Monday, July 9, 2012

ގަދަވަޔާއެކު އައި ކޮޅިގަނޑެއްގައި ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ފުރާޅު ވިއްސާލައިފި

މިއަދު ހެނދުނު އައި ބާރުގަދަ ކޮޅިގަނޑެއްގައި ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ފުރާޅުގެ ބޮޑުބަޔަކަށް ގެއްލުންވުމުގެ ސަބަބުން މިއަދުގެ މެންދުރުފަހުގެ އެއްވެސް ސެޝަނެއް ނުބާއްވާގޮތަށް އެ ސުކޫލުން ނިންމައިފިއެވެ. މިއަދުގެ ގާތްގަނޑަކަށް 10:45 ހާއިރު އައި މި ބާރުގަދަ ކޮޅިގަނޑުގައި ގަޑިއަކު 75 މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހިފައި ވާނޭ ކަމަށްވެސް ނައިފަރު މަދްރަސަތުލް އިފްތިތާހު މި ވަގުތު ހިންގެވުމާއި ޙަވާލުވެ ހުންނެވި ނަދީމް ވަނީ  "އެން.ޔޫ.އެން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައެވެ. "މިއަދު ހެދުނު ވަރަށް ބޯކޮށް ވާރޭވެހުނު... އަދި ހަމަ އެއާއި އެކު ވަރަށް ބާރަށް ވައިވެސް ޖެހުން... ގަޑިން 10:45 ހާއިރު ފުދޭ ވަރަކަށް ވައި ޖެހި ފުރަތަމަ އެއްލާލީ ސުކޫލުގެ ދިޔަދޮވި... ދެން 3 ގަނޑު ޓިނުވެސް ވަނީ ވިއްސައިގެން ގޮސްފައި... ވައި ޖެހިފައިވަނީ ހުޅަނގު އުތުރުން ކަމަށް ވެފައި އަނެއްކާ ސުކޫލު މިހުންނަނީ އެއްވެސް ނިވައިކަމެއްނެތި ހުޅަނގު ފަރާތުގަ ކަމަށް ވާތީ ސުކޫލަށް އެހާ ވަރު ވެގެން އެދިޔައީ... އެކަމާއި ގުޅިގެން ސުކޫލުގެ  މެންދުރު ދަންފަޅީގެ ކިޔެވުން މި ބަންދު ކުރަން ނިންމީ.... " ނަދީމް ވިދާޅުވިއެވެ. ނައިފަރު މަދްރަސަތުލް އިފްތިތާހަކީ ދެ ދަންފަޅިއަށް ކިޔަވައިދޭ މާލޭގައި ހުންނަ މަޖީދިއްޔާ ސުކޫލު ފިޔަވައި އެންމެ ގިނަ ދުވަސްވީ އެއް ސުކޫލެވެ. މި ސުކޫލުގައި މަތީތައުލީމަށް ކިޔަވައި ދެމުން ގެންދާއިރު ސުކޫލުގައި ގާތްގަނޑަކަށް 1500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވައެވެ. ނައިފަރުން ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ ވިލާ ގަނޑުގެ ސަބަބުން ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންވެސް ހެދިފައި ވާކަމަށާއި، ސްކޫލުގެ ގިނަ ކްލާސް ރޫމްތަކެއްގައި ފެން ގަނޑު ބޮޑުވެ ފެނުގެ ކޯރުތައް ހެދިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ނައިފަރުގައި ހުންނަ ޕޮލިސް ސްޓޭޝަނުންވަނީ މީހުން ސަލާމަތްކުރުމުގެ ގޮތުން އެތަނުގައި އަމަލީ މަސައްކަތްވެސް ފައްޓާފައެވެ. "އޭތް... އެނގޭތަ ކަލޭމެންނަށް މިރަށު ސުކޫލު ވިއްސޭލިކަން... އެހެންވެ އަޅުގަނޑު މިގުޅީ.... އެވާހަކަ ބުނާންވެގެން... އަޅުގަނޑަށް ރަނގަޅީ އަބަދު ކޮޅިގަނޑު އޭސް ޗަތާ ފުރާޅު އެކަންޏެއް ނޫން ޗަތާ ޗަތިބި ހުރިހޭ އާލާތުން ވެސް ވިއްސޭލޭގެން މިރަށުންވެސް ގެންދިޔައްޔާ... ޗަތަނަށް ފޮނުއްވި ކޯފާއެއް އޭ.... މޮޅުވާހަކަ އެބަ ދައްކަޔެއްނުން.... ﷲ ކޯފާ ލައްވަނީ ހަމައެކަނި ބިންހެލުމަކުން ނޫނޭ... ބީތާ ތަކާ.... ސުކޫލުގެ ހުރުމަތް ކަނޑޭލޭ، ދަރިވަރުންގެ ލަދު ހަޔާތާ އަގަލާ ނަގުލާ ކަނޑޭލީރުން ކޯފާވެސް ފޮނުއްވާނެ... ޗަ ސުކޫލަކީ ނުލާހިކު މޮޅު ދަންނަ ބޭކަލަކު ހުޅުވި ތަނެއް... މިރަށު ޖަލާލުއްދީނު ހުޅުވިތަނެއް މީ... މިއަދު މިތަނުން އަހަރެމެން ބޭރުކޮށްފޭ ތިއްބަކަސް... " ނައިފަރުން ވާހަކަ ދެއްކި އަހުމަދު ޝަމީމު "އެން.ޔޫ.އެން" އަށް ގުޅާފަ މައުލޫމާތު ދިނެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..