Tuesday, May 15, 2012

ނައިފަރުގައި ހުންނަ މައި ޖަގަހައަށް ޕެޓްރޯލް އަޅާ ރޯކޮށްލަން މަސައްކަތްކޮށްފި

ޅ.ނައިފަރުގައި ހުންނަ އެމްޑީޕީގެ ޖަގަހަތަކުގެ ތެރެއިން މައި ޖަގަހައަށް ޕެޓްރޯލް އަޅާ ރޯކޮށްލަން މަސައްކަތްކޮށްފި އެވެ.
އެރަށު އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުނީ މައިޖަގަހައިގެ އެތެރެއާ ބޭރަށް އަދި ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާފައި ހުއްޓާ ފެނުނީ ރޭ ދަންވަރު ކަމަށާއި ނަމަވެސް އެ ޖަގަހައިގައި ރޯވެފައިނުވާ ކަމަށެވެ.
މައިޖަގަހައިގެ އެތެރެއާ ބޭރަށާއި، ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާފައި ހުއްޓާ ފެނުނީ، ޕެޓްރޯލް އެކަނި ޖެހީ، ޖަގަހައަށް ގެއްލުމެއް ނުދޭ” ނައިފަރުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާ ސުވިޗް އޮންކުރި ނަމަ މުޅި ޖަގަހައިގައި އަލިފާން ރޯވާނެ ކަމަށާއި އެމްޑީޕީގެ ނައިފަރު ދާއިރާއިން ޓެރަރިޒަމްގެ އެ ނުބައި ޢަމަލު، ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މިކަން ކުރީ ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު ކަމަށް އެރަށުން އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދާ ކަމަށް ވެސް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހާ ބުންޏެވެ.
ނައިފަރު ދާއިރާގެ ނާއިބު ރައީސް ވަދީފް މޫސާ "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެމްޑީޕީ ނައިފަރު ދާއިރާއިން ސުލްޙަވެރިކަމާއެކު ހިންގާ އެއްވެސް އިހުތިޖާޖެއް ހުއްޓުވާނުލެވޭނޭ ކަމަށާއި، ސަރުކާރު “އެނދުމަތިވެ އައިވީގުޅާހިސާބަށް” ދިއުމާ ވިދިގެން އެކަން ހަޖަމް ނުކުރެވުނު ނައިފަރުގެ ބަޔަކު އެމްޑީޕީގެ ޖަގަހައަށް ގެއްލުންދޭން އުޅުނީ ކަމަށެވެ.
އަދި މިފަދަ ތަހުޒީބު އަދި އިލްމީ ޒަމާނުގައި މިކަހަލަ ހަޑިމުޑުދާރު ޢަމަލެއް ބަޔަކު ހިނގަން އުޅުނީތީ ހިތާމަކުރައްވާކަމަށް ވަދީފް ވިދާޅުވި އެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

3 ޚިޔާލު:

dhen golhaaboa heevany fadaboigen ulheyhen..........

ޕޕ ނޫން ހުރިހާ ޕާޓީއެއްގެ އެންމެން މަރަންވީ.

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..