Saturday, July 7, 2012

އޮހާޔޯ (ޖުލައި 7) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ދިންތާ މާ ގިނައިރުތަކެއް ނުވެ އެ ކެފޭގެ ވެރިމީހާ އިއްޔެ މަރުވެއްޖެ އެވެ.
އޮހާޔޯގައި ހުންނަ "އޭންސް ޕްލޭސް" ނަމަކަށް ކިޔާ ކެފޭ އަށް އޮބާމާ ހެނދުނުގެ ސަޔަށް ވަދެވަޑައިގެންނެވީ ރިޔާސީ ކެމްޕޭނާ އެކު ކުރިއަށް ގެންދަވާ ބަސް ދަތުރުތަކުގައި އުޅުއްވަމުންނެވެ. އެ ރެސްޓޯރެންޓުން ދެ ކުކުޅު ބިހާއި ޓޯސްޓެއް އޮބާމާ ފަރިއްކުޅުވި އެވެ. އޮބާމާ އަރިހު ހެނދުނުގެ ނާސްތާގައި ޓަޔަރު އުފައްދާ ފެކްޓަރީއެއްގެ ތިން މަސައްކަތްތެރިން ވެސް ބައިވެރިވި އެވެ.
އޮބާމާ ކެފޭ އަށް ވަޑައިގެންވި އިރު އެ ކެފޭ ހިންގާ އުމުރުން 70 އަހަރުގެ ޖޯސެފީން އޭން ހަރިސް އެ ތަނުގައި ނެތެވެ. ނަމަވެސް ފަހުން އޭނާ ކެފޭ އަށް އައިސް އޮބާއާ ބައްދަލު ކުރައްވައި ނާސްތާ ތައްޔާރުކޮށް ދިނުމުގައި އެހީތެރިވެދީފައިވެ އެވެ.
ނާސްތާ އަށް ފަހު އޮބާމާ އެ ކެފޭ އިން ވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އޭން މާ ބޮޑަށް ވަރުބަލިވެ ހާސްވުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕޓަލަށް ގެންދިޔަތާ ގިނަ އިރުތަކެއް ނުވަނީސް އެ މީހާ ވަނީ ހިތް ހުއްޓިގެން ހޮސްޕިޓަލުގައި މަރުވެފަ އެވެ.
އޮބާމާ އަށް މި ޚަބަރު ލިބިވަޑައިގެންނެވުމާ އެކު އެއާ ފޯސް ވަންގައި އިންނަވައި، އޭންގެ އަންހެން ދަރިފުޅު ވިލްމާ ޕާސަން އަށް ގުޅުއްވައި އާއިލާ އަށް ތައުޒިޔާ ވިދާޅުވި އެވެ.

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..