Wednesday, July 18, 2012

ދަހި ވިޔަސް މިހާވަރު ދެން ތަންފުކެއް ބޮޑުދޯއެވެ.


ރަމަޟާން މަހަކީ ދީލަތިކަމުގެ މައްސަރެވެ. މި މަހުގައި ގިނަގިނައިން ހޭދަކުރުމަކީ ގިނަގުނަ ފައިދާ ލިބޭނޭކަމެކެވެ. ބުއްދިވެރިއަކީ އިސްރާފުނުކޮށް ދަހިވެތި ނުވެ ހަރަދު ހިފެހެއްޓޭ އިޤްދިޞާދު ކުރާ މީހެކެވެ. ދަހިވެތިކަމަކީ މީހާގެ ކިބައިގާ އަށަގަންނަ ނުރަނގަޅު ސިފައެކެވެ. ދަހި ވިޔަސް މިހާވަރު ދެން ތަންފުކެއް ބޮޑުދޯއެވެ.

އެއްދުވަހަކު، މުށްބާރު، ދަހި މީހެއްގެ ރަޙުމަތްތެރިއަކު އޭނާގެ ގެއަށް ޒިޔާރަތްކުރި އެވެ. އެ ރަޙުމަތްތެރިއާ އަށް، ދަހި މީހާއަކީ، ދީލަތި މީހެއްކަމަށް ހީކުރުވުމަށްޓަކައި، ދަހިމީހާ އޭނާގެ ފިރިހެން ދަރިފުޅަށް ގޮވާލާފައި ބުންޏެވެ.

"ދަރިފުޅާ އެވެ! ބައްޕަގެ ވަރަށް ގާތް ރަޙުމަތްތެރިއަކު، ގެއަށް އަތުވެއްޖެ އެވެ. އޭނާއަށް ރަނގަޅު ޖާފަތެއް ތައްޔާރުކުރުމަށްޓަކައި ބާޒާރުގައި ހުރި އެންމެ ތާޒާ، އެންމެ އަގުބޮޑު މަހުގެ ހައެއްކަ ކިލޯގްރާމު މަސް ގަނެގެން އަންނާށެވެ!"


ދެން ދަހި މީހާގެ ދަރިފުޅު ބާޒާރަށް ގޮސް، އިރުގަނޑެއް ކޮށްފައި، ހުސް ދެއަތާ އެނބުރި ގެއަށް އަތުވެއްޖެ އެވެ. އެހިނދު، އެކަމާމެދު ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރަމުން، އޭނާގެ ބައްޕަ ސުވާލުކުރި އެވެ.

"ދަރިފުޅާ އެވެ! މަސްކޮޅެއް ނުގަނެ ތިޔަ އައީ ކީއްވެގެން ހެއްޔެވެ؟ ބާޒާރުގައި މަސްކޮޅެއް ހަމަ ނެތީ ހެއްޔެވެ؟"


ދަހިމީހާގެ ދަރިފުޅު ބުންޏެވެ.

"ނޫނެކެވެ. ބާޒާރުގައި މަސް އެބަހުއްޓެވެ. ބާޒާރުގައި ހުރި އެންމެ ތާޒާ މަސް ވިއްކާ ފިހާރައަށް ގޮސް ބުނީމެވެ. އެންމެ ތާޒާ މަހުގެ ހައެއްކަ ކިލޯގްރާމް މަސް ކިރައިދޭށެވެ!"


މަސްކިރަން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ ގިތެލަށްވުރެ ތާޒާ މަސް މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ މަހަކީ، އެންމެ ތާޒާ ގިތެޔޮ ފަދަ އެއްޗެއް ކަމަށްވަނީނަމަ، މަސް ގަންނާނެ ކަމެއް ނެތްތާ އެވެ! އެންމެ ތާޒާ ގިތެލުގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި މަސްނުގަނެ، ގިތެޔޮ ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ ގިތެލުގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"


ގިތެޔޮ ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ ކަދުރު ސޯސް އަށްވުރެ ތާޒާ ގިތެޔޮ މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ ގިތެލަކީ، އެންމެ ތާޒާ ކަދުރު ސޯސް ފަދަ އެއްޗެއް ކަމަށްވަނީނަމަ، ގިތެޔޮ ގަންނާނެ ކަމެއް ނެތްތާ އެވެ! އެންމެ ތާޒާ ކަދުރު ސޯސް ގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި ގިތެޔޮ ނުގަނެ، ކަދުރު ސޯސް ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ ކަދުރު ސޯސް ގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"


ކަދުރު ސޯސް ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ މާމުޔަށްވުރެ ތާޒާ ކަދުރު ސޯސް މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ ކަދުރު ސޯސް އަކީ، އެންމެ ތާޒާ މާމުއި ފަދަ އެއްޗެއް ކަމަށްވަނީނަމަ، ކަދުރު ސޯސް ގަންނާނެ ކަމެއް ނެތްތާ އެވެ! އެންމެ ތާޒާ މާމުއި ގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި ކަދުރު ސޯސް ނުގަނެ، މާމުއި ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ މާމުއިގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"


މާމުއި ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ސާފު ވާރޭ ފެނަށްވުރެ ސާފު މާމުއި މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމް ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ މާމުޔަކީ، އެންމެ ސާފު ވާރޭފެން ފަދަ އެއްޗެއް ކަމަށްވަނީނަމަ، މާމުއި ގަންނާނެ ކަމެއް ނެތްތާ އެވެ! ގެއަށް ގޮސް ގޭގައިވާ ސާފު ވާރޭފެން ތާނގީން ހައެއްކަ ކިލޯގްރާމުގެ ވާރޭފެން ކިރައިގެން ނެގީމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި ތިމަންނާ މިއަކީ، އެއްވެސް އެއްޗެއް ނުގަނެ ހުސްދެއަތާ އެވެ! ގޭގައި ހުރި އެއްޗެއް ގަތީމާ ވާނީ ބޮޑު އިސްރާފަކަށް ނޫން ހެއްޔެވެ؟

ދަހިމީހާ ބުންޏެވެ.

"ދަރިފުޅާ އެވެ! ތިބާއަށް ސާބަހާއި އައްސަރިބަސް ރައްދުކުރަމެވެ. ތިޔައީ ހަމަ މި ބައްޕަ ފަދަ ބުއްދިވެރި ދީލަތި ދަރިއެކެވެ!"


ބައްޕައާއި ދަރިފުޅުގެ ދެމެދުގައި ދެކެވުނު މިވާހަކަތައް އަޑުއަހަން، ދަތްކުނޑި ވިކާލަވިކާލައި އިނުމަކީ ރަޙުމަތްތެރިއާ އަށް މާފަސޭހަ ކަމެއް ކަމުގައި ނުވި އެވެ! އެ ވާހަކަތަކުގެ ޙަޤީޤަތް އޭނާއަށް މޭރުންވާތީ، ރުޅިގަދަވެގެން ގޮސް އޭނާ ފަޅަފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ! ދެން ރަޙުމަތްތެރިޔާ އަވަސް އަވަހަށް އެ ގެއިން ނިކުންނަށް ހިނގައިގަތްތަނާ އޭނާއަށް ފުރަގަސްދީގެން ހުރެ، ބައްޕަ، ދަރިފުޅުގެ ގާތުގައި މަޑުމަޑުން ބުންޏެވެ.

"ދަރިފުޅާ އެވެ! ތިބާ ބާޒާރަށް ގޮސް އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގުމުގެ ސަބަބުން ތިބާގެ ފައިވާނުގެ ތިރި ވާނީ ބިންމަތީގައި ގޭނި ގޭނި ހަލާކުވެފަ އެވެ. އެކަމުގެ ސަބަބުން ފައިވާނުގެ އުމުރު ކުރުވެ، ފައިވާން އަވަހަށް ހަލާކުވާނެ އެވެ. ދެންފަހަރަކުން މިކަހަލަ ކަމެއް ދިމާވީމާ، އެހައި ގިނަ ފިހާރަތަކަށް ނުދައްޗެވެ!"


ދަރިފުޅު ބާރަށް ހީނގެންފައި ބުންޏެވެ.

"ބައްޕާ އެވެ! ކަންބޮޑުނުވާށެވެ! ތިމަންނާ ދިޔައީ ބައްޕަގެ ރަޙުމަތްތެރިޔާގެ ފައިވާނަށް އަރައިގެންނެވެ!!!"
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..