Saturday, July 7, 2012

ބެލުން ތިރި ކުރުމުގެ ސަބަބުން މުއްސަނދިވީ މީހެއް

ބެލުން ތިރިކުރުމުގެ ސަބަބުން ޅ.ނައިފަރު ދޯންޏެއްގެ ކެޔޮޅަކު މުއްސަނދިވެއްޖެއެވެ. މީނާ މުއްސަނދިވީ މާލޭގައި މިހާރު ކުރިއަށް ދާ އުނގުޅޭ ބާޒާރުން މީނާ ހޮވި ވޮލެޓެއްގައި ހުރި ލާރި ތަކަކުން ކަމަށް  މައުލޫމާތު ލިބިފައިވެއެވެ. "އަހަރެންވެސް މާލެ އޭސް މިއުޅެނީ ހަމަ އުނގުޅޭންވެގެން... މިހާރު ދެރެޔަކު ގޮސްފިން އުނގުޅޭ ބާޒާރަށް... އެއްޗެހި އަގުބޮޑުކަމުންނާ މީހުން މާގިނަކަމުން އެތާކު ނެތް މީހަކަށް ގުޑޭލެވޭންވެސް.... މަ ދެން މިހަދާ ގޮތަކީ ރީތި އަންހެން ކުދިން ގޭގޭ ހޭކެމުން އެކޮޅަށް ސޫރި މިކޮޅަށް ސޫރި ކަނޑަނީ... އެހެން ދުވެ ދުވެ ހުއްޓޭ މަށަށް ފެނެއްޖެ މީހަކު ދެފޭ ދޭތެރޭން އެއްޗެއް ވިދާތީ... މަ ދުވޭފޭ ގޮސް ނެގީރު ކަލޯ ބުނާކަށް.... ވޮލެޓެއް.... އެޔަކުނެތް މީހެއްގެ އައި.ޑީ.ކާޑެއް ވެސް.... ނުވިތާކަށް އޭތި ފުރޭންދެން ހުރީ ހުސް ފަސް ސަތޭކޭގެ ނޫޓު... މަ ތަންކޮޅެއް ދުރަށް ގޮސް އޭތި ގުނީރު އޭގޭ އިބައިން ފަނަރަހާސް ރުފިޔާ... ދެން މަ އޭތިން މުޅި ތަނުގޭ ދުވެގެން ލައްކަ ސާމާނު ގަނެފޭ މިހާރު އޮންނާނީ ހުދުހުދަށް އަރުވޭފޭ.... އަބަދުވެސް އަހަރެން އަޑުއަހާ ދަރުހެއްގޭ އެބަބުނޭ މިހެން 'ކަލޭ ބެލުން ތިރި ކުރާށޭ....' މަށަށް އަދި ކިރިޔާ މި ވިސްނުނީ އެބުނަނީ ކިހޭ ބޮޑު ތެދެއްކަން... ވިސްނޭލެ ބަލޭ މިއޮއް ވަރަށް މަ މަހަށް ދާއިރު ވެސް މަށަކަށް ނުލިބޭ މިހޭ ބޭވަރު ލާރިއެއް.... ދެން ކަލޭވެސް ހިނގާ އިރު ބަލާތި މަގު މައްޗަށް... " ވަރަށް އުފަލާއެކު  އޭނާ "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މީގެ ކުރިން ނައިފަރު ދޯންޏެއްގެ ބަޔަކު ވަނީ މާވަހަރެއްވެސް ހޮވާފައެވެ. ނައިފަރު ދޯނިފަހަރަކީ ރާއްޖޭގައި އެންމެ ގިނައިން ކަންނެލި ބާނާ ދޯނިތައް ކަމުގައިވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

Friday, July 6, 2012

ނައިފަރާއި މަޑިވަރު ގުޅުވާލުމުގެ ގޮތުން ބްރިޖެއް އެޅުން

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނައިފަރާއި މަޑިވަރު ގުޅުވާލުމުގެ ގޮތުން ކޯޒްވޭ ބްރިޖެއް އެޅުމުގެ އަމަލީ މަސައްކަތް މިއަރުގެ ނޮވެމްބަރު މަހުތެރޭ ފެށޭވަރުވާނެ ކަމުގައި ނައިފަރު ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަބްދުލް ވައްހާބު އަބްދުއްރަހުމާން "އެން.ޔޫ.އެން"  މައުލޫމާތު ދެއްވައިފިއެވެ. އާއިލީ ޒިންމާގެ ދަތުރުފުޅެއްގައި މިވަގުތު މާލެ ވަޑައިގެން އުޅުއްވަނީ ބަފައިކަލޭގެ ބަލިވެގެން ކަމަށާއި އަދި އެމް.ޔޫ.އޯ އެއްގައި ސޮއިކުރަންވެސް އެބަ ޖެހޭ ކަމަށް ވައްހާބު ވިދާޅުވިއެވެ. "އައަޅުގަނޑު މި ވަގުތު މިއުޅެނީ އައި.ޖީ.އެމް.އެޗް ގައި ވަރަށް ވަގުތުކޮޅުވެސް ކުޑަ... ޖަޕާނުން އެބަ ބުނޭ ބުރިޖެއް އަޅައިދެވިދާނޭ.... ނައިފަރާ މަޑިވަރާ ދޭތެރޭ.... އަދި މަޑިވަރުގަ ކުޑަވަރެއްގެ އެއަރޕޯޓެއްވެސް އެޅިދާނޭ... މިތާނގަ މަޑިވަރު މިކިޔަނީ ނައިފަރު ކައިރީ އޮންނަ ރަށަށް... އެއްވެސް ޙާލެއްގައި މި ބުނަނީ މިއަތޮޅު އޮޅުވެލިފުށި ވާހަކައެއްނޫން... އެހެން މިބުނަން ޖެހުނީ  އޮޅުވެލިފުށި މީހުންނަކީ ވަރަށް ފާޑެއްގެ ބަޔެއް.... މަޑިޔޭ ބުންޏަސް އެމީހުންނަށް ހީވާނެ އެބުނީ އެރަށު ވާހަކައޭ... މިހެން ބުންޏަސް ބުނާނެ އެމީހުންނާއި ބެހުނިއްޔޭ... މި ޖަޕާނު މީހުން އެމީހުންގެ ސާވޭގައި ބަލާފައި ވަނީ ހިންނަވަރަށް ކެހިލިބޭގޮތަށް... އެއީ އަސްލު ވަރަށް ބޮޑު މައްސަލައެއް... ނައިފަރާ މަޑިވަރާ ގުޅާލުން އެއީ ނައިފަރުގެ ތޮއްޖެހުމަށް ވެސް ލުޔެއް ލިބޭނެ ކަމެއް... އައައަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެމީހުން ސާވޭ ކުރާތާ.... އެންމެ ފުރަމަތަ އެމީހުން ސާވޭ ކުރީ ހިންނަވަރު... ހިންނަވަރުގެ ސަތަހައިގަ ނެތޯ އެއްވެސް އުރައްޕުކަމެއް.... ދެން ފެލިވަރު.... ފެލިވަރު ގެ ފަރު ވަރަށް ތިލަކޮށް ބަލިކޮށޯ އޮތީ... ނައިފަރު އޭ ހަމަ ރަނގަޅީ އެ ގޮތަށް ގުޅުވާލަން.... އެހެންވީމާ ޖެހޭނީ ރަނގަޅު ސާވޭއެއް އަލުން ކުރަން.. ބުރިޖު އެޅުމުގެ އެމް.ޔޫ.އޯ އެއްގައި ސޮއި ކުރަންވެސް ނުދެވިގެން މިއުޅެނީ... ގަލަމެއް ވެސް އަދި ޖެހޭނީ ގަންނަން.... އުނގުޅޭ ބާޒާރުން ގަލަމެއް ގަނެގެން ދެވޭނީވެސް... ތެޅިގަނެގެން އަންނަން ޖެހުމުން ގަލަމާ މަ ގެންގުޅޭ އައިނުވެސް ރަށުގަ ބައިންދާފަ އާދެވުނީ.... " ވައްހާބު ވިދާޅުވިއެެވެ. ނައިފަރާ މަޑިވަރާދެމެދު ބުރިޖެއް އެޅުމުން ނައިފަރުގެ މަގުތަކުގައި ޓްރެފިކް ލައިޓްވެސް ހަރުކުރާނެ ކަމަށާއި އަދި މިހާރު ކުރަމުން ގެންދަނީ 'ކުދި ކުދި ހިމަ ގޯޅިތައް' ބޮޑެތި މަގުތަކަކަށް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ވައްހާބުގެ ވާހަކައިގައި އިތުރަށް ވިދާޅުވިއެވެ. ނައިފަރަކީ ޅ.އަތޮޅުވެރިކަން ކުރާ ރަށަށް ވެފައި ޅ.އަތޮޅުގައި އޮތް އެންމެ ތަރައްޤީ ރަށްވެސް މެއެވެ. މިހެންވުމުގެ ސަބަބުން ނައިފަރުގެ ރައްޔިތުން ތިބެނީ އެ އަތޮޅުގެ އެހެންރަށްރަށުގެ މީހުންނާއި ޒާތީ ގޮތުން ވެސް 'ޖައްސާލާފާ' ކަމަށް އެ އަތޮޅުގެ އެހެން ރަށް ރަށުގެ މީހުން ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑނ

Monday, July 2, 2012

ރިޕޯޓް:::: ބަރަކޫޑާ (ފަރުތޮޅި) އެއް ދިން ހަދިޔާ

ދިވެހިރާއްޖެއަކީ %75 ކަނޑުގެ ސަރަހައްދު ބޮޑުބައެއް އޮންނަ ޤައުމެކެވެ. ރާއްޖޭގައި ހިކިފަސްތަނަށްވުރެ ބޮޑީ ކަނޑުކަމަށްވެފައި ދިވެހިންގެ ލޭނާރުކަމަށް ވާ މަސްވެރިކަމަކީވެސް ކަނޑުގައި ގިނަވަގުތު ހޭދަކޮށްގެން ކުރެވޭކަމެކެވެ. މަސްވެރިކަމުގެ ތަފާތު ވައްތަރުތައް ހުންނައިރު މީގެ ތެރެއިން އެންމެ ނުރައްކާތެރި މަސްވެރިކަމަކީ ފަރުމަހުގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމެވެ. މަސްވެރިކަމާއި ބެހޭގޮތުން އޭރުގެ މަސްވެރިއަކާއި އަދި މިހާރުގެ ' މޮޑަރން' މަސްވެރިއަކާއި "އެން.ޔޫ.އެން" ގެ ފަރާތުން ވާހަކަ ދައްކާލީމެވެ. "އަޅުގަނޑަކީ ނައިފަރު މީހެއް... އަޅުގަނޑުމެން މަހައްދިޔޭމު ރިޔަލު ދޯނީގޭވެސް... ރިޔަލުގޭ މަހަށް ފުރުމަކީ ވޭން ހުރި ކަމެއް... އަނެއްކާ ވޭ ނުޖެހެންޏާ ދެން އެ ދިޔޭ ދުވަސް....  އަނބުރޭ ހޭރިޔާ ކުރަމުން އުޅޭން ޖެހޭ ހާލު... މިހާރު ހާދަ ފަސޭހަ އޭ... އަހަރެމެންގެ ޅަދުވަސް ނަމަ މިހާރު.... ކުރިޔަށް އޮތްތާ މަސްވެރިކަން ކުރާނީ ކޯންޗަކުން ކަމެއްވެސް ބުނާކަށް ނޭނގޭ..." މުހައްމަދު އީސާ ކިޔައިދިނެވެ. ރިޔަލު ދޯނީގައި މަސްވެރިކަން ކުރިއިރު އެންމެ ބިރުވެރި ދުވަހަކަށް ދިމާވީ ކޮން ކަމެއްތޯ ސުވާލުކޮށްލުމުން މުހައްމަދު ބުނީ "ފަރުތޮޅި އެއް އޭސް މަ ގައިން ތަންގަނޑެއް ނެގި ދުވަސް" ކަމުގައެވެ. "އާ... ޗަހެން ބުނީމާ އެބަ ޖެހޭ ޗަވާހަކަ ޗަކޮޔަށް ކިޔޭދޭން... މަ ކިޔާ ގޮތަށް ލިޔާން ހިޔޮ... ރަށުބަހުން ހަމަ ލިޔާން ވާނީ... ޗަކޮއި ފޯނަށްތަ ޗަ ރެކޯރޑްކުރަނީ... އާނ ދެން އަޑު އަހޭ... އަހަރެމެން ތިބީ މިތާ މިޔޮއް ކަނިފުށީ ކޮޅުގޭ.... ފިސާރި މަސްބޭނާ ތަނެއްއޭ... މަސް ވަރަށް ދަހި އަނެއްކާ.... އެއްލީ ގަތީ.... ގަތީ އެއްލީ... އަހަރެމެން ތިބީ ނަގިލިވެސް ލޭގެން.... ހަމަ ފަރުމަސް ބާނަން ތިބީ.... ދެން މަ ކޭރީ ބޮޑު މުޑަހަންޖެއް ގަނެގެން މަ ނުވިސްނޭ އިންދޭ އެޅާ ދިޔޭ މަ ގޮވޭގެން.... މަ ވެއްޓުނީ މޫދަށް... އޭރު ދޯނީ އެހެން ކުއްޖެއް ކޭރީ ރަތްމަހެއް ގަނެގެން އެ ސޮރު އޭތި ދަމަނީ.... އިރުކޮޅަކުން މަށަށް ހީވި މަ ފޫކޮޅާދިމާއިން އެއްޗެއް ހޭކެފޭ ދިޔަހެން....... ބޮލަށް އެންބުރުން އަރާހެން ހީވާތީ ނަނުންވެސް ދޫކޮށްލޭފިން.... ދޯންޏާ 15 ވަރަކަށް ފޫޓްގޭ މަ އޮތީ.... ދެން ވީ އެއް ނުވީއެއް ނޭންގުން.... ހޭވެރިކަމެއް ވީއިރު މައޮތީ ރަށުގޭ ދޮންކަލޭފާނުއް ގޯތީގޭ.... އަސްލު ކާފަރުތޮޅި މި ހެދިވަޑާމަކީ އޭތި މިއޭ ރަތްމަހާ ދިމާއަށް އޭސް މަ ބިސްގަނޑު ހިފޭގެން އެމަޔާއިނު މިދިޔޭ.... އެޅާ އަންނާނީ ދަމޭފޭ ދޫކޮށްލާ ރަބަރެއްހެން ފިސާރި ބާރަށް.... މަ މީ ދުނިޔޭގޭ ހުއްޓަސް ނެތް މީހެއް... އެފަހުން މަށެއް ކޮޅެއް ނުވޭ... އަނެއްކާ މީހަކާ އިނދެގެން މި އުޅެނީވެސް.... ދަރިއަކުވެސް ނުލިބޭނުން ނުވެރެންޏަކާ ދޯ...." މުހައްމަދު އީސާ މުންޑުކޮށިކޮށް ބިސްގަނޑު ދައްކާލަމުން ވަރަށް އަސަރާއެކު ކިޔައިދިނެވެ. ފަރުތޮޅިއަކީ އާންމުކޮށް ޝިކާރަކޮށް އުޅޭ މަހެއް ކަމުން، އޭތީގެ ސްޕީޑް ވަރަށް ހަލުވި މަހެކެވެ. ތޫނު ދަތްތަކެއްވެސް ހުންނަ މި މަހުގެ އާންމު ކާނާއަކީ ރިތްމަހާއި ރެއްސާއި މުށިމަހެވެ. މުށިމަހާއި ރެހީގެ އިތުރުން ދަޅައެއް ހުންނަ ކޮންމެ އެއްޗެއްގައި މި މަސް ޝިކާރަކުރުމުގެ ގޮތުން ހިފާކަމަށްވެއެވެ. "މަވެސް ބުނާނީ ޗަބުނާ ކާފަރުތޮޅިއޭ ވަރަށް ނުލަފާ އުއްލޫއެއް... އެޅާ ހިފާނެ ޖެހުނު ކޮންމެ ތާކު... އަހަރެން ބޭނުމެއް ނުވޭ ނޫހުގޭ ޖަހާކަށް ބޮޑު ވާހަކައެއް ކިޔޭދޭކަށެއް.... އަހަރެމެން އެންދަމާން ތިއްބޭ ދޯނި ކުއްޖަކު ފިންސުވެސް އެޅާދިޔޭ ދެފަޅިއަރުވޭލޭފޭ..." ނަންނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން މީހަކު ބުންޏެވެ. މޫދުގައި މާސްކު އަޅައިގެން ދުވާލު ގަޑީގައި ފިނާ މީހުން ބަރަކޫޑާ ނުވަތަ ފަރުތޮޅިއެއް ފެނިއްޖެ ނަމަ މާސްކް އަޅައިގެން އެއާއި ދިމާއަށް ނުބެލުމަކީ ފަރުތޮޅީގެ ސަބަބުން ލިބިދާނޭ ގެއްލުމަކުން ސަލާމަތް ވުމަށް ކުރެވިދާނޭ ވަރަށް މުހިންމު އަދި ރައްކާތެރިކަން ބޮޑު ކަމެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޗޗތ

Sunday, July 1, 2012

ނައިފަރު ދޯންޏަކުން ހޮވި މާވަހަރު ވަގަށް ނަގަން އުޅެފި

މި ދިޔަ މެއި މަހު ޅ.ނައިފަރު ދޯންޏަކުން ހޮވި މާވަހަރު އެންމެ ފަހުން ދޯނީގެ ކެޔޮޅަށާއި ފަޅުވެރިންނަށް ނުދީ ހަމައެކަނި އޮޑިވެރިޔާއަށް އެކަނި ލިބޭގޮތަށް ހުކުމް ކުރުމަށް ސިވިލް ކޯޓްގެ ގާޒީއަކަށް ރިޝްވަތުދޭން އުޅޭކަމުގެ މައުލޫމާތު  "އެން.ޔޫ.އެން" އަށް މައުލޫމާތު  ލިބިއްޖެއެވެ. މި މާވަހަރަކީ 20 ކިލޯއަށްވުރެ ބަރު މާވަހަރެއް ކަމަށާއި އަދި މާވަހަރުގެ އެންމެ މޮޅު ވައްތަރު ކަމަށްވާ ހުދަންބަރެއްކަމަށާއި މީގެ އަގު ގާތް ގަނޑަކަށް 8 މިލިއަން ރުފިޔާއަށް އަރާނޭކަމަށްވެސް  ދޯނީގެ ފަޅުވެރިއެއް އަދި ދޯނީގެ ކެޔޮޅުގެ ކޮއްކޮ  އިބްރާހިމް ބުންޏެވެ. "އޭނާ (ދޯނީގެ އޮޑިވެރިޔާ) ބޭނުންހޭ އެއްޗެއް ނެހެދޭނެ... ވިސްނޭލެބަލޭ އޭނާގެ ހަޔާތްކުޑަކަން... އޭ އަހަރމެންނަށް ފެނުން އެއްޗެއް... އޭނާގެ ދޯނި މިހާރުވެސް އެއްދުއްވަނީ ބަޔަކު.... ދޯންޏަކު ނީންނަނޭ ލޮލެއް، މާވަހަރު ފެންނާކަށް... އެބަ މާވަހަރު ހޮވޭތަ.... ދޯންޏަކަށް ފެނުން އެއްޗެއް ނޫނޭ އެއީ.... އޭނާ ކޭރީ ނުލާހިކު ރީތިކޮށް އަހަރެމެން ބުނީމު ހިނގާށޭ މަސްބޭ ބަހާގޮތަށް ބަހާން... އެކަމަކު އޭނާ އެކަމާ އެއްބަހެއް ނުވި.... ދެން އޭނާ އުޅެފި ބަޔަކުން ލައްވޭ އޭތި ވަގަށް ނަގުވާންވެސް... ފިނޭންސް މިނިސްޓްރީއަށް އޭތި ގެންދުވޭ ބަހައްޓޭފޭ އެމީހުންނަށް ޗިޕެއް ޖަހޭގެން އެ މާވަހަރު ފޮރުވާން.... އަހަރެމެން އޭނާޔަށްވުރެ އިސްކޮޅުން ކުޑަޔަކަސް އަހަރެމެން މާ ބޯބޮޑުވާނެ.... މިހާރު އޭނާ އެ އުޅެނީ މާވަހަރު އޭނާއަށް އެކަނި ލިބޭގޮތަށް ގާޒީ ލައްވޭ ހުކުން ކުރުވާން... އޭނާ ގާޒީ އަށް ރިޝްވަތުވެސް ނޭނގެ ނުދޭކަމެއް..." އިބްރާހިމް "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ. މާވަހަރު ހޮވިފަހުން ދޯނީގެ އެއްވެސް ފަޅުވެރިޔަކު މަހަކަށް ނުދެއެވެ. އަދި ދޯނީގެ ކެޔޮޅުވެސް ވަނީ  ފާޑަކަށް "މާލޭ ބަންދު" ވެފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑނ

ނައިފަރަށް ނަގޫރޯޅިއެއް އަރައިފި

މިއަދު ހެނދުގެ ވަގުތެއްގައި ނައިފަރަށް ނަގޫރޯޅިއެއް އަރައި ރަށުގެ އެކި ސަރަހައްދުތަކަށް ބޮޑު ގެއްލުމެއް ދީފި ކަމަށް ނައިފަރު ކައުންސިލުން މައުލޫމާތު ދީފިއެވެ. މި ނަގޫރޯޅި އެރީ ނައިފަރު ހުޅަގުފަރާތުން ކަމަށާއި އެހިސާބުގެ ގިނަގެތަކަކަށް ވަނީ މި ކަމުގެ ސަބަބުން ބޮޑެތިގެއްލުމެއް ލިބިފައެވެ. "ނަގޫރޯޅިއެއް މިއަދު އެރި... އެއީ ހެނދުނު 7:45 ހާއިރު.... ވަރަށް ވައިގަދަ އެހެންވެ ގިނަ ބަޔަކު ހީކުރީ އެއީ ވައި ގަދަވެގެން ވީ ކަމެއް ކަމަށް... ވަތަނިއްޔާގެ ފަރާތުން ނައިފަރުގައި ޖަހާފަހުރި އެންޓަނާވެސް ވަނީ ބިމާ ހަމަވެފައި... ނައިފަރުގެ ހުޅަނގު އުތުރު ގެއެއްވެސް ވަނީ ވީ ނުވީތަނެއްވެސް ނޭނގި ގެއްލިފައި.... " ރަށުކައުންސިލްގެ ރައީސް އަހުމަދު ހުސައިން   "އެން.ޔޫ.އެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިކަމުގެ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ނައިފަރު ގެ މީހަކާއި ގުޅާލުމުން ބުނީ " ޗަހެނެއް ނުކިޔޭނެ... ނަގޫރޯޅި ވެސް ނާރާވަރެއް ނޫން އެކުރަނީ އެއް... ރޯޅިއެއް އެރީ އަރާންކަމަކަށްނޫން... ވަތަނިއްޔާ އެންޓަނާވެސް ހީވަނީ މީހަކު ފައްޖަހޭފޭ އެއްލޭލޭފޭ އޮތް ބާ ރަޖާ ގަނޑެއްހެން.... އަނެއްކާ މިރަށު ފޮނުގަނޑުގެ ބަންޑާރަ ގޯއްޗާ އެގޯތީގައިވާ އެންމެހާ އިމާރާތްތަކާ، ވަޅުފަދަ ތަންތަނާ ފޮނުގަނޑުގެ ފިރިހެން ކުއްޖެއް ކަމުގޭވާ އައްޔާ، އަލީ ލާން ގެންގުޅޭ ކައްގަނޑު ފަޅޭގެން ގޮސްފޭ އިން 4 ބޮކުސާއާ، އެސޮރު ނިދާ ބާލީސްވެސް ވަނީ ގެއްލެފޭ... ފަހުން ޕޮލިހުން ހޯދީރު މި ހުރިހޭ އެއްޗެއް ވަނީ ރޯޅިއާއެކު ރަށު އޮފީސްދޮށަށް ގެންގޮސްފޭ... ދެން ވިސްނޭލެ ރޯޅީގެ ބާރުމިން... ސަހާދެއް މިބުނީ މަވެސް އިނީ ފަހާނޭގޭ... އިންދޭ ގެވެސް ހެލެ ގަނެފޭ ބިމުން ކެޓެގެން ގޮސް މަ ބުރީ ތޮނގިވެސް ނައްޓޭލި... ފޮނުގަނޑުއްގޯތި ރޯޅި ގެންގޮސް ޖެހީ އަތޮޅުއޮފީސް ބުޑަށް... ދެން ކިހިނެއް ވާނީ... އަނެއްކާ މުޅި ރަށުތެރޭގޭ އޮތީ މީހުންގެ އަންނައުނާ، ގޮނޑުން ވަޔަށް އަރޭގެން އޭ ބޮޑެތި ގޮނގުރެޓްބެރިތަކާ ޑަބިޔަލާ ގެރިކިރު ހުސްކުރިދަޅުތައް... މިހެންވެސް ބުނެފިއްޔާ ބުނާ މީހަކު ނުލަފާ ވާނީ.... ގޮޑަށް ކުނި އަޅާ މަޔާއިނުންގެ ފަރުވާކުޑަކަމުން ރޯޅިއެއް އެރިޔަސް އަހަރެމެންނަށް މި ބަލާޔާ ޖެހެނީ... ވިސްނޭލެބަލޭ އަހަރެމެންގޯތި ގިފިލިތެރެ ފުރޭންދެން އޮތީ މިރަށު އަންހެން ވެރިން ޖަހޭފޭ އުކޭލި ޕެޑުތަކާ ކުޑަކުދިންގެ ގުއި ނެޕީތައް... އަހަރެން މިހާރު އެމް.އެން.ޑީ.އެފުގޭ ވެސް އެހީއަކަށް އެދެފިން... 30 ހަކަށް ސިފައިން ފޮނުވާށޭ މި ގޯތި ގިފިލި ސާފުކުރާން ވަރަށް އަވަހަށް...." ބޭނުންކަމަށެވެ. ނައިފަރަށް މިދިޔަ މާޗުމަހުވެސް ވަނީ ނަގޫރޯޅި އެއް އަރައި ބޮޑުގެންލުންތަކެއް ދީފައެވެ. އެފަހަރު ނައިފަރުގެ 3 ގެޔެއް ވެއްޓުމުގެ އިތުރުން ނައިފަރުން ފުރައިގެން ވަދު އަޅަން ދިޔަ ދޯންޏެއްވެސް ވަނީ ވީނުވީތަނެއް ނޭނގި ގެއްލިފައެވެ.(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

އޮރިޔާމުން ހުރި ފުރޭތައެއް ކުރަހާފަ ދީފި

އޮޅުވެލިފުށީ ސުކޫލުގެ ދަރިވަރަކު ކައިރީ އޭނާގެ މުދައްރިސް ފުރުޓެއް "މޭވާއެއް" ކުރަހައިގެން ގެންނަން އެންގުމުން ފުރޭތައެއް ކުރަހައި ކުލަ ޖައްސައިގެން ގެނެސްފިކަމަށް ސުކޫލުގެ ލީޑިން ޓީޗަރަކު  "އެން.ޔޫ.އެން" އަށް  މައުލޫމާތު ދީފިއެވެ. މިކަމެއް ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުކަމަށާއި މިކަމާއި ގުޅިގެން ކުއްޖާ ވަނީ "އަންގާލަންދެން ގޭގައި މަޑުކޮށްލުމަށް" ގެއަށް ފޮނުވާލާފައެވެ. ގްރޭޑް 2 ގައި ކިޔަވާ މިކުއްޖާގެ ބެލެނިވެރިޔަކީ ކުރީފަހަރެއްގައި ސުކޫލުގެ މުދައްރިސެއް ފެންވަރަން އޮއްވާ ގިފިލި ބެލި މީހެއް ކަމަށްވެސް   "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިފައިވެއެވެ. "އެއްވެސް ޙާލެއްގައި ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދޭން އުޅޭ ބައެއް ނޫން މި ރަށުމީހުންނަކީ އެއް... އަޅުގަނޑެއް ނުބުނަން ރޯ އޮރިޔާމުން ހުރި ފުރޭތައެއް ކުރަހައިގެން ކުލަ ޖައްސައިގެން ގެންނާކަށް... އަޅުގަނޑުބުނީ މާދަމާ އަންނައިރު ބްރެސަލް ބޯޑަކު ބޮޑުކޮށް މޭވާއެއް 'ފުރުޓެއް' ކުރަހައިގެން ގެންނަން.... އަނެއްކާ މި ކުއްޖާ އަކީ ކިޔެވުމާވެސް އެހާ ދުރުކުއްޖެއް..... ހޯމްވޯރކް ވެސް ނުނިންމާ އަންނަނީ.....މިކަމާއި ގުޅިގެން ކުއްޖާ ވާނީ އަންގާލަންދެން މަޑުކުރުމަށް ގެއަށްވެސް ފޮނުވާލާފައި.... މީ ދެން ފުކެއް ބޮޑުވަރު ކަންނޭނގެ.... ދަރިން ހަދަން އެނގޭ.... ނަސީބެއްނުން ޖޯޑުވަން އެނގޭކަންވެސް ދެއްތޯ..."  ސުކޫލުގެ ލީޑިން ޓީޗަރު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. އޮޅުވެލިފުށީ ސުކޫލަކީ 308 ދަރިވަރުން ކިޔަވަމުންދާ ވަރަށް ފެންވަރު ރަނގަޅު ސުކޫލެކެވެ. މިހާރު މިރަށުގައި ވަނީ މި ސުކޫލުގެ އާ އިމާރާތެއް އެޅުމަށްޓަކައި ކުރީގެ ގަބުރުސްތާނު އޮތްތަންވެސް ގަބުރު ނަގައި ބިން ސާފުކޮށްފައެވެ. މިކަމާއި ގުޅިގެން ދަރިވަރުގެ ބެލެނިވެރިޔާއަށް ގުޅާލުމުން ބުނީ "އަހަރެމެން މީ ކިޔަވައިގެން ތިބި ބަޔެއް ނޫން... ފުރުޓާ ފުރޭތަޔާ ކިޔާ ގޮތް ކިހާ އެއްވައްތަރު.... މަ އެސޮރު ނުނިދަން އުޅޭ އިރުން 'ފުރޭތަ' އުޅޭ ބިރުވެރި ވާހަކަ ވެސް ކިޔައި ދެން.... މަ ހީކުރީ މުދައްރިސް  އެބުނުއްވީ ފުރޭތައެއް ކުރަހާށޭ ކަމަށް... ފުރޭތަ އަކީ ކާފަރު ޖިންނި އެއް.... ކާފަރު ޖިންނި ތިބޭނީ ރޯ އަމަށުން... އެހެންވެ އޮރިޔާމުން ހުރި ފުރޭތައެއް ކުރަހާފަ ދިނީ.... މި ނުވާނެ ދޯ ބަރަހަނާ މަންޒަރު ކުޑަ ކުދިންނަށް ދެއްކީ ކަމަކަށް.... އަހަރެމެންނަށް އެނގޭނީ މަޑި ހިފަން.... ދެން އަނބިމީހާއާއެކު 'ޒިނޭ' ކުރަން.... ދަރިންނަށް ކިޔަވައިދިނަސް ވަޒީފާއެއްވެސް ލިބޭނީ އަކީ ނޫން...." ކަމަށެވެ. މިކަމާއި ގުޅިގެން މި ދަރިވަރުގެ ބައްޕަ ވަނީ ޕޮލިހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރުމަށްފަހު ގޭބަންދަށް ދޫކޮށްލާފައެވެ.  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ގޏޤ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްޥާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

Saturday, June 30, 2012

އަލަތު ކާވެނީގެ ފުރަތަމަ ރޭ މަރުވި އަންހެން ކުއްޖެއް


އަލަތު ކާވެނީގެ ފުރަތަމަ ރޭ މަރުވި އަންހެން ކުއްޖެއް
 
އުމުރުން ދުވަސްވީ ފިރިހެނުން، ޅަ އަންހެން ކުދިންނާ އިނުމަކީ، ބައެއް އިސްލާމީ ގައުމުތަކުގައި އަދިވެސް ދެމިއޮތް އާދައެކެވެ. އެފަދަ އެއް ގައުމަކީ، ޔަމަނުކަރަ އެވެ. އެގައުމުގެ ބައެއް ރަށްތަކާއި އަވަށްތަކުގައި މިހާރުވެސް ޅައަންހެން ކުދިންނާ ކާވެނިކުރެ އެވެ. މިއީ، ދާދިފަހުން ކުރި އެފަދަ ކާވެންޏެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގެ ވާހަކަ އެވެ.
ޢުމުރުން 24 (ސައުވީސް) އަހަރުގެ ޢިމާދާއި، އުމުރުން 13 (ތޭރަ) އަހަރުގެ އިލްހާމުގެ ކާވެނިކުރެވުނީ، ތަބާދުލު ކާވެންޏެއްގެ ގޮތުގަ އެވެ. މީގެ މާނައަކީ، ޢިމާދު އަންހެން ކޮއްކޮ، އިލްހާމުގެ ބޭބެ ޢަބްދު ﷲ އާ ކާވެނިކޮށްދޭ މަތިންނެވެ. ނަމަވެސް ޢިމާދާއި އިލްހާމުގެ ކާވެނި ވެގެން ދިޔައީ، ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
އަލަތު ކާވެނީގެ ރޭކުރުން ނިމި، ޖެހިގެން އައި ދުވަހުގެ ހެދުނު އިރުއެރިއިރު، އިލްހާމުވަނީ، ލެއެއް، ފުރާނައެއް ނެތް މައްޔިތަކަށް ވެފަ އެވެ! ޑަކުޓަރުން އިލްހާމުގެ ހަށިގަނޑު ބެލުމަށްފަހު ނެރުނު ރިޕޯޓްގައި އޭނާގެ މަރުގެ ސަބަބު ލިޔެފައިވެ އެވެ. "އަލަތު ކާވެނީގެ އެއްދާންކުރުމުގެ ތެރޭގައި އޭނާގެ ނިވާމަގުގެ އެތެރެ ވަނީ، މާބޮޑަށް އިރައިރައިގެން ގޮސްފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ލޭފައިބައި، ލޭހުސްވެގެން މަރުވީ އެވެ!"
މިކަމާ ގުޅިގެން، އިލްހާމުގެ ފިރިމީހާ ޢިމާދު ބުނީ، އެރޭ އިލްހާމާއެކު އެއްދާން ނުކުރެވުނު ކަމަށެވެ! އިލްހާމަކީ ބަލި ކުއްޖެއް ކަމަށްވެފައި، އަދި އޭނާ އެއްދާންކުރަން ބިރުގަންނާތީ އެކަން ނުކުރެވުނީ ކަމަށެވެ!
މިކަމާ ގުޅިގެން، އިލްހާމުގެ ބޭބެ ޢަބްދު ﷲ ބުނީ، އިލްހާމުގެ މަރުވެފައިވާ ހަށިގަނޑު އޭނާގެ އާއިލާއިން ބޭނުންނުވާ ކަމަށެވެ. އެކަމަކު އެ އާއިލާއިން ބޭނުންވަނީ މަރަށް މަރުހިފަން ކަމަށެވެ. އޭނާގެ ނަޒަރުގައި އިލްހާމުގެ ގާތިލަކީ، ޢިމާދެވެ. އެހެންވީމާ، ޢިމާދުގެ ކިބައިން ޤިޞާޞް ހިފައި، އޭނާ މަރަންޖެހޭނެ އެވެ!
މި ހާދިސާ ވެގެން ދިޔައީ، ޅައަންހެން ކުދިންނާ ކާވެނިކުރުމުގެ މައްސަލަ އަނެއްކާވެސް ޔަމަނުކަރައިގައި ފެންމަތިކުރުވި ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. މި ހާދިސާއާ ވިދިގެން، ޅައަންހެން ކުދިންނާ ކާވެނިކުރުން މަނާކުރުމަށް އެދި، އެތައް ބަޔަކު މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ. އެ މުޒާހަރާތަކުގައި ގޮވާލާފައިވަނީ، އަންހެން ކުދިންނަށް ކާވެނިކުރުން ހުއްދަވާނެ ޤާނޫނީ އުމުރެއް ކަނޑައަޅައިދިނުމަށެވެ
.


ށ. ފޭދޫގައި 15 އަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވިހެއި ދަރިފުޅު "މަރާލި" ކަމުގެ ތުހުމަތުގައި އެ އަންހެން ކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުން މިހާރު ތިބީ ފުނަދޫގައި ހުންނަ ށ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ފޭދޫ ކައުންސިލުން ބުނީ ދުވަސް ފުރައި އަންހެން ދަރިއަކު ވިހެއި 15 އަހަރުގެ ކުއްޖާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ. އެކަމަކު އޭނާ ވިހާފައި ވަނީ ގޭގަ އެވެ.
ތުއްތު ކުއްޖާ ފުލުހުން ހޯދީ އިރުއޮއްސި 30: 6 ހާއިރު އެ ގޭގެ ގިފިލި ތެރޭގައި ވަޅުލާފައި އޮއްވަ އެވެ.
ފޭދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މަންމަ އާއި ދޮން ބައްޕަ އަށް ފުރަތަމަ ނުވިއްސިގެން އެމްބިއުލެންސްގެ ނަމްބަރު ހޯދަން އެ އާއިލާގެ އަންހެނަކަށް ގުޅުމުން އޭނާ އެ ގެއަށް ދިޔަ ކަމަށެވެ. އެ ކުއްޖާ ވިއްސަން އުޅޭކަމުގެ އަޑު ރަށު ތެރެއަށް ފެތުރުނީ އެ އަންހެން މީހާގެ ސަބަބުން ކަމަށާއި ކައުންސިލްގެ އިދާރާ އަށް އެންގީ އާއިލާ އިން ކަމަށް ވެސް ކައުންސިލަރެއް ކަމަށްވާ ހުސެން ސޯލިހު ވިދާޅުވި އެވެ.
ކައުންސިލުން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމަށް ފަހު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައެއް އާންމުން އެ ގޭ ދޮށަށް ދިއުމުން ދޮންބައްޕަ އާއި އަންހެން ކުއްޖާގެ މަންމަ އެގެއަށް އެއްވެސް މީހަކު ނުވެއްދި ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
"އޭރު ވެސް އަންހެން ކުއްޖާ ކުކުރާ އަޑު ވެސް ބައެއް މީހުންނަށް އިވޭ. އޭނަ [ވިއްސުވަން އުޅެނިކޮށް އެ ގެއަށް އަންހެން މީހާ] ދިޔައިރު ކުއްޖާގެ ބޯ ފެންނަން އޮތް ކަމަށް ވަނީ. އޭނާ ކައިރީގައި ބުނި ކަމަށް ވަނީ އެއީ ކަމެއް ނޫނޭ، [އަންހެން ކުއްޖާ] ބޭރަށް ހިންގާތީއޭ އުޅެނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެންމެންނަށް ވެސް އެނގޭ އަންހެން ކުއްޖާ ވިއްސުވަންކަން އުޅެނީ، އެހެންވެ ގޭގެ ވަށައިގެން ތިބީ. އޭގެ އިރުކޮޅެއް ފަހުން ކުޑަކުއްޖަކު ރުއި އަޑު ވެސް ބައެއް މީހުންނަށް އިވުނު ކަމަށްވޭ."
ކައުންސިލުން ފުލުހުންނަށް އަންގައިގެން ފުލުހުން އެ ގެއަށް ދިޔައިރު ވިހެއި ކަމުގެ ނިޝާނެއް ވެސް އެ ގެއިން ފެންނާކަށް ނެތެވެ. ލޭތައް ވެސް ސާފުކޮށް، މަސް ވެސް ފޮރުވާފައިވާއިރު، އަންހެން ކުއްޖާ ވެސް ރަނގަޅަށް ވާހަކަ ދައްކާ ހަދާ ކަމަށްވެ އެވެ. އެ ގޭގައި ވިއްސިކަމަށް ދޮން ބައްޕަ އާއި މަންމަ އެއްބަސްނުވުމުން، ފުލުހުން ހޯދި ހޯދުމުން އެ ކުއްޖާ ވަޅުލާފައި އޮތް ތަން ފެނުނީ ގިނަ ތަންތަން ބަލައި ފާސްކޮށް، އަދި ބައެއް ތަންތަން ކޮނުނު ފަހުން ކަމަށް ވާހަކަ ދެއްކި އެ ރަށުގެ މީހަކު ބުންޏެވެ.
"އެއްވެސް އެއްޗަކަށް ނުލައި ވަޅުގަނޑެއް ކޮނެފައި ވަރަށް ތިލަކޮށް ވަޅުލާފައި އޮތީ ވެސް. އެ ކުއްޖާގެ ބަރުދަން ބަލައި ނުހެދި ނަމަވެސް ތިން ކިލޯވަރު ހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކުރޭ،" އެ ރަށު ސިއްހީ ދާއިރާގައި އުޅޭ މީހަކު ބުންޏެވެ.
ދޮން ބައްޕަގެ މައްޗަށް ތުއްތު ކުއްޖާ މަރާލުމުގެ ތުހުމަތުކޮށް، ރަށު ތެރޭގައި އޭނާއާ މެދު ރުޅިވެރިކަން އުފެދި، އެ ގޭދޮށަށް އެއްވެފައި ތިބި މީހުންނާއި ރަޔަޓް ގިއަރުގައި ތިބި ފުލުހުންނާ މެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ވެސް ރޭ ހިނގި އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނައުޝާދު ހިމެނެ އެވެ. އެކަމަކު މިއަދު މެންދުރެއްހާއިރު އޭނާ ދޫކޮށްލާފައިވާ ކަމަށްވެ އެވެ.
ފޭދޫގެ ބައެއް މީހުން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ޓާމްގެ ތެރޭގައި އެ ކުއްޖާ ސްކޫލަށް ދިއުން ހުއްޓާލާފައި ވަނީ ނަހަލާލަށް ބަލިވެ އިނުމާ ގުޅިގެންނެވެ. އެ ކުއްޖާ ބަލިވެ އިން މައްސަލަ ރަށުގެ އެކި މީހުންނާއި ކައުންސިލުން ވެސް ފުލުހުންނާއި ޖެންޑާ އަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިދިޔަ އަހަރު ކައުންސިލް އުފެދުމުގެ ކުރިން ވެސް، އެ ކުއްޖާއާ ބައެއް މީހުން ޖިންސީގޯނާކުރާ ކަމަށް އޭރުގެ ރަށު އޮފީހުން ޕޮލިހަށް ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހުރި ކަމަށް ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
"އެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ކައުންސިލުން ޖެންޑާ އާއި ޕޮލިހުންނަށް ހުށަހަޅައި އެ މައްސަލަ ބަލަމުން ދަނިކޮށް ވިހެއީ،" ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
އެ އަންހެން ކުއްޖާ ވިހާފައި ވަނީ ދޮން ބައްޕަ އަށް ކަމަށް ވެސް ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ. އޭގެ ސަބަބުތަކެއް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ދެއްކި އެވެ.
"ބަލިވެ އިނދެ ވިހެއުމުގެ ކުރިން ވެސް އެ އަންހެން ކުއްޖާއާ ދޮން ބައްޕަ ބެހޭ މައްސަލަ ޕޮލިހާއި ޖެންޑާ އަށް ވެސް މި ރަށުގެ މީހުން ހަ ފަހަރަށް ހުށަހެޅި. އެ މައްސަލަ ޖެންޑާ އިން އަދި ފުލުހުން ވެސް ބެލި. އެ ނޫނަސް ދޮން ބައްޕަ އޭނާއާ ގުޅުން ހިންގާކަން މި ރަށުގެ ގިނަ ބައަކަށް އެނގޭ، އެކަހަލަ މަންޒަރުތަކެއް ވެސް ފެނިފައި ހުރީ،" އެ ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
ދޮން ބައްޕަގެ އިތުރުން ވެސް ދޮން ބައްޕަގެ ރައްޓެހިންގެ ގޮތުގައި އެ ގެއަށް އަންނަ މީހުންގެ ޝިކާރައަކަށް އެ ކުއްޖާ ވެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ. އެ ގޭގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އުޅުނު ކުޅުދުއްފުށީ މީހަކު ވެސް އެ އަންހެން ކުއްޖާ އަށް ޖިންސީގޯނާކުރާކަން ރަށުގެ ބައެއް މީހުންނަށް ފަޅާއަރައިގެން މަގުމަތީގައި އޭނާއާ އެ ރަށުގެ ބަޔަކު ވަނީ މާރާމާރީ ވެސް ހިންގައިފަ އެވެ.
އެ ކުއްޖާ ބަނޑުބޮޑުވުމުގެ ކުރިން ވެސް އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ވެފައިވާ މައްސަލަ ޖެންޑާ އިން ބަލައި އެ ކުއްޖާ އެ މާހައުލުން އެކަހެރި ކޮށްފައި ނުވާތީ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ކައުންސިލުން ބުނީ އެ ގެއަކީ އެ ކުއްޖާ އަށް ރައްކާތެރި މާހައުލަކަށް ނުވުމުން އެހެން ތަނަކަށް ކުއްޖާ ބަދަލުކުރުމަކީ ޖެންޑާ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އަދި ކުއްޖާގެ އާއިލާގެ އިތުރުން ޖެންޑާ އަދި ފުލުހުން ވެސް އެކަމުގައި އިހުމާލުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

Friday, June 29, 2012

ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ހިކަނދިފަތުގެ އިތުރުން ބަކައްޓެއްވެސް ވަގަށް ގެންގޮސްފި

ރޭގެ ދަންވަރުގެ ވަގުތެއްގައި ޅ. ކުރެންދޫއަށް ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ކަމަށް ޝައްކުކުރެވޭ ބަޔަކު އަރާ ރަށުގެ ތަންތަނާއި ފިހާރަތައް ފަޅާ ރަށުން ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ގެންގޮސްފިއެވެ. ކުރެންދުއަކީ ފާދިއްޕޮޅުގެ އެންމެ އިރުމަށްޗަށް އޮންނަ ރަށަށްވެފައި ރަށުގެ މީހުން ނިދައި އުޅޭވަގުތު އަވަސްވުމުން ވައްކަންކުރަން ފަސޭހަ ރަށެކެވެ. މިކަމާއި ގުޅިގެން އެރަށުގެ ޑީ.އާރް.ޕީގެ މީހަކަށް ގުޅާލުމުން ބުނީ މިވަގުތު މިހުރީ ރަށުގައި ނޫން ކަމަށާއި ފަހުން ގުޅާލުމުން ސާފު ޖަވާބެއް ދެވިދާނެކަމަށެވެ. ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގިނައަދަދެއްގެ ސާމާނު ފިހާރަތަކުން ވަގަށް ގެންގޮސްފައިވާނޭ ކަމަށެވެ. "އަޅުގަނޑު ވަރަށް ހައިރާންވޭ މިރަށަށް ސޯމާލިޔާ މީހުން އެރީމަ... އެމީހުންނަކީ ހަތިޔާރުވެސް ގެންގުޅޭބައެއް... އަނެއްކާ މިމީހުން އެރި ގަޑިއެއް އެރި ދިމާއެއްވެސް ނޭނގޭ... ރަށުގެ ދެފިހާރަވެސް ވަނީ ފަޅާލާފަ... މުޅިންވެސް ނަގާފައިމިވަނީ ކާން ބޭނުން ކުރާ ތަކެތި... ފިހާރަތެރޭގައި ގަނޑެއްގައި ލިޔެފަ އޮތް އިނގިރޭސި ބަހުން
“WE ARE SOMALIANS LET ME LEAVE TO STEAL”
 މިހެންވެސް .... މީގެ އިތުރުން ދެކުނު ފަރާތު އަތިރިމަތީގައި ހުރި ބަކަރި ކޮށިތަކުން 10 ބަކަރިވެސް ވަނީ ވަގަށް ގެންގޮސްފައި.... އަދި މިރަށު ފަޅުގެޔަކުން ހިކަނދިފަތް ގަސްތަކަކާއި ރާނބާފަތުގެ އިތުރުން ގިނަ އަދަދަކަށް ގިތެޔޮ މިރުހާއި ފަޅޯވެސް ވަނީ ގެންގޮސްފައި... މިކަން މިހާރުވާނީ ޅ.އަތޮޅު ޕޮލިސް ސްޓޭޝަނަށްވެސް އަންގާފައި" ކަމަށެވެ. ކުރެންދޫ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ އާބާދީ މަދު ރަށެކެވެ. މިރަށުގެ ބަނދަރުން މީގެ ކުރިންވަނީ ކިނބުލެއްވެސް ފެނިފައެވެ. "އަޅުގަނޑެއް ނުބުނާނަށް ތި އީ ސޯމާލިޔާ ބަޔަކުން ކުރި ވައްކަމެކޭ... ސޯމާލިޔާ ގެ ކަނޑުފޭރޭ މީހުންނަކަށް ނޭނގޭނެ ލިޔަން ކިޔަންވެސް... މަވެސް ވައްކަން ކޮށްފަ ލިޔަން ވީ ދޯ މަ މީ ސޯމާލިޔާ މީހެކޭ.... އަނެއްކާ ސޯމާލިޔާ މީހުން ނުގެންދާނެ ހިކަނދިފަތާ ބަކައްޓަކާވެސް.... އެމީހުން ބޭނުން ވާނީ ޑޮލަރާއި އަގުބޮޑެތިމުދާ... އަނެއްކާ ހަމަ ނުޖެހޭ ވާހަކައެއް އެއީ މިރަށަށް އަރަން އެމީހުން އައި ގޮތް.... ރޭގަ ނުލާހިކު ބޯކޮށް ވާރޭ ވެހުން.... 12 ޖެހީއްސުރެ 4 ޖަހަންދެކަށް ބޯކޮށް ވާރޭ ވެހުން... ދަނޑިވަޅު ބަލާފަ، ވަރަށް ރާވައިގެން ކޮށްފަ އޮތް ޕަރފެކްޓް ކްރައިމެއް ތިއީ...." ރަށުން ވާހަކަ ދެއްކި މީހަކު  "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ. މިމައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުޤީޤު ކުރަމުންނެވެ. ެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝމނ
­­­­­­­­­­