Tuesday, July 10, 2012

ނައިފަރު ގޮނޑުދޮށަށް މާވަހަރު ލައްގަނީ..

 (ފޮޓޯގައި ކިމްޒޯ އަށް ފެނުން މާވަހަރު)>>

މިއަދު ހެނދުނު ނައިފަރު މާނުބޭގެ މުހައްމަދު (ކިމް ޒޯ) 135 ގްރާމް ހުންނަ ވަރުގެ މާވަރެއް ހޮވައިފިކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. މުހައްމަދު ހޮވި މާވަހަރު ފެނިފައިވަނީ ޅ.ނައިފަރު ހުޅަނގުފަރާތު އަތިރިމަތިން ވެލިގަނޑުމަތިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅިގެން "އެން.ޔޫ.އެން" ގެ ފަރާތުން މުހައްމަދު އަށް ގުޅާލުމުން ބުނީ "އެހެން ފެނުން އެއްޗެއް ނޫން އެއީ... ރަށްވަށޭ ޖަހޭލާން ދަނިކޮށް ފެނުން މާވަހަރެއް ގޮތަށް އޮތް އެތިކޮޅުތަކެއް އޭ... މިހާރު މިއުޅެނީ ވިއްކޭލާންވެގެން... ގާތްގަނޑަކަށް މި ވިއްކޭލީރުން ލިބޭނީ ތިރީހަކަށް، ފަންސަވީހަކަށް ވިއްސަކަށް ހާސް ރުފިޔާ..." ކަމުގައެވެ.  އޭނާއަށް ގުޅާލި އިރުވެސް އޭނާ އުޅެނީ މާވަހަރު ފެނުން ހިސާބު އަތިރި މަތީގައެވެ. މިޚަބަރު އެންމެ ފުރަތަމަ ފެނިފައިވަނީ ނައިފަރު އަރޭކާގެ ރަސްމީ ފޭސްބުކް ޕޭޖުންނެވެ. އެހެން ކަމުން މީގެ އިތުރު މައުލޫމާތެއް ލިބޭތޯ ސީދާ މުހައްމަދު ހޯދުމަށް "އެން.ޔޫ.އެން" ގެ ފަރާތުން  ކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. "މަށަށްވެސް ހަމަ މާވަހަރެއް ފެނެދާނެ... މަވެސް މިޔޭ ކިމްޒޯ މާވަހަރެއް ހޮވީޔޭ ބަޔަކުން ކިޔާތީ އެތަނަށް ބަތާނާލާން... މަ އިންނާނެ ފައްކާ ދެލޯވެސް .... ޒޫމް ކޮށްލޭފިއްޔާ އެޒޫމް ކުރާ  އެއްޗެއްވެސް ދާނީ ފަޅޭގެން.... މަށަށް މާވަހަރެއް ފެނެއްޖެއްޔާ މަ ހަމަ ސީދާ ދޭނީ މަ ބައްޕަޔަށް.... މަ ބޭނުމެއް ނޫން މާވަހަރެއް.... ފެގު ފޮށްޓެއް ނަމަ މަ ބޭނުންވާނެ...." ނައިފަރުން ވާހަކަ ދެއްކި ފޮނުގަނޑުގެ އަލީ "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މާވަހަރު ހޮވި ސަރަހައްދުގައި އަތްފުނާ އެޅުމަށް މިހާރު 30 އަށްވުރެ ގިނަ މީހުން އެބަ ހަރަކާތްތެރި ވަމުން ދާ ކަމަށާއި، ގޮނޑުދޮށުން 'ގުއި' ކޮޅެއް ފެނުނަސް "ބުރުދާ ގައިމު ކުރަން" އޭތި ގެޔަށް ގެންދާކަމަށްވެސް މައުލޫމާތު ދެމުން އަލީ އިތުރަށް ބުނެފައިވެއެވެ. މިއީ ނައިފަރު ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ތިންވަނަ ފަހަރެވެ. ކުރީފަހަރު ހޮވި މާވަހަރު ގައި 20 ކިލޯ ހުރި އިރު އެ މާވަހަރު މިހާރުވަނ އޮޑިވެރިޔާ އަށާއި ފަޅުވެރިންނަށް ދެބައިކުޅަ އެއްބައި ލިބޭގޮތަށް ހުކުމްވެސް ކޮށްފައެވެ. އަދި އިއްޔެ ހޮވި މާވަހަރުގައިވެސް 8 ކިލޯވަރު ހުންނާނެކަމަށާއި 20 ކިލޯގެ މާވަހަރުން މީހަކަށް 50000 ރުފިޔާ ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

3 ޚިޔާލު:

varah furihama. keep it up! areyka ge facebook page link kohlumah varah bodah edhen.
dhen hiyaaleh: site font thankolheh undhagoo kiyan.

ކިމްޒޯހާދަނަސީބުގަދައޭދޯ

areyka ge fb page link kurevifa vaa vaahaka dhannavan...

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..