Sunday, July 1, 2012

ނައިފަރަށް ނަގޫރޯޅިއެއް އަރައިފި

މިއަދު ހެނދުގެ ވަގުތެއްގައި ނައިފަރަށް ނަގޫރޯޅިއެއް އަރައި ރަށުގެ އެކި ސަރަހައްދުތަކަށް ބޮޑު ގެއްލުމެއް ދީފި ކަމަށް ނައިފަރު ކައުންސިލުން މައުލޫމާތު ދީފިއެވެ. މި ނަގޫރޯޅި އެރީ ނައިފަރު ހުޅަގުފަރާތުން ކަމަށާއި އެހިސާބުގެ ގިނަގެތަކަކަށް ވަނީ މި ކަމުގެ ސަބަބުން ބޮޑެތިގެއްލުމެއް ލިބިފައެވެ. "ނަގޫރޯޅިއެއް މިއަދު އެރި... އެއީ ހެނދުނު 7:45 ހާއިރު.... ވަރަށް ވައިގަދަ އެހެންވެ ގިނަ ބަޔަކު ހީކުރީ އެއީ ވައި ގަދަވެގެން ވީ ކަމެއް ކަމަށް... ވަތަނިއްޔާގެ ފަރާތުން ނައިފަރުގައި ޖަހާފަހުރި އެންޓަނާވެސް ވަނީ ބިމާ ހަމަވެފައި... ނައިފަރުގެ ހުޅަނގު އުތުރު ގެއެއްވެސް ވަނީ ވީ ނުވީތަނެއްވެސް ނޭނގި ގެއްލިފައި.... " ރަށުކައުންސިލްގެ ރައީސް އަހުމަދު ހުސައިން   "އެން.ޔޫ.އެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިކަމުގެ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ނައިފަރު ގެ މީހަކާއި ގުޅާލުމުން ބުނީ " ޗަހެނެއް ނުކިޔޭނެ... ނަގޫރޯޅި ވެސް ނާރާވަރެއް ނޫން އެކުރަނީ އެއް... ރޯޅިއެއް އެރީ އަރާންކަމަކަށްނޫން... ވަތަނިއްޔާ އެންޓަނާވެސް ހީވަނީ މީހަކު ފައްޖަހޭފޭ އެއްލޭލޭފޭ އޮތް ބާ ރަޖާ ގަނޑެއްހެން.... އަނެއްކާ މިރަށު ފޮނުގަނޑުގެ ބަންޑާރަ ގޯއްޗާ އެގޯތީގައިވާ އެންމެހާ އިމާރާތްތަކާ، ވަޅުފަދަ ތަންތަނާ ފޮނުގަނޑުގެ ފިރިހެން ކުއްޖެއް ކަމުގޭވާ އައްޔާ، އަލީ ލާން ގެންގުޅޭ ކައްގަނޑު ފަޅޭގެން ގޮސްފޭ އިން 4 ބޮކުސާއާ، އެސޮރު ނިދާ ބާލީސްވެސް ވަނީ ގެއްލެފޭ... ފަހުން ޕޮލިހުން ހޯދީރު މި ހުރިހޭ އެއްޗެއް ވަނީ ރޯޅިއާއެކު ރަށު އޮފީސްދޮށަށް ގެންގޮސްފޭ... ދެން ވިސްނޭލެ ރޯޅީގެ ބާރުމިން... ސަހާދެއް މިބުނީ މަވެސް އިނީ ފަހާނޭގޭ... އިންދޭ ގެވެސް ހެލެ ގަނެފޭ ބިމުން ކެޓެގެން ގޮސް މަ ބުރީ ތޮނގިވެސް ނައްޓޭލި... ފޮނުގަނޑުއްގޯތި ރޯޅި ގެންގޮސް ޖެހީ އަތޮޅުއޮފީސް ބުޑަށް... ދެން ކިހިނެއް ވާނީ... އަނެއްކާ މުޅި ރަށުތެރޭގޭ އޮތީ މީހުންގެ އަންނައުނާ، ގޮނޑުން ވަޔަށް އަރޭގެން އޭ ބޮޑެތި ގޮނގުރެޓްބެރިތަކާ ޑަބިޔަލާ ގެރިކިރު ހުސްކުރިދަޅުތައް... މިހެންވެސް ބުނެފިއްޔާ ބުނާ މީހަކު ނުލަފާ ވާނީ.... ގޮޑަށް ކުނި އަޅާ މަޔާއިނުންގެ ފަރުވާކުޑަކަމުން ރޯޅިއެއް އެރިޔަސް އަހަރެމެންނަށް މި ބަލާޔާ ޖެހެނީ... ވިސްނޭލެބަލޭ އަހަރެމެންގޯތި ގިފިލިތެރެ ފުރޭންދެން އޮތީ މިރަށު އަންހެން ވެރިން ޖަހޭފޭ އުކޭލި ޕެޑުތަކާ ކުޑަކުދިންގެ ގުއި ނެޕީތައް... އަހަރެން މިހާރު އެމް.އެން.ޑީ.އެފުގޭ ވެސް އެހީއަކަށް އެދެފިން... 30 ހަކަށް ސިފައިން ފޮނުވާށޭ މި ގޯތި ގިފިލި ސާފުކުރާން ވަރަށް އަވަހަށް...." ބޭނުންކަމަށެވެ. ނައިފަރަށް މިދިޔަ މާޗުމަހުވެސް ވަނީ ނަގޫރޯޅި އެއް އަރައި ބޮޑުގެންލުންތަކެއް ދީފައެވެ. އެފަހަރު ނައިފަރުގެ 3 ގެޔެއް ވެއްޓުމުގެ އިތުރުން ނައިފަރުން ފުރައިގެން ވަދު އަޅަން ދިޔަ ދޯންޏެއްވެސް ވަނީ ވީނުވީތަނެއް ނޭނގި ގެއްލިފައެވެ.(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..