Tuesday, May 15, 2012

ނައިފަރު ބަކަރިކޮށްޓެއްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި

މިއަދު މެންދުރު 12:40 ހާއިރު ޅ.ނައިފަރު ދެކުނު އަވަށުގައި ހުރި ބަކަރިކޮށްޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. މި ޙާދިސާ ހިނގައިފާވަނީ ބަކަރި ހުއި ހެއްޕުމަށް އުޅުނު ބަނގްލަދޭޝްގެ މީހަކު ސިނގިރެޓެއް ރޯކުރުމާއި ގުޅިގެންނެވެ.  އޮލަންޤީރު އަލިފާނުގެ ޙާދިސާ "އެން.ޔޫ.އެން" އަށް ސިފަކޮށްދެމުން ބުނީ " މިވައްތަރު ބަކަލި ސަކަލާތް.. ބަކަލި އުލެނީ މަ ކޭލަން.. ދެން މިވައްތަރު ކާނާ ކާންދާގަޑީގޭ ބަކަލި ފެންބޮނީ.. ދެން ބޮންދު ރުލިއޭ... ބަކަލި ބުނަނީ ބިޑިބޮނީ... ދެން ރުލިއޭ... ރުލިއޭސްގެން ބިޑިއެއްލަނީ... ބަކަލި ބިޑި ނުހިފަނި..  ދެން އަލިފާން އެއްކޮށް ދެނީ" މިހެންނެވެ. މި ޙާދިސާގައި 2 ބަކަރީގެ 95 އިންސައްތަ ވަނީ ފިހިފައެވެ. އަދި 3 ގިތެޔޮ ގެ ބަރު (ގިތަލު ބަރު) ވަނީ ދެން އިތުރަށް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ. މިހާރު މި ބަކަރިތަކަށް ނައިފަރުގައި ހުންނަ ޅ.އަތޮޅު  އަތޮޅު ހޮސްޕިޓަލުން ދަނީ އައި.ސީ.ޔޫ ގައި ފަރުވާދެމުންނެވެ. މީގެ ތެރެއިން 1 ބަކަރި އޮތީ ކޯމާއެއްގައި ކަމަށްވެސް، ހޮސްޕިޓަލުން ވާހަކަ ދެއްކި "ޥޯލްޑް ޙާމިދުބޭ" ބުންޏެވެ. މި އަލިފާނުގެ ޙާދިސާ ހިނގިކަން ނައިފަރުގައި ހުންނަ ޕޮލިސް ސްޓޭޝަނުންވެސް ވަނީ "އެން.ޔޫ.އެން" އަށް ކަށަވަރު ކޮށްދީފައެވެ. "އާދެ، އަލިފާނުގެ ޙާދިސާއެއް ހިނގި އެބުނާހެން... މަވެސް އޮތީ ގެޔެއްގެ ގިފިއްޔެއް ބަލާން... އެތާ ފާރުގޭ އިން ލޯވަޅަކުން.. އޮއްވޭ މީހަކު ގުޅޭފޭ ބުނީ ރޯވެއްޖެޔޭ ބަކަރި ކޮށީގޭ... ދެން މަ ދުވެފޭ ގޮސް އަލިފާންގަނޑަށް ގޮރުހެޑީ... އެވަރުންވެސް ނުނިވުން... ދެން އެތަނުން ދިޔަ 3 ބަންގާޅީންވެސް ގޮރު ހަޑޭގެން އަލިފާންގަނޑު ނިއްވޭލީ... ސަހާދެއް، ބަކަރި ތަކުގޭވެސް އޮތީ އަލިފާންގަނޑު ހިފޭފޭ... "ޕޮލިސް އޮފިސަރު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މި ދިޔަ އަހަރު ނޮވެމްބަރު މަހުގައިވެސް ނައިފަރުގައި ވަނީ މިފަދަ ނުރައްކާތެރި ޙާދިސާއެއް ހިނގާފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)


މާވަހަރާއި އޮޑިވެރިޔާ ގެ ކޯޅުން

"އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ޅ.ނައިފަރުގައި ދުއްވާ "ނަސްރު" ދޯންޏަށް ޒިޔާރަތްކުރި މީހަކު ބުނީ ދޯނިން ހޮވި މާވަހަރު ބަހާނެ ގޮތަކާއިމެދު އޮޑިވެރިޔާ އާއި ފަޅުވެރިން ދެބަސްވެ އެންމެ ފަހުން ބޮޑު ހަޅުތާލަކަށް ހިނގައްޖެކަމަށެވެ. "އަސްލު އޭނާ ބޭނުންވަނީ ލާރި... ޗަހަރެ ފެންނަ ސޮރު (ޔޫސުބު) ވެސް ފެންނަނީ ސަތޭކަ ރުފިޔާގެ ނޫޓެއްހެން... ކީކޭ ދެން ބުނާނީ..." ގަދަރުއްމާނުގެ ބަދަވި ޖައުފަރު  "އެން.ޔޫ.އެން" އާ ހިއްސާ ކުރަމުން ބުންޏެވެ. މާވަހަރު މިހާރު އޮތީ ބޮޑުފޮށި އަޑިއަށް ލާފަ ކަމަށާއި، މާވަހަރު ކައިރީގައި 24 ގަޑިއިރު "ދޯނީގެ ސަލާމަތީ ބާރުތަކުން" ފޯރި މަރަމުން ދާކަމަށްވެސް މުޖައްރިބު ގޮތަކަށް އެނގިފައިވެއެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ނައިފަރުގައި މަސާޖު ޕާލާއެއް ހުޅުވައި ހިންގުމުގެ ހުއްދަ ދީފި

މި ސަރުކާރުގެ ހެޔޮފުޅުކަމާއިއެކު، ނައިފަރުގައި މަސާޖު ޕާލާއެއް އިއްޔެގެ ވަގުތެއްގައި ހުޅުވައި ހިންގައިދެނީ، ނައިފަރުގައިތިބި ކުޑަކުދިންނާއި ބެހޭ، މީހުން ކައިރިއަށް ވަންނަ އަދި އެއްޖިސުން ގުޅުން ހިންގާ މީހުންނަށް ޚާއްޞަކޮށްގެންނެވެ. މި މަސާޖުޕާލަރގެ ބިންގާ އަޅާފައިވަނީ 17 ފެބްރުއަރީ 2012 ގައެވެ. ނައިފަރު ޖަލާލުއްދީންމަގުގައި ހުންނަ ސޮޑާގޭގައި ހުޅުވި މި އިމާރާތުން ހަމައެކަނި ރޭވެސް 35 ދިވެހިންނާއި 12 ބިދޭސީން ޚިދުމަތް ހޯދާފައިވެއެވެ. މިހާ އަވަހަށް މި އިމާރާތް ހުޅުވީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ނޫން ދުވަސްވަރެއް ކަމުން ރަށުގައި މަޑުކޮށްލައިގެން ތިބޭ މީހުންނަށް "އަރާ ހާލު ފަންވަރު" ކުޑަކުރުމުގެ އިތުރުން، މި މީހުން މިގޮތަށް ކަމެއްނެތިފަ ތިބެންވެއްޖެނަމަ މި ބައިމީހުންގެ ޝިކާރަޔަކަށްވެ ހަނާ ވެގެން ދާ، މީހުންގެ އަނބީންނާއި، ބިކުރުވެރި ޅަކުދީންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނެވެ. "އަޅޭ ލާއިލާ... މިރަށުގޭ މިތިބީ ހުސް ޅަތެލަނގައިގެ އަހުލުވެރިން.. ފަޅޭލާން ވެއްޖިއްޔާ ހެވޭ ދެންމެ ވިހޭ ކުއްޖަކަސް... ހުވޭ މިބުނީ... މީހުންގެ އަނބިން ކޭރިޔަށްވެސް ވަންނަނީ... އަދި މަސް ނުބާނާ، މީހުންގަނޑު ކަންނެލި ބުރު ނިންމޭފޭ އަންނަ ދުވަސްކޮޅު މިކަންތައްގަނޑު މާ ބޮޑު... ޕޮލިހުންވެސް އުޅެނީ އެއްގަމު މަސްވެރިކަމުގޭ..."  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން މީހަކު ބުންޏެވެ. މިދިޔަ 2011 ވަނަ އަހަރުވެސް  ނައިފަރުގައި ވަނީ މީގެ 3 މައްސަލައެއް ފެންމަތިވެ ތަހުޤީގު ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ފޮނުވާފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

Wednesday, May 2, 2012

މުހައްމަދު ރަޝީދު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންހުކުމްކޮށްފި


ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓިކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް އަދި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ކަމަށްވާ ޑައިޒެޕަމް، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ދަފްތަރު ނަމްބަރު ،1307 މުހައްމަދު ރަޝީދު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ހަވީރު ބްލޫ ލައިޓް ލެގޫންސް ހޮޓަލުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން ފުލުހުން އެ ތަނަށް ގޮސް އޭނާ ހައްޔަރުކޮށް ހަށިގަނޑު ފާސްކުރުމުން އޭނާގެ ޖީބުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.
އެ ދުވަހު އޭނާގެ ޖީބުން 9.2313 ގްރާމް ހެރޮއިންއާއި 26.7625 ގްރާމް ޑައިޒެޕަމް ފެނިފައިވެ އެވެ. އޭގެ ތެރެއިން ޑައިޒެޕަމް އަކީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެކެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އަހުމަދު ރަޝީދު އަބްދުލްބާގިރުގެ ޖީބުން މަސްތުވާތަކެތި ފެނުނު ކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އޭނާގެ ޖީބުން ފެނުނު ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި އޭނާގެ އަތުގައި ހުރީ ދައުލަތުގެ ކަމާ ބެހޭ ފަރާތެއްގެ ހުއްދަ ލިބިގެންކަން އޭނާ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް 10 އަހަރަށް އަދި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް އަހުމަދު ރަޝީދު އަބްދުލްބާގިރު އުމުރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ހުކުމުގައިވެ އެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ޅ. ނައިފަރު ދޯންޏަކުން މާވަހަރެއް ހޮވުން


   ޅ. ނައިފަރުގައި ދުއްވާ ދޯންޏަކުން 15 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ. މީގެ 5 ދުވަސް ކުރިން ހޮވި މާވަހަރު މިހާރު އޮތީ އެދޯނީގެ ވަތުތެރޭގައި، ބާއްވާފައެވެ. ދޯނިން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށްފަ  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުންބުނީ، "މަށަކަށް ނޭގެ ޗަޔެއް ބުނާކަށް... މަވެސް އޮތީ ނިދޭފޭ... އޮއްވޭ ދޯނި ކުއްޖަކު ގޮވޭފޭ ބުނީ، ކަލޯ އޭ، ތެދުވާށޭ، މިއޮތީ މާވަހަރެކޭ.. ދެން މަ ލޯ އުނގުޅަމުން ދަނިކޮށް މަ ވެއްޓުނީ ވަތުތެރެއަށް... އެރި އައްސީގޭ ތެދުވާން އުޅެނިކޮށް ކަރުގޭ ޅާޔަކު ދާވަނި އަޅުވޭފޭ މަ ނެގީ.. މަށަށް އޮތީ ގޮރުވެސް ހެޑެފޭ... " ކަމަށެވެ.  މިހާރު މާވަހަރު ހިފައިގެން މާލެ އަންނަން ދަތުރު ފަށާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. "ޗަތިބި ކައުޅުންތަށް ބުނަނީ ހިޔެއް ނުވެޔޯ މީ މާވަހަރެއް ހެންނެއް...ހޯ... ތާރު ގުޅައެއް ނޫނީ ބޮޑު ގޮންގުރެޓް (ކޮންކްރިޓް) ގަނޑެކޯ.. އެކަމަކު ޗަހަރެފެންނަ މަޔާފޮކި ބުނި މާވަހަރެކޯ... ޗަހެން ކިޔޭގެން ޗަޅާ މެން ޗައުޅެނީ މި މާވަހަރު ބަނޑު އަޅާން ވެގެން... އަޅޭ އެޅާ އުޅުނީ މަ މަރާން ވެގެން، މަ ބިސްގަނޑުގޭ ދާވަނިވެސް އަޅުވާން އުޅުނީ.. މަށަށް ހަދޭލެވުން އެއްޗަކުން މަ ކަރުގޭ އޭތި އެ އަޅޭ ގަތީ.. އަޅޭ ގަތްނަމަ މަ ބިސްގަނޑެއް ނޫންތަ އިރޭގެން ދާނީ... ހަރާންބަކަރިތަށް އަދި އެބަ ހެޔޭ ތިބެގެން... " އޭނާ ރުޅި ގަދަވެގެން އެހެން ބުންޏެވެ. ދޯނީގައި އުޅޭ ދެތިން މީހަކުވެގެން އެ މާވަހަރު ވަގަށް ނަގަން އުޅޭކަންވެސް ވަނީ ތޯނު މުޖައްރިބު ގޮތަކަށް "އެން.ޔޫ.އެން" އަށް އެނގިފައެވެ.
(ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)

ސައިކަލެއްގައި ރޭ ބަޔަކު ރޯކޮށްލައި އިތުރު ސައިކަލަކަށް ގެއްލުންދިނުން


އެ ސައިކަލްގެ ވެރިމީހާ، ހ. ތަބުރުވިލާ އައްދުއްރަހުމާނު މިއަދު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުނީ ރޭ ދަންވަރު އެކެއްޖަހާ އެހާކަންހާއިރު އޭނާގެ ސައިކަލްގައި ރޯވެފައިވާ ކަން އެނގުނީ ވަރަށް ބާރު އަޑެއް އިވިގެން ގޭތެރޭގައި ހުރެފައި ނުކުތްއިރު ކަމަށެވެ. އެވަގުތު އެ ގޯޅިތެރޭގައި ހުރި އެހެން ގެއެއްގެ ބަޔަކު ފެން ޖަހައި ސައިކަލްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާށޭ ގޮވަމުން ދިޔަ ކަމަށެވެ. އަދި ސައިކަލްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވަނީ އެމީހުންނާއި އޭނާގެ ގޭ މީހުން ވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.


އަބްދުއްރަހުމާން ބުނީ ބުރުޒުމަގުން ވަދެވޭ ގޮތަށް އޮންނަ ނޫމުތީގޯޅީގައި ހުރި އޭނާގެ ސައިކަލު ބަޔަކު ރޯކޮށްލާފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށާއި ސައިކަލްގެ ކައިރީގައި ކަރާސީނު އަޅާފައި ހުރި ހުސް ފުޅިއެއް ވެސް އޮތް ކަމަށެވެ. އަދި ބުނީ ސައިކަލަށް ބޮޑު ގެއްލުމެއް ލިބިފައިވާ އިރު އެގޯޅިތެރޭގައި ހުރި އެހެން ސައިކަލެއްގެ މަޑިދަށަށް ކޮންމެވެސް އެއްޗެއް ލައި މަތާލައި އެ ސައިކަލްގެ މަޑިއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ދީފައިވާ ކަމަށެވެ.

"
ގޭގައި ތިބެފައި ނުކުތް އިރު ގޭކުރިމަތީގައި ހުރި ގޭ މީހުން ފެންޖަހާށޭ ގޮވަމުން ދިޔަ، އޭރު ސައިކަލްގެ އިންޖީނު ކައިރީގަ އާއި މަޑީގައި ހުރީ އަލިފާން ރޯވެފައި. ލަފާކުރެވެނީ ކަރާސީނު އަޅައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް،" "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އަބްދުއްރަހީމް ބުންޏެވެ. މިހާދިސާ ހިނގި ކަން ވަނީ ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
 (ނައިފަރު.އަޕްޑޭޓް.ނިއުސް ޓީމް)