Monday, July 9, 2012

ހިންނަވަރުގައި ފުލުހުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

މުޖުތަމަޢުގައި ހިނގާ އެންމެހައި ނޭދެވޭ ކަންތައްތަކުންނާއި އެކިއެކި ކުށްތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއަތޮޅު ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިންގައިފިއެވެ.
މިޖުލައި މަހުގެ 8 ވަނަ ދުވަހު އެސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ހިންނަވަރުގައި ހިނގާ އެކިއެކި ކުށްތަކާއި ބެހޭގޮތުން ކަމަށާއި މިގޮތުން ޚާއްޞަކޮށް ކުރީގެ ރަމަޟާން މަސްތަކުގައި ހިންނަވަރުގައި ހިގާފައިވާ ޤާނޫނާއި ޚިލާފް ޢަމަލު ތަކާއި މިހާރު ޢަމަލު ކުރަމުންދާ އާންމު އިޖްތިމާޢި މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމާއި ބެހޭ ޤާނޫނާއި ޓްރެފިކް ޤާނޫނު އާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައި ވާ ކަމަށާއި މީގެ އިތުރުން މިފަދަ ޤާނޫނު ތަކާއި ޚިލާފް ޢަމަލުތައް އެއްވެސް ދަރިވަރަކު ނުކުރުމަށް ނަސޭޙަތްތެރި ވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ޕްރޮގްރާމަކީ ރަމަޟާންމަހަށް ޚާއްސަ ކުރެވިގެން ހިންނަވަރުގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި ހިންނަވަރު ޕޮލިސް ސްޓޭޝަނުން ރާވައި ހިންގަމުންދާ ޙަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދިންނަށް އަމާޒު ކުރެވިގެން ހިންގުނު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްކަމަށްވެސް ފުލުހުން ބުނެއެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..