Monday, July 16, 2012

ދިވެހި ނާސިގެއަކަށް ލެއްގި އަގުބޮޑު މާވަހަރު


<< ނުރައްކާތެރި އެއިޑްސްބަލި ޖެހިފަވާ މީހެއް މަރުބަލީގައި....


ފާތުމައަކީ އުފަން ރަށުގައި މީހުން ގޮވައިގެން ލޯބީގެ މާމެލާމެލި، މޯޅިވަން ދެން އުލަފަތު ފޮޅުވާ، ޒުވާންކަމުގެ އިރު މެދު ޖެހި މުސްކުޅިވުމުގެ އިރު އޮއްސޭ އަތަށް އަޅާފައިވާ ނަމަވެސް ޒުވާނެކެވެ. ފާތުމަގެ ޝިކާރަޔަކަށް ހަދާނުލާ، ދެބައި އުމުރުގެ މަދު މީހަކު ނޫނީ ނުވާނެ ކަމީ އަތު ފަސް އިނގިލި އެނގޭހެން އެނގޭ ކަމެކެވެ. އެންމެ ކުޑަ އިރުގެ ހަނދާންތައް ހިއްސާ ކޮށްލަމުން ފާތުމަ ކިޔާދިނެވެ. 

"އަހަރެންނަކީ މަޔަކު ބަފަޔަކު އަޅާލާނެ ޔާރެއް އިޔާރެއް ނެތް މީހެއް... މީހުން ނަށް މާފޮޅުވައިދީގެން، އަދި އެވެސް މާ މޯޅިވަންދެން ފޮޅުވަދިނީމަ ލާރި ފޮއްޗެއްވެސް މިލިބެނީ... އެގޮތުން ޚިޔާލަކަށް ގެނބި އޮވެ ފޮޅުވުނު މާތަކެއް ވަނީ، މޭވާއަށްވެސް ވެފައި... އެންމެ ކުޑަ އިރުވެސް، އޭރު އަހަން އުމުރުން ވާނީ ނުވަ އެއް ނޫނީ ދިހަ އަހަރު... އަހަރެންގެ މަންމަ ހޯދަން އަންނަ ބޮޑު މަތިމަހެއް ލީ މީހެއް މަށާ ބެހުނު... އޭރު އޭނަ ގެންދޭނެ ކާ އެއްޗެހިވެސް.... ކާށި މެޓާވެސް... އަހަންނަކަށް 'އަލިފާނެއް ފެނެއް ވަކިކުރާކަށް' ނޭގޭ... ބައެއް ރޭރޭ ހޭލެވޭ މަންމަ ބާރަކަށް ހަޅޭލަވާތީ... މަންމަ އޮވޭ ދަންވަރު ކޮންމެސް މީހެއްގެ ލޮލީ ބޯންވެސް... މަންމަ ކައިރީ ކީއްހޭ ތިކުރަނީ ބުނީމަ ބުނާނެ މަންމަ މި ލޮލީ އެއް ބޯލަނީ އޭ... އަހަރެން ހަނދާންވޭ އެއްރޭ ބޮޑާހޭކި ހަނދާން މަންމަ ބުއި ލޮލީން މަށަށް ނުދީގެން.. މަންމަ އެރޭ ބުނި ހަނދާންވެސް އެބަ ވޭ... 'ފާތުމާވޭ ކަލޭމެންވެސް ބޮޑުވީމާ، މިކަހަލަ 'ދިރޭ ލޮލީ' އަދި ބޯނޭ... ލޮލީ ބޯދުވަސް އަންނަންދެން ހުންނަހަރޭ...' އޭރު ކުޑަ ކަމުން ނުވިސްނޭ... 

އަހަރެންގެ އުމުރުން ބާރަ އަހަރުގަ މީހަކު އަހަންގެ ބިކުރު ވެރިކަން ފޭރިގެންފި... އެއީ މަންމަ އަށް ހެޔޮ، 'ލާރި ދޭ' މީހަކަށް ވާތީ މަވެސް އޭނަގެ އެއްވެސް އެދުމަކާ ދެކޮޅެއް ނުހަދަން... އަހަންމެންނަކީ ފަގީރު ބައެއް... ކާނެ ބޯނެ އެއްޗެއް ލިބެނީ މަންމަ ކާރިއަށް، ލޮލީ ބޯންދޭން އަންނަ މީހެއް ދިނިއްޔާ.. އެކަމަކު އޭގެ ފަހުން ކޮންމެ ރެޔަކު އޭނަ އަންނަން ފެށީ... އަހަން އެކަމާ ފޫހިވެގެން އެބަހުންނަން މައްސަރު ކަންތައް ޖެހިފަޔޭ ކިޔައިގެންވެސް... ދެން އަދި އެދުވަސް ކޮޅު މި މީހަކު މާގިނައިން އަންނާނެ... އޭނަގެ 'ދިރޭ ލޮލީ' އަހަން ލައްވަ ބޮއްވަން... އަހަން ފަކުރު ގަތަސް ކުރާނީ ކީއް... މަންމަ ކާންވެސް ނުދޭނެ... އެމީހާ ދައްކާ ކޮންމެ ވާހަކައެއް ގަބޫލު ކުރާނެ... ދެން އަހަން ޖެހެނީ 'ހިތާ ދެކޮޅަށްވެސް' އޭނަ އެ އެދޭ ކަންތައް ކޮށްދެން... މި ގޮތުގައި 4 އަހަރު ވީ ތަނާ އެހެން ފިރިހެނެއް އަންނަން ފަށައިފި... މި މީހަކު އަހަން އެކު އޭގެ ދޮޅު އަހަރުފަހުން، ނަހަމަ ގުޅުން ހިންގާ މަ އޭނަ އަށް ބަލިވެ އިނދެފި... ބަނޑަށް 4 މަސް ވީތަނާ ދަރިފުޅު ބައިގެން ދިޔައީ... މިހެން ޒަމާންތަކެއް ވޭތުވެ ދިޔުމަށް ފަހު އަހަންނަކީ މުޅި ރަށަށް މަޝްހޫރު 'ވަހުޝީ ބަޑިއަކަށް' ވެއްޖެ... 

ދެން ހަމަ ނުވެސް ހުރެވޭ ނުކޮށްވެސް.. އަމިއްލަ އަށް މީހުން 'ދަލުގަ' ޖައްސައިގެންވެސް ގެންނަން... މިހެން އުޅެނިކޮށް އަހަން އުމުރުން 24 އަހަރުގައި މީހަކު އަހަންނަށް ގުޅައިފި... ގުޅާފަ ބުނީ މާލެ އާދެވި ދާނެހޭ.. އަހަން ބުނެފިން ނެތޭ ދެވޭނެ ގޮތެއް ހުންނާނެ ތަނެއް... ދެން އެމީހަކު އަހަރެންގެ ޓިކެޓް ލާރި އާ އެއްޗެހި ފޮނުވީމަ މާލެ އައިރު ހުރި ބޯޓް ލަފާ ތަނަށް އައިސް ޖެޓީ ކައިރީ.. ކާރެއްގަ ގޮސް ހުއްޓުނީ ގެސްޓް ހައުސް އެއް ކަހަލަ ތަނަކަށް... އަހަން ކާރުން ފޭބި ތަނާ އެތާ ހުރި ކަޅު ފިރިހެނެއް އަހައިފި މީހޭ.. އެހެން އެމީހަ ބުނީމަ، މަ މާލެ ގެނައި މީހާ ބުނެފި އަހަރެމެންގެ 'ނާސިގެއަށް ލެއްގި މާވަހަރެކޭ' މީ... އެވަގުތު އޭގެ މާނަ ދެނެގަންނަން ނޭގުނަސް ފަހުން އެ މީހުން އަހަންގެ ބޭނުން ހިފި ގޮތުން އެނގުނު އެ ބުނީ 'ހަށިވިއްކައި ދީގެން ލާރި ހޯދަދޭ ތަރިކަ މުދާގަނޑެއްގެ' ވާހަކަން... މިގޮތުގައި ދޮޅު އަހަރު ފާއިތު ވިއިރު އަހަރެން މިވަނީ ނުރައްކާތެރި އޭޑްސްގެބަލީގެ ޝިކާރަޔަކަަށް ވެފައި... 

އަހަން މި ވާހަކަ ކަލޭގެޔާ މި ހިއްސާ ކޮށްލީ މިކަހަލަ ކަންތަކުން ލިބޭ ގެއްލުމުން އެހެން މީހުން ސަލާމަތް ކުރުމުގެ ބޭނުމުގަ... މިއީ ވޭންހުރި ބައްޔެއް.. ކުރީގަ އުޅެވުނު ނުބައި ގޮތަށް އަހަރެން ދެރަވަން.. މިހާރު އަހަން ތައުބާވެސް ވެއްޖައިން... އެކަމަކު އަހަންގެ ފާފައިގެ ސަބަބުން، ކިތައްް މީހުންތޯ މި ބަލި މުޅި މުޖުތަމައަށް ފަތުރާނީ...." ފާތުމަ ގިސްލެވެން ފެށުމުން، "އެން.ޔޫ.އެން" އަށް ވާހަކަ ކިޔައިދިނުން ހުއްޓާލިއެވެ. 

ބަޔަކަށް މާވަހަރެއްވެސް ފެނިދާނެއެވެ. އޭގެން ލިބޭ ވަގުތީ އުފާ ނަހަމަ ގޮތުގައި ހިފައިފިނަމަ ދެން މާވަހަރުވެސް 'މާވޭން ހުރި ވަރަކަށް' ބަދަލު ވުމަކީ ނުވެ ނުދާނެ ކަމެކެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް، ތިމާ އަށް ވަފާތެރި އެކަކު އިޚްތިޔާރު ކުރުމަކީ ފައިދާ ހުރި އަދި ނުރައްކާތެރި ބަލިތަކަށް ތިމާ ހުށަހޮޅުމުން ސަލާމަތްވާނޭ ކަމެއްވެސް މެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ރޒނ 


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ... މި ލިޔުމުގައި މިވާ ނަމަކީ އަސްލު ނަމެއްނޫނެވެ. ވާހަކައިގެ ބާވަތުން މީހެއްގެ ދިރިއުޅުމާއި ގުޅިފަވާނަމަ އެއީ އިއްތިފާޤެއް ކަމުގައި ނޫނީ ނުވާނެއެވެ. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..