Monday, July 9, 2012

ނައިފަރު ބަޔަކު ހޮވި މާވަހަރުން އޮޑިވެރިޔާއަށް ދެބައިކުޅައެއްބައި ލިބޭގޮތަށް ހުކުމް ކޮށްފި



ޅ.ނައިފަރު ބަޔަކު ދުއްވަމުންދިޔަ ދޯންޏަކުން މިދިޔަ މެއިމަހު ކަނޑުން ހޮވި 20 ކިލޯއަށްވުރެ ބަރު މާވަހަރު އެންމެ ފަހުން ދޯނީގެ އޮޑިވެރިންނާއި ދޯނީގެ ފަޅުވެރިންގެ އެއްމެދު އެއްޗަކަށް ނިންމައި ފަޅުވެރިންނަށް އެއްބަޔާއި އޮޑިވެރިޔާއަށް އެއްބައި ލިބޭގޮތަށް ހުކުމް ކޮށްފިއެވެ. މިގޮތަށް ޙުކުމް ކުރުމުން އޮޑިވެރިޔާ ވަނީ ވަގުތުން މާވަހަރު ދެބައިކޮށް އޭނާއަށް ވީ ބައި ގެންގޮސްފައެވެ. މިކަމާއި ގުޅިގެން ދޯނީގެ ކެޔޮޅާއި ފަޅުވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ދޯނީގެ ފަޅުވެރިއަކާ ގުޅާލުމުން ވަރަށް ހިތާމަވެރި ކަމާއެކު "އެން.ޔޫ.އެން" އާ ހިއްސާކޮށްލިއެވެ. "މީ ކިހޭ ހެއްވާ ކަމެއް... މަށެއް ނުބުނާނަން މީ ސަހަލު ހުކުމެކޭ... އަޅޭ ވިސްނޭލެބަލޭ ޗަ ހުކުމެއްކުރި ޤާޒީޔެއްގެ ހަޔާތް ކުޑަކަން.... އަހަރެމެން ހޮވި މާވަހަރެއް 'ރޯނު ދަމާތަން ލޯ ނުދެކޭ' މީހަކަށް ވިއްޔާ އޭން ދެބޭކުޅަ އެއްބޭ ދޭން އެ ޙުކުމް ކުރީ... މަ މިހިރީ ހަމަ ބުނާނެ އެއްޗެއް ނޭނގެފޭ... ރިޝްވަތުކޭގެން މަޔާފޮކި ބަތްތައްޓަށް ހުކުމް ކޮށްފޭ... ޗަ ބުނާ ޅާ ޔަކަށް އަރުވައްޔެއް މޮޅެއް ނުވާނެ... މާވަހަރު ހޮވީރު އޭގޭ ހުންނާނެ 22 ކިލޯ ވަރު... އެހެން އޮވެ އޭތި ފެންހިކެގެން ލުއިވެގެން މި ހާރު އޭގޭ އެހެރީ 18 ކިލޯ... ކޯޓަށް ނުގޮސް ރީތިކޮށް އޭނާ ކޭރީ އަހަރެމެން ބުނީމު ހިނގާށޭ ތިންބޭކުޅަ އެއްބަޔަށް ( 3/1 ) ބަހާން.... އޭރުންވެސް އޭނާޔަށް ލިބުނީސް 6 މިލިއަން ރުފިޔާ... ސީދާ ރާއްޖޭން ބޭރުން މާވަހަރު ގަންނާން އޭ މީހަކު.... އޭނާ ބުނި 65 ޑޮލަރަށް ގްރާމެއް ގަނެފާނަމޭ... އޭރުންވެސް އޭތި އެބަ ވިއްކޭލެވޭ 19 މިލިޔަން ރުފިޔާޔަށްވުރެ ބޮޑުކޮށް... މިހިރީ ވިސްނޭލެ ބަލޭ ކަންތައް ހިނގާގޮތް... ﷲ ދެއްވާ ނިއުމަތަށް ކުފުރުވެރިވެ ކޯޓަށާ ބޯޓަށް މައްސަލަ ވައްދޭ އެހެރެ ތެޅުން ވައްތަރެއް، ރީތި ގޮތުގޭ ބެހި ނަމަ މިއަދު އޭނާވެސް ހުރީހީ މިލިޔަނަރަކަށް ވެފޭ... ކިތަށް މީހުންގެ ހައްގު އޭނާ އެކަނި އެ ބަނޑު އަޅޭލީ... މޮޅުތަކެއް ނުވާނެ އެޔަކުންނެއް... އިރާދަކުރެއްވިއްޔާ އަދި އަހަރެމެންނަށް މިއަށް ވުރެ މާ ބޮޑު މާ އަގުހުރި މާވަހަރެއް ﷲ ދައްކަވާނެ.... އޭނާ ހީކުރަނީ އޭނާ އަތުގޭ ލާރި ހުރީމާ ބޭނުންހޭ ގޮރެއް ހަނޑާނަމޭ... ގާޒީންނަށް ރިޝްވަތުވެސް ދެވެދާނެ..... އޭނާ އުޅުން މާވަހަރު ވަގަށް ނަގާންވެސް.... އެތަނުންވެސް އެބަ އިގެޔެއްނުން ލާރިޔާ ހެދި މަރުދޭ މީހެއްކަން.... ލާރިޔާހެދެ އޭނާ އެހެރީ ދަތްފިލޭ ޖެހެފޭ... އޭނާޔަކަށް ޗަ މާވަހަރު ވިއްކޭލޭގެންނެއް ވާނެ ފޭދާއެއް ނޯންނާނެ.... " އިބްރާހިމް ބުންޏެވެ. ނައިފަރު ބަޔަކުން ދުއްވި 'ނަސްރު' ދޯނީގެ އޮޑިވެރިޔާ މުހައްމަދު އަނިލް ވަނީ މާވަހަރުގެ މައްސަލަ ކޯޓްމެދުވެރިކޮށް ނިންމުމަށް އެދި ކޯޓަށް މައްސަލަވެދުމުގެ އިތުރުން މައްސަލަ ބަލާ ކޯޓުގެ ގާޒީންތަކަށް ރިޝްވަތުވެސް ދީފައި ކަމަށް އިބްރާހިމްގެ ވާހަކައިގާ އިތުރަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އޮޑިވެރިޔާއަށް ގުޅާލުމުން ބުނީ މާވަހަރާ ބެހޭގޮތުން ކޯޓުން ކޮށްފައިވާ ހުކުމާމެދު ހިތްހަމަޖެހޭކަމަށާއި މާވަހަރުން އޭނާގެ ދޯންޏަށް ލިބުނު ދެބައިކުޅަ އެއްބައި 4 މިލިޔަން ރުފިޔާއަށް ވިއްކާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދާކަމަށެވެ. މި އަހަރުގެ މިހާތަނަށް 2 ދޯންޏަކުން 3 މާވަހަރަށްވުރެ ގިނަ މާވަހަރު ހޮވައިފާވާއިރު އިއްޔެ ވަނީ 150 ކިލޯގެ ބޮޑު މާވަހަރެއް 100 މިލިޔަން ރުފިޔާއަށްވެސް ވިއްކާލާފައެވެ. 150 ކިލޯގެ މާވަހަރު ހޮވި ދޯނިން މީގެ ކުރިންވެސް ވަނީ މާވަހަރެއް ހޮވާފައެވެ. އެދޯނީގެ މާވަހަރު ބެހުމުގައި އޮޑިވެރިޔާގެ ފަރާތުންވަނީ ފުރިހަމައަށް އެއްބާރުލުންދީ ދޯނިގެ ފަޅުވެރިން ރުހޭ ގޮތަކަށް މާވަހަރު ބެހުމަށް ދޫކޮށްލައިފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކނޒ
 
*މި ހުކުމާމެދު ކިޔުންތެރިންނަށް ފެނިލައްވާ ޚިޔާލުތައް ނަން ޖައްސަވާފައި ފޮނުއްވައި ދެއްވުމަކީ ފަޅުވެރި ކުދިންގެ ވަރަށް ބޮޑު 

އެދުމެކެވެ. އަދި (9 ކިލޯގެ) މާވަހަރުގެ އަނެއްބައި  ގަންނަން ބޭނުންވާ ފަރާތްތަކުންވެސް ކޮމެންޓަކުން އެފަރާތްތަކަށް އަންގާލަ 

ދެއްވުމުގެ ގޮތުން މި ޕޭޖްގައި ޚިޔާލު ފާޅުކުރެއްވުމަކީ  ދޯނީގެ ފަޅުވެރި ކުދިންގެ އިތުރު ދޯނީގެ ކެޔޮޅުގެ ވަރަށްބޮޑު އެދުމެކެވެ. 

5 ޚިޔާލު:

ހާދަ އަމިއްލަ އެދުން ބޮޑު އޮޑިވެރިއެކޭ ދޯ... ބޮޑުވަރެއްތީ

chakoi menge maavaharu mashah vikkan veenun dhooo....

mi tanun maavaharu ganaane http://www.ambergris.co.nz/contact.htm

v ves dhera, abdulla men maa lonumadeeee, =basaraabey=

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..