Saturday, July 7, 2012

މަސްބާނާ ދުވަސްކޮޅު ފެލިވަރުގައި ޖިންނި އުޅޭނެ

ފެލިވަރުގައި މަސްބަންދުކުރުމަށް ދަޅު ތައްޔާރު ކުރަމުން ދިޔަ މީހެއްގެ އިނގިލި ދަޅު ހަދާ މެޝިނުން ބުރިކޮށްލައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ފެލިވަރަކީ 1982 ވަނަ އަހަރުން ފެށިގެން ދަޅުގައި މަސްބަންދު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަސްފެކްޓަރީ ވެސް ހުރި ރަށެވެ. މިހާދިސާ އެންމެ ކައިރިން ދުށް ޅ.އަތޮޅު އޮލުވެލިފުށީ ކަނީރުމާގެ ހަސަން އިބްރާހިމް "އެން.ޔޫ.އެން"  އާއި ވަނީ ހިއްސާކޮށްފައެވެ. "ހަސަންބެ ހުރީ ދަޅުހަދާ ތަނުގަ... އެތާ ހުރެފަ މިއޮއް ހިންނަވަރު މޫސާފުޅު (މުސަޅޭ) ބުނެގެން ދެގަނޑު ޓިނު ހިފައިގެން އަޅުގަނޑު ދިޔައީ... މަށާ މުސަޅޭ އާ ތިބީ ވަރަށް އޮލަ ވާހަކައެއްގަ... ވާހަކައަށް ގެއްލިފަ ހުއްޓަ މުސަޅޭ އަށް ދަތްގަނޑު ދޮށަށް އަތް ކޮށްޕާލެވުނީ... އަސްލު އޭނަ މިއުޅުނީ ބަނޑިވެފަ އިން ދަގަނޑުކޮޅެއް ނަގަންވެގެން... އުޅެނިކޮށް އެސޮރުގެެ އަތް މެޝެނުން މި ކާލީ... އަތޭ ނުންތޯ ބުނެވޭނީ... ފަސް އިނގިލި އިނީ އެއްކޮށް ބުރިކޮށްލާފަ.... ދެން އެންމެ ހައިރާންވާ ޖެހޭ ކަމަކީ.... އެސޮރު އަތް ބުރިވެގެން އެތަނުން ލޭ ނާންނާތީ... އެތަނުން އަރަންފެށީ ދުންތަކެއް ދެން މަ ވެސް މި ހުރީ ހަމަ ހައިރާންވެފަ.... ދުންގަނޑު އޮލަވަމުން އޮލަވަމުން އެންމެ ފަހުން މުޅިތަން ހީވަނީ ދުން މުޖުމަރާއެއްހެން... ދެން ވަރުގަދަ އަޑުފަށް ގަނޑެއް އިވިފަ ދުންގަނޑު މަޑުވެއްޖެ... އަހަން ބަލާލީލު މުސަޅޭ އެއް ނެތް ފެންނާކަށް.... އޭރު މެންދުރު ކާންދާ ގަޑި ޖެހެނީ.... ދެން ގޮނު އެޅިތަނުން މަ ނިކުތީ ބޭރަށް..... އެދިޔަ ގޮތަށް ގޮސް ވަނީ އޮފީހަށް..... އޮފީހުގަ އެވާހަކަ ރިޕޯޓް ކުރީމާ ބުނީ މުސަޅޭ މިއަދު ނާދެޔޭ މަސައްކަތުއެއް... ދެން މަ އިތުރަށް ހައިރާންވި... ހުރިހާ ވާހަކައެއް ކިޔައި ދިނީމަ ބުނީ އެ ވާނީ ޖިންނި އަކަށޭ... މަސްބާނާ ދުވަސް ކޮޅު މިރަށުގައި ޖިންނި އުޅޭނޭ.... ދެން އަޅުގަނޑު އެރޭ ރަށަށް އައި އިރު ހުރީ ހުން އައިސް ރަތްވެފަ... ދަންވަރު މަށައް ހޭލެވުނީ މީހަކު ގޮވާއަޑަށް... ދެން ބަލާލިއިރި މުސަޅޭ މި ގޮވަނީ.... ނުދާނަމޭ ބުނީމަ މުސަޅޭ ގޭގަ ފާރު ހޮރަކުން ހުރީ އޭނަގެ 'ކުޑަގޮލާ' ކޮށްޕައިގެން....  މަ ބިރުން އަވަހަށް ކުރުސި ކިޔައިގެން ނިދީ..." އިބްރާހިމްބެ "އެން.ޔޫ.އެން" ފަރާތުން ކޮށްލި ސުވާލަކަށް ޖަވާބުދެއްވަމުން ކިޔައިދިނެވެ. ފެލިވަރުން މީގެ ކުރިން ވެސް އެތައް ބައިވަރު މީހަކު ވަނީ ޖިންނި އަވަލަވައިގެން މޮޔަވެސް ވެފައެވެ. މިގޮތުން އެންމެ ގިނަ މީހުން މޮޔަވެފައިވަނީ ގެރިކޮށި ހުންނަ ސަރައްދު އަތިރިމަތިން ކަމަށް ވެސް ގިނަ ބަޔަކު ދައްކާ ވާހަކަތަކުން ކަށަވަރުވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..