Friday, June 8, 2012

ފިނޭންސުން މާވަހަރާ ހަވާލުވާން ކޯޓުން އަމުރުކޮށްފި

  • "ނަސްރު" ދޯނިން ހޮވި މާވަހަރު އެ ދޯނީގެ ފަޅުވެރިޔަކު ދައްކާލަނީ: މި މާވަހަރު ފިނޭންސްގެ ބެލުމުގެ ދަށުުގައި ބާއްވަން ވަނީ ކޯޓުން އަންގާފައި
''ނަސްރު '' ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުން ހުވަދޫ ކަނޑުން ހޮވި 20 ކިލޯއަށް ވުރެ ބަރު މާވަހަރުގެ މައްސަލަ ކޯޓުން ވަކި ގޮތަކަށް ނިންމަންދެން ނުވަތަ ކޯޓުން އެކަމާ މެދު ވަކި ގޮތަކަށް އަންގަންދެން އެ މާވަހަރު ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ސިވިލް ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ.

މާވަހަރު ބަހާނެ ގޮތަކާ މެދު އޮޑިވެރިޔާ އާއި ދޯނީގެ ފަޅުވެރިންނާ މެދު އުފެދުނު ހިޔާލު ތަފާތުވުމަށް ފަހު އޮޑިވެރިޔާ ގ. ގްރީން އޮފް ގާޑެން، މުހައްމަދު އަނިލް ހުށަހެޅި މައްސަލަޔާ ގުޅިގެން ނެރުނު އަމުރުގައި މާވަހަރުގެ ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް ދޯނީގެ ކެޔޮޅު ޅ. ނައިފަރު ނޫރާނީމާގޭ އަބްދުﷲ މުހައްމަދުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އަދި ކޯޓުން ވަކި ގޮތަކަށް އަންގަންދެން މާވަހަރު ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެތައް މިލިއަން ރުފިޔާއެއްގެ އަގު ހުންނާނެ ކަމަށް ބެލެވޭ މާވަހަރު ފިނޭންސްގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އަމުރުކޮށްފައި ވާއިރު މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވަހަރާ ހަވާލުވާން އިންކާރު ކޮށްފަ އެވެ.

މާވަހަރުގެ މައްސަލަ ކޯޓާ ހިސާބަށް ދިޔައީ ދޯނި ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން، މާވަހަރު ވިއްކާލައިގެން ލިބޭ ފައިސާ އިން އޮޑިވެރިޔާ އަށް ދޭން ބުނާ އަދަދާ މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ
.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..