Tuesday, July 10, 2012

ނައިފަރު ދޯންޏަކުން އަނެއްކާވެސް މާވަހަރެއް ހޮވައިފި

ނައިފަރު ދޯންޏަކުން އަނެއްކާވެސް މާވަހަރެއް ހޮވައިފިއެވެ. އާދީއްތަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ހޮވި މާވަހަރުގެ ބަރުދަނުގައި 8 ކިލޯވަރު ހުންނާނެ ކަމަށާއި މިއީ ހުދަންބަރެއް ކަމަށްވެސް މައުލޫމާތު ދިން އަލީ ވަނީ ބުނެފައެވެ. ނައިފަރުން މާވަހަރު ހޮވި ދޯންޏަކީ 'ރިކުޒާ' އެވެ. މި ދޯނިން މަހައްދާ މީހުންގެ އަދަދު ގާތްގަނޑަކަށް 21 އަށް އަރާނެ ކަމަށްވެސް އަލީ ވަނީ ބުނެފައެވެ. "އަޅުގަނޑު ހުރީ ދޯނީގެ ދިރުބާ ކޮޅުގޭ... އަޅުގަނޑު ހުރީ ކޯމަސް ގަނޑެއް ފެނޭތޯ ދުރުމީ ހިފޭގެން.... ހުއްޓޭ ހީވީ ޅާޔަކު މަ ބޮލަށް މަރަގުއި ދުއްވޭލިހެން.... މަ ދިޔޭ ގޮޓި އަރޭގެން.... ވަށޭގެން ހޯދޭހޯދޭ ނުފެނުނީމާ ދެން ދުރުމި އަޅޭގެން ގޮސް ވަތުތެރެއާ ފާހާނާވެސް މި ބެލީ... އެއްވެސް ޅާއެއް ނެތް ފެންނާކަށް... އަޅުގަނޑަށް އެނގޭ އެވަހަކީ މާވަހަރުން ދޮވާ ވަހެއްކަން... ދެން މަ ހަމަ ފަހަރަކު މީހަކު އޮރިޔާން ކޮށްގެންވެސް އެމީހުންގެ ޖަންގިޔާ ދޮށްވެސް އެބަ ބަލަން... ހަމަ ލޮލަށް ނުފެނެދާނެތީ މަ ބެލީ ދުރުމިވެސް އަޅޭގެން... ދޮގެއް ހަދާކަށް ނެތީން ދުރުމި އަޅޭގެން ނުބަލާ އެއްވެސް މީހެއް ނުހުންނާނެ ދޯންޏަކުވެސް... އަނެއްކާ ބުރީ ލޯވަޅަށްވެސް އިނގިލި ކޮށްޕިން މާވަހަރެއް އެތެރޭވެސް އިންތޯ... އަދި ވަސްވެސް ގަންނަން ޔަގީންކުރާން... ކޮންމެ މީހެއްގެ ބުރިއަށް އިނގިލި ކޮށްޕޭލޭފޭ ވަސްބެލިއަސް... ވާވާވާ.... ހަމަ ހުދަންބަރުގަ ދުވާވަސް.... ދެން މަ ދުރުމި ބާއްވޭފޭ ގޮސް ޖައްސޭލީ ވީލް ހައުސްތެރޭ... އޮއްވޭ މަށަށް ނިދުނީ... ނިދެފޭ އޮއްވޭ ދެބަ ދޭތެރޭ މަށަށް މި ހުވަފެނުން ފެންނަނީ މައޮތިއްޔޯ މޫދުގޭ އޮއްވޭ މަ ބިސްގަނޑު ބަދަލު ވަނީ އޯ ހުދަންބަރަކަށް.... ދެން ފެންނަނީ މާލެ އޭސް އައި.ޖީ.އެމް.އެޗަށް ގޮސް މަ ބިސްގަނޑު އޮޕަރޭޝަން ކުރަނިކޮށް... ހަމ ހޭވެރިކަން ވީއިރު މަ ހިފަހައްޓޭގެން ބަޔަކު މި ތިބީ.. މަ އަތުގޭ އޮތް ބޮޑު ވަޅިއެއްވެސް... އެމީހުން ބުނީ މަ އުޅުނިއްޔޯ ނިދޭފޭ އޮވެފޭ އޭސް އަމިއްލަ ފައިން އަމިއްލަ ފޯކަށް ފައިން އަރާން... އެމީހުންނަށް ނުފެނުން ނަމަ މާވަހަރެއް ކަމަށް ހީކޮށް މަށަށް މަގޭ އޮއްކޯޅިވެސް ދެބުރި އަރުވޭ ލެވުނީސް... މިސަކަރާތެއްގޭ އުޅެފޭ މަގޮސް ބޭރަށް ނުކުމެ ދުރުމީ އަޅޭލީ... އަޅޭލިރު ކަމަކު ދާކަށް ނެތް ދެފެން ދޭތެރޭ އެބޮތް ގޯނިބޮނޑިއެއްހެން އޮތް އެއްޗެއް... ވަގުތުން ދޯނީގެ މިސްރާބު ބަދަލުކޮށްފޭ ބެލީރު ހަމަ މާވަހަރެއް... މަ ވަގުތުން ކަނޑަށް ފުންމޭލޭގެން އޭތީގޭ އަޑިއަޑިން ގޮސް ބައްދޭ އޭގޭ އިން ލޯވަޅަކަށް ޖަހޭ ހުރިހޭ ސަކަރާތެއް ޖެހި ފަހުން ކިޔޮޅު ބުނެފި މިއޮއްފެންނަ މައްލޫނެއް ބަލޭބަލާށޭ އެއޮއް ތެޅޭ ވައްތަރެއް... ހަމަ މިހާރު ދޯންޏަށް އަރާށޭ... ބުނީމާ މަ އަވަހަށް ދޯންޏަށް އެރީ އެ މާވަހަރު ހިފޭގެން...." ވަރަށް ގިނަ ހާސަރު ތަކެއް ދެމުމަށްފަހު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އަލީ ކިޔައިދިނެވެ. މިއީ ނައިފަރު ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ދެވަނަ ފަހަރެވެ. ކުރީފަހަރު ހޮވި މާވަހަރު ގައި 20 ކިލޯ ހުރި އިރު އެ މާވަހަރު މިހާރުވަނ އޮޑިވެރިޔާ އަށާއި ފަޅުވެރިންނަށް ދެބައިކުޅަ އެއްބައި ލިބޭގޮތަށް ހުކުމްވެސް ކޮށްފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އމބ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..