Tuesday, September 18, 2012

"އިނޮސަންސް އޮފް މުސްލިމްސް" މި ފިލްމު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.



ރަސޫލާ އަށާއި މުސްލިމުންނަށް ފުރައްސާރަކޮށް ޔޫޓިޔުބްގައި އަޕްލޯޑް ކޮށްފައިވާ ސާދަ މިނިޓްގެ "އިނޮސަންސް އޮފް މުސްލިމްސް" ފިލްމު އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ސަބަބަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެފަދަ ފާޙިޝް މުޑުދާރު ޢަމަލެއް ހިންގެވި ބޭކަލަކަށް ނުވެފައި، މާތް ﷲ ކީރިތި ޤުރުއާނުގައި އެކަލޭގެފާނުގެ މާތް ޚުލްގުފުޅަށް ތަޢުރީފު ވަޙީކުރައްވާފައި ވުމުގެ އިތުރުން މުޅި ދުނިޔެ އެކަލޭގެ ފާނުގެ މާތް ކަމާއި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޢިއްފަތްތެރިކަމާއި، އޯގާވެރިކަމާއި، ތެދުވެރިކަމާއި، ކޯފާމަޑުކަމާއި، ހިތްފުޅުގެ ހެޔޮކަމާއި، ޢަދުލުވެރިކަމާއި، މިހުރިހާ ސިފަތަކަށް ތަޢުރީފު ކޮށްފައިވުމެވެ.

އަޅުގަނޑުމެން އިސްލާމީ ދިވެހި ދައުލަތާއި މި ލޮބުވެތި ދިވެހިންނާއި އަދި ނައިފަރުގެ ހުރިހާ ރައްޔިތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޔޫޓިބްގައި މިވާ ވީޑިއޯ ރިމޫވް ކޮށްލުމަށާއި، އަދި މިފަދަ ފާޙިޝްކަން ބޮޑު ޢަމަލެއް ތަކުރާރު ނުކުރުމަށް އެމެރިކާ އަށް ގޮވާލަމެވެ. ސޭމް ބާސިލް އުފައްދާފައިވާ މި މުޑުދާރު ފިލްމަށް އަހަރެމެން ނަފުރަތުކުރާވާހަކަވެސް ދަންނަވަމެވެ. އަދި ތިރީގައި މިވާ ލިންކަށް ފިތާލުމަށް ފަހު ވީޑިއޯ އަށް "Dislike" އެއް ދީ، ކޮމެންޓެއްގެ ގޮތުގައި މި ވީޑިއޯ ރިމޫވް ކުރުމަށާއި، އިސްލާމް ދީނަކީ މަތިވެރި ދީނެއްކަމާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މައުސޫމް ބޭކަލެއް ކަމަށް ކޮމެންޓް ކޮށްދެއްވުމަކީ އަޅުގަނޑުމެން އެދޭ އެންމެ ބޮޑު އެދުމެވެ.


މާތް ﷲ އިސްލާމް ދީން މަތިވެރި ކުރައްވާ އަޅުގަނޑުމެން މި ނުބައި ކާފަރުންގެ ކިބައިން މިންޖުކުރައްވާންދޭވެ...! އާމީން
(ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ކޑޒ

0 ޚިޔާލު:

Post a Comment

މި ލިޔުމާއި މެދު ޚިޔާލެއް ދެއްވާ..