Wednesday, July 11, 2012

ހިންނަވަރު ފަޅުތެރޭން ރަންފޮށްޓެއް ފެނުމުން ރައީސް ނަޝީދުވެސް ވެރިކަން ފެނޭތޯ ހިންނަވަރު ތޮށިގަނޑު މަތީ


<< މިޚަބަރު ލިބުމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދުވެސް ވެރިކަން ފެނޭތޯ ހިންނަވަރު ތޮށިގަނޑު މަތީ....



ފީނަމުން ދިޔަ މީހަކަށް ހިންނަވަރު ފަޅުތެރޭން ރަންފޮށްޓެއް ފެނިއްޖެ ކަމަށް ހިންނަވަރުން މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދީފިއެވެ. ހިންނަވަރަކީ އާބާދީގައި ގާތްގަނޑަކަށް 4000 މީހުން އުޅޭ ރަށެކެވެ. އިހިނެގުމަށް ފީނަމުން ދިޔަ ރ. ކަނދޮޅުދޫ ދޯންޏެއްގެ ބަޔަކު އެރަށު ގެ އިރުދެކުނު ފަރާތު ފަރުމަތީ  ފީނަމުން ދަނިކޮށް އިއްޔެ ހެނދުނު ފެނިފައިވާ ރަންފޮށީގެ ތެރޭ ޖަވާހިރުން އިން އަނގޮޓި އަކާއި ރަންފަށެއްގެ އިތުރުން އަތުގަޔާއި ފައިގަ އަޅާ ތަފާތު ވައްތަރުގެ ރަނުގެ ގިނަ ގަހަނާ ހުރިކަމަށްވެސް ވެއެވެ. " އަޅުގަނޑުވެސް މިތާ އަތިރި މަތީ ހުއްޓަ އެތާ ފަޅުމަތީ އޮތް ދޯންޏެއްގެ މީހަކު ގޮވަން ފެށީމަ އަތިރި މައްޗަށް ފޭބީ... އެ ދޯނި ކައިރި ކޮށްފަ މީހަކު ބުނީ ތީ ހިންނަވަރު މިހެއް ހެއްޔޭ... ދެން އަޅުގަނޑު އަހައިފިން ކީއްވީހޭ... މީ މިރަށު މީހެކޭ... ބުނީމަ ބުނެފި މިރަށުން މީހަކު ރަންފޮށްޓެއް އެއްވެސް އިރެއްގަ ގެއްލިގެން އުޅުނުކަން އެނގިފައި ވޭ ހޭ... އަޅުގަނޑު ބުނެފިން ނުދެނަ ހުރީމޭ... ބުނީމަ ބުނެފި މިރަށު ފަރުމަތިން ރަންފޮށްޓެއް ހޮވައިފީމޭ... ވެރިޔަކު އައިސް މީގަ ހުރި އެއްޗެހި ކިޔައި ދިނީމަ ދޭނަމޭ... 24 ގަޑި އިރު ތެރޭ ނައިސްފިއްޔާ ނުލިބޭނޭ... ދެން އެމީހާ އަޅުގަނޑާ އެކީ ދިޔައީ ހިންނަވަރު ކައުންސިލްގެ އިދާރާއަށް... އެތަނުގަ އޭނާ އޭގެ މައުލޫމާތު ދީފަ އައީ... " އަހުމަދު ހަމީދު ބުންޏެވެ. ރަންފޮށި ވަނީ މިހާރު އޭތި ހޮވި ކަނދޮޅުދޫ މީހާގެ އަތުގައި ކަމަށާއި، ވެރިފަރާތެއް ކަށަވަރުވަންދެން އެރަށުގައި 3 ދުވަހު މަޑުކުރާނެ ކަމަށްވެސް އެ މީހާޔާ ހަވާލާދީ ހިންނަވަރުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. ހިންނަވަރަކީ ޅ.އަތޮޅުގައި އޮތް މީހުން އެންމެ ހެޔޮ އަދި އަޚްލާގީ ގޮތުންވެސް އެންމެ ރަނގަޅު ރަށެވެ. އެކަމުގެ ހެއްކަކީ ހިންނަވަރުގައި ކުށްކުރާ ރޭޓް ދަށްވެފައި ވުމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބބބ
(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ... މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..