Thursday, May 31, 2012

ނައިފަރު އަޕްޑޭޓް ނިއުސް ޓީމް ގެ އެޑްމިން މެމްބަރަކަށް ޙުކުމް ކުރުން.

ދިވެހި ފިލްމު "ޔޫސުފް" ގެ ވަގު ކޮޕީ ވިއްކި ކަމަށް ބުނެ ފިލްމު އުފެއްދުންތެރިޔާ ފާތިމަތު ނަހުލާ (ތުންބަޅު ނަހުލާ) ދައުވާ ކުރުމުން ހިޔާނާތްތެރިވުމުގެ ކުށް ސާބިތު ނުވިއަސް ޅ. ނައިފަރު ހަވީރީ ހިޔާ، ހައްސާން އަލިފުޅުގެ މައްޗަށް ހަ މަހަށް އަރުވާލުމަށް ހައި ކޯޓުން އިއްޔެ ހުކުމް ކުރުމުގައި ރިޝްވަތުގެ ޢަމަލެއް ހިނގައިފައިވާ ކަމަށް ވަރަށް މުޢުތަބަރު ގޮތަކަށް   "އެން.ޔޫ.އެން" އަށް  އެންގިއްޖެ އެވެ. ހައި ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމްކުރުމުން އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުގައި ގާޒީއަށް ނަހުލާ ލަންކާ ދަތުރެއް ދޭންނިންމި ކަމަށާއި އަދި 5000 ޑޮލަރު ދޭން ނިންމާފައިވާ ކަމުގެ ކޮރަޕްޝަން އަމަލެއް މިހާރު ވަނީ ފެންމަތި ވެފައެވެ.
ހައި ކޯޓުގައި  އިއްޔެ ހުކުމް އިއްވަމުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ ހައްސާން ވަގު ކޮޕީ ވިއްކި ކަމަށް ތިން މީހަކު ޖިނާއީ ކޯޓުގައި ހެކިބަސްދީފައިވާ ކަމަށެވެ. މި ތިން މީހުންނަކީ ވެސް ޙައްސާނާ ޒާތީ ގޮތުން ޖެހިފަ ތިބި ތިން މީހުންކަމަށްވެސް    "އެން.ޔޫ.އެން" އަށް އެގިފައިވެއެވެ. އަދި ހައްސާން އެ ފިލްމު ގެންގުޅެފައިވަނީ އެ ގެންގުޅުމަށް ކްރިސްޓަލް އެންޓަޓެއިންމެންޓް ކޮމްޕެނީއާ ދެމެދު އަނގަބަހުން ހެދިފައިވާ އެއްބަސްވުމާ ހިލާފަށްކަން އެނގެން އޮންނަ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ހިޔާނާތްތެރިވުމުގެ ކުށް ހައްސާންގެ މައްޗަށް ސާބިތުވާތީ އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ހަ މަހަށް އަރުވާލަން ހުކުމްކުރައްވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
"އަޒްމިރަލްދާއަކީ މީގެ ކުރިންވެސް މިކަހަލަ މައްސަލަތަކުގަ ރިޝްވަތު ނަގައިފަ ހުރި މީހެއް... އެންމެ ފުރަތަމަ އޭނައަކަށް ނުން ޙުކުމް ކުރަންވީ... އޭނާގެ ލެޕްޓޮޕަށް އަޅާފަ އޭނީ ވިންޑޯސް ސެވަންގެ ވަގުކޮޕީއެއް.. (ކްރެކް ކޮށްފަ އިން) ވަގުކޮޕީ މުޅިންވެސް.. އެއީވެސް ހަމަ ބަލަންޖެހޭމައްސަލައެއް... "  ކޯޓްގެ އައި.ޓީ ގަ މަސައްކަތް ކުރާ ކުއްޖެއް ބުންޏެވެ.
ދައުލަތުން ޖިނާއީ ކޯޓުގައި ދައުވާކުރި އިރު ކްރިސްޓަލް ކޮމްޕެނީ އަށް ލިބުނު ގެއްލުމުގެ ބަދަލު ހައްސާންގެ އަތުން ހޯދުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ. އަދި 10،000ރ. އަށް ވުރެ މަތީގެ އަގުހުރި މުދަލަކަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ޖިނާއީ ކޯޓުގައި އުފުލާފައިވެ އެވެ.
ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ ކްރިސްޓަލް ކޮމްޕެނީ އަށް ލިބުނު ގެއްލުމުގެ ތަފްސީލު ނަހުލާއަށް ބަޔާން ކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ލިބުނު ގެއްލުން 800،000ރ. އާ ގާތްކުރާނެ ކަމަށް ބުނެފައިވުމުން ލަފާކުރެވޭ އަދަދެއްގެ މައްޗަށް ބަދަލު ނަގައިދެވެން ނެތް ކަމަށް ހައި ކޯޓުންވަނީ ހުކުމްކޮށްފަ އެވެ.
ޙައްސާން އަކީ މިނިވަންކަމަށާއި ހަމަހަމަކަށް ލޯބި ކުރާ، ނައިފަރު ގެ ތަރައްޤީއަށް މަސައްކަތްކުރާ ހީވާގި ޒުވާނެއްގެ އިތުރުން، ނައިފަރު އަޕްޑޭޓް ނިއުސްގެ އިސްކޮށް ޙަރަކާތްތެރިވާ މެމްބަރެއްވެސް މެއެވެ. މި ހިތާމެރި، ލާއިންސާނީ ޙުކުމާއި ގުޅިގެން ހައިކޯޓްގެ ޤާޟީ މިހާރުން މިހާރަށް ހައްޔަރު ކުރުމަށާއި އޭނާ އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ގޮވާލަމެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

Tuesday, May 15, 2012

ނައިފަރުގައި ހުންނަ މައި ޖަގަހައަށް ޕެޓްރޯލް އަޅާ ރޯކޮށްލަން މަސައްކަތްކޮށްފި

ޅ.ނައިފަރުގައި ހުންނަ އެމްޑީޕީގެ ޖަގަހަތަކުގެ ތެރެއިން މައި ޖަގަހައަށް ޕެޓްރޯލް އަޅާ ރޯކޮށްލަން މަސައްކަތްކޮށްފި އެވެ.
އެރަށު އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުނީ މައިޖަގަހައިގެ އެތެރެއާ ބޭރަށް އަދި ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާފައި ހުއްޓާ ފެނުނީ ރޭ ދަންވަރު ކަމަށާއި ނަމަވެސް އެ ޖަގަހައިގައި ރޯވެފައިނުވާ ކަމަށެވެ.
މައިޖަގަހައިގެ އެތެރެއާ ބޭރަށާއި، ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާފައި ހުއްޓާ ފެނުނީ، ޕެޓްރޯލް އެކަނި ޖެހީ، ޖަގަހައަށް ގެއްލުމެއް ނުދޭ” ނައިފަރުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ކަރަންޓް ވައިރިންއަށް ޕެޓްރޯލްޖަހާ ސުވިޗް އޮންކުރި ނަމަ މުޅި ޖަގަހައިގައި އަލިފާން ރޯވާނެ ކަމަށާއި އެމްޑީޕީގެ ނައިފަރު ދާއިރާއިން ޓެރަރިޒަމްގެ އެ ނުބައި ޢަމަލު، ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މިކަން ކުރީ ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު ކަމަށް އެރަށުން އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދާ ކަމަށް ވެސް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހާ ބުންޏެވެ.
ނައިފަރު ދާއިރާގެ ނާއިބު ރައީސް ވަދީފް މޫސާ "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެމްޑީޕީ ނައިފަރު ދާއިރާއިން ސުލްޙަވެރިކަމާއެކު ހިންގާ އެއްވެސް އިހުތިޖާޖެއް ހުއްޓުވާނުލެވޭނޭ ކަމަށާއި، ސަރުކާރު “އެނދުމަތިވެ އައިވީގުޅާހިސާބަށް” ދިއުމާ ވިދިގެން އެކަން ހަޖަމް ނުކުރެވުނު ނައިފަރުގެ ބަޔަކު އެމްޑީޕީގެ ޖަގަހައަށް ގެއްލުންދޭން އުޅުނީ ކަމަށެވެ.
އަދި މިފަދަ ތަހުޒީބު އަދި އިލްމީ ޒަމާނުގައި މިކަހަލަ ހަޑިމުޑުދާރު ޢަމަލެއް ބަޔަކު ހިނގަން އުޅުނީތީ ހިތާމަކުރައްވާކަމަށް ވަދީފް ވިދާޅުވި އެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ނައިފަރު ބަކަރިކޮށްޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

މިއަދު މެންދުރު 12:40 ހާއިރު ޅ.ނައިފަރު ދެކުނު އަވަށުގައި ހުރި ބަކަރިކޮށްޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. މި ޙާދިސާ ހިނގައިފާވަނީ ބަކަރި ހުއި ހެއްޕުމަށް އުޅުނު ބަނގްލަދޭޝްގެ މީހަކު ސިނގިރެޓެއް ރޯކުރުމާއި ގުޅިގެންނެވެ.  އޮލަންޤީރު އަލިފާނުގެ ޙާދިސާ "އެން.ޔޫ.އެން" އަށް ސިފަކޮށްދެމުން ބުނީ " މިވައްތަރު ބަކަލި ސަކަލާތް.. ބަކަލި އުލެނީ މަ ކޭލަން.. ދެން މިވައްތަރު ކާނާ ކާންދާގަޑީގޭ ބަކަލި ފެންބޮނީ.. ދެން ބޮންދު ރުލިއޭ... ބަކަލި ބުނަނީ ބިޑިބޮނީ... ދެން ރުލިއޭ... ރުލިއޭސްގެން ބިޑިއެއްލަނީ... ބަކަލި ބިޑި ނުހިފަނި..  ދެން އަލިފާން އެއްކޮށް ދެނީ" މިހެންނެވެ. މި ޙާދިސާގައި 2 ބަކަރީގެ 95 އިންސައްތަ ވަނީ ފިހިފައެވެ. އަދި 3 ގިތެޔޮ ގެ ބަރު (ގިތަލު ބަރު) ވަނީ ދެން އިތުރަށް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ. މިހާރު މި ބަކަރިތަކަށް ނައިފަރުގައި ހުންނަ ޅ.އަތޮޅު  އަތޮޅު ހޮސްޕިޓަލުން ދަނީ އައި.ސީ.ޔޫ ގައި ފަރުވާދެމުންނެވެ. މީގެ ތެރެއިން 1 ބަކަރި އޮތީ ކޯމާއެއްގައި ކަމަށްވެސް، ހޮސްޕިޓަލުން ވާހަކަ ދެއްކި "ޥޯލްޑް ޙާމިދުބޭ" ބުންޏެވެ. މި އަލިފާނުގެ ޙާދިސާ ހިނގިކަން ނައިފަރުގައި ހުންނަ ޕޮލިސް ސްޓޭޝަނުންވެސް ވަނީ "އެން.ޔޫ.އެން" އަށް ކަށަވަރު ކޮށްދީފައެވެ. "އާދެ، އަލިފާނުގެ ޙާދިސާއެއް ހިނގި އެބުނާހެން... މަވެސް އޮތީ ގެޔެއްގެ ގިފިއްޔެއް ބަލާން... އެތާ ފާރުގޭ އިން ލޯވަޅަކުން.. އޮއްވޭ މީހަކު ގުޅޭފޭ ބުނީ ރޯވެއްޖެޔޭ ބަކަރި ކޮށީގޭ... ދެން މަ ދުވެފޭ ގޮސް އަލިފާންގަނޑަށް ގޮރުހެޑީ... އެވަރުންވެސް ނުނިވުން... ދެން އެތަނުން ދިޔަ 3 ބަންގާޅީންވެސް ގޮރު ހަޑޭގެން އަލިފާންގަނޑު ނިއްވޭލީ... ސަހާދެއް، ބަކަރި ތަކުގޭވެސް އޮތީ އަލިފާންގަނޑު ހިފޭފޭ... "ޕޮލިސް އޮފިސަރު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މި ދިޔަ އަހަރު ނޮވެމްބަރު މަހުގައިވެސް ނައިފަރުގައި ވަނީ މިފަދަ ނުރައްކާތެރި ޙާދިސާއެއް ހިނގާފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)


މާވަހަރާއި އޮޑިވެރިޔާ ގެ ކޯޅުން

"އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ޅ.ނައިފަރުގައި ދުއްވާ "ނަސްރު" ދޯންޏަށް ޒިޔާރަތްކުރި މީހަކު ބުނީ ދޯނިން ހޮވި މާވަހަރު ބަހާނެ ގޮތަކާއިމެދު އޮޑިވެރިޔާ އާއި ފަޅުވެރިން ދެބަސްވެ އެންމެ ފަހުން ބޮޑު ހަޅުތާލަކަށް ހިނގައްޖެކަމަށެވެ. "އަސްލު އޭނާ ބޭނުންވަނީ ލާރި... ޗަހަރެ ފެންނަ ސޮރު (ޔޫސުބު) ވެސް ފެންނަނީ ސަތޭކަ ރުފިޔާގެ ނޫޓެއްހެން... ކީކޭ ދެން ބުނާނީ..." ގަދަރުއްމާނުގެ ބަދަވި ޖައުފަރު  "އެން.ޔޫ.އެން" އާ ހިއްސާ ކުރަމުން ބުންޏެވެ. މާވަހަރު މިހާރު އޮތީ ބޮޑުފޮށި އަޑިއަށް ލާފަ ކަމަށާއި، މާވަހަރު ކައިރީގައި 24 ގަޑިއިރު "ދޯނީގެ ސަލާމަތީ ބާރުތަކުން" ފޯރި މަރަމުން ދާކަމަށްވެސް މުޖައްރިބު ގޮތަކަށް އެނގިފައިވެއެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)