Thursday, June 21, 2012

..އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކޮށްލި ޢާމިރު ޝަކީލުގެ ކުށެއް ނެތްކަމަށް ބުނެ ދޫކޮށްލާފި. 07


  ..އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކޮށްލި ޢާމިރު ޝަކީލުގެ ކުށެއް ނެތްކަމަށް ބުނެ ދޫކޮށްލާފި. 07
 
ހިންނަވަރު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 01 ގައި ކިޔަވަމުން ގެންދިޔަ 07 އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕް އަރުވާލި ހިންނަވަރު ކައުންސިލް އިދާރާގެ ޢާމިރު ޝަކީލު އެ މައްސަލާގައި 02 ހަފްތާ ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ޅ، ނައިފަރުގައި ގެންގުޅުމަށްފަހު އޭނާގެ އެއްވެސް ކުށެއްނެތް ކަމަށްބުނެ މިދިޔަ ބްރާސްފަތި ދުވަހުވަނީ ދޫކޮށްލާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި  މި މައްސަލަ ބަލާ ނިންމާލި އިރު އެންމެ ފަހުން ކުށްވެރި ވެފައިވާ ކަމަށްވަނީ އެކުއްޖާއާއި އެކުއްޖާގެ މައިން ބަފައިންނެވެ.
މި ޢަމަލު ހިންގި ޢާމިރު ޝަކީލަކީ އަބަދުވެސް ކުޑަކުދިން ފަޅާ، މީހުންގެ އަނބިންގެ ގަޔަށް އަރަމުންދުވާ މީހެއްކަމަށް ވެއެވެ. ކިތަންމެ މުޑުދާރުކޮށް ހުންނަ އަންހެނަކަށް ވިޔަސް،  ބުއްދި ސަލާމަތުން ނުހުންނަ އަންހެނަކަށްވިޔަސް އަތުޖެހިއްޖެނަމަ ވަކަރަށް ޖަހާނުލާ ދޫނުކޮށްލާ ކަމަށްވެއެވެ.
ސިވިލް ސާރވިސްގެ މަޤާމެއް ހިންނަވަރު ކައުންސިލް އިދާރާގައި ފުރަމުން ގެންދާ ޢާމިރު ޝަކީލުގެ ކާފަރު ކަމުންނާއި ގޮތްކުޑަކަމުން ރަށު ކައުންސިލް އިދާރާގައި އެއްވެސް އަންހެނަކަށް ނޫޅެވޭ ކަމަށްވެއެވެ. އެމީހުންގެ ގަޔަށް އަތްފޯރުވުމަށް، ރަސްމީގަޑީގައި  އެތަނަށް އެކިއެކި ބޭނުން ތަކުގައިދާ މީހުން ބުނެފައިވެއެވެ. މީހުންނާ ދިމާލަށް އަވަގުރާނަ ގޮވަމުން ތަންތަނުގަ ދުވުމަކީ މި ދަލު ހަޔާތްކުޑަ މީހާގެ ކަށީގަ ހިފާފަ ހުރިކަމެއް ކަމަށްވެއެވެ.
 ގަންޖާބޯ ޕާރޓީގެ ( އެމްޑީޕީ ) މާ ވަރުގަދަ އެކްޓިވިސްޓެއްކަމަށް ހެދިގެން މިމީހުން ރަށުތެރޭގަ އަނގަ އަރުވަމުން ދުވާ އިރު އިދިކޮޅު ފަރާތްތަކުން ހަބޭހަށް، މީނާއާއި ދިމާލަން ބަވާހަދާކަމަށް ވެއެވެ. ނަމަވެސް މީނާއަކީ ލަދުހަޔާތެއް ނުހުންނަ މީހެއްކަމުން މިކަމުން މީނާއަށްކުރާ މާ ބޮޑު އަސަރު ތަކެއް ނޯންނަ ކަމަށްވެއެވެ. ކުޑަކުދިން ފަޅާ ޑޮކްޓަރޭ މީހުންތައް މީނައާ ދިމާލަށް ގޮވީމަވެސް ބޮޑުމޮޔަ އެއްހެން ހީލާފަ ގިނަ ފަހަރަށް ދާކަމަށް ވެއެވެ.
 ސިވިލް ސާރވިސްގެ މަޤާމުތަކުގައި މިފަދަ ގޮތްކުޑަ މީހުން ބައިތިއްބާތީ ލަދުން ބޯހަލާކުވާ ވަރުވެއެވެ. ގަންޖާބޯ ސަރުކާރުގެ އެދުމުގެ މަތިން ސިވިލް ސާރވިސްގެ ފަރާތުން ޤަވާޢިދާ ޚިލާފަށް ހިންނަވަރު ކައުންސިލް އިދާރާގައި ޒިންމާދާރު ވެރިޔަކު ބަހައްޓާފަ ހުއްޓެއްކަމަކު މިދަންނަވާ ޒިންމާދާރުވެރިޔާ ޢާމިރު ޝަކީލު މިފަދަ ނުބައި ނުލަފާ ކަންތައްތައް ކުރަމުން ގެންދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވެއެވެ.
އެރަށުގެ މީހަކު ކިޔާދިން ގޮތުގައި  ޒިންމާދާރު ވެރިޔަކު ހާލަތު ޢާމިރު ޝަކީލަށްވުރެ މާ ބޮޑު ކަމަށް ވެއެވެ. ހިންނަވަރު ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިއެއްގެގޮތުން ގަންޖާބޯ ސަރުކާރުގެ އެންގުމުގެމަތިން ހަމަޖައްސާފައިވާ ހުރި މީހަކީ ގަންޖާބޯ ސަރުކާރުގައި ހަދައިގެންއުޅުނު ރިޔާސީ ކޮމިޝަނުގެ ވެރިއަކަށްއުޅުނު ހިންނަވަރު ހަސީނުގެ ބޮޑު ބޭބެ ކަމަށްވެއެވެ. މީނައަކީވެސް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ޚަބަރުލިބެއެވެ. އެމްޑީޕީގެ ފަރާތުން ހިންނަވަރުގައި ބާއްވާ ކޮންމެ މުޒާހަރާއެއްގަވެސް މީނާގެ އަންހެނުން ޅ، ހިންނަވަރު ތަޢުލީމީ މަރުކަޒުގެ ޓީރަކަށްއުޅޭ  ކަނދޮޅުދޫ ( ދުވާފަރު ) ބޮޑު އައިސްތު ކުދިންކޮޅު ގޮވައިގެން އެމްޑީޕީ ދިދަ ހިފައިގެން ނިކުންނަ ކަމަށްވެއެވެ.
ހިންނަވަރު ކައުންސިލް އިދާރާގައި ގިނައިންތިބީ ގަންޖާބޯ ޕާރޓީގެ ގަންޖާބޯ ކައުންސިލަރުން ކަމަށްވެފައި އަދި، ކައުންސިލް އިދާރާގެ  ޒިންމާދާރު ވެރިޔާއަކީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމުން ޒިންމާދާރު ވެރިޔާއަކަށް، އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ސިވިލް ސާރވިސް މުވައްޒަފަކު ކޮންމެގޮތަކަށް އުޅުނަސް އެ ކަމެއް އިސްލާހު ކުރުމަށް އެއްވެސް ވަރެއްގެ ފިޔަވަޅު އަޅަން ނުކެރޭ ކަމަށްވެއެވެ. އަދި، އެތަނުގައި މަސައްކަތްކުރާ ސިވިލް ސާރވިސްގެ މުވައްޒަފުންނަށް އަމުރު މައުރޫފް ހިންގަމުން ގެންދަނީވެސް އެތަނުގެ ކައުންސިލްގެ ރައީސް ކަމަށް ހަބަރު ލިބެއެވެ.
މިފަދަ ގޮތްކުޑަ މީހުން ސިވިލް ސާރވިސްގެ ވަޒީފާގަ ތިބެގެން ކުޑަކުދިން ރޭޕްކުރުމާއި، މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގަމުން ގެންދާތީ އެކަމުގެ ސަބަބުން ސިވިލް ސާރވިސް ގަ މަސައްކަތްކުރާ އެހެން މުވައްޒަފުންނަށާއި، އަދި، މިނިވަން ކަމަށްބުނާ މުވައްސަސާއަކަށް ލިބެމުން އެދަނީ ވަރަށްބޮޑު ހުތުރުކަމެކެވެ. ވީމާ، ކުޑަކުދިން ފަޅާ މީހުންނާއި، އެއްޖިންސުން ގުޅުންހިންގާ މީހުންނާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކުކުރެވޭ މީހުން ވަގުތުން ސިވިލް ސާރވިސް އިން ވަކިކުރުމަށް ސިވިލް ސާވިސްގެ ރައީސްއަށް ގޮވާލަމެވެ.

Wednesday, June 20, 2012

ހެލްތްވޯކަރ ވަންގަޑީގަ ގެރިކިރު ދަޅެއްގަ މަތިޖަހާފަ ނެތުމުން ސާފުތާހިރުކަމުގެ ސެޓްފިކެޓް ނުދީ ހިފަހައްޓާފައި....


ހެލްތްވޯކަރ ވަންގަޑީގަ ގެރިކިރު ދަޅެއްގަ މަތިޖަހާފަ ނެތުމުން ސާފުތާހިރުކަމުގެ ސެޓްފިކެޓް ނުދީ ހިފަހައްޓާފައި....
 
ހިންނަވަރުގައި ޑީއާރުޕީއަށް ތާޢީދުކުރާ މީހަކު ހިންގަމުންގެންދާ ހޮޓަލެއްކަމުގަވާ މަކާންހޮޓާ ޗެކްކުރަން ދިޔައިރު އެތަނުގެ ބަދިގެ ތެރޭގައި ބޭނުން ކުރަމުންގެންދާ  ގެރިކިރު ދަޅެއްގެ މަތި ނުޖަހާހުރުމުން މިހޮޓަލަށް ސާފުތާހިރުކަމުގެ ސެޓްފިކެޓް ނުދީ އެރަށު ކައުންސިލް އިދާރާގައި މަސައްކަތްކުރާ އެސިސްޓެންޓް ކޮމިޔުނިޓީ ހެލްތް އޮފިޝަރ ޢަބްދުﷲ އަހުދީ އީސާ ( ޢާއްމު ކޮށްކިޔާ ނަމުންނަމަ ޕޫބެއަރ ނުވަތަ ކިރުދަޅު ) ހިފަހައްޓައިގެން އުޅޭތާ މިހާރު ތިންމަހައްވުރެ ގިނަ ދުވަސްވެއްޖެކަމަށް ވެއެވެ.
މިދަންނަވާ ހެލްތް ވޯކަރަކީ އިސްކޮޅުން ފުދޭވަރަކަށް ކުރު ވަރަށްފަލަ އަންހެންދުޅާ ވައްތަރަށް ބުރުސޫރަހުންނަ އޭސީޑީސީ ސޮރެއްކަމަށާއި މިސޮރަކީ ބޮޑާކަމާ ކިބުރުވެރިކަމާހުރެ ދެފާ ފޭނުކުރެވިގެންއުޅޭ ސޮރެއްކަމަށް މަޢުލޫމާތު ލިބިފާ ވެއެވެ. ބޮޑާކަމާ ކިބުރުވެރިކަން ހައްދުފަހަނަ އަޅާފައިވާ މި ސޮރަކީ ގަންޖާބޯ ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ނައިބަކަށް އުޅުނު ރޯނު އެދުރު ހިންނަވަރު މުހައްމަދު މާހިރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައުލަތު މާހިރުގެ ދަރިއެއް ކަމަށާއި، ތިމާ އަދާކުރާ ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާނުކޮށް ހިންނަވަރުގައި އުޅޭ އެމްޑީޕީގެ އެންމެ ހަޔާތްކުޑަ އެކްޓިވިސްޓުންގެ ފަހަތުގައި ރެއާދުވާލު ފީކުކުޅެއް ހެން އުޅޭ ކުޑަކޮށް ބޯގޯސް ސޮރެއްކަމަށް ހަބަރު ލިބެއެވެ.
ހަބަރު ލިބިފައިވާ ގޮތުގައި މިކަލޭގެ ވަރަށްފަހުން ވަރަށް ހެއްވާ ކަމެއްވެސް ކޮށްފިކަމަށް ވެއެވެ. އެއީ، ހިންނަވަރު ޞިއްޙީ މަރުކަޒު ލެބޯޓްރީގައިހުރި އެއަރ ކޯން ހަލާކުވުމުން އެ ހަދަން މަސައްކަތްކޮށް އެއްގޮތަކައްވެސް ހެދޭގޮތްނުވުމުން އެތަނުގައި ބޭނުން ކުރަމުން ގެންދާ އަގުބޮޑެތި މެސިންތައް ހަލާކު ވެދާނެތީއާއި، މިކަލޭގެ ޞިއްހީ މަރުކަޒުގައި ބައިންދާފަ އިންނަ ތަނުގައި ( ހިންނަވަރު ޞިއްޙީ މަރުކަޒުގައި ކުދިންކިރުގެ މަސައްކަތްކުރާ ކޮޓަރި ) ހުރި އެއަރކޯން ގެނަސް ލެބޯޓްރީގައި ވަގުތީގޮތުން އެޅުވުމުން ޖެހިގެން އައި ދުވަހު އެއަރ ކޯންނެތުމުން އެތަނަށް ދައްކަންގޮސްތިބި ބަލިމީހުންނާއި މުވައްޒަފުންގެ ކުރިމަތީގައި ހިންނަވަރު ހެލްތް ސެންޓަރ އޮފީހުގައި އިންނެވި ޝެކްރެޓަރީއާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ދަންދެން ދުލަށްއައިހާ އެއްޗެއްގޮވާ ހަޅޭއްލެވުމަށްފަހު މިކަލޭގެ އިންބައިގެ ތަޅުދަނޑި 17 މެއި 2012 ވީ ބްރާސްފަތި ދުވަހު ޝެކްރެޓަރީގެ ބޮލަށް ޖެހުމަށްފަހު އަސްދޫންޏެއްހެން ބުޑުން 88 އަޅުވަމުން ރަނޑު އަންހެނަކުހެން ވަޑައިގަތީ ހިންނަވަރު ކައުންސިލްގެ އިދާރާގައި އެމްޑީޕީން ހޮވާފަތިބި ކައުންސިލަރުންގެ ގާތުގައި މިޝަކުވާކުރަން ކަމަށް ވެއެވެ.
މިކަލޭގެ އެ އިދާރާއަށްގޮސްެ މާގިނަ އިރުތަކެއްނުވެ ހިންނަވަރު ހެލްތް ސެންޓަރ ހިންގުމާ ހަވާލު ވެހުރި ސީނިއަރ ކޮމިޔުނިޓީ ހެލްތް އޮފިޝަރ މުހައްމަދު އިބްރާހީމް، އެންމެން ދަންނަ ނަމުންނަމަ ހިންނަވަރު ރަބީޢު އާއި ބައްދަލުކުރަން ބޭނުންވެގެން އަސްދޫނި ފަހަތުލައިގެން ދެކައުންސިރަކު އައިސް ތިބިކަމަށް ޝެކްރެޓަރީ ރަބީޢުއަށް ދެންނެވުމުން އައިސްތިބި ކައުންސިލަރުންނަށް އެކަން ހިނގާދިޔަގޮތް ސާފުކޮށްދިންކަމަށް ވެއެވެ. ނަމަވެސް ބައްދަލުކުރައްވަން ވަޑައިގެން ތިއްބެވި ކައުންސިލަރުން ބައްދަލުވުމަށްފަހު އެނބުރި ވަޑައިގަތީ މޫނު ކުނި ކުރައްވާތިބެ ކަމަށްވެއެވެ. މިއީ، އަބަދުވެސް އެމްޑީޕީ ގެ ކައުންސިލަރުން ތިބޭ ސިފަކަން މަށަށްވެސް އެނގެއެވެ. ހަމަ ޔަޤީނުންވެސް އެނގޭ އެއްޗަކީ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަމެވެ. ނަމަވެސް ރަބީޢުއަކީ ޞިއްޙީ ދާއިރާގައި އެންމެގިނަ ދުވަސްވީ އެއް ހެލްތް ވޯކަރުގެ އިތުރުން އޭނާގެ ސަރުކާރުގަ މިދާއިރާގައި މަސައްކަތްކުރާ 26 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު މިފަދަ އެތައްބައިވަރު ކަންތައްތަކާ ކުރިމަތި ލާފަހުރި ޖެހިލުންކުޑަ މީހެއްކަމުން މީނާއަކަށް މިކަން މާބޮޑު ކަމަކަށް ނުވިކަމަށް ވިއެވެ.
އެސިސްޓެންޓް ކޮމިޔުނިޓީ ހެލްތް އޮފިޝަރ ޢަބްދުﷲ އަހުދީ ޢީސާ ( ޕޫބެއަރ / ގެރިކިރުދަޅު ) ދެފައިތަޅާ ބޮޑާ ހޭކުމަށްފަހު 17 މެއި 2012 ވަނަ ދުވަހުން ފެށިގެން ހިންނަވަރު ކައުންސިލްގެ އިދާރާގައި ސޮއިކޮށްލުމަށްފަހު ދަނީ ކަމަށް ވެއެވެ. މިކަލޭގެ ވަޒީފާގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާނުކުރިޔަސް ސިވިލް ސާރވިސް ޤަވާޢިދާ އެއްގޮތަށް އޮފީހުގައި ހޭދަކުރަންޖެހޭ މަސައްކަތު ގަޑީގަ އޮފީހުގައި ހޭދަ ނުކުރިޔަސް، މީނާއަކީ ވަރަށް ސާހީ ބޭފުލެއްގެ ކޮއްކޯފުޅު ކަމުންނާއި، އެމްޑީޕީ ޕްރޮމޯޓް ކުރަން ހިންނަވަރުގައި މަސައްކަތްކުރާ މީހެއްކަމުން މި ހުސްވި މަހުވެސް އިތުރުގަޑީ ފައިސާގެ ގޮތުގައި 2350 ރުފިޔާ ނަގާފަ ވާކަމަށް ކައުންސިލް އިދާރާގެ ޝެކްރެޓަރީއެއްގެ ފަރާތުން މަޢުލޫމާތު ލިބިފާވެއެވެ.
މިހާރު މިކަލޭގެ އުޅޭގޮތެއް ކަމަށްވަނީ ހިތައްއެރި ދުވަހެއްގައި އޮފީހަށްނިކުމެ ސޮއި ކޮށްލުމަށްފަހު ވަޒީފާގެ ހައިސިއްޔަތުން އެއްވެސް މަސްޢޫލިއްޔަތެއް އަދާނުކޮށް، މަގުމަތީގައި ލާހޫރުންނޫން ކަމަށް ވެއެވެ. ހިންނަވަރު ކައުންސިލް އިދާރާގަ ހުންނަވާ ޒިންމާދާރު ވެރިއަކީ ގަންޖާބޯ ނަޝީދުގެ ވެރިކަމުގައި ހަދާގެންއުޅުނު ރިޔާސީ ކޮމިޝަނުގައި އުޅުނު ހިންނަވަރު ބޯގޯސް ހަސީނުގެ ބޮޑުބޭބެ ކަމަށްވެއެވެ. އެހެންކަމުން ރަށު ކައުންސިލްގައި މަސައްކަތްކުރާ އެމްޑީޕީގެ ފިކުރަށް ތާޢީދުކުރާ ސިވިލް ސާރވިސްގެ މުވައްޒަފުންގެ ކުށެއް މީނާއަށް ނުފެންނަ ކަމަށާއި، ނަމަވެސް އެމްޑީޕީ ފިކުރަށް ތާޢީދުކުރާ ސިވިލްސާރވިސް މުވައްޒަފުންގެ މިނިމަސް ކެއުމަށް ކެތްމަދުވެފާ ހުންނަކަމަށްވެއެވެ. އެހެންކަމުން އެމްޑީޕީ އަށް ތާޢީދުކުރާ މީހުން ކޮންމެ ގޮތަކަށް ރަސްމީގަޑީގަ ތެޅިބޭލިޔަސް، އެކޮކޮޅު ކޮޅުންޖެހުނަސް، ވައްކަން ކުރިޔަސް، ޒުވާބުކުރިޔަސް، ފިސްފިސް ކޮށްލިޔަސް، ތަނުގަ މަސައްކަތްކުރާ މުވައްޒަފުން ވީދާކެޔަސް، އެކުދިންގެ ކިތަންމެ ނާޒުކު ގުނަވަނެއްގާ ހިފާދަމާ ހެދިޔަސް، ރޯމާދުވާލު މީހުންގެ ޅަދަރިން ރޭޕް ކުރިޔަސް ޤާނޫނާ ޚިލާފު ކޮންމެކަމެއް ކުރިޔަސް، ޒިންމާދާރު ވެރިޔާ އަންހެންކުޅީގެ ރަސްގެފާނު އިންނަވަނީ ދެ ލޯކަނުވެ، ދެ ކަންފަތް ބީރުވެ، އަބަދުވެސް ވަހުސީ ހިނދިކޮޅު އައިސްފާކަމަށް ވެއެވެ.
އަދި، މިދަންނަވާ ހެލްތްވޯކަރ، ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ބޭނުންގޮތަކަށް އުޅެމުން ކޮންމެ މަހެއްގަވެސް އިތުރުގަޑީގެ ފައިސާ ޤަވާޢިދާޚިލާފަށް އޭނާއަށް ދެމުންގެންދާތީ ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކު ޒިންމާދާރުވެރިޔާ ހަސީނުގެ ބޮޑުބޭބެ މުހައްމަދު އަބޫބަކުރު ގާތުގައި އެވާހަކަ ދެއްކުމުން، ޖަވާނުގައި ކަލޭ ކުކުޅަށްވުރެ ބިސް ދޮށިގެވެގެން ތިއުޅެނީ ކީއްވެގެންތޯއާއި، ކުރީގެ ވެރިކަން ވެއްޓުނަސް މާ ފުއްޕާފަ މިތާތެރޭގައި ނުތެޅުމަށާއި،  ތިފާޑަށް މީހުންނޭ ކިޔާގެން ނެތިމޮށޭ ކަމަށްވާނަމަ ހިތުންނުފިލާވަރުގެ ލޮޓީ އެއް ލިބިދާނެކަމަށް އެ މުވައްޒަފާދިމާލަން ބުނުމުން އެ މުވައްޒަފުގެ ފިރިމީހާގާތު އެވާހަކަ ދެއްވުމުން ފިރިމީހާގޮސް ޒިންމާދާރު ވެރިޔާއަށް ހެޓަކަށް ފޮޅާލިކަމަށް ވެއެވެ.  
ހިންނަވަރު ކައުންސިލްގެ އިދާރާގެ ގިނަ ކައުންސިލަރުންނާއި، ޒިންމާދާރު ވެރިޔާގެ ޢަމަލުތައް ހުންނަގޮތުން އެ ބައިމީހުންނަށް ބޭނުންވާ އަސާސީ ހައްގުތައް ނުލިބޭކަމަށް ހިންނަވަރު ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު މި ސައިޓަށް ލިބެމުންދާތީ ކަމާބެހޭ އެންމެ އިސް ފަރާތްތަކުން މިކަންކަން ވަރަށް ރަނގަޅަށް ބައްލަވާ ދެއްވުމަކީ ވަރަށްބޮޑަށް އެދޭކަމެއް ކަމުގައި ދެންނެވީމެވެ.

Monday, June 18, 2012

މާވަހަރު ފިނޭންސާ ހަވާލު ނުކުރާނެ ކަމަށް ކެޔޮޅު ބުނެފި


މާވަހަރަށް ލިބޭ ކޮންމެ ގެއްލުމަކަށް ފިނޭންސް މިނިސްޓްރީ އިން ޒިންމާ ނުނަގާ ނަމަ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގ. ޑްރީމް އޮފް ގާޑަން މުހައްމަދު އަނީލްގެ "ނަސްރު" ދޯނިން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރު ފިނޭންސާ ހަވާލު ނުކުރާނެ ކަމަށް އެ ދޯނީގެ ކެޔޮޅު ޅ. ނައިފަރު ނޫރާނީމާގޭ އަބްދުﷲ މުހައްމަދު ބުނެފި އެވެ.
އެން.ޔޫއެންއަށް މައުލޫމާތު ދެމުން އަބްދުﷲ މުހައްމަދު މިއަދު ބުނީ ފިނޭންސް މިނިސްޓްރީއާ މާވަހަރު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ އެ މިނިސްޓްރީ އިން އެކަމަށް އިންކާރުކޮށްފައި ވަނިކޮށް ކަމަށާއި މާވަހަރަށް ލިބޭ ކޮންމެ ގެއްލުމަކަށް ފިނޭންސުން ޒިންމާ ނުނަގަންޏާ އެ މިނިސްޓްރީއާ މާވަހަރު ހަވާލު ނުކުރެވޭނެ ކަމަށެވެ.
"
އެއީ އެކޮޅުން [ފިނޭންސް މިނިސްޓްރީން] އެއަށްވާ ކޮންމެ ގެއްލުމަކަށް ޒިންމާ ނުވެވެންޏާ އަޅުގަނޑުމެންނަކަށް ނޯންނާނެ ހަވާލުކުރެވޭކަށް. ފިނޭންސުން އިންކާރުކޮށްފައި އޮއްވައި ކޯޓުން އަމުރެއް ނެރުނީ. އެހެންނޫން ވަނީ،" އަބްދުﷲ މުހައްމަދު ބުންޏެވެ.
އޭނާ ބުނީ ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރެވޭތޯ ދޯނީގެ ވެރިފަރާތް، އަނީލްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުވަދޫ ކަނޑުން ނެގި އެ މާވަހަރު ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ވިއްކާލެވޭތޯ ދޯނީގެ ވެރިފަރާތް އަނީލްއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"
ކޯޓުން ބޭރުގައި ދެ ފަރާތުން އެއްބަސްވެވޭތޯ މިހާރު އަމަލުކުރަމުން މިދަނީ. މިހާރު ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި މާވަހަރު ވިއްކާލާ ކަހަލަ ގޮތަކަށް ވާހަކަ ދެއްކިފައި މިވަނީ،" އަބްދުﷲ މުހައްމަދު ބުންޏެވެ.
މާވަހަރު ބެހުމާ މެދު ކެޔޮޅު މީހާ އާއި އޮޑިވެރިޔާއާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅީ އޮޑިވެރިޔާ އަނިލް އެވެ. އަދި ފިނޭންސް މިނިސްޓްރީއާ މާވަހަރު ހަވާލުކުރުމަށް ކޯޓުން އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފިނޭންސްގެ ބެލުމުގެ ދަށުގައި މާވަހަރު ބޭއްވުގެ އަމުރަކަށް އޮޑިވެރިޔާ އެދުމުންނެވެ.
މިކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ދޭދޭ ފަރުދުންގެ ދެމެދުގައި ދިމާވި މައްސަލައަކާ ގުޅިގެން އެހާ އަގުބޮޑު މުދަލެއްގެ ޒިންމާ އުފުލުމަށް ނޭދޭ ކަމަށް ދައުލަތުން ކޯޓުގައި ދަންނަވާފައި ވަނިކޮށް އެފަދަ އަމުރެއް ނެރެފައިވާތީ ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ކޯޓުގެ އަމުރަށް ސަރުކާރުން ތަބާވާނެ ކަމަށާއި، މާވަހަރު ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން ގެނައުމުން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން މާވަހަރާ ހަވާލުވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ
.

ކުރެންދޫ ބަނދަރުން ކިނބުލެއް ފެނިއްޖެ


ކުރެންދޫ ބަނދަރު ހަދަމުންދާ ހިސާބުން ކިނބުލެއް ފެނިއްޖެ ކަމަށް އެރަށު މީހަކު އެން.ޔޫ.އެން އަށް މައުލޫމާތުދީފިއެވެ. މީނާއަށް ފެނިފައިވަނީ ކިނބުލެއް ކަމާއިމެދު މިހާރު ވަނީ ޝައްކު އުފެދިފައެވެ. މިކަން ސާފުކޮށްލުމަށް އެރަށަށު ކައުންސިލަށް ގުޅި އިރު އެތާ ދިރޭފަންޏެއްވެސް ނެތެވެ. އެހެންވެ ތެދު މައުލޫމާތެއް ވަނީ ލިބޭގޮތެއްނުވެފައެވެ”ކިނބުލެއް ކިހިނެއް އޭނައަށް ފެންނާނީވެސް އެއި ދެލޯކަނު ހިމާރެއް ދެލޯ ސަލާމަތުން ހުރީމަތަ އޭނަ އެހެން މީހެއްގެ އެހީގަ، ފާރުގަ އަތް ހާކަމުން ގެއަށްވެސްދާނީ. އޭނާއަށް އެފެނުނީ ކިނބުލެއް ނޫން. ބޮޑު ފޯކެއް އެފެނުނީ.” އެން.ޔޫ.އެން އަށް މައުލޫމާތު ދެމުން އެރަށުމީހަކު ބުންޏެވެ. މާވަހަރު ލައްގަމުންދާ މޫސުމެއްގައި މިރަށަށް ކިނބުލެއް ލެއްގުމަކީވެސް މިރަށުމީހުން ވަރަށް އުފާވާނެކަމެއް ކަމާއިމެދު އެއްވެސް ޝައްކެތް ނެތެވެ.....

Friday, June 8, 2012

ލޯކުރެންދޫ ޒިޔާރަތް

ފާދިއްޕޮޅު ކުރެންދޫ، ނުވަތަ ލޯކުރެންދުއަކީ ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގައި ބުޑިސްޓު ދީން އޮތް ރަށެކެވެ. މިހެން ދެންނެވެނީ މި ރަށުގެ އިރު ދެކުނު ކޮޅުން އުސްތޫޕާއެއް ބިނާކުރުމަށް ބޭނުންކޮށްފައިވާ ގަލާއި އެހެނިހެން ތަކެތި ފެނިފައިވާތީ އެވެ. ބުޑިޒަމްގެ މިފަދަ އަސަރުތައް ފެނިފައިވާ ގިނަ ރަށްރަށަކީ، ލޯކުރެންދޫ ފަދަ ބިން ބޮޑު ރަށްރަށެވެ. އަދި މަސްވެރިކަމަށް ވުރެ ބޮޑަށް ދަނޑުވެރިކަން ކޮށްއުޅުނު ރަށްރަށެވެ. މި މަސައްކަތްކުރަމުން ގޮސްފައިވަނީ ބިންގަނޑު ވެސް ރަނގަޅު ކަމުންނެވެ.

މި ރަށުގެ ނަމަކީ ކުރެންދޫ ނަމަވެސް، ކޮންމެވެސް ޒަމާނެއްގައި މި ނަމަށް "ލޯ" އިތުރުކޮށް "ލޯކުރެންދޫ" ކިޔަން ފަށައިފައިވެ އެވެ. ކުރެންދޫގެ ނަމަށް މި ނަންއިތުރު އެއްކުރެވުނު ސަބަބަކީ، އެ ރަށުގައި ހުންނަ އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީގެ ޒިޔާރަތުގެ ފުރާޅުގައި ލޯޖަހާފައި ހުންނާތީ ކަމަށް ތާރީޚު ދިރާސާކުރައްވާ މުހިންމު ފަރާތަކުން މަޢުލޫމާތު ދެއްވި އެވެ. އިހު ޒަމާނުގައި މިރަށަށްވެސް ކިޔައިއުޅުނީ ކުރެއްދޫ (ކުރެދި ހެދިފައިވާ ރަށް) ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފާދިއްޕޮޅުގައި އެހެން ކުރެއްދުއެއް އޮތުމާ އެކު، ދެރަށް ވަކިކުރުމުގެ ބޭނުމުގައި އެއް ރަށުގެ ނަމަށް ނަންއިތުރެއް "އިތުރު" ކުރަންޖެހުނީ ނޫންބާވައޭ މިއީވެސް އުފެދޭ ސުވާލެކެވެ.

އާދެ، "ބޮލި މުލަކާއި" "ފުވައްމުލަކު" ފަދައިންނެވެ! މާޅޮސްމަޑުލު އުތުރުބުރީގައި "ކޮލި ކުރެއްދޫ" ކިޔުނު ރަށެއް އޮންނަކަމާއި، އަދި މިލަދުންމަޑުލު އުތުރުބުރީގައި "މަޑި ކުރެއްދޫ" ކިޔާ ރަށެއް ވެސް އޮންނަކަން މި ތާނގައި ފާހަގަކޮށްލަމެވެ. ކުރެންދު އަށް "ބޮޑުގަސް ރަށް" ވެސް އެއް ދުވަސްވަރެއްގައި ކިޔައި އުޅުނެވެ. މި ދެންނެވި ބޮޑުގަހަކީ، އެ ރަށުގައި ކުރިން ހުރި ވަރަށް ބޮޑު ނިކަގަހެކެވެ.

ކުރެންދޫގައި ހުންނަ އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީގެ ޒިޔާރަތަކީ، ރާއްޖޭގައި ވަރަށް މަޝްހޫރު ޒިޔާރަތެކެވެ. މިއީ ވަރަށް ގިނަ ދިވެހީން ނަދުރު ބުނެ އުޅުނު ތަނެކެވެ. މި ޒިޔާރަތް އާރާސްތު ކުރެވިފައިވަނީ އެކަލޭގެފާނު ވަޅުފުޅުލެވިފައިވާ ތަނުގަ އެވެ. އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީއަކީ ޙަބުޝް ކަރައިގެ (އެތިއޯޕިއާގެ) ބޭކަލެކެވެ. އެ ހިސާބުގެ ވިޔަފާރި ނަވަކުން މާލެ އަށް ދުރުވެ އުޅުއްވި ބޭކަލެކެވެ. މާލޭގައި އުޅުއްވި އިރު، އާދަވެގެން ރޭ އަޅުކަން ކުރެއްވުމުގައި ދުރުވެ އުޅުއްވީ މާލޭގެ އިރުމަތީ ކޮޅަށެވެ. ޙަބްޝީގެފާނުގެ މަޤާމު ބިނާކުރެވުނީ އެ ކަލޭގެފާނު ނަމާދުކުރައްވަން މުސައްލަކޮޅު ފެތުރުއްވި ތަނުގައި ކަމަށް ވެސް ބުނެވެ އެވެ.

ލޮނު ޒިޔާރަތްކޮޅަކީ، ދިވެހީންގެ ތާރީޚާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. "ލޮނު ޒިޔާރަތްކޮޅު" ގެ ނަމުން މިތަން މަޝްހޫރުވެފައިވަނީ ޙަބްޝީގެފާނުގެ މަޤާމްފުޅުގެ ސަބަބުންނެވެ. ޙަބުޝީގެފާނަކީ، އައްސުލްތާން އަޙްމަދު ޝަރީފުލް މައްކީ ސިރީ ސުއްދަ ބަވަނަ މަހާރަދުންގެ ރަސްކަމުގައި މާލޭގައި އުޅުއްވި ޙަބުޝްކަރައިގެ ބޭކަލެއް ކަމަށް ބުނެވެއެވެ. އެ ޒަމާނުގެ ޙަބުޝްކަރައަކީ މިހާރުގެ އެތިއޯޕިއާ އެވެ. މި ފަދައިން ވާހަކަ އޮތް ނަމަވެސް، މި ދުވަސްވަރާ މެދު އޮޅުމެއްވާ ކަމަށް ފެނެ އެވެ.

އެހެނީ އައްސުލްތާން އަޙްމަދު ޝަރީފުލް މައްކީ ރަސްކަން ކުރެއްވި ކަމަށް އެނގިފައިވަނީ، މީލާދީން ގާތްގަނޑަކަށް 1510 އިން 1513މ. ( 916 - 918ހ) ވަނަ އަހަރަށެވެ. ނަމަވެސް، މީލާދީން 1343ހ. ވަނަ އަހަރު ދިވެހިރާއްޖެ އަށް ޒިޔާރަތްކުރެއްވި މަޣުރިބު ކަރައިގެ ސައްޔާޙު އިބްނު ބަތޫތާ ރާއްޖެ ވަޑައިގެންނެވި އިރު، ޙަބުޝީގެފާނު އެޅުއްވި ކުޑަކުޑަގެ، ލޮނު ޒިޔާރަތްކޮޅުގައި ހުރި ކަމަށް ވިދާޅުވެފައިވެ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، އޭނާ މާލެ އަށް ވަޑައިގަތް ދުވަހުގެ ފަހު ދުވަހު، އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު މަނިކުފާނު ޢީސާ އަލްޔަމަނީ އާއި ބޯޓުގެ ކައްޕިތާނާ އެކުގައި އެ ވަރަޢަވެރި ޝައިޚް ނަޖީބު ދިރިއުޅުއްވައި، އަޅުކަންކުރެއްވުމަށްޓަކައި މާލޭގެ އިރުމަތީ ކޮޅުގައި ބިނާކުރައްވާފައި ހުރި ގެ ބައްލަވާލައްވަން ވަޑައިގަތެވެ.

އިބްނު ބަޠޫތާ ބޭނުން ކުރައްވާފައިވާ ޢިބާރާތުން ލަފާކުރެވޭ ގޮތުގައި، އެކަލޭގެފާނު ނިޔާވުމަށް ފަހު އެއިރު އަދި މާގިނަ ދުވަސްތަކެއް ފާއިތުވެ ދިޔަހެނެއް ހިޔެއްނުވެ އެވެ. މި ބޭކަލަކު މާލޭގައި އުޅުއްވާނީ، 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވީ ސަނަތުން ފެށިގެން، މީލާދީން 1431 ވަނަ އަހަރާ ދެމެދުގެ ކޮންމެވެސް ދުވަސްވަރެއްގަ އެވެ. ބޮޑަށް ލަފާކުރެވެނީ އެ ދުވަސްވަރަކީ މީލާދީން 14 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކަމަށެވެ.

އާދެ، އެއީ ރެހެންދި ޚަދީޖާގެ ބައްޕާފުޅު އައްސުލްޠާން ޖަލާލުއްދީން އުމަރު ވީރުގެ ދުވަސްވަރު ކަމަށް ލަފާކުރެވެ އެވެ. އެޒަމާނުގައި ބޭރުގެ ވިޔަފާރި ނައުފަހަރު ތަންކޮޅެއް ގިނައިން ރާއްޖެ އައިސް ގޮސް އުޅުނެވެ.

ޙަބްޝީގެފާނާ ބެހޭ ގޮތުން ކިޔައިއުޅޭ ވާހަކަތަކުގައި ބުނަނީ، އެކަލޭގެފާނަކީ ނާފަހަރުން މުދާ ބާލުއްވައި އުޅުއްވި އާދައިގެ ބޭކަލެއް ކަމުގަ އެވެ. ނަމަވެސް މި ބޭކަލެއްގެ އަރިއަހުގައި މަސައްކަތްކޮށް އުޅުނު މީހުންނަށް ފާހަގަކުރެވުނު ގޮތުގައި، މީނާއަކީ އާދަޔާ ޚިލާފު ބޭކަލެކެވެ. އެހެނީ، މީނާ މުދާ ބާލުއްވާއިރު، އުފުއްލަވާ ބަސްތާ ކޮނޑުފުޅަކު ނުޖެހެ އެވެ. މި ބޭކަލަކީ ވަރަށް ދީންވެރި ބޭކަލެއްކަމަށް ވެފައި، މީނާގެ ފަރާތްޕުޅުން ފެނިފައިވާ ބައެއް ޢަޖާއިބުވާ ފަދަ ކަންތައްތަކުގެ ސަބަބުން، މިއީ ވަލީވެރިއެއް ކަމަށް ދިވެހީން އެއިރު ޤަބޫލުކޮށް އުޅުނެވެ.

ޝައިޚު ނަޖީބުލް ޙަބްޝީއާ ބެހޭ ގޮތުން އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުތުފީ މިފަދަ އިން ލިޔުއްވާފައިވެ އެވެ:

"ޝައިޚް ނަޖީބް އަކީ އަޑު މަޚުރަޖަ ރީތި ބޭކަލެކެވެ. ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައި ހައްދަވަ އެވެ. މާލޭގެ ގިނަ ބަޔަކަށް ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި ކަމަށްވެސް ބުނެވެ އެވެ. މި ދުވަސްވަރު އެތެރެކޯލުގެ ކިޔެވެނި ބޭކަލުންގެ އަށީގައި ޤުރުއާން ކިޔަވައި އުޅުއްވުމުގެ ތެރޭގައި، ސައްޔިދު އަޙްމަދު ޝަރީފުލް މައްކީގެ ރަސްކަމުގައި ( 916 - 918 ހ) އެ ރަދުންގެ އަނބިކަނބަލުންނަށް އޭނާގެ އަޑާއި ޤުރުއާން ކިޔަވާ ގޮތް ރީތިފުޅުވެގެން، އޭނާ އަށް އެކަމަނާގެ ހިތްޕުޅު ދެއްވައިފ ިއެވެ. އެ ކަމަނާގެ އުނދަގޫތައް ބޮޑުވެގެން، އެ ޝައިޚު މާލެ ދޫކުރައްވައި ރާއްޖެތެރޭގެ ރަށަކަށް ފުރުއްވީ އެވެ.

"ޝައިޚު ނަޖީބަށް ދުރުވެވުނީ ފާދިއްޕޮޅު ކުރެންދު އަށެވެ. އެ ރަށުގައި އޭނާ ދަންނަ މީހަކު ނެތުމާ އެކު، ދަތުރު ދޯނިން ފައިބައިގެން ދުރުވެ އެ ހިސާބުގައި ހުރި ވަޅަކުން ވުޟޫކުރައްވައިގެން އަތިރިމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޮތް "އަލި ތަނެއް" (ހުސް ތަނެއް)ގައި ނަމާދުކުރައްވަން އިންނަވަނިކޮށް ފެނުނީ ރުކެއްގައި އޮތް ރާވެރިޔަކަށެވެ. އޭނާ ރުކުން ފައިބައިގެން އެ ކަލޭގެފާނު އިންނެވި ތަނަށް ގޮސް ދެތަށި ދޯރާ އެރުވި އެވެ. އަދި ރާވެރިބެ އަށް އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ކަމަށްވެ އެވެ. އެފަހު އެ ރާވެރިބެ އޭނާގެ ގެއަށް ދުރުވުމަށް ދަޢުވަތު އެރުވި އެވެ. ނަމަވެސް އެ ދުވަހުގެ ރެއަކު އެ ގެ އަށް ނުދުރުވެގެން އޭނާ އެކަލޭގެފާނު އިންނެވި ތަނަށް ގޮސް ބެލިއިރު، އެކަލޭގެފާނު އޮތީ ނިޔައުވެފަ އެވެ. ދެން އެ ރާވެރިކަލޭގެ ރަށުގެ ވެރީންނަށް އަންގައިގެން، އެ ކަލޭގެފާނު ނިޔައުވެފައި އޮތް ތަނުގައި ވަޅުލީ އެވެ."

ކުރެންދޫ ޒިޔާރަތު ވަޅު ފެނުނީ ޙަބްޝީގެފާނު ވަޅުލަން އުޅެނިކޮންނެވެ. އެއީ އޭގެ ކުރިން ފެނިފައިނުވާ ވަޅެއް ކަމުން އެއީ އެ ކަލޭގެފާނަށްޓަކައި "ބާވައިލެވުނު" ވަޅެއް ކަމަށް ބަލައިގެން، އެކަލޭގެފާނު ހިނަވައި ހެދީ އެވަޅުން ކަމަށް ބުނެވެ އެވެ. އެވަޅަކީ ބަރަކާތްތެރި ވަޅެއް ކަމުގައި ވަރަށް ގިނަ ޒަމާންވަންދެން ދިވެހީން ބަލައި އުޅުނެވެ. ކުރެންދޫ ޒިޔާރަތް އައުކޮށް މަރާމާތުކުރެވުނުއިރު، މި ވަޅުކޮޅުގެ ވަށައިގެން ކުޑަ ގެއެއް ރާނައި ހިޔާކޮށްފައިވެ އެވެ.

ފަހުން މި ވަޅަށް ކިޔައި އުޅެނީ "ހިޔާކުރި ވަޅުކޮޅެވެ" މި ވަޅަކީ އެއް ހިރިން ހަދާފައިވާ ވަޅެކެވެ. މިހެންކަމާ އެކު މިވަޅުގައި ހުންނަ ފެނަކީ ފިލްޓަރުވެ ސާފުވެގެން އަންނަ ފެނެވެ. ފަހަކާ ޖެހެންދެން، ގަނޑުވަރުތެރޭގެ ބޭފުޅުން، "ތެޔޮފެންފޮދު" ތުރުކުރައްވަން ވެގެން އެކަމަށް ފެން ގެންނަ އެއް ވަޅަކީ މިއީއެވެ. "ތެޔޮފެންފޮދު" ތުރުކުރައްވަން މަތީރަށުގެ ޒިޔާރަތުގެ ވަޅުންނާއި، އުތީމު ގަނޑުވަރުގެ އެއްހިރި ވަޅުންނާއި މާލޭ މެދު ޒިޔާރަތު ގޯތި ތެރޭގައި ހުންނަ މެދު މިސްކިތު ވަޅުންވެސް ފެން ގެނެއެވެ.
މަރުޙޫމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، ކުރެންދޫ ޒިޔާރަތް ހެދުމަށް ބޮޑުބަނޑޭރިގެ އިން ތަކެތި ދެއްވައި އެރަށަށް ފޮނުއްވެވީ މާލޭގެ ކަންޒުދޮށުގޭ މަނިއްޕުޅާއި މ. ފަޑިދުއްވާ އިބްރާހީމް ފުޅެވެ. އަތްޕުޅުދަށުން އުޅުއްވީ ކުރެންދޫ ޚަޠީބު ޢަބްދުއްރަޙުމާނު ކަލޭގެފާނެވެ. ޒިޔާރަތް ހަދާ ނިމުނީ ހަތަރު އަހަރުންނެވެ.
މި ދެންނެވި ވާހަކަ ނޫން އެހެން ވާހަކައެއްގައި ވެސް، ޙަބްޝީގެފާނު އެރަށަށް ވަޑައިގެންނެވި ދުވަހުގެ އަނެއް ދުވަހު އަވަހާރަވީ ކަމަށް ބުނެފައިވެ އެވެ. މި ކަން ހިނގީ ކޮން އަހަރެއްގައި ކަން އެނގެން ނެތް ނަމަވެސް، އަވަހާރަވީ ކަމަށް ބުނެ އުޅެނީ ރަމަޟާން މަހުގެ 15 ވަނަ ދުވަހު ޅ. ކުރެންދޫގަ އެވެ. ކުރެންދޫގައްޔާއި އަދި ފާދިއްޕޮޅުގެ އެހެނިހެން ރަށްރަށުގައި ޙަބްޝީގެފާނުގެ އަހަރުމަތިފުޅު (އަވަހާރަވީ ދުވަސް) ފާހަގަކުރަނީ އެ ދުވަހުއެވެ. މިއީ އެ ރަށްރަށުގައި ޚާއްޞަ ދުވަހެކެވެ.
މަރުޙޫމް ލުޠުފީ ވިދާޅުވެފައިވާ ގޮތުގައި، އެ ދުވަހު 6 ނުވަތަ 7 ބަސްތާ ހަނޑޫ ކައްކާ ކަމަށްވެ އެވެ. އަދި ސަރުކާރުން ރަނގަޅު "މަސްފަލަ" ގިތެލެއް ވެސް ފޮނުއްވާ ކަމަށްވެ އެވެ. އަހަރުމަތިފުޅު ތައްޔާރުކުރަން ޚަރަދުކުރަނީ ނަދުރު ބުނެގެން އެ ޒިޔާރަތަށް ލިބިފައި ހުންނަ ތަކެތީންނާއި، އެ ކަމުގައި ބައިވެރިވާން އެދޭ މީހުން ހޭދަކުރާ އެއްޗަކުންނެވެ.
ޙަބްޝީގެފާނުގެ ޒިޔާރަތާ އިންވެގެން އާރާސްތުކޮށްފައިވާ މިސްކިތް ބިނާ ކުރެވުނީ ހިޖުރައިން 986 ވަނަ އަހަރެވެ. މި މިސްކިތް ބިނާކުރީ ކުރެންދޫ ކަޅު ޙުސައިން ކަލޯއާއި އޭނާގެ އަންހެނުން ފާތިމާ ކަނބުލޯ އެވެ. އެ މިސްކިތަށް ބޯގަ ދެއްވީ އުތީމު ބަންޑާރައިންނެވެ.
މާޅޮސްމަޑުލު ދެކުނު ބުރީ އައިދޫގައި ޙަބްޝީގެފާނުގެ މަޤާމްފުޅެއް އިހަށް ހުއްޓެވެ. މިތަނަކީ ވެސް މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ހުރި ކަހަލަ މަޤާމްފުޅެއް ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ. މިތާނގައި އިހުގައި އުނދޯލިދާންކޮޅެއް އެލުވައި ދިދަ ދަނޑިއެއް ވެސް ޖަހާފައި ހުއްޓެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، އެ އަތޮޅުގެ ވެރިކަން އިހަށް ކުރި ދަރަވަންދޫން އޭދަފުށްޓަށް އެ ވެރިކަން ބަދަލުވީ އިރު، ދިދަދަނޑި އެ ރަށަށް ގެންދިޔައީ އެވެ.
މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި ހުރި ޙަބްޝީގެފާނުގެ މަޤާމްފުޅު ފަހުން ހުރި ގޮތަށް އާރާސްތު ކުރެއްވީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައެވެ. އޭގެ ކުރީގައި ހުރި ގޮތަށް ހައްދަވައި، އުނދޯއްޔެއް އެލުއްވައި، މަރަވަޅި ޖޯޑުކޮޅެއް ބަހައްޓަވައި ހެއްދެވީ، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ( 1750 މ. - 1752 މ. ) ގެ ރަސްކަމުގަ އެވެ. މި ކަން ކުރެއްވީ، އެ ރަދުންގެ ރަސްކަމުގައި މަލާބާރީންގެ ދުއްތުރާތަކުން މާލެ ސަލާމަތް ކޮށްދެއްވުމަށް އެދިވަޑައިގެން ވިދާޅުވި ނަދުރުފުޅަކާ ގުޅިގެންނެވެ. މި ޒިޔާރަތް ނައްތައިލެވުނީ 1966 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތު ނަގާފައި މިވަނީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ފަތްތޫރަ މަޖައްލާ އަށް ލިޔުއްވާފައިވާ "އިހުމާލުކުރެވުނު، ތާރީޚުގެ ތެރޭން- 1 - ލޯކުރެންދޫ ޒިޔާރަތް" މި ލިޔުއްވުމުންނާއި، އަލްފާޟިލް މުޙައްމަދު ޔޫސުފް ބ. ދޮންފަނު، ދެއްވި މަޢުލޫމާތުންނާއި، އެޗް. ސީ. ޕީ. ބެލްގެ "އެކްސާޕްޓާ މޯލްޑީވިއާނާ" އިންނެވެ.

އަނެއްކާ ވެސް މާވަހަރެއް ހޮވައިފި!

  • ރ. މަޑުއްވަރީން އިއްޔެ ހޮވި މާވަހަރު


ހެނދުނު ސަޔަށް މަހެއް ހޯދާލަން ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅުނު ތިން މީހަކު ހަތް ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
މި އަހަރު އެކި ރަށްރަށުން ބޮޑެތި މާވަހަރުތަކެއް ހޮވަމުން ދަނިކޮށް މިފަހަރު ނަސީބު ލައްވާލި ތިން މީހުންގެ ތެރެއިން އެކަކު ވާހަކަ ދައްކަމުން ބުނީ، ހަތް ކިލޯގެ މާވަހަރު ހޮވީ އިއްޔެ 11 ޖަހާކަންހާއިރު ކަމަށާއި މާވަހަރު އޮތީ މަޑުއްވަރީއާ މާ ދުރުނޫން ދެ ފަޅުރަށެއްގެ ދޭތެރޭ ކަނޑުމަތީގައި ކަމަށެވެ.
"އެއީ މާވަހަރެއްތޯ ވެސް މިހާރު ވާނީ ޔަގީންކޮށްފައި،" އޭނާ ބުންޏެވެ. "އެއީ ހަމަ މާވަހަރެއް."
އެއް ދޯންޏެއްގައި އުޅޭ ތިން މީހުން ޑިންގީގައި މަހެއް ބާނަން ނުކުތް ނަމަވެސް، އެ މާވަހަރުން ބައި އަޅަން ޖެހޭ ހަތަރު މީހަކު އެބަތިއްބެވެ.
"އަޅުގަނޑުމެން ހަތަރު މީހަކު ދޯނީގައި އުޅޭނީ. ޑިންގީގައި އިއްޔެ މަސް ބާނަން ނުކުތީ އެކަކު ދޯނީގައި ބަހައްޓައިފައި. އެހެންވެ، ހަތަރު މީހަކު މާވަހަރުގައި ހިއްސާވާނީ،" އޭނާ ބުންޏެވެ.
މާވަހަރު މިހާރު އޮތީ މަޑުއްވަރީގައި، ހަތަރު މީހުންގެ ބެލުމުގެ ދަށުގަ އެވެ. ފަޅުވެރިޔާ ބުނީ ދެ ދުވަހެއްގެ ތެރޭގައި މާލެ ދާނެ ކަމަށާއި މާވަހަރު ވިއްކާލަން މިހާރު ވެސް ބަޔަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ދާދިފަހުން ފެނުނު ދެ މާވަހަރެއްގެ މައްސަލައެއް ކޯޓުގައި އުޅެނިކޮށް، މި އަހަރުގެ ތެރޭގައި ބައެއް މާވަހަރު ވިއްކައިގެން ބައެއް މީހުން ވަނީ އަތްމަތި ތަނަވަސްވެފަ އެވެ. މާވަހަރުގެ ގްރާމެއް އާންމުކޮށް 300ރ. އަށް އުޅޭއިރު ހަތް ކިލޯގެ މާވަހަރަށް ދެ މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ

(ނައިފަރު އަޕްޑޭޓް ނުއުސްޓީމް

ނައިފަރުން ގޯތި ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ


ޅ. ނައިފަރުން ގޯތި ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީން އެ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ރަށުން ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ރަށު ރައްޔިތަކު އޭސީސީ އަށް މައްސަލަ ހުށަހެޅުމުންނެވެ.
އެ މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން އާންމުކުރި ރިޕޯޓެއްގައި ވަނީ އެ ރަށުން ގޯތި ދޫކުރުމުގައި ޝަރުތު ހަމަވާ 1151 ފަރާތަށް މާކްސް ދިނުމަށް ފަހު، މާކްސްތަކަށް އުނި އިތުރު ގެންނަންޖެހޭ ކަމަށް "ނައިފަރުން ގޯތި ދޫކުރުމާއި ބެހޭ ކޮމެޓީ" އަށް ފާހަގަކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ފަހުން އުނި އިތުރު ގެނައުމުގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް މާކްސް އަށް އުނި އިތުރު ގެނެސްފައިވާ ކަން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
މީގެ އިތުރުން ގޯތި ލިބެން ހޮވިފައިވާ އެއްވެސް ފަރާތެއް، ގޯތި ދޫކުރުމުގެ ލިސްޓުން އުނިވެފައިވަނީ ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް މާކްސް އުނިކުރުމުގެ ސަބަބުން ކަން އެނގެން ނެތް ކަމަށެވެ. އެހެން ކަމުން އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތުމުން އެކަމަކީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ މައްސަލައެއް ކަމަށް ނިންމީ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގުކުރުމުގައި ފާހަގަކުރެވުނު ބައެއް ކަންތައްތައް ރަނގަޅުކުރުމަށް ނައިފަރު ކައުންސިލަށް އޭސީސީންވަނީ އަންގާފަ އެވެ.
އެގޮތުން ގޯއްޗަށް އެދި ހުށަހަޅާފައިވާ 1273 ފޯމްގެ ތެރެއިން 19 ފޯމެއްގައިވާ މައުލޫމާތު އިތުރަށް ބަލާ ދިރާސާކުރަން ފެންނާތީ ޕޮއިންޓް ތާވަލާ އެއްގޮތަށް އެ ފޯމުތަކުގެ މާކްސް އަށް އުނި އިތުރެއް ގެންނަންޖެހޭ ނަމަ އެ އުނި އިތުރެއް ގެނައުމަށް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަށް ވެސް ވަނީ އަންގާފަ އެވެ.

ފިނޭންސުން މާވަހަރާ ހަވާލުވާން ކޯޓުން އަމުރުކޮށްފި

  • "ނަސްރު" ދޯނިން ހޮވި މާވަހަރު އެ ދޯނީގެ ފަޅުވެރިޔަކު ދައްކާލަނީ: މި މާވަހަރު ފިނޭންސްގެ ބެލުމުގެ ދަށުުގައި ބާއްވަން ވަނީ ކޯޓުން އަންގާފައި
''ނަސްރު '' ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުން ހުވަދޫ ކަނޑުން ހޮވި 20 ކިލޯއަށް ވުރެ ބަރު މާވަހަރުގެ މައްސަލަ ކޯޓުން ވަކި ގޮތަކަށް ނިންމަންދެން ނުވަތަ ކޯޓުން އެކަމާ މެދު ވަކި ގޮތަކަށް އަންގަންދެން އެ މާވަހަރު ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ސިވިލް ކޯޓުން މިރޭ ވަގުތީ އަމުރެއް ނެރެފި އެވެ.

މާވަހަރު ބަހާނެ ގޮތަކާ މެދު އޮޑިވެރިޔާ އާއި ދޯނީގެ ފަޅުވެރިންނާ މެދު އުފެދުނު ހިޔާލު ތަފާތުވުމަށް ފަހު އޮޑިވެރިޔާ ގ. ގްރީން އޮފް ގާޑެން، މުހައްމަދު އަނިލް ހުށަހެޅި މައްސަލަޔާ ގުޅިގެން ނެރުނު އަމުރުގައި މާވަހަރުގެ ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް ދޯނީގެ ކެޔޮޅު ޅ. ނައިފަރު ނޫރާނީމާގޭ އަބްދުﷲ މުހައްމަދުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އަދި ކޯޓުން ވަކި ގޮތަކަށް އަންގަންދެން މާވަހަރު ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެތައް މިލިއަން ރުފިޔާއެއްގެ އަގު ހުންނާނެ ކަމަށް ބެލެވޭ މާވަހަރު ފިނޭންސްގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އަމުރުކޮށްފައި ވާއިރު މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވަހަރާ ހަވާލުވާން އިންކާރު ކޮށްފަ އެވެ.

މާވަހަރުގެ މައްސަލަ ކޯޓާ ހިސާބަށް ދިޔައީ ދޯނި ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން، މާވަހަރު ވިއްކާލައިގެން ލިބޭ ފައިސާ އިން އޮޑިވެރިޔާ އަށް ދޭން ބުނާ އަދަދާ މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ
.