Monday, July 23, 2012

ހުދުހުދު އެކްސްޕްރެސް ޕޯޓުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި


<<ނައިފަރުގައި ދުއްވާ ހުދުހުދު އެކްސްޕްރެސް ބޯޓް މާލެ ދަތުރުކުރަނީ...

ޅ.ނައިފަރުގައި ދުއްވާ 'ހުދުހުދު އެކްސްޕްރެސް' ޕޯޓުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފިއެވެ. އިއްޔެ ހަވީރު މީހަކު ކުރި މި ވައްކަމުގައި ބޯޓުން ގިނަ އަދަދެއްގެ ތަކެތިވަނީ ވަގަށް ނަގާފައެވެ. މި މީހާ ވައްކަން ކުރީ ހަވީރު ވަގުތު ރަށުގެ މީހުން ރޯދަ ވީއްލުމަށް ދިޔަ ދަނޑިވަޅު ބަލާފާ ކަމަށްވެސް ރަށުން ވާހަކަދެއްކި މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. "ހުދުހުދު އެކްސްޕްރެސް ބޯޓުން މި އުޅޭ މޫނިސާގެ ސޮރު ވައްކަން ކުރީ... މި ސޮރު މި ހެދި ވަޑާމަކީ ފުރަތަމަ އެތާ ބޯޓް ކޭރީ ކޮރަކައްޔެއް އެނބުރޭހެން މިއެނބުރުނީ... މިކަލޭގެ މި ބެލީ މީހުންގަނޑު މަދުވާންދެން...

ދަނޑިވަޅުބަލޭފޭ ހުދުހުދަށް އަރޭގެން އޭގޭ ހުރި މަސްދަޅުކޭސްތަކާ ފިޔަޔާ ބިހާ ދެން ހަމަ ދިރިއުޅުމެއް ފެށޭ ވަރަށް އެއްޗިހި ނަގޭފި.. އަދި މި މަޔާއިނު އުޅުނޭ ބޯޓްގޭ އިން އިންޖީނުވެސް ނަގާން... ކިހިނެއް މި ހޭވާނަށް އިންޖީނު ވަގަށް ނެގޭނީ... މި އޮއްފެންނަ މާތް މައްސަރުގޭ... ލަދެއް ހަޔާތެއް، އަގަލެއް ސަނގަލެއް މީއްޗިހިންގެ ނެތޭ... ކިހޭ ހަޔާތް ކުޑަ ވީމާ މި ހޭވާނު އިންޖީނު ވަގަށް ނަގާން އުޅޭނީ.. ކަލޭވެސް ޗަހަރީ ބޮލެއް.. ވިސްނޭލެބަލޭ... އިންޖީނު ވަގަށް ނެގިނަމަ ކިހިނެއް އަހަރެމެން މާލެވެސް ވަކި ދާނީ... މޫނިސާގެ ސޮރު ވަގަށް ނުނަގާނީ ކޯންޗެއް... ރަށު އަންހެން ވެރިން އަޅާން ގެންގުޅޭ ބުރާތަކާ، ލާންގެންގުޅޭ ޖަންގިޔާތައްވެސް މި ސޭތާނު އެބަ ވަގަށް ނަގޭ.. މީ މީހުންނަށް އަރޭ ހުރި ބަލާއެކޭ ބުންޏަކަސް ފާފަވެރިއެއް ނުވާނެ...

މަ މިއަދު ރޯދައަށް ނެތް ނަމަ ކަލޭ މެންނަށް މައުލޫމާތު އޭގެ އެންމެ ފުރިހަމަ ގޮތުގޭ ފޯރުކޮށްދޭނަން... މި މޫނިސާގެ ސޮރަކީ ހަކުރުވެސް ބޯ ސޮރެއް... މީހުންނަށް ދައްޖާލު އަރަމުން މި އުއްލޫ މި ދުވަނީ... މަމީ މި ބޯޓް ވެރި މީހާނަމަ، ވައްފޮއްޗަށް މިޅާ ކޮށޭލޭފޭ ކާޅަށް ކާން ދޭނީ..." ވަރަށް ރުޅިގަދަ މީހަކު  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހުދުހުދު ބޯޓަކީ ނައިފަރުގައި އޮތް، މާލެ ދަތުރުކުރާ އެންމެ ބޮޑު ބޯޓެވެ. ދާދި ފަހަކުން އެބޯޓުން ދަތުރުކުރި 21 އަަހަރުގެ އަންހެން ކުއްޖެއްވެސް ވަނީ ގެއްލިފައެވެ. މިބޯޓުން އެއްފަހަރާ 250 މީހުންނަށް ވުރެ ގިނަ ފަސިންޖަރުންނަަށް ދަތުރުކުރެވުނަސް، ބޯޓުން މާލެ އަންނަ އެއްވެސް ފަސިންޖަރަކަށް ކާއެއްޗެއް ބޯ އެއްޗެއް ނުދޭކަމީ ގިނަ ބަޔަކު ފާހަގަކުރާ ހިތާމަ ހުރި ކަމެކެވެ. ކާއެއްޗެއް ދޭން ޖެހިދާނެތީ މި ބޯޓް ދަތުރުކުރަނީވެސް ރޭގަނޑު 10 ގެ ފަހުންނެވެ. 7 ގަޑިއިރުން މާލެ އާދެވޭ އިރު، ކަނޑު ދަތުރުފަތުރުގެ ގާނޫނާޤަވާއިދާ ޚިލާފަށް ކުރަމުންދާ މިއަމަލު ގިނަބަޔަކު ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. ކަނޑު ދަތުރުފަތުރުގެ ޤަވާއިދުގައި ބުނެފައިވަނީ، ދަތުރުގެ ދިގުމިން 6 ގަޑިއިރަށްވުރެ އިތުރުވާނަމަ ފަސިންޖަރުންނަަށް ކެއުމާއި ބުއިމުގެ އިންތިޒާމް، ބޯޓްގެ ވެރިފަރާތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

ކ.ކާށިދޫގައި ފުލުހަކު މަރާލައިފި




ކ.ކާށިދޫގައި ޑިއުޓީއަށް ދިޔަ ފުލުހަކަށް ވަޅިން ހަމަލާދީ މިރޭ 12:30 ހާއިރު ވަނީ މަރާލަފައެވެ.

އޭނާގެ ހަތަރުތަނަކަށް (މެއާއި، ކަރާއި، ބުރަކަށީގެ އިތުރުން ބަނޑަށް) ހަމަލާދިނުމުގެ ސަބަބުން މިރޭ 12:30 ހާއިރު މަރުވެފައިވަނީ ކ.ކާށިދޫ ކެތި، ލާންސްކޯޕްރަލް އާދަމް ހަލީމް ކަމަށާއި އޭނަގެ ތިން އަހަރަށްދާ ދަރިފުޅަކު ހުންނަ ކަމަށް މައުލޫމާތުލިބެއެވެ. ހަމަލާދީ މަރާލި ފުލުހުންގެ މީހާގެ  މަންމަ މި ހިތާމަވެރި ޚަބަރު ލިބުމާއި ގުޅިގެން ހޭވެރިކަން ކުޑަވެގެން އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން މިހާރު އަންނަނީ ފަރުވާދެމުން ކަމަށާއި، މަރާލި ޕޮލިސްމީހާއަށް ޙަމާލާދިނީ ރަށުގައި އުޅޭ ގުރޫޕަކުން ކަމަށްވެސް މައުލޫމާތުލިބެއެވެ.
ފުލުހުންގެ މީހާގެ އެކި ތަންތަނަށް ވަޅިހެރުމުގެ ސަބަބުން އޭނާގެ ޔުނިފޯމް އެއްކޮށްވަނީ ލެއިން ތަތްތެޅިފައެވެ. މިހާރު އޭނާގެ ހަށިގަނޑު ފުލުހުންގެ ލޯންޗެއްގައި މާލެ ގެނައުމަށް ފުރުވާލާފިކަމަށާއި، އަދި މާލެއިން ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޓީމެއްވެސް މިހާރު އެބައަންނަކަމަށްވެސް ކ.ކާށިދޫގައި ހުރި "އެން.ޔޫ.އެން"ގެ ނޫސްވެރިއަކު މައުލޫމާތުދެއެވެ. މިޙާދިސާއާއި ގުޅިގެން ރަށުގެ ގިނަބަޔަކު ވަނީ މަގުތައްމައްޗަށް ނިކުމެ ކަމަށާއި މި ކަމާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ރަށުތެރޭގައި ހިނގާފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބެމުންދާ ވަރަކުން ކިޔުންތެރިންނަށް ފޯރުކޮށްދޭނެ ވާހަކަވެސް ދަންނަވަމެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

Sunday, July 22, 2012

ރަމަޟާންމަހު އަޅުކަން ކުރުމަށް މާލޭގައި މިސްކިތެއް އެޅުމަށް ޝަހީމު ދެކޮޅުހެދި


<< އެމް.ޑީ.ޕީން އުސްފަސްގަނޑުގައި އަޅަމުންދާ މިސްކިތް...

މި ބިންމަތީގައިވާ މިސްކިތްތަކަކީ ﷲގެ ގެފުޅުތަކެވެ. މިސްކިތެއް ބިނާކުރި މީހަކަށް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި، ދިވެހިންގެ ގިނަބަޔަކު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭމަހެކެވެ. ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގެންތިބި ބަޔަކަށް ވީހިނދު، ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް މިސްކިތެއް ބިނާކުރުމާއި ދެކޮޅު ހަދާނެ ދިވެއްސެއް ނުހުންނާނެ ކަމީ 'މެންދުރުގެ އިރު' ފާޅުވެ އެނގޭފަދައިން އެނގޭކަމެކެވެ. ނަމަވެސް ދިވެހިންގެ ގިނަބަޔަކު ޤަދަރުކުރާ ބޮޑު ޢިލްމު ވެރިޔަކު 'ސިޔާސީ މަޤްޞަދުތަކެއް ޙާސިލްކުރުމަށްޓަކައި' ރާއްޖޭގައި 'ވަކި ބަޔަކު' މިސްކިތެއް އެޅުމާއި މެދު އިންކާރުކޮށް، އެބޭފުޅާއަށް ކުރެވުނު ހުރިހާ 'ދުއްޕާނެއް' ކުރުމަކީ އަޅުގަނޑުގެ އިތުރުން އެއްވެސް ދިވެއްސަކު ޤަބޫލުކުރާނެ ކަމެއް ނޫނެވެ.
އެމް.ޑީ.ޕީގެ ފަރާތުން އުސްފަސްގަނޑުގައި އަޅަމުންދާ މިސްކިތް ނިމި މާދަމާގެ އަސުރުނަމާދަށް ހުޅުވޭނެ ކަމުގައި މިސްކިތުގެ މަސައްކަތް ކުރަމުންދާ އެމް.ޑީ.ޕީގެ މެމްބަރަކު "އެން.ޔޫ.އެން" އަށް މައުލޫމާތުދީފިއެވެ. ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން މެމްބަރުން ނަމާދުކުރުމަށާއި ރޭއަޅުކަން ކުރުމަށް އެޅި މި މިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭއިރު އަންހެނުންނަށް ޚާއްސަ ތަނުގައި ގާތްގަނޑަކަށް 50 މީހުންނަށް ނަމާދުކުރެވޭނެކަމަށްވެސް ވެއެވެ.
"އަޅުގަނޑުމެން މިސްކިތް މިއެޅީ ވަގުތީގޮތުން... ރަމަޟާން މަސް ދިޔަޔަސް މިސްކިތުގަ މީހުން ނަމާދުކުރަންޏާ މިސްކިތް ރޫޅާލާކަށް ޤަޞްދެއްނުކުރަން... މި މިސްކިތުގައި ނަމާދު ކުރެވޭނެ 350 މީހުންނަށް... އެއީ 300 ފިރިހެނުންނަށާއި 50 އަންހެނުންނަށް... ވަރަށް ގިނަ ބަޔަކުގެ އެދުމުގެ މަތިން އަޅުގަނޑުމެން އެޅި މިސްކިތެއް މިއީ... މި މިސްކިތް މާދަމާގެ އަސުރު ނަމާދަށް ހުޅުވޭތޯ ވަރަށް ބާރަށް މަސައްކަތް ކުރަމުން މިދަނީ... އަސްލު ރޯދައަށް ނިންމަން އުޅުނީ... އިސްލާމިކް މިނިސްޓްރީގެ ޝަހީމު މިކަން ހުއްޓުވީ... ވިސްނާލަ އެމީހުންގެ ހުރި ނުބައި ނުލަފާކަން... މިސްކިތެކޭ އިނގޭތޯ... މީ ފައްޅިއެއް ނޫނޭ... ބާޣީން ހީކުރަނީ މީ ފައްޅިއެއް ކަމަށް... އަހަރެމެން ވެސް މިތާ ތިބެފަ މި ޖެހެނީ ނުލާހިކު ދުރަށް ނަމާދަށް ދާން... މި ތާކައިރީ މިސްކިތެއް ހުންނަނީކީ ނޫން... އެހެން ނޫނަސް މާތްވެގެންވާ އިސްލާމް ދީނުގައި މަނާކަމެއް ނޫން މިސްކިތެއް އެޅުމަކީ.. އަޅުގަނޑުމެން މި ތަނުގައި ނަމާދުކޮށް ޤުރުއާން ކިޔަވައި ރީތިކޮށް އުޅެން ހެދި ތަނެއް މީ... އެއްވެސް ޙާލެއްގައި ބާޣީ ސަރުކާރަށް ފަންޑިތަ ހަދަން، ކިޔެވެލި ކިޔަވަން އެޅިތަނެއް ނޫން މީ... ކޮންމެ ކަމެއްވެސް ސިޔާސީ ކުރަން މިއުޅޭ ބާޣީން ބޭނުންވަނީ... އެމް.ޑީ.ޕީ އަކީ ފިކުރެއް... އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ... މިސްކިތްވެސް މިހިރީ އަޅާފަ... ދެން އިރާދަ ކުރެއްވިއްޔާ ވެރިކަމަށް ވެސް އަންނާނީ އެމް.ޑީ.ޕީގެ ރައީސެއް... ރައްޔިތުން ހަބޭސް..." އުސްފަސްގަނޑުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ.
"އެން.ޔޫ.އެން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މިސްކިތް އިމާރާތް ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޝެއިޚް ޝަހީމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެކަމާއި ގުޅިގެން  އެމް.ޑީ.ޕީގެ ބަޔަކު ވަނީ ޝަހީމުގެ ކާރުކޮޅު ހިފަހައްޓައި ކާރަށްވެސް ގެއްލުން ތަކެއް ދީފައެވެ. މި ކަމާއި ގުޅިގެން ފުލުހުން ވަނީ 3 މީހަކުވެސް ހައްޔަރުކޮށްފައެވެ. މިރޭ އެމް.ޑީ.ޕީގެ ޚާއްސަ ޖަލްސާއެއް މި މިސްކިތް އިމާރާތްކޮށްފަވާ، އުސްފަސްގަނޑުގައި އޮންނާނެ ކަމަށް އެމް.ޑީ.ޕީގެ ވެބްސައިޓްގައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

Thursday, July 19, 2012

ދޮން މޫސަބެއަށް ފެނުން ޖިންނިއަކީ ފަންބޮނޑިއެކެވެ.




ޅ.އަތޮޅު ކޮމަންޑޫ އަކީ ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ރަށެކެވެ. ރިސޯޓެއްގެ ގޮތުގައި މިރަށް ތަރަށްގީ ކުރަމުން ދިޔައިރު ހިނގި،  މީހަކަށް 'ބިރުވެރި' ނަމަވެސް އަޅުގަނޑަށް 'މަޖާ' ހާދިސާއެއް ކިޔުންތެރިންނާއި ހިއްސާކޮށްލާހިތްވީ މި ބްލޮގަކީ މިނިވަން ނޫސްވެރިކަމަށާއި ދިވެހިންނަށް އަގުހުރި 'އަވަގުރާނަ' މައުލޫމާތު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އިސްސަފުގައި ވިދާލަމުން އަންނަ ބްލޮގަކަށް ވާތީއެވެ.

ނައިފަރުން ކޮމަންޑުއަށް ނައިފަރުގެ ބަޔަކު ދަރުހޮވުމަށް ދަތުރެއްކުރިއެވެ. ހަދަމުންދާ ރިސޯޓަކަށްވާތީ މަސްކެއްކުމަށް އުނދުނުގަ ޖައްސަން ކޮޅުދާލީގެ ގޮތުގައި ގިނަ އަދަދަކަށް ލަކުޑި ފިލައާއި ފުލައިވުޑް ހޯދުމުގެ މަގުސަދުގައި ކުރި މި ދަތުރުގައި ދޮން މޫސަބޭ ކިޔާ މުސްކުޅިވަރުގެ މީހަކުވެސް ބައިވެރިވިއެވެ. ކޮމަންޑުއަށް ލެފުމާއިއެކު ދޮން މޫސަބޭ 'ކޮމާންޑް' ކުރިއެވެ. "ކަލޯމެންނޭ... މީ ހަދާ ރިސޯޓެއްކަން ދަންނާތި... ލަކުޑިގަނޑަކަށް ނާރާތި... މޮހޮރެއް ފަޔަށް ހެރެދާނެ... ބަލޭގެން އުޅޭތި ހުރިހޭ ކުދީންވެސް..." ދޮން މޫސަބޭ ކޮމާންޑު ކުރުމަށްފަހު ސައިކައްކަން ތެއްޔަކަށް ފެންއަޅާ އުނދުން ރޯކޮށްލިއެވެ. ސައި ބޮއިގެން ހުރިހާ މީހުންވެސް ދިޔައީ ޖެޓީ ދިމާ ވަލުތެރެއަށެވެ. ފަރުބަދައެއްހެން ފެންނަން ހުރި ލަކުޑި ފުނިން 'ސަމައްތަރު ހެޔޮ' ލަކުޑި ބުރިތައް އެއްފަރާތްކޮށް އަސުރުވުމުގެ ކުރިން ދޯނި ބަރާކޮށްލައިފިއެވެ. ފޮއިމަތީ ދުވަސްވަރެއްކަމުން މެންދުރުފަހުން ފުރަން މަޑުކުރީ ދިޔަވަރު ހިކިފަ އޮތުމުގެ ސަބަބުން ފަޅުތެރެއިން ދޯނި ނުނެރެވުމުންނެވެ. ދިޔަވަރު ފޫދެން ޖަހާނީ ރޭގަނޑު 8 ޖަހާލާހާއިރުކަމުން އެރޭ އެރަށުގައި ރޭކުރީއެވެ.

ދޮންމޫސަބެގެ ލަފާގެމަތިން ރަަށުގައި މަޑުކުރި ކުދިން ހަވީރު ވަގުރުކު އެޅުމާއި ކާށިހޮވަން ވަލުތެރޭ އަތްފުނާ އަޅަނީއެވެ. ދޮން މޫސަބެ އުޅުނީ މުށިމަސް ބާނަން ދޮށްޓެއް ހެދުމުގެ ބޭނުމުގައި ތެދަށް ހުރި ދިއްގާ ދަނޑިއެއް ފެނޭތޯއެވެ. އިރާކޮޅު ގެއަށް އަންނަން ވެގެން އެޅުނު މަގަކުން ދޮން މޫސަބެއަށް މަގު އޮޅި ދެވޭ ނުދެވޭ ތަނެއް ނޭގި ވާވަދެއްޖެއެވެ. ކަނު އަނދިރީ މިހެން ދަނިކޮށް ކުއްލިއަކަށް ދޮން މޫސަބޭ ގައިގާ އެއްޗެއް ޖެހިގެންފިއެވެ. އޭގެ އިސްތަށިތައް ހަރެވެ. ފަލަވެފައި ކުރު މި ޖިންނި އާއި ދޮން މޫސަބެ ހަނގުރާމަ އިއުލާނު ކުރިއެވެ. "އަތް ނުލަނިސް އަތްނުލާތި... ގޭކޮޅު ގޭގޭ ދުރު..." މިހެން ކިޔާ ޖިންނި، ގަޔާދުރައްކޮށްޕާލާ ދެފަހަރަކު ނަގާ ބިމާލާ ޖެހިއެވެ. މި ސަކަރާތެއްގެ ތެރޭ އުޅުމަށްފަހު 'ޖިންނި މަރާލެވުމުގެ' އުފަލުގައި ވަރުބަލި ފިލުވާލަން އެތާކައިރީ ހުރި ރުކެއްގެ ބުޑުގައި ޖައްސާލުމަށް ފަހު އައި މަގުން އިދިކޮޅަށް ގެއާއި ދިމައަށް ނައްޓާލިއެވެ. ވަކި ހިސާބަކަށް ދިޔަތަނާ ޓޯޗް ބައްތިއެއް ހިފައިގެން ދޮން މޫސަބޭ ހޯދަން ނިކުތް ދޯނިން އައި ކުދިންނާއި ދިމާވެގެން މަގު އޮޅުން ވާހަކައާއި 'ޖިންނި މަރާލިވާހަކަ' ކިޔައިދިނުމުން އެތަނުން އެއްބަޔަކު އެވާހަކަ ގަބޫލެއް ނުކުރިއެވެ.

ދޮން މޫސަބެގެ އަތަށް ޓޯޗުން އަލިކޮށް ލޭ ހިލި ހިލި ހުރި ތަންތަން ދެއްކުމުން އެ ޖިންނި ބަލަން އެންމެން ވަރަށް ޝައުގުވެރި ވެއްޖެއެވެ. އެ ޖިންނި ދައްކަން ދޮން މޫސަބެ އެމީހުން އެކު މަގުގެ އެތަން މިތަނަށް އަލި ކުރަމުން ދަނިކޮށް މާދުރަށް ވެއްޓިފައޮތް ފަލަ އެއްޗެއް ދޮން މޫސަބެ ދެއްކިއެވެ. "އެއޮތީ އޭތި... އެއޮތީ ޖިންނި... ބަލޭ އެޅާފަލަކަން.. މަށަށް ކިރިޔާ އެޅާ ހިއްލޭ ލެވެނީ.... ދެފަހަރަކު ނަގޭފޭ ޖަހާއިރަށް އެޅާ މަރުވެއްޖެ" ދޮން މޫސަބެ ފަހުރުވެރި ކަމާއެކު ބުނެލިއެވެ. ދޮން މޫސަބެ ހިއްވަރުގަދައެވެ. ބިރުވެސް ކުޑައެވެ. ޖިންނި އެއް މަރާލެވޭނީ ހާދަ ބާރުގަދަ ވީމާ ތާއޭ އެކުދިންބުންޏެވެ. ދޮން މޫސަބޭގެ 'މޮޅުވާހަކަ' ނުނިމެނީސް މަރުވެފައިވާ ޖިންނި އޮތް ހިސާބަށް ދެވިއްޖެއެވެ. ޓޯޗް ބައްތިން ޖިންނި އަށް އަލިކޮށްލިއެވެ.

ކަމަކު ދާކަށް ނެތެވެ. ދޮން މޫސަބެ މި ހަނގުރާމަ ކުރީ މިރަށު ބީޗް ވިލާގެ ފުރާޅުގައި ލުމަށް ގެނެސްފައި ހުރި 'ފަންބޮޑި' ތަކުގެ ތެރެއިން ފަންބޮނޑިއަކާއެވެ. އިތުރު ގެއްލުމެއް ވެފައި ހުރިތޯ ބަލަން ދޮން މޫސަބޭގެ މުޅި ގަޔަށް އަލިކޮށްގެން ބަލަނިކޮށް ފެނުނީ ފައިވާން ފޫއަޅާ ފައިގެ ތިލަ މެދުން ދެފަޔަށް ވަދެފައި ހުރި ބޮޑު ދެމޮރު ކޮޅަށްޖެހިފަ ހުރިތަނެވެ. ފައިތިލައިން ދެމޮހޮރު ފޫއަޅާފަ ނިކުމެފަ އިންތަނުން 'ހެސްކިޔާހަ' ލޭއާދެއެވެ. ހީވަނީ ދޮން މޫސަބޭގެ 'ރީބޮކް' ކަޅުފައިވާން ގެއްލިދާނެތީ، ފަޔަށް ހަރުކޮށްލަން ޖަހާފަ އިން ދެމޮހޮރުހެންނެވެ. "މީ ހަދާ ރިސޯޓެއް... ފަޔަށް މޮހޮރެއް ވަދެފާނެތީ އުޅުނީ ދޮން މޫސަބޭ... ޗަހަރީ އެއްޅާއެއް ކަމަކަށް ނޫން ދެޅާ ވަދެފޭ... ދޮން މޫސަބޭ ދަނޑިހޮވާށޭ ކިޔޭފޭގޮސް ޖިންނި އެކޭ ކިޔޭފޭ ފަންބޮޑިއެއްވެސް މަރޭފީމު... ހިނގޭ އަވަހަށް ރަށަށް ދާން... ނަސީބެއްނުން  ދޮން މޫސަބޭ  ސަލާމަތުން އަހަރެމެންނަށް ފެނުންކަން..." ކޮންޓްރޯލްކުރި ހިނިގަނޑު ފަޅައިގެން ދިޔުމާއެކު ހެމުން ހެމުން އެތަނުން އެއްކުއްޖަކު  ދޮން މޫސަބޭ ރަށަށް ލެފުމާއިއެކު ދިން ކޮމާންޑް ހަނދާންކޮށްދިނެވެ. ދިޔަވަރު ހެޔޮވަރުކަމުން ދޯނި ފަޅުންނެރެ  ދޮން މޫސަބޭ ގޮވައިގެން ރަށަށް ފުރިއިރު މެންދަމު އެކެއްޖަހަނީއެވެ.

މިލިޔުމުގައި އަޅުގަނޑު ބޭނުންކޮށްފައި އެވާ އެއްވެސް 'ލަދެއް' ތިޔަ ބްލޮގްގެ ފަރާތުން ބަދަލު ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޒލޚ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްވާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

ކަންކަށިމަތީ 'ދޮންކަނބުލޮގެ' ބައްޕަ ހޫނު އެތިފަހަރަކުން 'ފިރުމާ' ލުމުންނެވެ.



ޒަމާނަށް އައި ބަދަލާއި އެކު ރައްޖޭގެ ފަޅުރަށްތައް ރިސޯޓް ތަކުގެ ގޮތުގައި ތަރައްޤީ ކުރެވެންފެށިއެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތު 1972 ވަނަ އަހަރު ފެށުން އިރު މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު އަދާކުރަމުންދަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކެވެ. ރާއްޖެއަކީ މިވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވަޒީފާ ހޯދުމުގައި އުނދަގޫ މަންޒިލަކަށްވެ ވަޒީފާއެއް ނުލިބިގެން ގޮތް ހުސްވެފައިވާ މީހުން ގިނަ ތަނަކަށް ވެއްޖެއެވެ. ގިނަ ބަޔަކު ރިސޯޓްތަކުގައި ވަޒީފާ އަދާކުރަނީ ލިބޭ އާމްދަނީ ބޮޑުވީމައެވެ. ނަމަވެސް ރިސޯޓްތަކުގެ ސީނިއަރ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ގެންގުޅޭ ނަސްލީ ތަފާތު ކުރުމެއްގެ ސަބަބުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާވެސް ވަނީ ކޮށްފައެވެ. މިފަދަ ކަންތަކުގެ ސަބަބުން ފަތުރުވެރިންގެ ކުރިމަތީ ދިވެހިންގެ ރީތިނަން 'ކިލަނބުވުމުގެ' އިތުރުން ވަޒީފާ ދޭ ފަރާތުން ހަރުކަށި ފިޔަވަޅުވެސް އަޅައެވެ.

ޅ.އަތޮޅުގައި ފުރަތަމަ ހުޅުވުނު ރިސޯޓަކީ ކުރެއްދޫއެވެ. ކުރެއްދޫއަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ގިނަ ފަތުރުވެރިން ހޮނިރުދުވަހާއި އަންގާރަދުވަހު ނައިފަރަށް ޒިޔާރަތްކޮށް ރަށުގެ ދުވަސްވީ އާސާރީ ތަންތަން ފޮޓޯ ނެގުމުގެ އިތުރުން ނައިފަރުގެ މީހުން ހަދައި އުޅޭ އެކިވައްތަރުގެ ތަކެތި ގަނެއެވެ. ބޮނބިން ހަދާފަވާ ރާމާމަކުނާއި ކުދި ދޯނި މިލިސްޓްތަކުގެ އެންމެ ކުރިން ރަންވަނަ ތަކެއް ހޯދިއެވެ. ނައިފަރުގެ ދެބައި އުމުރުގެ ދެ ފިރިހެނަކު މި ދުވަސް ދުވަހު 'ކެއުމެއް ބުއިމެއް' ނެތި ފަތުރުވެރިންނަށް ފާރަލަމުން، އެމީހުންގެ ފަސްފަހަތުން ވީލް ބަރޯ އަކަށް މިދެންނެވި ތަކެތީގެ އިތުރުން ކުރުނބަޔާއި ދޮންކޭލުން ގާޑިޔާ 'ޖަރީކޮށްގެން' އެމީހުންނަށް އެނގޭ ބަހުރުވައިން 'ވަން ޑޮލަރު ފައިވް ބަނާނާ.." މިހެން ގޮވަމުން ދުއްވާނެއެވެ.

ހަސަންބެ އާއި އަހައްމަދަކީވެސް ދޮންކެޔޮވިއްކާ ދެމީހުން ކަމަށް ވާތީ މިގޮތަށް އަންނަ ފަތުރުވެރިންނަށް ތަފާތު ވައްތަރުގެ ސާމާނު ތަޢާރަފް ކުރަން ފެށިއެވެ. ފަތުރުވެރިން މި ދެމީހުން އެކީ ފޮޓޯވެސް ނަގައެވެ. އަދި އެމީހުން ކުދިކުދި ޚައިރާތުވެސް އެކި ފަހަރު އެކިމީހުން ކުރުމުގެ ސަބަބުން ހަސަންބެ އާއި އަހައްމަދު ގެ މި ހަނގުރާމަ ގަދަވެ އެކިވައްތަރުގެ ސާމާނު ގެސްޓުންނަށް ތައާރަފު ކުރަމުން ދިޔަ ދުވަހެކެވެ. ވެލާ ބިސްތަކެއް ދައްކާ އަހައްމަދުގެ ދެއަތުން ވެލާ މޫދުގައި ފަތާއިރު ހަދާގޮތް ހަދަމުން ފޫކޮޅަށް އިޝާރާތްކޮށް "ވެލޭ ވެލޭ.. ބިޝް... ވަންޑޮލަރު ވަން ބިޝް.." އަހައްމަދު ބުންޏެވެ. ހަސަންބެގެ ގާޑިޔާ ކައިރިއަށް މީހުން ގެންދަން "ދިސް އިޒް ތެލުލި ބަނބުކެޔޮ... ކަލޭ އީޓް ދިސް... " ހަސަންބެ ބުންޏެވެ.

މިއަދަކީ ފަތުރުވެރިން އަންނަ ދުވަހަކަށް ވާތީ އަހައްމަދު އިނީ ބަރޯ ހިފައިގެން ޖެޓީ ކައިރީ ހުރި ގާގަނޑެއް މަތީ އިށީންދެގެން ފަތުރުވެރިންގެ އިންތިޒާރުުގައެވެ. ފަތުރުވެރިން ލަފައިގެން ފައިބާ އަހައްމަދުގެ ގާޑިޔާ ކައިރިއަށް އައި އިރުވެސް ހަސަންބެގެ ހިލަމެއް ނުވިއެވެ. އަހައްމަދު ގެންދިޔަ ކުރުނބާތަކުން ކުރުނބާ ބޯންހުރި ޅަދޮނޅު ރީތި ވަނާތަކުގެ އަސަރުގަދަ 'ފަތްމިންޏެއްފަދަ' އަންހެން ކުއްޖެއް އަހައްމަދުގެ ހިތުގެ އެންމެ ފުނުގެ ނާރާ ކުޅެލިއެވެ. ބޭއިޚްތިޔާރުގައި އެކުއްޖާގެ އަތުގަ އާއި ގައިގެ އެތަން މިތާ ފިރުމާ އެ 'ކަނބުލޮގެ' ރީތިކަމަށް ތައުރީފުކުރެވެންފެށިއެވެ.

ނަސީބު އަތުގަ ހިފިކަހަލައެވެ. އެކުއްޖާގެ މައިންބައިފައިން އެމީހުން އެކުގައި ފޮޓޯއެއް ނެގުމަށް އަހައްމަދަށް ދައުވަތުއެރުވިއެވެ. ޚިޔާލީ ދުނިޔެއެއްގައި އަހައްމަދު ޣަރަގުވެއްޖެއެވެ. ފޮޓޯއަށް ހުއްޓި ހުރެވުނީ މި 'ދޮންކަނބުލޮ' ގެ ކައިރީ ކަމުން ބޭއިޚްތިޔާރުގައި އެކުއްޖާގެ ގައިގާ ފިރުމަމުން "ވާވާ... ތިއްތިކަން... ދޮންކަނބުލޯ... " އަހައްމަދަށް ކިޔެއެވެ. ކެމެރާ އޮންކޮށްގެން ކުއްޖާގެ ބައްޕަ ފޮޓޯނުނެގިފައި އަހައްމަދުގެ މި 'ކާފަރު' ފިލްމުގެ މަންޒަރު ބަލަން އިރުކޮޅަކުހުރެފައި، ރޯމާ ދުވާލު ބޮޑު މުސްކުޅިއަކު 'ޙައްދުންމައްޗަށް' ދާންފެށުމުން ވަރަށް ރުޅިގަދަ ވެގެން އައިސް އެކުއްޖާ އަހައްމަދު ކައިރީން ދުރުކުރިއެވެ. އަހައްމަދުގެ އަތް އެކުއްޖާގެ ކަރުވަޅުތެރެއިން ނެރެމުން "ވައި އަރ ޔޫ އޯލްވޭސް ޓެލިންގ، ވާރ ވާރ ޗީ ޗިކެން،، ޑޯންޓް ކޭން ބީ ލޯވ..." އެކުއްޖާގެ ބައްޕަ ބުންޏެވެ. މިކުރެވުނު ކަމެއް ރޯފިލާވަރުވީ އަހައްމަދުގެ ކަންކަށިމަތީ 'ދޮންކަނބުލޮގެ' ބައްޕަ ހޫނު އެތިފަހަރަކުން 'ފިރުމާ' ލުމުންނެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޝމނ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްޥާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)

Wednesday, July 18, 2012

ދަހި ވިޔަސް މިހާވަރު ދެން ތަންފުކެއް ބޮޑުދޯއެވެ.


ރަމަޟާން މަހަކީ ދީލަތިކަމުގެ މައްސަރެވެ. މި މަހުގައި ގިނަގިނައިން ހޭދަކުރުމަކީ ގިނަގުނަ ފައިދާ ލިބޭނޭކަމެކެވެ. ބުއްދިވެރިއަކީ އިސްރާފުނުކޮށް ދަހިވެތި ނުވެ ހަރަދު ހިފެހެއްޓޭ އިޤްދިޞާދު ކުރާ މީހެކެވެ. ދަހިވެތިކަމަކީ މީހާގެ ކިބައިގާ އަށަގަންނަ ނުރަނގަޅު ސިފައެކެވެ. ދަހި ވިޔަސް މިހާވަރު ދެން ތަންފުކެއް ބޮޑުދޯއެވެ.

އެއްދުވަހަކު، މުށްބާރު، ދަހި މީހެއްގެ ރަޙުމަތްތެރިއަކު އޭނާގެ ގެއަށް ޒިޔާރަތްކުރި އެވެ. އެ ރަޙުމަތްތެރިއާ އަށް، ދަހި މީހާއަކީ، ދީލަތި މީހެއްކަމަށް ހީކުރުވުމަށްޓަކައި، ދަހިމީހާ އޭނާގެ ފިރިހެން ދަރިފުޅަށް ގޮވާލާފައި ބުންޏެވެ.

"ދަރިފުޅާ އެވެ! ބައްޕަގެ ވަރަށް ގާތް ރަޙުމަތްތެރިއަކު، ގެއަށް އަތުވެއްޖެ އެވެ. އޭނާއަށް ރަނގަޅު ޖާފަތެއް ތައްޔާރުކުރުމަށްޓަކައި ބާޒާރުގައި ހުރި އެންމެ ތާޒާ، އެންމެ އަގުބޮޑު މަހުގެ ހައެއްކަ ކިލޯގްރާމު މަސް ގަނެގެން އަންނާށެވެ!"


ދެން ދަހި މީހާގެ ދަރިފުޅު ބާޒާރަށް ގޮސް، އިރުގަނޑެއް ކޮށްފައި، ހުސް ދެއަތާ އެނބުރި ގެއަށް އަތުވެއްޖެ އެވެ. އެހިނދު، އެކަމާމެދު ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރަމުން، އޭނާގެ ބައްޕަ ސުވާލުކުރި އެވެ.

"ދަރިފުޅާ އެވެ! މަސްކޮޅެއް ނުގަނެ ތިޔަ އައީ ކީއްވެގެން ހެއްޔެވެ؟ ބާޒާރުގައި މަސްކޮޅެއް ހަމަ ނެތީ ހެއްޔެވެ؟"


ދަހިމީހާގެ ދަރިފުޅު ބުންޏެވެ.

"ނޫނެކެވެ. ބާޒާރުގައި މަސް އެބަހުއްޓެވެ. ބާޒާރުގައި ހުރި އެންމެ ތާޒާ މަސް ވިއްކާ ފިހާރައަށް ގޮސް ބުނީމެވެ. އެންމެ ތާޒާ މަހުގެ ހައެއްކަ ކިލޯގްރާމް މަސް ކިރައިދޭށެވެ!"


މަސްކިރަން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ ގިތެލަށްވުރެ ތާޒާ މަސް މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ މަހަކީ، އެންމެ ތާޒާ ގިތެޔޮ ފަދަ އެއްޗެއް ކަމަށްވަނީނަމަ، މަސް ގަންނާނެ ކަމެއް ނެތްތާ އެވެ! އެންމެ ތާޒާ ގިތެލުގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި މަސްނުގަނެ، ގިތެޔޮ ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ ގިތެލުގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"


ގިތެޔޮ ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ ކަދުރު ސޯސް އަށްވުރެ ތާޒާ ގިތެޔޮ މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ ގިތެލަކީ، އެންމެ ތާޒާ ކަދުރު ސޯސް ފަދަ އެއްޗެއް ކަމަށްވަނީނަމަ، ގިތެޔޮ ގަންނާނެ ކަމެއް ނެތްތާ އެވެ! އެންމެ ތާޒާ ކަދުރު ސޯސް ގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި ގިތެޔޮ ނުގަނެ، ކަދުރު ސޯސް ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ ކަދުރު ސޯސް ގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"


ކަދުރު ސޯސް ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ތާޒާ މާމުޔަށްވުރެ ތާޒާ ކަދުރު ސޯސް މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމު ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ ކަދުރު ސޯސް އަކީ، އެންމެ ތާޒާ މާމުއި ފަދަ އެއްޗެއް ކަމަށްވަނީނަމަ، ކަދުރު ސޯސް ގަންނާނެ ކަމެއް ނެތްތާ އެވެ! އެންމެ ތާޒާ މާމުއި ގެ ހައެއްކަ ކިލޯގްރާމު ގަނެގެން ދިޔައިމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި ކަދުރު ސޯސް ނުގަނެ، މާމުއި ވިއްކާ ފިހާރައަކަށް ގޮސް ބުނީމެވެ.

"އެންމެ ތާޒާ މާމުއިގެ ހައެއްކަ ކިލޯގްރާމް ކިރައިދޭށެވެ!"


މާމުއި ކިރައިދޭން ހުރި މީހާ ބުންޏެވެ.

"އެންމެ ސާފު ވާރޭ ފެނަށްވުރެ ސާފު މާމުއި މި ފިހާރައިގައި އެބަހުއްޓެވެ. އެއިން ހައެއްކަ ކިލޯގްރާމް ކިރައިދެން ހެއްޔެވެ؟"


ތިމަންނާގެ ހިތަށްއެރި އެވެ.

"އެންމެ ތާޒާ މާމުޔަކީ، އެންމެ ސާފު ވާރޭފެން ފަދަ އެއްޗެއް ކަމަށްވަނީނަމަ، މާމުއި ގަންނާނެ ކަމެއް ނެތްތާ އެވެ! ގެއަށް ގޮސް ގޭގައިވާ ސާފު ވާރޭފެން ތާނގީން ހައެއްކަ ކިލޯގްރާމުގެ ވާރޭފެން ކިރައިގެން ނެގީމާ މާރަނގަޅުވާނެ އެވެ!"


މިހެން ހިތައި ތިމަންނާ މިއަކީ، އެއްވެސް އެއްޗެއް ނުގަނެ ހުސްދެއަތާ އެވެ! ގޭގައި ހުރި އެއްޗެއް ގަތީމާ ވާނީ ބޮޑު އިސްރާފަކަށް ނޫން ހެއްޔެވެ؟

ދަހިމީހާ ބުންޏެވެ.

"ދަރިފުޅާ އެވެ! ތިބާއަށް ސާބަހާއި އައްސަރިބަސް ރައްދުކުރަމެވެ. ތިޔައީ ހަމަ މި ބައްޕަ ފަދަ ބުއްދިވެރި ދީލަތި ދަރިއެކެވެ!"


ބައްޕައާއި ދަރިފުޅުގެ ދެމެދުގައި ދެކެވުނު މިވާހަކަތައް އަޑުއަހަން، ދަތްކުނޑި ވިކާލަވިކާލައި އިނުމަކީ ރަޙުމަތްތެރިއާ އަށް މާފަސޭހަ ކަމެއް ކަމުގައި ނުވި އެވެ! އެ ވާހަކަތަކުގެ ޙަޤީޤަތް އޭނާއަށް މޭރުންވާތީ، ރުޅިގަދަވެގެން ގޮސް އޭނާ ފަޅަފަޅައިގެން ނުދިޔައީ ހަމަ ކިރިޔާ އެވެ! ދެން ރަޙުމަތްތެރިޔާ އަވަސް އަވަހަށް އެ ގެއިން ނިކުންނަށް ހިނގައިގަތްތަނާ އޭނާއަށް ފުރަގަސްދީގެން ހުރެ، ބައްޕަ، ދަރިފުޅުގެ ގާތުގައި މަޑުމަޑުން ބުންޏެވެ.

"ދަރިފުޅާ އެވެ! ތިބާ ބާޒާރަށް ގޮސް އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގުމުގެ ސަބަބުން ތިބާގެ ފައިވާނުގެ ތިރި ވާނީ ބިންމަތީގައި ގޭނި ގޭނި ހަލާކުވެފަ އެވެ. އެކަމުގެ ސަބަބުން ފައިވާނުގެ އުމުރު ކުރުވެ، ފައިވާން އަވަހަށް ހަލާކުވާނެ އެވެ. ދެންފަހަރަކުން މިކަހަލަ ކަމެއް ދިމާވީމާ، އެހައި ގިނަ ފިހާރަތަކަށް ނުދައްޗެވެ!"


ދަރިފުޅު ބާރަށް ހީނގެންފައި ބުންޏެވެ.

"ބައްޕާ އެވެ! ކަންބޮޑުނުވާށެވެ! ތިމަންނާ ދިޔައީ ބައްޕަގެ ރަޙުމަތްތެރިޔާގެ ފައިވާނަށް އަރައިގެންނެވެ!!!"
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

ޕާސްޕޯޓް ފޮޓޯއެއް ގެންނާށެވެ.


 
ނ އަތޮޅުގެ ރަށެއްގެ މީހެއް މާލެ އައެވެ. މީނާއަކީ ރަށުގައި 'ފުއްޕާފަ' އުޅޭ އަޑުގަދަ މީހަކަސް 'ގަރަހިތައެއްފަދަ' ހަނދާންބަލި މީހެކެވެ. މީހުން ޖެހިލުންވާ ސިފައެއް ހުންނަ އާއިލާގެ ދެވަނައަށް އެންމެ ދޮށީ މީހާވެސް މެއެވެ. ސައްތާރަކީ ސައިކަލް ދުއްވަން އެނގޭ ނަމަވެސް ސައިކަލް ދުއްވުމުގެ ލައިސަންސް ނެތުމުގެ ސަބަބުން އެންމެ 'ފަހު ފުރުސަތުގެ' ދަށުން ފުލުހުންގެ ފަރާތުން ދޫކޮށްލާފައިވާ މީހެކެވެ. 'އުނގުޅޭބާޒަރަށް' މާލެއައިސް ވިއްސާރަވުމުގެ ސަބަބުން ރަށަށްނުދެވި ހުރި ދުވަސްކޮޅުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ނެގުމަށް ސައްތާރު ނިންމީ ރަށުކުއްޖަކު އެކަމުގައި ސައްތާރަށް އެހީތެރިކަން ފޯރުކޮށްދޭން ވަޢުދު ވުމުންނެވެ. ސައްތާރު އަތުގައި ލައިސަންސް ނޯންނަ ވާހަކަ ދައްކާ މީހުންގެ ޒުވާބުތަކުގައި އެމީހުން 'ކަލޭ އަތުގައި ލައިސަންސެއްވެސް ނޯވެޔޭ' ބުނާ ބުނުމަށް ދައްކާނެ ހެއްކެއްގެ ގޮތުންނެވެ. ލައިސަންސް ނަގައިގެން ރަށަށް ދިޔުމުގެ ކުރިން އެއްވެސް މީހެއްގެ ކައިރީ މިވާހަކަ ނުބުނަން ނިންމިއެވެ. މީހަކަށް މިކަން އެނގިއްޖެނަމަ ފަހަރުގައި ސައްތާރުގެ މި ޕްލޭން ފުރިހަމަ ވިޔަ ނުދީ 'ފަނިކޮށްލަފާނެތީވެސް' ތޯއްޗެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ފޯމެއްނެގުމަށް ފަހު ފުރާފަ ފޯމުލަންް ދިޔުމުން ކައުންޓަރުން ސައްތާރުގެ ފޯމެއް ގަބޫލެއް ނުކުރިއެވެ. "ކޮބާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯ... ޕާސްޕޯރޓް ސައިޒްގެ ދެ ފޮޓޯ ގެންނަންޖެހޭނެ..." ކައުންޓަރުގައި އިން ކުއްޖާ މިހެން ބުނުމުން ސައްތާރު އެނބުރި ގެއަށް އައެވެ. ގެއަށް އައީ އެކުއްޖާ ބުނި ޖުމްލަ ހަނދާންނެތި ދާނެތީ ތަސްބީހައެއްހެން 'ޕާސްޕޯޓް ޕާސްޕޯޓް' މިހެން ކިޔަމުން ކިޔަމުންނެވެ. މަގު މަތިން ދިމާވި ރަށު މީހަކު ދެއްކި އޮލަ ވާހަކައެއްގެ ސަބަބުން ސައްތާރުގެ 'ތަސްބީހަ' ހަނދާންނެތިއްޖެއެވެ. ޖެހިގެން އައި ދުވަހު ހަވީރު ކުޑަކުދިންގެ ބަގީޗާއިން ފޮޓޯނަގާމީހެއް އަތުލައިގަތެވެ. އެމީހަށް 'ރޯފިލާވަރުގެ ޚައިރާތެއްކޮށްލުމުން' އެ ފޮޓޯނަގާދޭ މީހާ، އެ އިމާރާތުގެ ބޭރުން ފޮޓޮއެއް ނަގައިދޭން އެއްބަސްވިއެވެ. ސައްތާރު ކުރެން މީ ކީއްކުރަން ނަގާ ފޮޓޯއެއްތޯ އެހުމުންވެސް މި ފޮޓޯ ނަގާ ސަބަބެއް ނުބުނެއެވެ. "ކަލޭ ބަލާނެ ކަމެއްނެތް ތިޔެއް... ލާރި ދޭނަމޭ... ލާރިއެއްނުން އެއްޗަކީ..." ސައްތާރު ގެ ޖަވާބު ކުރުވެފައި ސާދާއެވެ.

ޓްރާންސްޓްޕޯރޓް މިނިސްޓްރީގެ ބޭރުން އެޢިމާރަތުގެ ބޮޑު ފޮޓެއް ނެގުމަށް ފަހު ޕްރިންޓްކޮށްގެން ޖެހިގެން އައި ދުވަހު، ލައިސަންސް ނަގަން ހުށަހަޅަންޖެހޭ ފޯމާއި އެކު ކައުންޓަރަށް ހަވާލުކުރިއެވެ. ސައްތާރުގެ ނަސީބު ރަނގަޅުކަމުން ފޯމު ހަވާލުކުރަންޖެހޭ ކައުންޓަރ ގައި މިއަދުވެސް އިނީ ކުރީ ދުވަހުގަވެސް އިން ކުއްޖާއެވެ. "ބޭބޭ... މި ފޮޓޮއެއް ކަމަކު ނުދާނެ... ބޭބެ އަށް ނޭނގޭތޯ ޕާސްޕޯޓެއް..." އެކުއްޖާ އެހެން ބުނމުން ސައްތާރު ހަނދާންކުރަންފެށިއެވެ. ސައްތާރުގެ ކުލަ 'މެމޮރީން' މިހާރު އެދައްކަނީ އެހެން އިމާރާތެކެވެ. "އާނ.. ހަނދާންވެއްޖެ... އެތަން ވާހަކަ ދޯ ބުނީ..." ކައުންޓަރުގައި އިން ކުއްޖާއަށް، އިތުރު އެއްޗެއް ބުނުމުގެ ފުރަސަތެއް ނުދީ ފޯމު ހިފައިގެން ސައްތާރު 'އުދުއްސައިގަތެވެެ.'
އޭގެ އަނެއްދުވަހު 'ޕޯސްޓް އޮފީހުގެ' ރީތި ފޮޓޮއެއް ނެގުމަށް ކުރީދުވަހު އޭނައަަށް ފޮޓޯ ނަގައިދިން މީހާކައިރީ ބުންޏެވެ. "ކަލޭ ތީ ހާދަ ގަމާރު މީހެކޭ... މަ ބުނިންތަ ކަލޭ ކައިރީ ޓްރާންސް ޕޯޓޭ... އޭން... މަ ބުނީންތަ އެހެން... މަބުނީ ޕޯސްޓް އޮފީހުގެ ފޮޓޯއެކޭ ނޫންތަ... ކަލެއަށް އިތުބާރުކޮށްފަ މަ އެޔެއް ބަލާވެސް ނުލާ މިގެންދިޔައީ..." ސައްތާރު ހިތްހަމަ ނުޖެހުމާއެކު ރުންކުރު ގޮތަކަށް މިހެން ބުނުމުން ފޮޓޯނަގާ މީހާ ޖެހިގެން އައި ދުވަހު ޕޯސްޓް އޮފީހުގެ ރީތި ފޮޓެއް ގެނެސް ދޭން ވައުދުވިއެވެ. "ޝުކުރިއްޔާ... ކަލެއަށް މިވަރުން ފުދޭނެތަ؟... މިކަން ނިމުނީމަ ކެހެނިފިލާވަރުގެ ސަޔެއް ދޭނަމޭ..." ސަތޭކަ ރުފިޔާ ދެމުން ސައްތާރު ހިނތުންވެލިއެވެ. ސައްތާރަކީ މުއްސަނދި މީހެކެވެ. ރައްޓެހިންނަށް ހެޔޮ 'ހަކުރު ދެންޏާ' ބޮޑުބޭބެއެކެވެ.

ނަންބަރާއި ނުޖެހިގެން އެއްފަހަރު ގަޑިއަށް އަނެއްފަހަރު ނަންބަރު އަރުވާ ބޯޑަށް ބަލަބަލާ އިން ސައްތާރުގެ ނަންބަރު ކައުންޓަރުގެ ކޮށިގަނޑަށް އެރުވި އިރު 'ބާޒެއް ކުޑަ ފިޔޮކެއްގެ މައްޗަށް' ޖައްސާހެން ކައުންޓަރަށް ސައްތާރު ތިރިކޮށްލިއެވެ. މިއަދު ކައުންޓަރުގައި މި އިނީ އަތޮޅު ވެރިކަން ކުރާ ރަށުގެ ކަތީބުގެ އަންހެން ދަރިފުޅެވެ. ހާލު އަހުވާލު އަހާލާ މައިންބަފައިންނަށް ވެދުމާ ސަލާމާއި، ކަތީބުގެ ހެޔޮކަމުގެ ސަނާ ކިޔުން ސައްތާރު ހުއްޓާލީ "ސައްތާރުބޭ... މީ ކޮންތަނެއްގެ ފޮޓޯއެއް.. ހާދަ ރީއްޗޭ... ކޮބާ ދެން ޕާސްޕޯޓް ފޮޓޯ..." މިހެން ބުނުމުންނެވެ. ސައްތާރު ހަމަ ހައިރާންވެ އަންތަރީސް ވިއެވެ.  "މަންޖޭ... ޕާސްޕޯޓަކީ އެއީ ކޮންތަނެއް... މިހާރު ދެފޮޓޯ މި ގެނައީ... ކަމަކު ނުދިޔަ ދޯ... މި ފަހަރު ކޮން ތަނެއް ނަގަންވީ..." ސައްތާރު ދެރަވެލާފާ އަހާލިއެވެ. މަސްދުވަހަށްވުރެ ގިނަ ދުވަސްވަނީއެވެ. އަންހެނުން ހުރީ 'ނަރުގަނޑު ކޮޅުގަ' އެވެ. ސައްތާރު ރަށަށް ނައިސްގެންނެވެ. "ސައްތާރުބޭ.. ސައްތާރުބޭގެ ބުރި ފޮޓޯއެއް ގެނޭ... އޭރުން ނިމުނީ.. ކިހާދުވަހެއް މާލޭގަ އުޅޭތާ... ރަށަށް ނުދެވިފަ ދޮއްތޮ ތިޔާ ހުރީ.."  އަންހެން ކުއްޖާ އެހެން ބުނުމުން ސައްތާރު ވަގުތުން ފޮޓޯ ނަގާ މީހާ އުޅޭ ގެއަށް ދާން ނިންމިއެވެ. "ބޭބެ މިހާރު މިއޮށް މަހެއްވަނީ މި ސަކަރާތެއްގަ އުޅޭތާ.. ދިވެހިން ބުނީމަ ދޯ ބޭބެ މެންނަށް އެނގޭނީ... ކަނބުލޮމެން ތިޔާ ފަރަންޖީ ބަހުން އަހަރެމެންނާ ވާހަކަ ނުދައްކާތި.. " މިހެން ބުނެފަ ސައްތާރު ދިޔައީ ގެއަށެވެ.

ފާހާނައަށް ވަދެ މަސްދުވަހު ނުބާލާ ހުރި 'ލަދުވެތި ގުނަވަނުގެ' ވިނަގަނޑު ނޮޅާލިއެވެ. އަދި ފެންވަރާ ނަލަވެގެން ފޮޓޮ ނަގާ މީހާގެ ގެއަށް ގޮސް މިފަހަރު ފޮޓޯ ނަގަން ވީގޮތް ބުންޏެވެ. އަދި އިތުރު ވާހަކައެއް ނުދެއްމުމަށް އިޝާރާތްކޮށް 200 ރުފިޔާގެ ހަދިޔާއެއް ދިނެވެ. ރަށު ބަހުން 'ބުރި' މާނަކުރަނީ ކުރިމަތީ ފަރާތަށެވެ. ސައްތާރުމެންފަދަ ގަދަރު ކުރާ، ބައްޕަމެން ރަށްޓެހި މީހެއްގެ ލަދުވެތި ގުނަވަނެއްގެ ފޮޓޯއެއް ގެންނަން "އަސްލު އިބާރާތުން" ބުނަން އެމަންޖެއަށް ނުކެރުނީ ކަމަށް ސައްތާރުގެ 'ގަޅި ސިކުނޑި' ސައްތާރަށް ވިސްނައިދިނެވެ. ފޮޓޯނެގުމަށް ސައްތާރު ބަރަހަނާވިއެވެ. އަދި ފޮޓޯ ނެގުމަށް ފަހު އަވަހަށް ޕްރިންޓްކޮށްގެން ގެންނަން ބުންޏެވެ. އެހެން މީހަކަށް ނުދައްކާ މަތިން 500 ރުފިޔާގެ 'ފިލިގަނޑެއް' ޖަހާލުމަަށްފަހު އޭގެ އަނެއްދުވަހު ގެނެސް ދިނުމަށް އެދުނެވެ. ބަރަހަނާ ފޮޓޯ އަކަށް ވާތީ ޕްރިންޓް ކުރަންވީ ބުރަކަމަކަށެވެ. ނަމަވެސް 'އެތެރެ އެތެރިން' ގުޅާލައިގެން ފޮޓޯ ޕްރިންޓްކޮށް، އޭގެ ހަފްތާއެއް ފަހުން ސައްތާރަށް ފޮޓޯ ގެންގޮސްދިނެވެ.

ގަޑިން 9 ޖެހިއިރު ސައްތާރު އިނީ ޓްރާންސްޕޯޓްގައި ކިޔޫގައެވެ. އެދުވަހު އެތާ ކިޔޫގައި ސައްތާރަށް މިކަމުގައި އެހީވާނަމޭ ކިޔައިގެން ފޮނިކެނޑި ރަށު ސޮރުވެސް އިނެވެ. "ކަލޯ.. ތިޔާއްޗެހިންނަށް ކެނޑޭނީ ފޮނި.. މިއަދު މަ މިތަނުންދާނީ ލައިސަންސް ހިފައިގެން.. އާނދޮގޭ..." ސައްތާރު ފުއްޕާލިއެވެ. ސައްތާރުގެ ނަންބަރާއިޖެހި ކައުންޓަރަށް ފޯމާއި އެކު ފޮޓޯ ހަވާލުކުރުމުން ކައުންޓަރުގައި އިން ކަތީބު ދަރިފުޅު "އަމައްޔާތް... މީ ކޯންޗެއް... ސައްތާރުބޭ ހާދަ ގޯހޭ... މަ ބުނިންތަ މަށަށް މިކަލަ ފޮޓޯ ދައްކާށޭ.. ބައްޕަ ކައިރިވެސް މި ވާހަކަ ބުނާނަން..." ބާރު ބާރަށް މިހެން ކިޔައި ގަތުމުން ސައްތާރު ވަރަށް ދެރަވިއެވެ. ދަރިއެއްފަދައިން ދެކޭ ކުއްޖަކު އެގޮތަށް އެތިވަރު ގޮވާލީމަ ދެރަވާނެތާއެވެ. "މަންޖޭ... މަންޖެ ނޫންތަ ބުނީ ބުރި ފޮޓޯއެއް ގެންނާށޭ... ސައްތާރުބެ ހީކުރީ މަންޖެ ލަދުން އެތަނުގެ ވާހަކަ ބުނަންނުކެރުނީކަމަށް... އެހެންވެ ފޮޓޯ ނެގުވީވެސް ބޮޑުއަގުދީފަ މީހެއް ލައްވަ... އެކަމަކު ބައްޕަ ކައިރީ ނުބުނާތި... މުންޑު އަނދެގެން ހަމަ އެކަނި ބުރި ފޮޓޯ ނަގާފަ ގެންނާނަން...' ސައްތާރު މިހެން ބުނެ ބަލާލިއިރު ގިނަބަޔަކު ކައުންޓަރ ކައިރިއަށް ޖަމާވެއްޖެއެވެ. ވެގެން މިއުޅެނީ ކީއްކަންވެސް އެތަނުގަ ތިބި މީހުންނަށް އެނގިއްޖެއެވެ.

ސައްތާރަށް އެހީތެރިވުމަށް ވައުދުވި 'ރަށު ސޮރުވެސް' ކައުންޓަރ ކައިރިއަށް އައުމުން ސައްތާރު އިތުރަށް 'ކަޑަވިއެވެ'. އަދި މިފަހަރު ރަށުތެރޭ ބޮޑު ވާހަކައަކަށް މިވާހަކަ ވާނޭ ކަމުގެ ޔަޤީންކަން އިތުރުވިއެވެ. "ނޫން... ސައްތާރުބޭ... ބުރި ފޮޓެއްނޫން.. މިގޮތަށް ސައްތާރުބޭގެ ފޮޓޯއެއް ނަގާ... ތިހިރަ އިސްކަންދަރު ސުކޫލު ކުރިމަތީވެސް ހުންނާނެ ފޮޓޯ ނަގާތަނެއް.. ކީއްކުރަން މީހުން ލައްވަ ދެން... "ކަތީބުގެ ދަރިފުޅު މިހެން ބުނެ ކުޑަވަރެއްގެ ފޮޓޮެއެއް ދައްކާލުމުން ސައްތާރަށް ރޭކާލިއެވެ. އެ ފޮޓޯ ލައިސަންސްގަ ޖެހިނަމަ ސައްތާރުގެ ލަދުވެތި ގުނަވަން އިޝްތިހާރު ވާނެއެވެ. މޮޅެތި ބަސްތައް ކިޔަންޏާ ވާނީވެސް އެހެންތާއެވެ. ޕާސްޕޯޓާ، ޓްރާންސް ޕޯޓާ އަދި ޕޯސްޓް އޮފީހާ ނަމުގެ ގޮތުން އެކައްޗެކެވެ. މިބަސް ކިޔާއިރު އިވޭ އަޑުގަ 'ޕޯޓް' ކިޔުމުން ނޭނގޭ މީހަކަށް އޮޅިދާނެއެވެ. ކުރަހާގެއަށް ދާށޭ ބުނީމަ ގުރަޙާގެއަށްވެސް ޓެކްސީ ދުއްވާމީހުން ދެއެވެ. ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ސައްތާރުމެން އުމުރުފުރައިގެ ރަށު މީހުން ކޮށްފަ ހުންނަ 'ގަޅި' ކަންތައް ނޭނގޭ ބަޔަކު ވަރަށް މަދުވާނެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އމދ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ. މި ލިޔުމުގައި މިވާ ނަމަކީ އަސްލު ނަމެއްނޫނެވެ. ވާހަކައިގެ ބާވަތުން މީހެއްގެ ދިރިއުޅުމާއި ގުޅިފަވާނަމަ އެއީ އިއްތިފާޤެއް ކަމުގައި ނޫނީ ނުވާނެއެވެ. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ. ތިޔަބޭފުޅުންގެ ލިޔުންތަށް އަޅުގަނޑުމެންނަށް އީމެއިލް ކުރައްވާނީ  naifarunews@gmail.com މި އެޑްރެހަށެވެ. )

Tuesday, July 17, 2012

ރިޕޯޓް: އަވަށު އޮފީހުގެ ހުއްދަ ބޯޑު ބަހައްޓައިގެން ކުރި 'ޕަރފެކްޓް' ވައްކަން


މީގެ ހަމަސްކުރިއެވެ. މާލެއަކީ ކުށުގެ ހާއްޔަކަށްވެ މަސްތުވާތަކެތި ބޭނުން ކުރާ 'ޕާޓޭ' އިންނާއި މަގުފޭރޭ މީހުންނާއި ވަގުންގެ ހަނދާނީ މަރުކަޒެވެ. ޖަލުގަ ތިބި 'ރަތްލާޖެހި' ބޮޑެތި ކުށްވެރިން 'މީގެ ކުރިން ނުކުރެވިހުރި އިތުރު ކުށްތައް ކުރުމަށް' ދެވަނަފުރުސަތަކަށް ދޫކޮށްލުމުން ފުރައުއްތަ މާލެ 'ބިރުވެރި ކުށްތަކުން' ނާމާންވިއެވެ. ގްރޫޕްތަކުން ހިންގާފަވާ މާރާމާރީތަކުގަ، 'ފޮރުވަން' ޖަލަށް ލާފައި ތިބި ބަޔަކު ދޫކޮށްލުމުން، އޭގެބަދަލު ހިފުމަށް އަނިޔާ ލިބިފަވާ ގްރޫޕްތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާ އަކަށް ވީ ގިނަ އަދަދެއްގެ ޒުވާނުން އެމީހުންގެ 'ބަދަލު ހިފުމުގެ ޝިކާރައަކަށް' ވުމެވެ.
މާލޭގެ އިތުރުން މި ވަބާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެތުރިގަތީ 'ފަތުއަޑު' ކިޔާފައެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފާނެއެވެ. އަބާދީބޮޑު ކޮންމެ ރަށެއްގައި މަސްތުވާތަކެއްޗެވެ. ފޭރުމެވެ. ނޫނީ ވައްކަންކުރުމެވެ. ދެން އެންމެ އާންމު ކަމަކީ ކަޓަރު އެޅުމާއި މީހުން މެރުމެވެ. މިކަމުގައި ދިވެހިންގެ އިތުރުން މަދުމަދުން ބިދޭސީންވެސް އުޅޭކަން ފާހަގަ ކުރެވެއެވެ. މިއީ އެގޮތުގެ މައްޗަށް ބިނާކޮށް ލިޔެފަވާ ޙަޤީޤީ ޙާދިސާއެކެވެ.
ހެންވޭރުކޮޅު ގެއެއްގެ ބޭރުފާރުގައި އާބާތުރަ ފިލުވުމުގެ ގޮތުން މަސައްކަތެއް ކުރުމަށް އޭރުގެ 'މާލޭ މުނިސިޕަލްޓީ' ނުވަތަ މިހާރުގެ ސިޓީ ކައުންސިލުން ހުއްދަ ދިނެވެ. މަގުމަތީގައި މަސައްކަތެއް ކުރާނަމަ ދުރާލާ، މާލޭ މުނިސިޕަލްޓީގެ ދަށުގަވާ އަވަށު އޮފީހަކުން ހުއްދަ ހޯދަންޖެހެއެވެ. މި ހުއްދަ އާއި އެކު މަގުމަތީ ބަހައްޓަން ހުއްދަ ބޯޑެއް ދޫކުރެއެވެ. މި ބޯޑް ނެތި މަސައްކަތްކުރުމަކީ، މަނާ ކަމެއްގެ އިތުރުން، ބޯޑް ނުބަހައްޓާ މަސައްކަތް ކުރޭތޯ ބެލުމަށް އަވަށު އޮފީހުގެ ސްޕަވައިޒަރުން 'މަގުމަތި ސްކޭން ކުރަމުން' ދާނެއެވެ.
ހެންވޭރު ސަހަރާ ކައިރީ ހުރި ފިހާރައެއް ފަޅާލައިގެން ބޮޑު ވައްކަމެއް ކުރިއެވެ. މި ވައްކަން ކޮށްފައި ވަނީ ރޭގަނޑުގެ ފުރަ ދަންވަރުގައެވެ. ވަގުންގެ މީހުން ފިހާރަ ފަޅާލައިގެން ވައްކަން ކުރަމުން ދިޔައިރު އެމަގުން ދިޔަ ގިނަބަޔަކަށްވެސް ފެނުނެވެ. ވަގަށް ނެގެން ހުރި ހުރިހާ އެއްޗަކާއެކު ފިހާރަ ދޮވެލައި، މި ލިބުނު ޣަނީމާ މުދާގަނޑު ޕިކަޕަކަށް ޖަމާކުރަމުން ދިޔައެވެ. ވަގުން ތައް ތިބީ 'ހަމައިގަ ކަމުން' މީހަކަށް ޝައްކެއްވެސް ނުވާނެހެން އެތިކޮޅު ޕިކަޕަށް އަރުވަމުން ދިޔައީ 'ހާސް ކަނޑާލުމަށްފަހު' އެވެ. އެމަގުން ޕޮލިހުންވެސް ދެކޮޅަށް ދުއްވިއެވެ. އަޅައެއްވެސް ނުލައެވެ. ޢާންމުންވެސް ސައިކަލްތަކުގަޔާއި ހިނގާފަވެސް ދެޔެވެ. އަޅާލާނެ ޖާގައެއް ނެތެވެ. ނުބެހޭ ކަމަކާ ކާޅު ކެޔަސް 'ސޮއް' ނުގޮވުން މާ ރަނގަޅުވާނެއެވެ.
މަގުގެ އެއްކޮޅުގައި ބަހައްޓާފައި ހުރި ބޯޑުގައި ވަނީ، ބޮޑުއަކުރުން "ހެންވޭރު އަވަށު އޮފީހުން ހުއްދަ ދީފައި" މި އިބާރާތް ލިޔެފައެވެ. މި ބޯޑަކީ ކުރިން ދެންނެވި ހެންވޭރުކޮޅު ގެއެއްގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުން، ހެންވޭރު އަވަށު އޮފީހުން ދޫކޮށްފައިވާ ހުއްދަ ބޯޑެވެެ. ވަގުންގެ މީހުން 'މާސްޓަރ މައިންޑް' ގެ ސަބަބުން މި ބޯޑު ވަގަށް ގެނެސް މަގުމަތީ ބަހައްޓާ އެމީހަކަށް އަތުޖެހުން 'ރަނގަޅު އެއްޗެއްވިއްޔާ 'އުފުރާލާ' ބަސްބުނި ހިނދަށް، ހަތަރުގަނޑު ފާރަށް އެއޮއްބޮޑު ފިހާރަ ހަދާލިއެވެ.، މުޅި ފިހާރަ ދޮވެލާ، މީހެއްގެ ދިރިއުޅުން ހަލާކުކޮށް ފިހާރައިން ވައްކަން ކުރުމަށް ހެންވޭރު އަވަށު އޮފީހުން ހުއްދައެއް ނުދޭނެއެވެ. ނަމަވެސް މަގުމަތީ މަސައްކަތްކުރާ ހުއްދަ ބޯޑާއި މެދު އެއްވެސް މީހަކު އޭރަކު ސުވާލެއްވެސް ނުކުރާނެއެވެ. އެބޯޑުގެ އޮންނަ ޖުމްލައިގެ އަސަރުގަދަވެފައި އޭގެ މާނަ ފުންކަމުންނެވެ.
އެމަސައްކަތް ކުރަމުން ދަނިކޮށް ހެންވޭރު އަވަށު އޮފީހުގެ ސްޕަރވައިޒަރު އައިސް ވަގުން ކައިރި ސުވާލުކުރުމުން "ބީތާޔާ.. ކަލޭ ލޯ ކަނީތަ... އެހެރީނުން ހުއްދަ ދީފައި... ކޮންމެ ކަމެއް ކުރިއަސް ހުއްދަ ހުރީމަ  އެވީނުން..." ކަމަށްވެސް މުލުވަގު ހިނިތުންވެލާފަ ޖަވާބު ދިނެވެ. ދަންވަރުގެ ވަގުތެއް ކަމުން އޮފީހަށްގޮސް، މި މަގުގައި މަސައްކަތެއް ކުރުމަށް ހުއްދައެއް ދޫކޮށްފައިވޭތޯ ކަށަވަރުކުރުމުގެ ބޭނުމެއްނެތްތާއެވެ. ހުއްދަ ބޯޑު އެހެރީއެވެ. ހުއްދަ ބޯޑު ދޫކުރާނީ އޮފީހުންކަން ގައިމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

(މިއީ ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ކިޔުންތެރިއެއް ލިޔުއްވަވާ "އެން.ޔޫ.އެން" އަށް ފޮނުއްވާފަވާ ލިޔުމެކެވެ... މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

Monday, July 16, 2012

ދިވެހި ނާސިގެއަކަށް ލެއްގި އަގުބޮޑު މާވަހަރު


<< ނުރައްކާތެރި އެއިޑްސްބަލި ޖެހިފަވާ މީހެއް މަރުބަލީގައި....


ފާތުމައަކީ އުފަން ރަށުގައި މީހުން ގޮވައިގެން ލޯބީގެ މާމެލާމެލި، މޯޅިވަން ދެން އުލަފަތު ފޮޅުވާ، ޒުވާންކަމުގެ އިރު މެދު ޖެހި މުސްކުޅިވުމުގެ އިރު އޮއްސޭ އަތަށް އަޅާފައިވާ ނަމަވެސް ޒުވާނެކެވެ. ފާތުމަގެ ޝިކާރަޔަކަށް ހަދާނުލާ، ދެބައި އުމުރުގެ މަދު މީހަކު ނޫނީ ނުވާނެ ކަމީ އަތު ފަސް އިނގިލި އެނގޭހެން އެނގޭ ކަމެކެވެ. އެންމެ ކުޑަ އިރުގެ ހަނދާންތައް ހިއްސާ ކޮށްލަމުން ފާތުމަ ކިޔާދިނެވެ. 

"އަހަރެންނަކީ މަޔަކު ބަފަޔަކު އަޅާލާނެ ޔާރެއް އިޔާރެއް ނެތް މީހެއް... މީހުން ނަށް މާފޮޅުވައިދީގެން، އަދި އެވެސް މާ މޯޅިވަންދެން ފޮޅުވަދިނީމަ ލާރި ފޮއްޗެއްވެސް މިލިބެނީ... އެގޮތުން ޚިޔާލަކަށް ގެނބި އޮވެ ފޮޅުވުނު މާތަކެއް ވަނީ، މޭވާއަށްވެސް ވެފައި... އެންމެ ކުޑަ އިރުވެސް، އޭރު އަހަން އުމުރުން ވާނީ ނުވަ އެއް ނޫނީ ދިހަ އަހަރު... އަހަރެންގެ މަންމަ ހޯދަން އަންނަ ބޮޑު މަތިމަހެއް ލީ މީހެއް މަށާ ބެހުނު... އޭރު އޭނަ ގެންދޭނެ ކާ އެއްޗެހިވެސް.... ކާށި މެޓާވެސް... އަހަންނަކަށް 'އަލިފާނެއް ފެނެއް ވަކިކުރާކަށް' ނޭގޭ... ބައެއް ރޭރޭ ހޭލެވޭ މަންމަ ބާރަކަށް ހަޅޭލަވާތީ... މަންމަ އޮވޭ ދަންވަރު ކޮންމެސް މީހެއްގެ ލޮލީ ބޯންވެސް... މަންމަ ކައިރީ ކީއްހޭ ތިކުރަނީ ބުނީމަ ބުނާނެ މަންމަ މި ލޮލީ އެއް ބޯލަނީ އޭ... އަހަރެން ހަނދާންވޭ އެއްރޭ ބޮޑާހޭކި ހަނދާން މަންމަ ބުއި ލޮލީން މަށަށް ނުދީގެން.. މަންމަ އެރޭ ބުނި ހަނދާންވެސް އެބަ ވޭ... 'ފާތުމާވޭ ކަލޭމެންވެސް ބޮޑުވީމާ، މިކަހަލަ 'ދިރޭ ލޮލީ' އަދި ބޯނޭ... ލޮލީ ބޯދުވަސް އަންނަންދެން ހުންނަހަރޭ...' އޭރު ކުޑަ ކަމުން ނުވިސްނޭ... 

އަހަރެންގެ އުމުރުން ބާރަ އަހަރުގަ މީހަކު އަހަންގެ ބިކުރު ވެރިކަން ފޭރިގެންފި... އެއީ މަންމަ އަށް ހެޔޮ، 'ލާރި ދޭ' މީހަކަށް ވާތީ މަވެސް އޭނަގެ އެއްވެސް އެދުމަކާ ދެކޮޅެއް ނުހަދަން... އަހަންމެންނަކީ ފަގީރު ބައެއް... ކާނެ ބޯނެ އެއްޗެއް ލިބެނީ މަންމަ ކާރިއަށް، ލޮލީ ބޯންދޭން އަންނަ މީހެއް ދިނިއްޔާ.. އެކަމަކު އޭގެ ފަހުން ކޮންމެ ރެޔަކު އޭނަ އަންނަން ފެށީ... އަހަން އެކަމާ ފޫހިވެގެން އެބަހުންނަން މައްސަރު ކަންތައް ޖެހިފަޔޭ ކިޔައިގެންވެސް... ދެން އަދި އެދުވަސް ކޮޅު މި މީހަކު މާގިނައިން އަންނާނެ... އޭނަގެ 'ދިރޭ ލޮލީ' އަހަން ލައްވަ ބޮއްވަން... އަހަން ފަކުރު ގަތަސް ކުރާނީ ކީއް... މަންމަ ކާންވެސް ނުދޭނެ... އެމީހާ ދައްކާ ކޮންމެ ވާހަކައެއް ގަބޫލު ކުރާނެ... ދެން އަހަން ޖެހެނީ 'ހިތާ ދެކޮޅަށްވެސް' އޭނަ އެ އެދޭ ކަންތައް ކޮށްދެން... މި ގޮތުގައި 4 އަހަރު ވީ ތަނާ އެހެން ފިރިހެނެއް އަންނަން ފަށައިފި... މި މީހަކު އަހަން އެކު އޭގެ ދޮޅު އަހަރުފަހުން، ނަހަމަ ގުޅުން ހިންގާ މަ އޭނަ އަށް ބަލިވެ އިނދެފި... ބަނޑަށް 4 މަސް ވީތަނާ ދަރިފުޅު ބައިގެން ދިޔައީ... މިހެން ޒަމާންތަކެއް ވޭތުވެ ދިޔުމަށް ފަހު އަހަންނަކީ މުޅި ރަށަށް މަޝްހޫރު 'ވަހުޝީ ބަޑިއަކަށް' ވެއްޖެ... 

ދެން ހަމަ ނުވެސް ހުރެވޭ ނުކޮށްވެސް.. އަމިއްލަ އަށް މީހުން 'ދަލުގަ' ޖައްސައިގެންވެސް ގެންނަން... މިހެން އުޅެނިކޮށް އަހަން އުމުރުން 24 އަހަރުގައި މީހަކު އަހަންނަށް ގުޅައިފި... ގުޅާފަ ބުނީ މާލެ އާދެވި ދާނެހޭ.. އަހަން ބުނެފިން ނެތޭ ދެވޭނެ ގޮތެއް ހުންނާނެ ތަނެއް... ދެން އެމީހަކު އަހަރެންގެ ޓިކެޓް ލާރި އާ އެއްޗެހި ފޮނުވީމަ މާލެ އައިރު ހުރި ބޯޓް ލަފާ ތަނަށް އައިސް ޖެޓީ ކައިރީ.. ކާރެއްގަ ގޮސް ހުއްޓުނީ ގެސްޓް ހައުސް އެއް ކަހަލަ ތަނަކަށް... އަހަން ކާރުން ފޭބި ތަނާ އެތާ ހުރި ކަޅު ފިރިހެނެއް އަހައިފި މީހޭ.. އެހެން އެމީހަ ބުނީމަ، މަ މާލެ ގެނައި މީހާ ބުނެފި އަހަރެމެންގެ 'ނާސިގެއަށް ލެއްގި މާވަހަރެކޭ' މީ... އެވަގުތު އޭގެ މާނަ ދެނެގަންނަން ނޭގުނަސް ފަހުން އެ މީހުން އަހަންގެ ބޭނުން ހިފި ގޮތުން އެނގުނު އެ ބުނީ 'ހަށިވިއްކައި ދީގެން ލާރި ހޯދަދޭ ތަރިކަ މުދާގަނޑެއްގެ' ވާހަކަން... މިގޮތުގައި ދޮޅު އަހަރު ފާއިތު ވިއިރު އަހަރެން މިވަނީ ނުރައްކާތެރި އޭޑްސްގެބަލީގެ ޝިކާރަޔަކަަށް ވެފައި... 

އަހަން މި ވާހަކަ ކަލޭގެޔާ މި ހިއްސާ ކޮށްލީ މިކަހަލަ ކަންތަކުން ލިބޭ ގެއްލުމުން އެހެން މީހުން ސަލާމަތް ކުރުމުގެ ބޭނުމުގަ... މިއީ ވޭންހުރި ބައްޔެއް.. ކުރީގަ އުޅެވުނު ނުބައި ގޮތަށް އަހަރެން ދެރަވަން.. މިހާރު އަހަން ތައުބާވެސް ވެއްޖައިން... އެކަމަކު އަހަންގެ ފާފައިގެ ސަބަބުން، ކިތައްް މީހުންތޯ މި ބަލި މުޅި މުޖުތަމައަށް ފަތުރާނީ...." ފާތުމަ ގިސްލެވެން ފެށުމުން، "އެން.ޔޫ.އެން" އަށް ވާހަކަ ކިޔައިދިނުން ހުއްޓާލިއެވެ. 

ބަޔަކަށް މާވަހަރެއްވެސް ފެނިދާނެއެވެ. އޭގެން ލިބޭ ވަގުތީ އުފާ ނަހަމަ ގޮތުގައި ހިފައިފިނަމަ ދެން މާވަހަރުވެސް 'މާވޭން ހުރި ވަރަކަށް' ބަދަލު ވުމަކީ ނުވެ ނުދާނެ ކަމެކެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް، ތިމާ އަށް ވަފާތެރި އެކަކު އިޚްތިޔާރު ކުރުމަކީ ފައިދާ ހުރި އަދި ނުރައްކާތެރި ބަލިތަކަށް ތިމާ ހުށަހޮޅުމުން ސަލާމަތްވާނޭ ކަމެއްވެސް މެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ރޒނ 


(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފަވާ ލިޔުމެކެވެ... މި ލިޔުމުގައި މިވާ ނަމަކީ އަސްލު ނަމެއްނޫނެވެ. ވާހަކައިގެ ބާވަތުން މީހެއްގެ ދިރިއުޅުމާއި ގުޅިފަވާނަމަ އެއީ އިއްތިފާޤެއް ކަމުގައި ނޫނީ ނުވާނެއެވެ. މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

Sunday, July 15, 2012

ޅ.އަތޮޅު މަޑިވަރު ކައިރިން މާވަހަރެއް ހޮވައިފި



<< ޅ.އަތޮޅުގައި އެމް.އެން.ޑީ.އެފް ގެ ފަރާތުން ޓްރެއިނިންގ ހިންގާ މަޑިވަރު...


ޅ.އަތޮޅު މަޑިވަރު ކައިރިން މިއަދު މެންދުރު މާވަހަރެއް ހޮވައިފިއެވެ. މާވަހަރު ހޮވާފައިވަނީ އެމް.އެން.ޑީ.އެފް ގެ ލޯންޗެއްގައި މަޑިވަރުން ފުރައިގެން ޅ.ނައިފަރަށް ކުރި ދަތުރެއްގައި މަޑިވަރު ކައިރިން ގާތްގަނޑަކަށް 700 ފޫޓް ދުރުން ކަނޑުމަތިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

މި މާވަހަރުގައި ގާތް ގަނޑަކަށް 40 ކިލޯ ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި "މިއަދު މީހުން އެބަ ވަރަށް މާވަހަރު ހޮވޭ... އަޝްރަފުކިޔާ މިރަށު މީހަކު 400 ގްރާމުގެ މާވަހަރެއް ހޮވި ގޮނޑުދޮށުން... އަދި ހިންނަވަރު ދޮނޭގެ ކުއްޖަކުވެސް ދެކޮތަޅުގެ ކުދި ކުދި މާވަހަރު ތަކެއް ވަނީ ހޮވޭފޭ.. ނައިފަރުގެ ގިނަބަޔަކު މިހާރު ވަނީ ގޮނޑުދޮށުގޭ... މާވަހަރު ހޮވާން ގޮސް... މަވެސް މި މަސައްކަތް ނިންމޭލޭފޭ ދާނީ މާވަހަރެއް ފެނޭތޯ... " ކަމަށެވެ. 

މިއީ ނައިފަރު ކައިރިން ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ދެވަނަ ފަހަރެވެ. ކުރީފަހަރު ނައިފަރު އަތިރިމަތީ ސުކޫލާ ދިމާ ފަސްގަނޑު މަތިން ނައިފަރު 'ކިމްޒޯ' ހޮވި މާވަހަރު ގައި 250 ގްރާމް ހުރި އިރު އެ މާވަހަރު މިހާރުވަނީ 25000 ރުފިޔާއަށް ވިއްކާލާފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Friday, July 13, 2012

326 ކިލޯގެ ބޮޑު މާވަހަރެއް ހޮވައިފި


ރާއްޖެއިން މީގެން ދުވަހަކު ނުފެންވަރުގެ ބޮޑު މާވަހަރެއް ށ.ފީވަކު އުދަރެސް ދޯނިން ހޮވައިފިއެވެ. މިއަދު ހަވީރު ކ. ހިންމަފުށިކައިރިން ހޮވި މިމާވަރުގައި 326 ކިލޯ އެބަހުއްޓެވެ.
"މަސްވެރިކަން ނިންމާފައި މާލެ އަންނަނިކޮށް ހިންމަފުށި ކައިރިން ބޮޑު ކުނިގަނޑެއް ކަހަލަ އެއްޗެއް ފެނިގެން އަހަރެމެން ދޯނި ކައިރިކޮށްފަ ބެލީ... މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ވީމަ އެންމެން ވެގެން އޭތި ދޯންޏަށް ނެގީ... އޭތި ބަރުކަމުން ދާވަނި އަޅުވައިގެން ނެގުނީ،" އުދަރެސް ދޯނީގެ ކައްޕި "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ.
މިއީ މާވަހަރެއްކަން އަދި ސީދާ ކަށަވަރެއް ނުވެ އެވެ. އެކަން ޔަގީންކުރުމުގެ މަސައްކަތް ދަނީ އެކި އެކި ފަރާތްތަކަށް ގުޅައިގެން ކުރަމުންނެވެ.
"މާވަހަރާ" އެކު މި ދޯނި މިހާރު އޮތީ މާލޭގެ މަސް މާރުކޭޓާ ދިމާލުން ފަޅުތެރޭގަ އެވެ. އަދި މާވަހަރު ބެލުމަށް ގިނަ ބަޔަކު "އުދަރެސް" ދޯންޏަށް އަރަމުން ވެސް އެބަ ދެ އެވެ.
ދާދި ފަހުން ރ. ދުވާފަރު ދޯންޏަކުން ވަނީ 180 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ. އޭގެ އަގު 100 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެ އެވެ.
އުދަރެސް ދޯނިން ހޮވައިގެން މި އުޅެނީ ހުދަންބަރެއް ނަމަ އޭގެ އަގު 200 މިލިއަން ރުފިޔާ އާ ގާތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މި އަހަރުގެ މިހާތަނަށް 2 ދޯންޏަކުން 3 މާވަހަރަށްވުރެ ގިނަ މާވަހަރު ހޮވައިފާވާއިރު މިދިޔަ ހަފްތާ ވަނީ 150 ކިލޯގެ ބޮޑު މާވަހަރެއް 100 މިލިޔަން ރުފިޔާއަށްވެސް ވިއްކާލާފައެވެ. 150 ކިލޯގެ މާވަހަރު ހޮވި ދޯނިން މީގެ ކުރިންވެސް ވަނީ މާވަހަރެއް ހޮވާފައެވެ. އެދޯނީގެ މާވަހަރު ބެހުމުގައި އޮޑިވެރިޔާގެ ފަރާތުންވަނީ ފުރިހަމައަށް އެއްބާރުލުންދީ ދޯނިގެ ފަޅުވެރިން ރުހޭ ގޮތަކަށް މާވަހަރު ބެހުމަށް ދޫކޮށްލައިފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ހއވ

މަޖީދީމަގު އަލްޓާމޯޑާ ފިހާރަކުރިމަތީ ބަޔަކު މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


މަޖީދީމަގު އަލްޓާމޯޑާ ފިހާރަކުރިމަތީ މިއަދު މެންދުރުފަހު 2:15 ހާއިރު ބަޔަކު މާރާމާރީ ހިންގުމުގެ ސަބަބުން އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މައުލޫމާތު ދެމުން މަންޒަރު އެންމެ ކައިރިން ދުށް ދައްުޔާނު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުނީ "އެއްގޮތަަކަށް ވެސް ނޭނގެ މާރާމާރީ ހިންގި ސަބަބެއް ނޭނގެ... ބުލޭ ގައިގަ ބަޔަކުން ތަޅައިގަތްތަން ފެނުނީ... މަވެސް މިތާ ކައިރިން ޓެކްސީގަ ދަމުން ބަޔަކު ތަޅާފޮޅާތަަން ފެނިގެން މި މަޑުކުރީ... ފުލުހުންނަށް ގުޅަން އުޅެނިކޮށް އެމީހުން ޖިޕް އެތަނަށް ވައްޓާލީ... މިހާރު އެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ..." އެވެ. 
އެމް.ޑީ.ޕީން ކުރަމުންގެންދާ ،މުޒާހަރާގައި ރޭގެ ހަމަނުޖެހުންތަކުގައި ވަނީ ގިނައަދަދެއްގެ ފުލުހުންނަށް ވެސް އަނިޔާވެފައެވެ. އަދި ފުލުހުންގެ ސައިކަލެއްގައި ބަޔަކު ރޯކޮށްލުމުގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

Wednesday, July 11, 2012

ރިޕޯޓް: މާވަހަރަކީ ކޯންޗެންކަން އެނގެނީ މަދު ބަޔަކަށް


މާވަހަރާ ބެހޭގޮތުން އަޅުގަނޑުމެން ދިވެހިންނަށް އެނގިފައިވަނީ ކިހާ މިންވަރެއް ހެއްޔެވެ. މާވަހަރަކީ ކޯންޗެންކަން އެނގެނީ މަދު ބަޔަކަށް ކަން ޔަޤީނެވެ. އެވޭލާ ޒަމާނުއްސުރެ މިލާދީން 35 ވަނަ ގަރުނުގައި ގްރީކް ހަޒާރަތުގައި މާވަހަރަކީ އެމީހުންގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުން ކުރެވުނު މާއްދާއެކެވެ. މިތަކެތި މިބައިމީހުންނަށް ފޯރުކޮށްދެނީ ކަންޢާނީންނާއި ގަދީމީ މިސްރު މީހުންނާއި ބާބިލުގެ މީހުންނެވެ. މާވަހަރަކީ މީގެ 6000 އަހަރު ކުރިން ބާބިލުގެ ގަދީމީ މީހުން ފަންޑިތަ ސިހުރު ހެދުމުގައި މީރުވަސް ދުއްވުމުގެ ގޮތުން ހޯދުނުތަކެތިކަމަށް ބާބިލުން ގްރީކަށް ބަދަލުވި މީހުންގެ އުޅުމާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާ އަކުން ދޭހަވެއެވެ. ސުލައިމާނުގެފާނުގެ ޒަމާނުގައި ބާބިލަށް ފޮނުއްވުނު ދެމަލާއިކަތުންގެ ކިބައިން ގްރީކް މީހުންނާއި ކަންއާނީންނާއި ޔޫނާނީން ސިހުރު ފަންޑިތަ އުގެނުނެވެ. އަދި މިބައިމީހުން އުގެނުނު ތަކެތި ބަދަލުކޮށް ޝައިތާނުން އެވެރިންނަށް ނުބައި ނަސޭހަތް ދީ އެވެރިން މަގުފުރެއްދޫއެވެ. ދެންފަހެ އިސްވެ ދެންނެވި ޝައިތާނުން އޭރުގެ ކަހީނު ކަމަށާއި ބޮޑެތި ފާދިރީން ކަމަށް ދައުވާ ކުޅަ މީހުންނަކީ މާތްރަސްކަލާންގެ ފިޔަވައި ކަލުންކަމަށް ދައުވާ ކުރުމަށް އެވެރީންނަށް އެހީތެރިވެދިނޫއެވެ. ނަތީޖާއެއްގެ ގޮތުން މި ދެންނެވި ކަހީނުންނާއި ފާދިރީން ދެއްކުންތެރިކަން އިތުރު ކުރުމުގެ ގޮތުން މީހުންގެ ކުރިމަތީ ސިހުރުގެ ބޮޑެތި މަހުރަޖާންތައް ބާއްވައެވެ. ކޮންމެ ފާދިރީ އަކާއި ކަހީނަކު މަސައްކަތް ކުރަނީ ޝައިތާނުންގެ އެހީގައި އަނެކާއަށް ނުކުރެވޭ މާމޮޅު ކަމެއް ދެއްކުމަށެވެ. މި މަހުރަޖާން ތަކުގެ ވަށައިގެން ދުން އެޅުމަށް މާވަހަރާއި، ގޮމަކަސްތޫރި ބޭނުން ކުރެވުނުކަމުގައިވެސް ބުނެވެއެވެ. ޝައިތާނުންނަށް ކަމުދަނީ އޭގައިދުވާ މީރު ވަހަށް ވުރެ މި ދެންނެވި ތަކެތި ޅަކޮށް އޮންނައިރު އެއިން އެދުވާ ނުބައިވަހެވެ. ގޮމަކަސްތޫރި އަކީ ރަންމަން ފުއްލާގެ ލޭ ނަގައިގެން ސާޅީސް ދުވަސްވަންދެން ބަހައްޓައިގެން އުފައްދާ އެއްޗެކެވެ. މާވަހަރު ފެން ނުހިކި އޮންނަ އިރު ދުވާ ނުބައި ވަޙާއި މި ދެންނެވި ގޮމަކަސްތޫރި ހެދުމަށް ފުއްލާއިން ނެގޭ ލެއިން ދުވާ ވަހާއި ތަފާތެއް ނުހުންނާނެއެވެ. ކަހީނުން ކުރާކަމަކީ މި ދެންނެވި ޒާތުގެ ތަކެތި ބޭނުން ކުރަނީ އޭގެ އެންމެ ހަޑިމުޑުދާރު ގޮތުގައެވެ. ސިހުރުތަކުގެ މަހުރަޖާން ފެށުމުގެ ސާޅީސް ދުވަސް ކުރިން ފެންވަރާ މުޅިގައިގާ ކިސަޑު އުނގުޅާ މަރުވެފައިވާ ތަކެތީގެ ލޭ އޭނާގެ ގައިގާ އުނގުޅާނެއެވެ. މިގޮތުން ފުއްލާއާއި ސިންގާގެ ލޭގެ އިތުރުން 7 އަހަރުނުވާ ކުޑަކުއްޖެއްގެ ލޭގެ އިތުރުން މަރުވެފައިވާ އަންހެނެއްގެ މޭގަނޑު ނަގާ އެއިން ތެޔޮ ހަދާ، އެތެޔޮ ވެސް މުޅި ގައިގާ އުނގުޅާނެއެވެ. މިފަދަ ނުބައި އަމަލެއް ކުރާމީހެއްގެ ހުރިހާ މުހުތާދެއް ފުއްދައިދިނުމަށް ޝައިތާނާ އޭނާއާ އަހުދުކަށަވަރު ހިފާ މީހުންގެ ކުރިމަތީ އޭނާ އަކީ ކަލާންގެ އެއްކަން ދޭހަވާފަދަ އަވާމެންދުރުތައް ދައްކާނެއެވެ. މާވަހަރެއް ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ ހިޖުރައިން 8 ވަަނަ ގަރުނުތެރޭ ޅ.އަތޮޅު މާބިންހުރައިން ކަމަށާއި އޭރުހުންނެވި ރަސްގެފާނު ސިރީ ފުރައުއްތަ ކައިސި ހޮނދޭ ކަލަމިންޖާގެ އަރިއަހަށް އޭތި ވެދުމަށް ގެންދެވިފައިވެއެވެ. މާވަހަރު އުފެދެނީ ބޮޑުމަހުގެ ގޮހޮރުގެ ތެރޭގައެވެ. ޕްލާންކްޓަންސް ނުވަތަ ފިރުއަނު މުދަލަކީ ވަކި މޫސުމެއްގައި ކަނޑުގެ ވަކި ހިސާުބުތަކެއްގައި ގިނަވެ އާލާވާ ލޮލަށް ނުފެންނަވަރުގެ ކުދިކުދި ދިރޭ އެއްޗެހިތަކެކެވެ. ބޮޑުމަހުގެ ކާނާއަކީ މިދެންނެވި ފިރުއަނުމުދަލެވެ. ބޮޑުމަހަކީ އޭތި ކަނޑުގައި ދުވާއިރު އަނގަ ފުޅާކޮށްގެން ދުވާމަހެއް ކަމުން މޫދުގައި ހުންނަ މިދެންނެވި ފިރުއަނުމުދާ އޭގެ އަނގައިން ފުރާނާލާ ބާކީ ފެންތައް ބޭރުކޮށްލައެވެ. ބޮޑުމަސް އެންމެ ގިނައިން އުޅެނީ މި ދެންނެވި ފިރުއަނުމުދާ ގިނަ ހިސާބުތަކުގައެވެ. މިގޮތަށް ބޮޑުމަސް އޭގެ ކާނާ ލޮނުގަނޑުގެ ތެރެއިން ފުރާނަމުންދާއިރު އެކި ބާވަތް ބާވަތު ނުރައްކާތެރި މާއްދާތައްވެސް ބޮޑުމަހަށް ފުރާނާލެވި ކެވޭގޮތް މެދުވެރިވެއެވެ. ނަމަވެސް ގުދުރަތުން ލައްވާފައިވާ ފުރިހަމަ ނިޒާމަކުން މިދެންނެވި ނުރައްކާތެރި ތަކެތި ބޮޑުމަހުގެ ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއަކަށް ނުދެއެވެ. ބޮޑުމަހުގެ ގޮހޮރުގައިވާ ހާއްސަ މާއްދާ އަކުން މިދެންނެވި ނުރައްކާތެރި ތަކެތި ހިފެހެއްޓުމަށާއި ހަޖަމު ވިިޔަ ނުދިނުމަށް އެހީތެރި ވެދެއެވެ. ގޮހޮރުގެ ވަށައިގެން ވާ ބޯ ދުލިފަށުގެ ބޭރުގައި ގޮހޮރު ތެރޭ ލައްވާފައިވާ މިދެންނެވި އުށުގެ ފަށަލައިގެ ސަބަބުން ބޮޑުމަހަށް ކެވޭ ނުރައްކާތެރި މަޑި ފަދަ ތޫނު ކަށި ހުންނަ ތަކެތި ބޮޑުމަހުގެ ގޮހޮރުގައި މިވާ އުށުގެ ފަށަލައިގާ ހަރުލައެވެ. އަދި ގޮހޮރުގައި ޓިޔުމާއެއްފަދައިން އެ އުފެދި ގޮހޮރު ބެދުމުގެ ކުރިން އޭތި ހޮޑަށް ދޫކޮށްލައެވެ. އެހާހިސާބުން މި ހޮޑު މަޑުގަނޑު ކަނޑުގެ ތެރެއަށް ދޫވެ އޮޔާ އެކު ކޮންމެސް ބައްރަކަށް ލައްގައެވެ. މާވަހަރުގައި ދުވާ ވަހަކީ މި ދެންނެވި އުށުގެ ފަށަލަައިގާވާ މާއްދާއިން ދުވާ ވަހެކެވެ. މާވަހަރެއް ފެނި ޔަގީން ކުރުމަށް މާވަހަރު ކަމަށް ޝައްކު ކުރެވޭ އެއްޗަށް ތިނޯހެއް ހޫނު ކުރުމަށްފަހު ކޮށްޕާލާށެވެ. ތިނޯސް ކޮށްޕާލިތަނުން އޮލަކޮށް ތެޔޮ ނިކުމެ އުއްބައްތި ވިރިފަ ހުންނަ ސިފަޔަކަށް ހުންނާނެއެވެ. އަދި ކުޑައިރުކޮޅަކުން ލުއި ލުއި މީރުވަހެއް ދުވާނެއެވެ. މާވަަހަރަކީ ޔުނާނީ ބޭސްވެރިކަމުގައި ވިހަވުމަށާއި ބަނޑު އަދި ގޮހޮރުގެ ބައްޔައް ބޭނުން ކުރެވޭ އެއްޗެކެވެ. ގަދީމީ ބޭސްވެރިކަމުގައި މާވަހަރު ބޭނުން ކޮށްފައިވަނީ މަރުވެފައިވާ މީހުން ގިނަދުވަހު ކުނިނުވެ ބޭތިއްބުމަށް އެއްކުރާ ފަތެއްގެ ދިޔައާއި އެކުއެވެ. ސެންޓާއި އަތަރު އުފެއްދުމުގައި މާވަހަރު ބޭނުން ކުރަނީ ވެސް މިދެންނެވި ސަބަބަށްޓަކައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ