Wednesday, July 11, 2012

އަދިކިރިޔާ މި އެނގުނީ އެއީ މާވަހަރެއް ނޫންކަން...(ކެޔޮޅު)


<< ނައިފަރުގައި އޮންނަ މާވަހަރު ލައްގާ އަތިރިމަތިން ބަޔަކު މާވަހަރު ކަމަށް ޝައްކުރެވޭ ތަކެތި ޓެސްޓްކުރަން ގެންދިޔުމަށް ގޯންޏަކަށް އަޅަނީ...


މިދިޔަ އާދީއްތަ ދުވަހު ނައިފަރު ދޯންޏަކުން ހޮވި މާވަހަރަކީ 'ނެތް އެއްޗެއް' ކަމުގައި ދޯނީގެ ކެޔޮޅު "އެން.ޔޫ.އެން" އަށް މައުލޫމާތު ދީފިއެވެ. "އެން.ޔޫ.އެން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ދޯނީގެ ކެޔޮޅު އަދި މިމާވަހަރެކޭ ކިޔައިގެން ނެގުނު އެތި ދެވަނައަށް ފެނުނު އަހުމަދު ބުނީ 'އަވާމެންދުރެއް' ފެނި ބޭއިޚްތިޔާރުން ކަސިޔާރު ވުމުން އުފުލި ގާ ކޮޅެއްވެސް މާވަހަރެއްގެ ސިފައިގާ ފެނިދާނެކަމަށެވެ. "ކަލޭ ވިސްނޭލެ ބަލޭ މީހުންނަށް ލިބޭ ކެހި... މިހިރެ ފެންނަ އަލީއަށް ގަންނަ މަޔާއިނު މާވަހަރެކޭ ކިޔޭގެން މަލައްވޭ 2 ފީފާ ތިޔޮ އަންދޭލޭފޭ ގޮސް ނެގުވި އެއްޗެއް މީ... މާވަހަރެކޭ ކިޔޭގެން މަލައްވޭ ގަތް ގަނޑެއް މީ... އަވާމެންދުރުފެނެ ބޭ އިޚްތިޔާރުން ކަސިޔާރުވުމުން އުފުލިގާވެސް ފެންނާނީ މާވަހަރު ސިފޭގޭ... އަނެއްކާ މި އަލީ އެކޭ މި ކިޔާ ހައިވާނު އެހެރެ އުޅުން ގޮތަކުން މަ ލަދުން ކިރިޔާ ބުރި ދިޔޭ ނުވީ... މަ އޭނާ އަތަށް ދިނީ ކޯމަސް ގަނޑެއް ފެނޭތޯ ބަލާށޭ ކިޔޭފޭ ވިއްޔާ ދުރުމި ވެސް... ދޯނީގޭ ތިބި ހުރިހޭ ކުދިން އެކަމާ ނުލާހިކު ހިތްހަމަނުޖެހެފޭ ތިބީވެސް... މާވަހަރު ވަސް ދުވަޔޯ ކިޔޭގެން އެ ހޭވާނު އޮރިޔާން ނުކުރާ އެކަކުވެސް މިދޯންޏަކު ނެތް.... ވިސްނޭލެ ބަލޭ މީހުންގެ ބުރިޔަށް އިނގި ގަޅޭފޭ ވަސްވެސް ބެލި... މަ ހިތަށް އެރި ކޯންޗެއް ބޮއިފޭ ހުރި ރުނޑިކައުޅެއް ބާ އޭ މީ... މިހާރު އަދިކިރިޔާ މި އެނގުނީ އޭ މާވަހަރެއް ނޫންކަން... ދެފެން ދޭ ތެރޭ މާވަހަރު އިނދެފާނެ... އޭނާ އެހެރެ ފެންނަނީ ހަމަ މޮޔަވެފޭ... މިހާރު މިދޯނި މީހުން އޭނާއަށް ކިޔަނީ 'މާ ޒަކަރު މޮޔަ ދެޔޯ'.... އެހެން ނުކިޔާ ވައްތަރަކަށް ނޫން ވިއްޔާ އެ ތެޅެ ބޭލަނީ... މިއަދު ރަށުން މީހަކު މާވަހަރެއް ހޮވި ވާހަކަ ބުނީމާ އޭނާ މިއަދު ދޯނިންވެސް ފޭބޭފި... މިހާރުވެސް އެބޮތް ސުކޫލާ ދިމާލު އަތިރި މަތީ ފަތްޖެހި އެނދެއް ބަހައްޓޭގެން ނިދޭފޭ... އެދިމާލުން މީހަކު މާވަހަރެއް ހޮވިއްޔޭ ބުނީމާ... މީ ދެން ތަންކޮޅެއް ބޮޑުވަރު.... އެހެން މީހުގެ ރިޒުގު ވަޅަށްވެސް ދަނޑިބާނާން..." އަހުމަދު ވަރަށް ހިތް ހަމަނުޖެހިފަ "އެން.ޔޫ.އެން" އާ ހިއްސާ ކޮށްލިއެވެ. ނައިފަރު މީހުން މިހާރު ކުރާ ކަމަކީ ދޯނިގަނޑު ފަރަށް އެރިޔަސް މޫދު ބަލަމުން މާވަހަރެއް ފެނޭތޯ ދުއްވުމެވެ. ނައިފަރުން މާވަހަރު ފެނުނު ހިސާބުގައި 'އަތްފުނާ އަޅަމުން' ގެންދިޔަ މީހަކު ކިޔައިދިން ގޮތުގައި މާވަހަރެއްގެ ސިފައިގާ ރަބަރު ގަނޑެއްފެނުނަކަސް މިހާރު މީހުން އެބަ ހޮވާ ކަމަށެވެ. "ޗަބުނާހެން.... މާވަހަރު އެއްޗަކީ އިނގޭ... މާވަހަރުގެ އަސަރު ގަދަވީމާތާ މީހަކު އެބޮތް ސުކޫލު ފަސްގަނޑާ ދިމާލު ގޮނޑުދޮށުގޭ ރޯ އޮރިޔާމުން ފައްޖެހި އެނދެއްގޭ ނިދޭފޭ... މާވަހަރު ހޮވާށޯ... 'މާވަހަރު ދާއްބަ' އެބޮތް އެތާ މާވަހަރު ހޮވާން.... އޭނާ އެބަ އެއްކުރޭ ރަބަރު ގަނޑެއްފެނުނަސް... އުފުލި ގައު ކޮޅެއް ފެނުނަކަސް...." ނަން ނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ. ނައިފަރު ބަޔަކު ދުއްވި 'ނަސްރު' ދޯނިން ހޮވި މާވަހަރަށް ފަހު ފަޅުވެރިންނަށް ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ ލިބިފައިވަނިކޮށް މިއަދު ނައިފަރު މީހަކު ހޮވި މާވަހަރު ތަކެއް ވެސް ވަނީ ވިއްކާލުމުގެ މަގުމަތީގައެވެ. މިހާރު ގިނަބަޔަކު އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ގޮޑުދޮށުން ނަމަވެސް މާވަހަރެއް ފެންނާނޭ ދުވަހަކަށެވެ. މާވަހަރަކީ ބޮޑުމަހުގެ ގޮހޮރުގައި އުފެދޭ މަޑުގަނޑެއްކަހަލަ ގުދުރަތީ މާއްދާއެކެވެ. މި މާއްދާ އަކީ މަޑި ކަހަލަ ކަށިޖަހާ ބާވަތް ބާވަތު ތަކެތި ކެވުމުން ބޮޑުމަހުގެ ގޮހޮރު ހަލާކުވިޔަ ނުދީ ރައްކާތެރިކުރުގެ ގޮތުން ގުދުރަތުން އޭގެ ގޮހޮރުގައި ލައްވާފައިވާ މާއްދާއެކެވެ. މި މާއްދާ ހުންނަނީ އުއްކަހަލަ ގޮތަކަށް ބޮޑު މަހުގެ ގޮހޮރުގެ އެތެރޭ ދުލިފަށުގައި ތަތްލާފައެވެ. މި މާއްދާގެ ސަބަބުން، ބޮޑުމަހަށް ކެވޭ ކަށި ހުންނަ ތޫނު އެއްޗެހި ހޮޑަށް ނެރުމަށް ފަސޭހަވެގެން ދެއެވެ. މާވަހަރެއް މާވަހަރަކަށް ވަނީ މި މާއްދާ އޭގެ ބަނޑުން ނިކުތުމަށް ފަހު އެހެން ބޮޑު މަހެއް މި މާއްދާ ކެއުމުގެ ސަބަބުން ބަނޑުތެރޭ ހަޖަމް ނުވެ އިނުމުގެ ސަބަބުންނެވެ.  މާވަހަރެއްތޯ ޔަޤީން ކުރުމަށް ތިނޯހެއް ހޫނުކޮށް މާވަހަރު ކަމަށް ޝައްކުވާ އެއްޗަށް ކޮށްޕާލާފަ ނެގުމުން އެ ތިނޯސް ކޮށްޕާލިތަނުން އޮލަކޮށް ތެޔޮ ހެދި އުއްބަތި ވިރިފަ ހުންނަ ސިފަޔަކަށް ހުންނާނެ ކަމަށާއި އަދި މަޑުމަޑު މީރުވަހެއް (ދުންބައްތި އަނދާއިރު ދުވާކަހަލަ ވަހެއް) ދުވާނޭ ކަމަށްވެސް މާވަހަރު ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ލިޔުންތަކުގައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ލއކ

4 ޚިޔާލު:

ނޭފަރު ޗަކޮއި މެން މާމޭ ފޮށޭ ދެށުން މޭވެހެރެ ހެވޭ... ހެހެހެހޭ

ކާކު ނިދަން އޮތީ؟ މަ އެބަ ދަން ބަލާލަން (މާންބީ) ލ

ތަނަކުން އެއްޗެއް ފެންނައިރަށް ހޮވަން ޖެހޭތަ؟؟؟

ކަލޯ މާވަހަރެއް އިންނާނެ މަ އަތުގާވެސް

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..