއްޔެ ހުކުމް އިއްވަމުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ ހައްސާން ވަގު ކޮޕީ ވިއްކި ކަމަށް ތިން މީހަކު ޖިނާއީ ކޯޓުގައި ހެކިބަސްދީފައިވާ ކަމަށެވެ. މި ތިން މީހުންނަކީ ވެސް ޙައްސާނާ ޒާތީ ގޮތުން ޖެހިފަ ތިބި ތިން މީހުންކަމަށްވެސް    "އެން.ޔޫ.އެން" އަށް އެގިފައިވެއެވެ. އަދި ހައްސާން އެ ފިލްމު ގެންގުޅެފައިވަނީ އެ ގެންގުޅުމަށް ކްރިސްޓަލް އެންޓަޓެއިންމެންޓް ކޮމްޕެނީއާ ދެމެދު އަނގަބަހުން ހެދިފައިވާ އެއްބަސްވުމާ ހިލާފަށްކަން އެނގެން އޮންނަ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ހިޔާނާތްތެރިވުމުގެ ކުށް ހައްސާންގެ މައްޗަށް ސާބިތުވާތީ އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ހަ މަހަށް އަރުވާލަން ހުކުމްކުރައްވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
"އަޒްމިރަލްދާއަކީ މީގެ ކުރިންވެސް މިކަހަލަ މައްސަލަތަކުގަ ރިޝްވަތު ނަގައިފަ ހުރި މީހެއް... އެންމެ ފުރަތަމަ އޭނައަކަށް ނުން ޙުކުމް ކުރަންވީ... އޭނާގެ ލެޕްޓޮޕަށް އަޅާފަ އޭނީ ވިންޑޯސް ސެވަންގެ ވަގުކޮޕީއެއް.. (ކްރެކް ކޮށްފަ އިން) ވަގުކޮޕީ މުޅިންވެސް.. އެއީވެސް ހަމަ ބަލަންޖެހޭމައްސަލައެއް... "  ކޯޓްގެ އައި.ޓީ ގަ މަސައްކަތް ކުރާ ކުއްޖެއް ބުންޏެވެ.
ދައުލަތުން ޖިނާއީ ކޯޓުގައި ދައުވާކުރި އިރު ކްރިސްޓަލް ކޮމްޕެނީ އަށް ލިބުނު ގެއްލުމުގެ ބަދަލު ހައްސާންގެ އަތުން ހޯދުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ. އަދި 10،000ރ. އަށް ވުރެ މަތީގެ އަގުހުރި މުދަލަކަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ޖިނާއީ ކޯޓުގައި އުފުލާފައިވެ އެވެ.
ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ ކްރިސްޓަލް ކޮމްޕެނީ އަށް ލިބުނު ގެއްލުމުގެ ތަފްސީލު ނަހުލާއަށް ބަޔާން ކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ލިބުނު ގެއްލުން 800،000ރ. އާ ގާތްކުރާނެ ކަމަށް ބުނެފައިވުމުން ލަފާކުރެވޭ އަދަދެއްގެ މައްޗަށް ބަދަލު ނަގައިދެވެން ނެތް ކަމަށް ހައި ކޯޓުންވަނީ ހުކުމްކޮށްފަ އެވެ.
ޙައްސާން އަކީ މިނިވަންކަމަށާއި ހަމަހަމަކަށް ލޯބި ކުރާ، ނައިފަރު ގެ ތަރައްޤީއަށް މަސައްކަތްކުރާ ހީވާގި ޒުވާނެއްގެ އިތުރުން، ނައިފަރު އަޕްޑޭޓް ނިއުސްގެ އިސްކޮށް ޙަރަކާތްތެރިވާ މެމްބަރެއްވެސް މެއެވެ. މި ހިތާމެރި، ލާއިންސާނީ ޙުކުމާއި ގުޅިގެން ހައިކޯޓްގެ ޤާޟީ މިހާރުން މިހާރަށް ހައްޔަރު ކުރުމަށާއި އޭނާ އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ގޮވާލަމެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..