Friday, June 8, 2012

އަނެއްކާ ވެސް މާވަހަރެއް ހޮވައިފި!

  • ރ. މަޑުއްވަރީން އިއްޔެ ހޮވި މާވަހަރު


ހެނދުނު ސަޔަށް މަހެއް ހޯދާލަން ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅުނު ތިން މީހަކު ހަތް ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
މި އަހަރު އެކި ރަށްރަށުން ބޮޑެތި މާވަހަރުތަކެއް ހޮވަމުން ދަނިކޮށް މިފަހަރު ނަސީބު ލައްވާލި ތިން މީހުންގެ ތެރެއިން އެކަކު ވާހަކަ ދައްކަމުން ބުނީ، ހަތް ކިލޯގެ މާވަހަރު ހޮވީ އިއްޔެ 11 ޖަހާކަންހާއިރު ކަމަށާއި މާވަހަރު އޮތީ މަޑުއްވަރީއާ މާ ދުރުނޫން ދެ ފަޅުރަށެއްގެ ދޭތެރޭ ކަނޑުމަތީގައި ކަމަށެވެ.
"އެއީ މާވަހަރެއްތޯ ވެސް މިހާރު ވާނީ ޔަގީންކޮށްފައި،" އޭނާ ބުންޏެވެ. "އެއީ ހަމަ މާވަހަރެއް."
އެއް ދޯންޏެއްގައި އުޅޭ ތިން މީހުން ޑިންގީގައި މަހެއް ބާނަން ނުކުތް ނަމަވެސް، އެ މާވަހަރުން ބައި އަޅަން ޖެހޭ ހަތަރު މީހަކު އެބަތިއްބެވެ.
"އަޅުގަނޑުމެން ހަތަރު މީހަކު ދޯނީގައި އުޅޭނީ. ޑިންގީގައި އިއްޔެ މަސް ބާނަން ނުކުތީ އެކަކު ދޯނީގައި ބަހައްޓައިފައި. އެހެންވެ، ހަތަރު މީހަކު މާވަހަރުގައި ހިއްސާވާނީ،" އޭނާ ބުންޏެވެ.
މާވަހަރު މިހާރު އޮތީ މަޑުއްވަރީގައި، ހަތަރު މީހުންގެ ބެލުމުގެ ދަށުގަ އެވެ. ފަޅުވެރިޔާ ބުނީ ދެ ދުވަހެއްގެ ތެރޭގައި މާލެ ދާނެ ކަމަށާއި މާވަހަރު ވިއްކާލަން މިހާރު ވެސް ބަޔަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ދާދިފަހުން ފެނުނު ދެ މާވަހަރެއްގެ މައްސަލައެއް ކޯޓުގައި އުޅެނިކޮށް، މި އަހަރުގެ ތެރޭގައި ބައެއް މާވަހަރު ވިއްކައިގެން ބައެއް މީހުން ވަނީ އަތްމަތި ތަނަވަސްވެފަ އެވެ. މާވަހަރުގެ ގްރާމެއް އާންމުކޮށް 300ރ. އަށް އުޅޭއިރު ހަތް ކިލޯގެ މާވަހަރަށް ދެ މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ

(ނައިފަރު އަޕްޑޭޓް ނުއުސްޓީމް

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..