Wednesday, July 11, 2012

އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރެއް ނައިފަރަށް

ނައިފަރު މީހަކު ބަލާ އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރެއް ނައިފަރަށް މިއަދު ހަވީރު 17:15 ހާއިރު އަންނަން ހަމަޖެހިފައިވާ ކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މި ހެލިކޮޕްޓަރ މި އަންނަނީ ނައިފަރު ބަސަރާބޭ އަވަސްވީ ގޮތަކުން މާލެ ގެންދިޔުމަށެވެ. "އެބުނާހެން މިރަށަށް އެބަ އާދޭ ރޫސްލޭފޭ ހެލިކޮޕްޓަރެއް... އޭތި އަންނާތީ ރަށު ރައްޔިތުން އެބޮތް ތިޔޮއް ފުޓްބޯޅަ ކުޅޭ ސްޓޭޑިއަމާ ދިމޭގޭ... މަވެސް މި ދަނީ އެތަން ބަލޭލާން... އަސްލު މީތި މިއަންނަނީ މިރަށު ބަސަރާބޭ ކިޔާ މީހެއްބަލޭ... ހަވީރު 5:15 ވާއިރަށް ޖައްސާނެޔޯ ބުނެފޭ އޮތީ... އެމް.އެން.ޑީ.އެފުން ނުކުރަނީ ކޮން ކަމެއް... ވިސްނޭލެ ބަލޭ ބަޣާވާތްވެސް އެމީހުން ކުރި... ކާޅެއް ފެނުނަކަސް އެބަ މަރޭލޭ... މި ދެން މާ މޮޅަށް ބަޑި ޖަހާ ބަޔެކޯ... އެކަމު ކަމެއް ވެއްޖެއްޔާ މި ޖެހެނީ ބޭރު ގައުމަކުން އޭސް އެއާލާތުންނަށް އެހީވާން... ގޮރުފޮދު ހެޑުއްވިއްޔާ މާ ތާހިރުވާނެ... ނިކަން ވިސްނޭލެ ބަލޭ... މިތާ ކޭރީ މިއޮއްތީ މަޑިވަރު... އެރަށު ރުއްތަކުން ވަގުރުކުވެސް އެމީހުން އެބަ އަޅޭ... ބޭގަޑިއިރަށް މިރަށަށް އަޔަކަސް މީހުންގެ އަނބިން ކޭރިއަށް އެބަ ވަދޭ... ނުވިތާކަށް މީހަކަށް ފަރުމަހެއްވެސް މި ރަށާ މަޑިވަރާ ދޭތެރޭ ތިބެގެން ބޭނެނިއްޔެއް ނޫން... ހައްޔަރު ކުރާވަރުން... ހަމަ އޭސް އެ ބުނަނީ މީ އެންމެންގެފުޔޭ (އެމް.އެން.ޑީ.އެފް އޭ) ތޯއްޗެކޭ.... މަނާ ކަމެކޭ މަސްބޭނުމަކީ... ބަލާއެކޭ މިއާލާތުންނާ ހެދެ... މިޅާމެން ވީ މަރޭ ހުސްކުރާން.. ކާޅާ ވާލެއްނޫން މަރާންވީ..." ނައިފަރުން ވާހަކަ ދެއްކި މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެެވެ. ނައިފަރުގައި މިހާތަނަށް ފަރުވާނުދެވޭ ބައްޔެއްވެސް ނުވެއެވެ. އޮޕަރޭޝަނެއް ކުރިޔަސް މުޅިރަށުން ކަރަންޓް ކަޑައިގެންދާނެއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

ހިންނަވަރު ފަޅުތެރޭން ރަންފޮށްޓެއް ފެނުމުން ރައީސް ނަޝީދުވެސް ވެރިކަން ފެނޭތޯ ހިންނަވަރު ތޮށިގަނޑު މަތީ


<< މިޚަބަރު ލިބުމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދުވެސް ވެރިކަން ފެނޭތޯ ހިންނަވަރު ތޮށިގަނޑު މަތީ....



ފީނަމުން ދިޔަ މީހަކަށް ހިންނަވަރު ފަޅުތެރޭން ރަންފޮށްޓެއް ފެނިއްޖެ ކަމަށް ހިންނަވަރުން މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދީފިއެވެ. ހިންނަވަރަކީ އާބާދީގައި ގާތްގަނޑަކަށް 4000 މީހުން އުޅޭ ރަށެކެވެ. އިހިނެގުމަށް ފީނަމުން ދިޔަ ރ. ކަނދޮޅުދޫ ދޯންޏެއްގެ ބަޔަކު އެރަށު ގެ އިރުދެކުނު ފަރާތު ފަރުމަތީ  ފީނަމުން ދަނިކޮށް އިއްޔެ ހެނދުނު ފެނިފައިވާ ރަންފޮށީގެ ތެރޭ ޖަވާހިރުން އިން އަނގޮޓި އަކާއި ރަންފަށެއްގެ އިތުރުން އަތުގަޔާއި ފައިގަ އަޅާ ތަފާތު ވައްތަރުގެ ރަނުގެ ގިނަ ގަހަނާ ހުރިކަމަށްވެސް ވެއެވެ. " އަޅުގަނޑުވެސް މިތާ އަތިރި މަތީ ހުއްޓަ އެތާ ފަޅުމަތީ އޮތް ދޯންޏެއްގެ މީހަކު ގޮވަން ފެށީމަ އަތިރި މައްޗަށް ފޭބީ... އެ ދޯނި ކައިރި ކޮށްފަ މީހަކު ބުނީ ތީ ހިންނަވަރު މިހެއް ހެއްޔޭ... ދެން އަޅުގަނޑު އަހައިފިން ކީއްވީހޭ... މީ މިރަށު މީހެކޭ... ބުނީމަ ބުނެފި މިރަށުން މީހަކު ރަންފޮށްޓެއް އެއްވެސް އިރެއްގަ ގެއްލިގެން އުޅުނުކަން އެނގިފައި ވޭ ހޭ... އަޅުގަނޑު ބުނެފިން ނުދެނަ ހުރީމޭ... ބުނީމަ ބުނެފި މިރަށު ފަރުމަތިން ރަންފޮށްޓެއް ހޮވައިފީމޭ... ވެރިޔަކު އައިސް މީގަ ހުރި އެއްޗެހި ކިޔައި ދިނީމަ ދޭނަމޭ... 24 ގަޑި އިރު ތެރޭ ނައިސްފިއްޔާ ނުލިބޭނޭ... ދެން އެމީހާ އަޅުގަނޑާ އެކީ ދިޔައީ ހިންނަވަރު ކައުންސިލްގެ އިދާރާއަށް... އެތަނުގަ އޭނާ އޭގެ މައުލޫމާތު ދީފަ އައީ... " އަހުމަދު ހަމީދު ބުންޏެވެ. ރަންފޮށި ވަނީ މިހާރު އޭތި ހޮވި ކަނދޮޅުދޫ މީހާގެ އަތުގައި ކަމަށާއި، ވެރިފަރާތެއް ކަށަވަރުވަންދެން އެރަށުގައި 3 ދުވަހު މަޑުކުރާނެ ކަމަށްވެސް އެ މީހާޔާ ހަވާލާދީ ހިންނަވަރުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. ހިންނަވަރަކީ ޅ.އަތޮޅުގައި އޮތް މީހުން އެންމެ ހެޔޮ އަދި އަޚްލާގީ ގޮތުންވެސް އެންމެ ރަނގަޅު ރަށެވެ. އެކަމުގެ ހެއްކަކީ ހިންނަވަރުގައި ކުށްކުރާ ރޭޓް ދަށްވެފައި ވުމެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބބބ
(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ... މިލިޔުން ޝާއިޢު ކޮށްފައި މިވަނީ މީގެ އަސްލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނެތިއެވެ.)

އަދިކިރިޔާ މި އެނގުނީ އެއީ މާވަހަރެއް ނޫންކަން...(ކެޔޮޅު)


<< ނައިފަރުގައި އޮންނަ މާވަހަރު ލައްގާ އަތިރިމަތިން ބަޔަކު މާވަހަރު ކަމަށް ޝައްކުރެވޭ ތަކެތި ޓެސްޓްކުރަން ގެންދިޔުމަށް ގޯންޏަކަށް އަޅަނީ...


މިދިޔަ އާދީއްތަ ދުވަހު ނައިފަރު ދޯންޏަކުން ހޮވި މާވަހަރަކީ 'ނެތް އެއްޗެއް' ކަމުގައި ދޯނީގެ ކެޔޮޅު "އެން.ޔޫ.އެން" އަށް މައުލޫމާތު ދީފިއެވެ. "އެން.ޔޫ.އެން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ދޯނީގެ ކެޔޮޅު އަދި މިމާވަހަރެކޭ ކިޔައިގެން ނެގުނު އެތި ދެވަނައަށް ފެނުނު އަހުމަދު ބުނީ 'އަވާމެންދުރެއް' ފެނި ބޭއިޚްތިޔާރުން ކަސިޔާރު ވުމުން އުފުލި ގާ ކޮޅެއްވެސް މާވަހަރެއްގެ ސިފައިގާ ފެނިދާނެކަމަށެވެ. "ކަލޭ ވިސްނޭލެ ބަލޭ މީހުންނަށް ލިބޭ ކެހި... މިހިރެ ފެންނަ އަލީއަށް ގަންނަ މަޔާއިނު މާވަހަރެކޭ ކިޔޭގެން މަލައްވޭ 2 ފީފާ ތިޔޮ އަންދޭލޭފޭ ގޮސް ނެގުވި އެއްޗެއް މީ... މާވަހަރެކޭ ކިޔޭގެން މަލައްވޭ ގަތް ގަނޑެއް މީ... އަވާމެންދުރުފެނެ ބޭ އިޚްތިޔާރުން ކަސިޔާރުވުމުން އުފުލިގާވެސް ފެންނާނީ މާވަހަރު ސިފޭގޭ... އަނެއްކާ މި އަލީ އެކޭ މި ކިޔާ ހައިވާނު އެހެރެ އުޅުން ގޮތަކުން މަ ލަދުން ކިރިޔާ ބުރި ދިޔޭ ނުވީ... މަ އޭނާ އަތަށް ދިނީ ކޯމަސް ގަނޑެއް ފެނޭތޯ ބަލާށޭ ކިޔޭފޭ ވިއްޔާ ދުރުމި ވެސް... ދޯނީގޭ ތިބި ހުރިހޭ ކުދިން އެކަމާ ނުލާހިކު ހިތްހަމަނުޖެހެފޭ ތިބީވެސް... މާވަހަރު ވަސް ދުވަޔޯ ކިޔޭގެން އެ ހޭވާނު އޮރިޔާން ނުކުރާ އެކަކުވެސް މިދޯންޏަކު ނެތް.... ވިސްނޭލެ ބަލޭ މީހުންގެ ބުރިޔަށް އިނގި ގަޅޭފޭ ވަސްވެސް ބެލި... މަ ހިތަށް އެރި ކޯންޗެއް ބޮއިފޭ ހުރި ރުނޑިކައުޅެއް ބާ އޭ މީ... މިހާރު އަދިކިރިޔާ މި އެނގުނީ އޭ މާވަހަރެއް ނޫންކަން... ދެފެން ދޭ ތެރޭ މާވަހަރު އިނދެފާނެ... އޭނާ އެހެރެ ފެންނަނީ ހަމަ މޮޔަވެފޭ... މިހާރު މިދޯނި މީހުން އޭނާއަށް ކިޔަނީ 'މާ ޒަކަރު މޮޔަ ދެޔޯ'.... އެހެން ނުކިޔާ ވައްތަރަކަށް ނޫން ވިއްޔާ އެ ތެޅެ ބޭލަނީ... މިއަދު ރަށުން މީހަކު މާވަހަރެއް ހޮވި ވާހަކަ ބުނީމާ އޭނާ މިއަދު ދޯނިންވެސް ފޭބޭފި... މިހާރުވެސް އެބޮތް ސުކޫލާ ދިމާލު އަތިރި މަތީ ފަތްޖެހި އެނދެއް ބަހައްޓޭގެން ނިދޭފޭ... އެދިމާލުން މީހަކު މާވަހަރެއް ހޮވިއްޔޭ ބުނީމާ... މީ ދެން ތަންކޮޅެއް ބޮޑުވަރު.... އެހެން މީހުގެ ރިޒުގު ވަޅަށްވެސް ދަނޑިބާނާން..." އަހުމަދު ވަރަށް ހިތް ހަމަނުޖެހިފަ "އެން.ޔޫ.އެން" އާ ހިއްސާ ކޮށްލިއެވެ. ނައިފަރު މީހުން މިހާރު ކުރާ ކަމަކީ ދޯނިގަނޑު ފަރަށް އެރިޔަސް މޫދު ބަލަމުން މާވަހަރެއް ފެނޭތޯ ދުއްވުމެވެ. ނައިފަރުން މާވަހަރު ފެނުނު ހިސާބުގައި 'އަތްފުނާ އަޅަމުން' ގެންދިޔަ މީހަކު ކިޔައިދިން ގޮތުގައި މާވަހަރެއްގެ ސިފައިގާ ރަބަރު ގަނޑެއްފެނުނަކަސް މިހާރު މީހުން އެބަ ހޮވާ ކަމަށެވެ. "ޗަބުނާހެން.... މާވަހަރު އެއްޗަކީ އިނގޭ... މާވަހަރުގެ އަސަރު ގަދަވީމާތާ މީހަކު އެބޮތް ސުކޫލު ފަސްގަނޑާ ދިމާލު ގޮނޑުދޮށުގޭ ރޯ އޮރިޔާމުން ފައްޖެހި އެނދެއްގޭ ނިދޭފޭ... މާވަހަރު ހޮވާށޯ... 'މާވަހަރު ދާއްބަ' އެބޮތް އެތާ މާވަހަރު ހޮވާން.... އޭނާ އެބަ އެއްކުރޭ ރަބަރު ގަނޑެއްފެނުނަސް... އުފުލި ގައު ކޮޅެއް ފެނުނަކަސް...." ނަން ނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ. ނައިފަރު ބަޔަކު ދުއްވި 'ނަސްރު' ދޯނިން ހޮވި މާވަހަރަށް ފަހު ފަޅުވެރިންނަށް ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ ލިބިފައިވަނިކޮށް މިއަދު ނައިފަރު މީހަކު ހޮވި މާވަހަރު ތަކެއް ވެސް ވަނީ ވިއްކާލުމުގެ މަގުމަތީގައެވެ. މިހާރު ގިނަބަޔަކު އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ގޮޑުދޮށުން ނަމަވެސް މާވަހަރެއް ފެންނާނޭ ދުވަހަކަށެވެ. މާވަހަރަކީ ބޮޑުމަހުގެ ގޮހޮރުގައި އުފެދޭ މަޑުގަނޑެއްކަހަލަ ގުދުރަތީ މާއްދާއެކެވެ. މި މާއްދާ އަކީ މަޑި ކަހަލަ ކަށިޖަހާ ބާވަތް ބާވަތު ތަކެތި ކެވުމުން ބޮޑުމަހުގެ ގޮހޮރު ހަލާކުވިޔަ ނުދީ ރައްކާތެރިކުރުގެ ގޮތުން ގުދުރަތުން އޭގެ ގޮހޮރުގައި ލައްވާފައިވާ މާއްދާއެކެވެ. މި މާއްދާ ހުންނަނީ އުއްކަހަލަ ގޮތަކަށް ބޮޑު މަހުގެ ގޮހޮރުގެ އެތެރޭ ދުލިފަށުގައި ތަތްލާފައެވެ. މި މާއްދާގެ ސަބަބުން، ބޮޑުމަހަށް ކެވޭ ކަށި ހުންނަ ތޫނު އެއްޗެހި ހޮޑަށް ނެރުމަށް ފަސޭހަވެގެން ދެއެވެ. މާވަހަރެއް މާވަހަރަކަށް ވަނީ މި މާއްދާ އޭގެ ބަނޑުން ނިކުތުމަށް ފަހު އެހެން ބޮޑު މަހެއް މި މާއްދާ ކެއުމުގެ ސަބަބުން ބަނޑުތެރޭ ހަޖަމް ނުވެ އިނުމުގެ ސަބަބުންނެވެ.  މާވަހަރެއްތޯ ޔަޤީން ކުރުމަށް ތިނޯހެއް ހޫނުކޮށް މާވަހަރު ކަމަށް ޝައްކުވާ އެއްޗަށް ކޮށްޕާލާފަ ނެގުމުން އެ ތިނޯސް ކޮށްޕާލިތަނުން އޮލަކޮށް ތެޔޮ ހެދި އުއްބަތި ވިރިފަ ހުންނަ ސިފަޔަކަށް ހުންނާނެ ކަމަށާއި އަދި މަޑުމަޑު މީރުވަހެއް (ދުންބައްތި އަނދާއިރު ދުވާކަހަލަ ވަހެއް) ދުވާނޭ ކަމަށްވެސް މާވަހަރު ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ލިޔުންތަކުގައި ވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ލއކ

Tuesday, July 10, 2012

ނައިފަރު ގޮނޑުދޮށަށް މާވަހަރު ލައްގަނީ..

 (ފޮޓޯގައި ކިމްޒޯ އަށް ފެނުން މާވަހަރު)>>

މިއަދު ހެނދުނު ނައިފަރު މާނުބޭގެ މުހައްމަދު (ކިމް ޒޯ) 135 ގްރާމް ހުންނަ ވަރުގެ މާވަރެއް ހޮވައިފިކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. މުހައްމަދު ހޮވި މާވަހަރު ފެނިފައިވަނީ ޅ.ނައިފަރު ހުޅަނގުފަރާތު އަތިރިމަތިން ވެލިގަނޑުމަތިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިކަމާއި ގުޅިގެން "އެން.ޔޫ.އެން" ގެ ފަރާތުން މުހައްމަދު އަށް ގުޅާލުމުން ބުނީ "އެހެން ފެނުން އެއްޗެއް ނޫން އެއީ... ރަށްވަށޭ ޖަހޭލާން ދަނިކޮށް ފެނުން މާވަހަރެއް ގޮތަށް އޮތް އެތިކޮޅުތަކެއް އޭ... މިހާރު މިއުޅެނީ ވިއްކޭލާންވެގެން... ގާތްގަނޑަކަށް މި ވިއްކޭލީރުން ލިބޭނީ ތިރީހަކަށް، ފަންސަވީހަކަށް ވިއްސަކަށް ހާސް ރުފިޔާ..." ކަމުގައެވެ.  އޭނާއަށް ގުޅާލި އިރުވެސް އޭނާ އުޅެނީ މާވަހަރު ފެނުން ހިސާބު އަތިރި މަތީގައެވެ. މިޚަބަރު އެންމެ ފުރަތަމަ ފެނިފައިވަނީ ނައިފަރު އަރޭކާގެ ރަސްމީ ފޭސްބުކް ޕޭޖުންނެވެ. އެހެން ކަމުން މީގެ އިތުރު މައުލޫމާތެއް ލިބޭތޯ ސީދާ މުހައްމަދު ހޯދުމަށް "އެން.ޔޫ.އެން" ގެ ފަރާތުން  ކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. "މަށަށްވެސް ހަމަ މާވަހަރެއް ފެނެދާނެ... މަވެސް މިޔޭ ކިމްޒޯ މާވަހަރެއް ހޮވީޔޭ ބަޔަކުން ކިޔާތީ އެތަނަށް ބަތާނާލާން... މަ އިންނާނެ ފައްކާ ދެލޯވެސް .... ޒޫމް ކޮށްލޭފިއްޔާ އެޒޫމް ކުރާ  އެއްޗެއްވެސް ދާނީ ފަޅޭގެން.... މަށަށް މާވަހަރެއް ފެނެއްޖެއްޔާ މަ ހަމަ ސީދާ ދޭނީ މަ ބައްޕަޔަށް.... މަ ބޭނުމެއް ނޫން މާވަހަރެއް.... ފެގު ފޮށްޓެއް ނަމަ މަ ބޭނުންވާނެ...." ނައިފަރުން ވާހަކަ ދެއްކި ފޮނުގަނޑުގެ އަލީ "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މާވަހަރު ހޮވި ސަރަހައްދުގައި އަތްފުނާ އެޅުމަށް މިހާރު 30 އަށްވުރެ ގިނަ މީހުން އެބަ ހަރަކާތްތެރި ވަމުން ދާ ކަމަށާއި، ގޮނޑުދޮށުން 'ގުއި' ކޮޅެއް ފެނުނަސް "ބުރުދާ ގައިމު ކުރަން" އޭތި ގެޔަށް ގެންދާކަމަށްވެސް މައުލޫމާތު ދެމުން އަލީ އިތުރަށް ބުނެފައިވެއެވެ. މިއީ ނައިފަރު ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ތިންވަނަ ފަހަރެވެ. ކުރީފަހަރު ހޮވި މާވަހަރު ގައި 20 ކިލޯ ހުރި އިރު އެ މާވަހަރު މިހާރުވަނ އޮޑިވެރިޔާ އަށާއި ފަޅުވެރިންނަށް ދެބައިކުޅަ އެއްބައި ލިބޭގޮތަށް ހުކުމްވެސް ކޮށްފައެވެ. އަދި އިއްޔެ ހޮވި މާވަހަރުގައިވެސް 8 ކިލޯވަރު ހުންނާނެކަމަށާއި 20 ކިލޯގެ މާވަހަރުން މީހަކަށް 50000 ރުފިޔާ ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

ސިޔާސީ ދެބަސްވުމަކަށްފަހު ޕީ.ޕީ.އެމްގެ މީހެއްގެ ބޮލަށް ކުޑަކަމުގޮސްފި

ހިންނަވަރުގައި ހިނގައިދިޔަ ސިޔާސީ ދެބަސްވުމަކަށްފަހު ޕީ.ޕީ.އެމްގެ މީހެއްގެ ބޮލަށް ކުޑަކަމުގޮސްފިކަމަށް  "އެން.ޔޫ.އެން" ގެ ފަރާތުން އެރަށުގައި ހަރަކާތްތެރިވާ ނޫސްވެރިއަކު ބުނެފިއެވެ. މިކަމެއް ހިނގައިފާ ވަނީ ރޭ އިރާކޮޅު ކަމަށާއި މި މައްސަލާގައި އެއްވެސް މީހެއް އަދި 'ބޭނިފައި' ނުވާކަމަށްވެސް އޭނާ ބުންޏެވެ. "ގަނޑިޔާ... މިރަށުގަ އުޅޭޅެ ޕީ.ޕީ.އެމް ގެ 12 ވަރަކަށް ސައިތޯނުން... އަހަރެމެން ނަ ގިނައީ... މީ އެމް.ޑީ.ޕީ ގެ ރަށެއް... އިއްޔެ މި މީހުން އައިސް ހަޅޭލެވީ.... އާޒިމާ ޝަކޫރުގެ ކާރުކޮޅު ހަލާކުކޮށްލީ އެމް.ޑީ.ޕީ ގެ ގުންޑާއިންނޭ ކިޔައިގެން... ދެން އެކަމާ ބޮޑު ހަމަ ނުޖެހުމެއް ހިނގީ... އެ ހައިޖާނުގަ އެމް.ޑީ.ޕީ މީހާ ބުންޏޯ އެއޮތީ އާޒިމާގެ ކާރުވެސް ފުނޑާލާފައޭ... ބޭނުން ގޮރެކޭ ހަނޑާނީ.... ދެން ހަނޑާނީ ތިއާލާތްގަނޑު ބޮލަށޭ... ދެން ޕީ.ޕީ.އެމްގެ މީހަކު ބުނީއޯ ނުހެނޑޭނޭ... ދެން އެމް.ޑީ.ޕީ މީހާ މިބުނިއްޔޯ ހަނޑާނަމޭ.... އެހެން ކިޔާފަ ހުއްޓަ މިފެނުނީ ޕި.ޕީ.އެމް ސޮރު މިތާ ދެބުރިއަށް ހުރި ގެޔެއްގެ ޝީޓް ކައިރި ހުއްޓަ... ވަގުތުން އެމް.ޑީ.ޕީ މީހާ ގޮސް އޭނަގެ ބޮލަށް ގޮރުފޮދު ހެނޑުއްވީ.... މިކަހަލަ ވިޔާ ނުދާ ހުރިހާ ކަމެއް އެމް.ޑީ.ޕީ މީހުން ކުރާނެ..." ނޫސްވެރިޔާ ބުންޏެވެ. ހިންނަވަރުގައި ޕީ.ޕީ.އެމް މެމްބަރުންނަށް ވުރެ ނިސްބަތުން މެމްބަރުން ގިނައީ އެމް.ޑީ.ޕީގައެވެ. ވީމާ ޕީ.ޕީ.އެމް ގެ މީހުން ފުއްޕާފަ އުޅުނަސް ތިބެން ޖެހެނީ ސައިޒުގަ ކަމަށާއި އެމް.ޑީ.ޕީ މީހުން ވަރަށް 'ނިކަމެތި ގޮތްގޮތް' ޕީ.ޕީ.އެމް މީހުންނަށް ހަދާކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހަކު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. އެމް.ޑީ.ޕީގެ  މީހުން ހިންގާ ފިހާރަތަކުން ޕީ.ޕީއެމްގެ މެމްބަރެއް އެއްޗެއް ގަންނަން ގޮސްފިނަމަ ގީ.އެސް.ޓީގެ %6 ގެ ބަދަލުގައި %12 ވެސް ނަގާކަމަށްވެސް ޕީ.ޕީ.އެމްގެ މީހަކު ބުނެފައިވެއެވެ.
(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބބބ

ނައިފަރު ދޯންޏަކުން އަނެއްކާވެސް މާވަހަރެއް ހޮވައިފި

ނައިފަރު ދޯންޏަކުން އަނެއްކާވެސް މާވަހަރެއް ހޮވައިފިއެވެ. އާދީއްތަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ހޮވި މާވަހަރުގެ ބަރުދަނުގައި 8 ކިލޯވަރު ހުންނާނެ ކަމަށާއި މިއީ ހުދަންބަރެއް ކަމަށްވެސް މައުލޫމާތު ދިން އަލީ ވަނީ ބުނެފައެވެ. ނައިފަރުން މާވަހަރު ހޮވި ދޯންޏަކީ 'ރިކުޒާ' އެވެ. މި ދޯނިން މަހައްދާ މީހުންގެ އަދަދު ގާތްގަނޑަކަށް 21 އަށް އަރާނެ ކަމަށްވެސް އަލީ ވަނީ ބުނެފައެވެ. "އަޅުގަނޑު ހުރީ ދޯނީގެ ދިރުބާ ކޮޅުގޭ... އަޅުގަނޑު ހުރީ ކޯމަސް ގަނޑެއް ފެނޭތޯ ދުރުމީ ހިފޭގެން.... ހުއްޓޭ ހީވީ ޅާޔަކު މަ ބޮލަށް މަރަގުއި ދުއްވޭލިހެން.... މަ ދިޔޭ ގޮޓި އަރޭގެން.... ވަށޭގެން ހޯދޭހޯދޭ ނުފެނުނީމާ ދެން ދުރުމި އަޅޭގެން ގޮސް ވަތުތެރެއާ ފާހާނާވެސް މި ބެލީ... އެއްވެސް ޅާއެއް ނެތް ފެންނާކަށް... އަޅުގަނޑަށް އެނގޭ އެވަހަކީ މާވަހަރުން ދޮވާ ވަހެއްކަން... ދެން މަ ހަމަ ފަހަރަކު މީހަކު އޮރިޔާން ކޮށްގެންވެސް އެމީހުންގެ ޖަންގިޔާ ދޮށްވެސް އެބަ ބަލަން... ހަމަ ލޮލަށް ނުފެނެދާނެތީ މަ ބެލީ ދުރުމިވެސް އަޅޭގެން... ދޮގެއް ހަދާކަށް ނެތީން ދުރުމި އަޅޭގެން ނުބަލާ އެއްވެސް މީހެއް ނުހުންނާނެ ދޯންޏަކުވެސް... އަނެއްކާ ބުރީ ލޯވަޅަށްވެސް އިނގިލި ކޮށްޕިން މާވަހަރެއް އެތެރޭވެސް އިންތޯ... އަދި ވަސްވެސް ގަންނަން ޔަގީންކުރާން... ކޮންމެ މީހެއްގެ ބުރިއަށް އިނގިލި ކޮށްޕޭލޭފޭ ވަސްބެލިއަސް... ވާވާވާ.... ހަމަ ހުދަންބަރުގަ ދުވާވަސް.... ދެން މަ ދުރުމި ބާއްވޭފޭ ގޮސް ޖައްސޭލީ ވީލް ހައުސްތެރޭ... އޮއްވޭ މަށަށް ނިދުނީ... ނިދެފޭ އޮއްވޭ ދެބަ ދޭތެރޭ މަށަށް މި ހުވަފެނުން ފެންނަނީ މައޮތިއްޔޯ މޫދުގޭ އޮއްވޭ މަ ބިސްގަނޑު ބަދަލު ވަނީ އޯ ހުދަންބަރަކަށް.... ދެން ފެންނަނީ މާލެ އޭސް އައި.ޖީ.އެމް.އެޗަށް ގޮސް މަ ބިސްގަނޑު އޮޕަރޭޝަން ކުރަނިކޮށް... ހަމ ހޭވެރިކަން ވީއިރު މަ ހިފަހައްޓޭގެން ބަޔަކު މި ތިބީ.. މަ އަތުގޭ އޮތް ބޮޑު ވަޅިއެއްވެސް... އެމީހުން ބުނީ މަ އުޅުނިއްޔޯ ނިދޭފޭ އޮވެފޭ އޭސް އަމިއްލަ ފައިން އަމިއްލަ ފޯކަށް ފައިން އަރާން... އެމީހުންނަށް ނުފެނުން ނަމަ މާވަހަރެއް ކަމަށް ހީކޮށް މަށަށް މަގޭ އޮއްކޯޅިވެސް ދެބުރި އަރުވޭ ލެވުނީސް... މިސަކަރާތެއްގޭ އުޅެފޭ މަގޮސް ބޭރަށް ނުކުމެ ދުރުމީ އަޅޭލީ... އަޅޭލިރު ކަމަކު ދާކަށް ނެތް ދެފެން ދޭތެރޭ އެބޮތް ގޯނިބޮނޑިއެއްހެން އޮތް އެއްޗެއް... ވަގުތުން ދޯނީގެ މިސްރާބު ބަދަލުކޮށްފޭ ބެލީރު ހަމަ މާވަހަރެއް... މަ ވަގުތުން ކަނޑަށް ފުންމޭލޭގެން އޭތީގޭ އަޑިއަޑިން ގޮސް ބައްދޭ އޭގޭ އިން ލޯވަޅަކަށް ޖަހޭ ހުރިހޭ ސަކަރާތެއް ޖެހި ފަހުން ކިޔޮޅު ބުނެފި މިއޮއްފެންނަ މައްލޫނެއް ބަލޭބަލާށޭ އެއޮއް ތެޅޭ ވައްތަރެއް... ހަމަ މިހާރު ދޯންޏަށް އަރާށޭ... ބުނީމާ މަ އަވަހަށް ދޯންޏަށް އެރީ އެ މާވަހަރު ހިފޭގެން...." ވަރަށް ގިނަ ހާސަރު ތަކެއް ދެމުމަށްފަހު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އަލީ ކިޔައިދިނެވެ. މިއީ ނައިފަރު ބަޔަކުން މި އަހަރުތެރޭ މާވަހަރެއް ހޮވި ދެވަނަ ފަހަރެވެ. ކުރީފަހަރު ހޮވި މާވަހަރު ގައި 20 ކިލޯ ހުރި އިރު އެ މާވަހަރު މިހާރުވަނ އޮޑިވެރިޔާ އަށާއި ފަޅުވެރިންނަށް ދެބައިކުޅަ އެއްބައި ލިބޭގޮތަށް ހުކުމްވެސް ކޮށްފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އމބ

Monday, July 9, 2012

ގަދަވަޔާއެކު އައި ކޮޅިގަނޑެއްގައި ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ފުރާޅު ވިއްސާލައިފި

މިއަދު ހެނދުނު އައި ބާރުގަދަ ކޮޅިގަނޑެއްގައި ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ފުރާޅުގެ ބޮޑުބަޔަކަށް ގެއްލުންވުމުގެ ސަބަބުން މިއަދުގެ މެންދުރުފަހުގެ އެއްވެސް ސެޝަނެއް ނުބާއްވާގޮތަށް އެ ސުކޫލުން ނިންމައިފިއެވެ. މިއަދުގެ ގާތްގަނޑަކަށް 10:45 ހާއިރު އައި މި ބާރުގަދަ ކޮޅިގަނޑުގައި ގަޑިއަކު 75 މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހިފައި ވާނޭ ކަމަށްވެސް ނައިފަރު މަދްރަސަތުލް އިފްތިތާހު މި ވަގުތު ހިންގެވުމާއި ޙަވާލުވެ ހުންނެވި ނަދީމް ވަނީ  "އެން.ޔޫ.އެން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައެވެ. "މިއަދު ހެދުނު ވަރަށް ބޯކޮށް ވާރޭވެހުނު... އަދި ހަމަ އެއާއި އެކު ވަރަށް ބާރަށް ވައިވެސް ޖެހުން... ގަޑިން 10:45 ހާއިރު ފުދޭ ވަރަކަށް ވައި ޖެހި ފުރަތަމަ އެއްލާލީ ސުކޫލުގެ ދިޔަދޮވި... ދެން 3 ގަނޑު ޓިނުވެސް ވަނީ ވިއްސައިގެން ގޮސްފައި... ވައި ޖެހިފައިވަނީ ހުޅަނގު އުތުރުން ކަމަށް ވެފައި އަނެއްކާ ސުކޫލު މިހުންނަނީ އެއްވެސް ނިވައިކަމެއްނެތި ހުޅަނގު ފަރާތުގަ ކަމަށް ވާތީ ސުކޫލަށް އެހާ ވަރު ވެގެން އެދިޔައީ... އެކަމާއި ގުޅިގެން ސުކޫލުގެ  މެންދުރު ދަންފަޅީގެ ކިޔެވުން މި ބަންދު ކުރަން ނިންމީ.... " ނަދީމް ވިދާޅުވިއެވެ. ނައިފަރު މަދްރަސަތުލް އިފްތިތާހަކީ ދެ ދަންފަޅިއަށް ކިޔަވައިދޭ މާލޭގައި ހުންނަ މަޖީދިއްޔާ ސުކޫލު ފިޔަވައި އެންމެ ގިނަ ދުވަސްވީ އެއް ސުކޫލެވެ. މި ސުކޫލުގައި މަތީތައުލީމަށް ކިޔަވައި ދެމުން ގެންދާއިރު ސުކޫލުގައި ގާތްގަނޑަކަށް 1500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވައެވެ. ނައިފަރުން ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ ވިލާ ގަނޑުގެ ސަބަބުން ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންވެސް ހެދިފައި ވާކަމަށާއި، ސްކޫލުގެ ގިނަ ކްލާސް ރޫމްތަކެއްގައި ފެން ގަނޑު ބޮޑުވެ ފެނުގެ ކޯރުތައް ހެދިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ނައިފަރުގައި ހުންނަ ޕޮލިސް ސްޓޭޝަނުންވަނީ މީހުން ސަލާމަތްކުރުމުގެ ގޮތުން އެތަނުގައި އަމަލީ މަސައްކަތްވެސް ފައްޓާފައެވެ. "އޭތް... އެނގޭތަ ކަލޭމެންނަށް މިރަށު ސުކޫލު ވިއްސޭލިކަން... އެހެންވެ އަޅުގަނޑު މިގުޅީ.... އެވާހަކަ ބުނާންވެގެން... އަޅުގަނޑަށް ރަނގަޅީ އަބަދު ކޮޅިގަނޑު އޭސް ޗަތާ ފުރާޅު އެކަންޏެއް ނޫން ޗަތާ ޗަތިބި ހުރިހޭ އާލާތުން ވެސް ވިއްސޭލޭގެން މިރަށުންވެސް ގެންދިޔައްޔާ... ޗަތަނަށް ފޮނުއްވި ކޯފާއެއް އޭ.... މޮޅުވާހަކަ އެބަ ދައްކަޔެއްނުން.... ﷲ ކޯފާ ލައްވަނީ ހަމައެކަނި ބިންހެލުމަކުން ނޫނޭ... ބީތާ ތަކާ.... ސުކޫލުގެ ހުރުމަތް ކަނޑޭލޭ، ދަރިވަރުންގެ ލަދު ހަޔާތާ އަގަލާ ނަގުލާ ކަނޑޭލީރުން ކޯފާވެސް ފޮނުއްވާނެ... ޗަ ސުކޫލަކީ ނުލާހިކު މޮޅު ދަންނަ ބޭކަލަކު ހުޅުވި ތަނެއް... މިރަށު ޖަލާލުއްދީނު ހުޅުވިތަނެއް މީ... މިއަދު މިތަނުން އަހަރެމެން ބޭރުކޮށްފޭ ތިއްބަކަސް... " ނައިފަރުން ވާހަކަ ދެއްކި އަހުމަދު ޝަމީމު "އެން.ޔޫ.އެން" އަށް ގުޅާފަ މައުލޫމާތު ދިނެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑޒ

ހިންނަވަރުގައި ފުލުހުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

މުޖުތަމަޢުގައި ހިނގާ އެންމެހައި ނޭދެވޭ ކަންތައްތަކުންނާއި އެކިއެކި ކުށްތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއަތޮޅު ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިންގައިފިއެވެ.
މިޖުލައި މަހުގެ 8 ވަނަ ދުވަހު އެސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ހިންނަވަރުގައި ހިނގާ އެކިއެކި ކުށްތަކާއި ބެހޭގޮތުން ކަމަށާއި މިގޮތުން ޚާއްޞަކޮށް ކުރީގެ ރަމަޟާން މަސްތަކުގައި ހިންނަވަރުގައި ހިގާފައިވާ ޤާނޫނާއި ޚިލާފް ޢަމަލު ތަކާއި މިހާރު ޢަމަލު ކުރަމުންދާ އާންމު އިޖްތިމާޢި މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމާއި ބެހޭ ޤާނޫނާއި ޓްރެފިކް ޤާނޫނު އާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައި ވާ ކަމަށާއި މީގެ އިތުރުން މިފަދަ ޤާނޫނު ތަކާއި ޚިލާފް ޢަމަލުތައް އެއްވެސް ދަރިވަރަކު ނުކުރުމަށް ނަސޭޙަތްތެރި ވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ޕްރޮގްރާމަކީ ރަމަޟާންމަހަށް ޚާއްސަ ކުރެވިގެން ހިންނަވަރުގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި ހިންނަވަރު ޕޮލިސް ސްޓޭޝަނުން ރާވައި ހިންގަމުންދާ ޙަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދިންނަށް އަމާޒު ކުރެވިގެން ހިންގުނު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ނައިފަރު ބަޔަކު ހޮވި މާވަހަރުން އޮޑިވެރިޔާއަށް ދެބައިކުޅައެއްބައި ލިބޭގޮތަށް ހުކުމް ކޮށްފި



ޅ.ނައިފަރު ބަޔަކު ދުއްވަމުންދިޔަ ދޯންޏަކުން މިދިޔަ މެއިމަހު ކަނޑުން ހޮވި 20 ކިލޯއަށްވުރެ ބަރު މާވަހަރު އެންމެ ފަހުން ދޯނީގެ އޮޑިވެރިންނާއި ދޯނީގެ ފަޅުވެރިންގެ އެއްމެދު އެއްޗަކަށް ނިންމައި ފަޅުވެރިންނަށް އެއްބަޔާއި އޮޑިވެރިޔާއަށް އެއްބައި ލިބޭގޮތަށް ހުކުމް ކޮށްފިއެވެ. މިގޮތަށް ޙުކުމް ކުރުމުން އޮޑިވެރިޔާ ވަނީ ވަގުތުން މާވަހަރު ދެބައިކޮށް އޭނާއަށް ވީ ބައި ގެންގޮސްފައެވެ. މިކަމާއި ގުޅިގެން ދޯނީގެ ކެޔޮޅާއި ފަޅުވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ދޯނީގެ ފަޅުވެރިއަކާ ގުޅާލުމުން ވަރަށް ހިތާމަވެރި ކަމާއެކު "އެން.ޔޫ.އެން" އާ ހިއްސާކޮށްލިއެވެ. "މީ ކިހޭ ހެއްވާ ކަމެއް... މަށެއް ނުބުނާނަން މީ ސަހަލު ހުކުމެކޭ... އަޅޭ ވިސްނޭލެބަލޭ ޗަ ހުކުމެއްކުރި ޤާޒީޔެއްގެ ހަޔާތް ކުޑަކަން.... އަހަރެމެން ހޮވި މާވަހަރެއް 'ރޯނު ދަމާތަން ލޯ ނުދެކޭ' މީހަކަށް ވިއްޔާ އޭން ދެބޭކުޅަ އެއްބޭ ދޭން އެ ޙުކުމް ކުރީ... މަ މިހިރީ ހަމަ ބުނާނެ އެއްޗެއް ނޭނގެފޭ... ރިޝްވަތުކޭގެން މަޔާފޮކި ބަތްތައްޓަށް ހުކުމް ކޮށްފޭ... ޗަ ބުނާ ޅާ ޔަކަށް އަރުވައްޔެއް މޮޅެއް ނުވާނެ... މާވަހަރު ހޮވީރު އޭގޭ ހުންނާނެ 22 ކިލޯ ވަރު... އެހެން އޮވެ އޭތި ފެންހިކެގެން ލުއިވެގެން މި ހާރު އޭގޭ އެހެރީ 18 ކިލޯ... ކޯޓަށް ނުގޮސް ރީތިކޮށް އޭނާ ކޭރީ އަހަރެމެން ބުނީމު ހިނގާށޭ ތިންބޭކުޅަ އެއްބަޔަށް ( 3/1 ) ބަހާން.... އޭރުންވެސް އޭނާޔަށް ލިބުނީސް 6 މިލިއަން ރުފިޔާ... ސީދާ ރާއްޖޭން ބޭރުން މާވަހަރު ގަންނާން އޭ މީހަކު.... އޭނާ ބުނި 65 ޑޮލަރަށް ގްރާމެއް ގަނެފާނަމޭ... އޭރުންވެސް އޭތި އެބަ ވިއްކޭލެވޭ 19 މިލިޔަން ރުފިޔާޔަށްވުރެ ބޮޑުކޮށް... މިހިރީ ވިސްނޭލެ ބަލޭ ކަންތައް ހިނގާގޮތް... ﷲ ދެއްވާ ނިއުމަތަށް ކުފުރުވެރިވެ ކޯޓަށާ ބޯޓަށް މައްސަލަ ވައްދޭ އެހެރެ ތެޅުން ވައްތަރެއް، ރީތި ގޮތުގޭ ބެހި ނަމަ މިއަދު އޭނާވެސް ހުރީހީ މިލިޔަނަރަކަށް ވެފޭ... ކިތަށް މީހުންގެ ހައްގު އޭނާ އެކަނި އެ ބަނޑު އަޅޭލީ... މޮޅުތަކެއް ނުވާނެ އެޔަކުންނެއް... އިރާދަކުރެއްވިއްޔާ އަދި އަހަރެމެންނަށް މިއަށް ވުރެ މާ ބޮޑު މާ އަގުހުރި މާވަހަރެއް ﷲ ދައްކަވާނެ.... އޭނާ ހީކުރަނީ އޭނާ އަތުގޭ ލާރި ހުރީމާ ބޭނުންހޭ ގޮރެއް ހަނޑާނަމޭ... ގާޒީންނަށް ރިޝްވަތުވެސް ދެވެދާނެ..... އޭނާ އުޅުން މާވަހަރު ވަގަށް ނަގާންވެސް.... އެތަނުންވެސް އެބަ އިގެޔެއްނުން ލާރިޔާ ހެދި މަރުދޭ މީހެއްކަން.... ލާރިޔާހެދެ އޭނާ އެހެރީ ދަތްފިލޭ ޖެހެފޭ... އޭނާޔަކަށް ޗަ މާވަހަރު ވިއްކޭލޭގެންނެއް ވާނެ ފޭދާއެއް ނޯންނާނެ.... " އިބްރާހިމް ބުންޏެވެ. ނައިފަރު ބަޔަކުން ދުއްވި 'ނަސްރު' ދޯނީގެ އޮޑިވެރިޔާ މުހައްމަދު އަނިލް ވަނީ މާވަހަރުގެ މައްސަލަ ކޯޓްމެދުވެރިކޮށް ނިންމުމަށް އެދި ކޯޓަށް މައްސަލަވެދުމުގެ އިތުރުން މައްސަލަ ބަލާ ކޯޓުގެ ގާޒީންތަކަށް ރިޝްވަތުވެސް ދީފައި ކަމަށް އިބްރާހިމްގެ ވާހަކައިގާ އިތުރަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އޮޑިވެރިޔާއަށް ގުޅާލުމުން ބުނީ މާވަހަރާ ބެހޭގޮތުން ކޯޓުން ކޮށްފައިވާ ހުކުމާމެދު ހިތްހަމަޖެހޭކަމަށާއި މާވަހަރުން އޭނާގެ ދޯންޏަށް ލިބުނު ދެބައިކުޅަ އެއްބައި 4 މިލިޔަން ރުފިޔާއަށް ވިއްކާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދާކަމަށެވެ. މި އަހަރުގެ މިހާތަނަށް 2 ދޯންޏަކުން 3 މާވަހަރަށްވުރެ ގިނަ މާވަހަރު ހޮވައިފާވާއިރު އިއްޔެ ވަނީ 150 ކިލޯގެ ބޮޑު މާވަހަރެއް 100 މިލިޔަން ރުފިޔާއަށްވެސް ވިއްކާލާފައެވެ. 150 ކިލޯގެ މާވަހަރު ހޮވި ދޯނިން މީގެ ކުރިންވެސް ވަނީ މާވަހަރެއް ހޮވާފައެވެ. އެދޯނީގެ މާވަހަރު ބެހުމުގައި އޮޑިވެރިޔާގެ ފަރާތުންވަނީ ފުރިހަމައަށް އެއްބާރުލުންދީ ދޯނިގެ ފަޅުވެރިން ރުހޭ ގޮތަކަށް މާވަހަރު ބެހުމަށް ދޫކޮށްލައިފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކނޒ
 
*މި ހުކުމާމެދު ކިޔުންތެރިންނަށް ފެނިލައްވާ ޚިޔާލުތައް ނަން ޖައްސަވާފައި ފޮނުއްވައި ދެއްވުމަކީ ފަޅުވެރި ކުދިންގެ ވަރަށް ބޮޑު 

އެދުމެކެވެ. އަދި (9 ކިލޯގެ) މާވަހަރުގެ އަނެއްބައި  ގަންނަން ބޭނުންވާ ފަރާތްތަކުންވެސް ކޮމެންޓަކުން އެފަރާތްތަކަށް އަންގާލަ 

ދެއްވުމުގެ ގޮތުން މި ޕޭޖްގައި ޚިޔާލު ފާޅުކުރެއްވުމަކީ  ދޯނީގެ ފަޅުވެރި ކުދިންގެ އިތުރު ދޯނީގެ ކެޔޮޅުގެ ވަރަށްބޮޑު އެދުމެކެވެ. 

Sunday, July 8, 2012

ޅ. އަތޮޅު ރަށެއްގެ މީހަކު މާ މޮޅު ގޮތަކަށް މެކުހަށް ޖަހައިފި


ޅ. އަތޮޅު ރަށެއްގެ މީހަކު މާ މޮޅު ގޮތަކަށް މެކުހަށް ޖަހައިފި ކަމަށް "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. މީނާ މިކަމެއް ކުރިގޮތް "އެން.ޔޫ.އެން" އާ ހިއްސާކުރަމުން ދޯނީގެ ކެޕްޓަން ކިޔައިދިނެވެ. "ވީގޮތަކީ މިދޯނީގަ އުޅޭނެ މިންދީލު ކިޔާ ކުއްޖެއް... މި ދޯނި މީހުން އެސޮރަށް ވަނަމަކަށް މި ކިޔަނީ އިންޖީނު... މި މިންދީލަކީ ގޮތަކަށް ފިރިހެންނުންނާ މާ ގައިގޯޅި ވާ މީހެއް.... އަހަރެމެން މިދިޔައީ މާފިލާފުށިން ފުރައިގެން ބ.އަތޮޅު ތުޅާދޫއަށް... ދިޔަ ވަގުތު މަހުރީ ހުންގާނުގަ... ހުންގާނުގަ ހުރެފަ މި ދޯނީ ގަ މިއުޅޭ ޝަހީދު ކައިރި މި ބުނީ ގޮސް ބަލާށޭ އިންޖީނު މެކުހަށް ޖަހައިދެން...  ދެން މީނަ ބުނެފި ހަމަ ޖަހަން ވީ ހޭ... ދެން މަ ބުނެފިން އާނ އެކޭ ޖަހާށޭ.... ބުނީމަ މީނަ ހިނގައްޖެ... މި ޝަހީދަކީ ވަރަށް މަސައްކަތް ކުރާ ތަންކޮޅެއް ބީރުގޮތެއް ހުންނަ ސޮރެއް... ވިއްސަކަށް މިނެޓް ފަހުން މި ދޯނީގަ އުޅޭ ބޮންދެއް އައިސް ބުނެފި... ބޭބޭ އޭ.... ޝަހީދު އެބަ ސަކަރާތް ހަދަޔޭ.... އޭރު ގަޑިން ހެނދު 7 ޖަހާނީ... ދެން ބޮންދު އަތަށް ހުންގާނު ދީފަ މަ މަ ދިޔައީ ބަލާލަން ވެގެން... ދިޔައިރު... ކަމަކު ދާކަށް ނެތް... މިއޮއް މީހަކު ހަމަ 'ހަބޭސް' ކުރަނީ.... މަ ފެނުނީމަ ހުއްޓާލާފަ އައިސް ބުނަނީ  ދެން މުސާރަ ބޮޑުވާނެ ދޯ އޭ... މަހުރީ ބުނާނެ އެއްޗެއް ނޭނގިފަ... " ނަން ނުޖެހުމަށް ޝަރުތުކޮށް ދޯނީގެ ކެޕްޓަން ބުންޏެވެ. މިކަމާއި ގުޅިގެން "އެން.ޔޫ.އެން" އިން ދޯނީގަ އުޅޭ ބަނގްލަދޭޝްގެ މީހަކަށްވެސް ގުޅާލީމެވެ. ހޮސެން ލަޤްތީރަކީ މި މަންޒަރު 'ލައިވްކޮށް' ދެކުނު ހަމައެކަނި ފަރާތަށް ވެފައި މީނައަށް ދިވެހިބަސްވެސް ފުދޭ ވަރަކަށް ރަނގަޅަށް އެނގެއެވެ. "މަ ކޮޅުފަސްކޮޅު ހުންނަނީ... ދެން ސައި ކައްކަން ދަނީ... ދާ ގަޑީ ޝަހީދު ވަންނަނީ އިންދީނު ކާރި... ދެން މަ ގޮސް ބަލަނީ... ފުރަތަމަ ދެމީހުން ތިބީ ކިސްކުރަން... ފަހުން ހަޑި ކަންތައް ކުރަނީ.... ދެން މަ ގޮސް ބޭބެ ކައިރީ ބުނަނީ..." ހޮސެން ލަޤްތީރު  ބުންޏެވެ. ރާއްޖޭގައި މިހާރު ކޮންޓްރޯލް ކުރެވިފައިވާ 'ފިރިހެން ބައްޔަކީ' ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެވެ. މި ބަލި އެންމެ ގިނައިން ފެންނަނީ 'ހުސްސަރިބައި ރަނޑު ފިރިހެނުން' ގެ ކިބައިން ކަމަށް ވެސް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. "ކައްޕި ބުނެގެން އަޅުގަނޑު ކުރިކަމެއް އެއީ... ހެނދުނު ގަޑީގަ ނުލާހިކު ކާފަރު ވާނެ... މަ ވެސް ހުރީ ނުލާހިކު 'ހާލުފަންވަރު' އަރާފަ... ކައްޕި ބުނި އެއްޗެއް އަސްލު ސާފު ނުވީމަ ވީ ގޮތެއް މީ... އަޅުގަނޑު ހީކުރީ  މިދޯނީގަ މިއުޅޭ މިންދީލު ބެކުހަށް ޖަހާށޭ ބުނި ކަމަށް.... އަސްލު ގަ ކައްޕި މި ބުނީ އިންޖީނު މެކުހަށް ޖަހާށޭ... މި ދޯނީގަ ނުހުންނާހެ ގިޔަރު ސިސްޓަމެއް ހަރުކޮށްފައެއް... ކޮންމެ ފަހަރަކު ޖެހޭނީ އިންޖީނު ރޫމަށް ދާން... ކީއްތޯ ކުރާނީ.... މިންދީލުވެސް ރުހުމުގަ އަޅުގަނޑު އޭނަގެ ބެކުހަށް ޖެހީ (ބެކުހަށް ޖެހުމަކީ: ފިރިހެނުންގެ ފުރަގަހުގެ ދޮރު ނަހަމަ ގޮތުގައި ބޭނުން ކުރުން)... ޕޮލިހަށް ދިޔަޔަސް ކައްޕި ކުއްވެރިވާނީ... އެނގޭން ވާނެ މަށަކީ ބީރު މީހެއްކަން... އަނެއްކާ ކޮޅުފަސްކޮޅުގަ ހުރީމަ އިންޖީނުގެ އަޑުގަދަ ކަމުންވެސް ބުނި އެއްޗެއް ސާފެއް ނުވި... އަނެއްކާ ކައްޕި އަކީ ނުލާހިކު ރުޅިގަދަ މީހެއް.... ދެފަހަރަކު އަހާއިރަށް އޮލަ އެއްޗެއް ބޯންދީފަ، މަހު މުސާރަ އިން 100 ރުފިޔާ ވެސް އެބަ ކަނޑާ... މީ އަސްލު މައްސަލަ އަކީ... ލާރި ދޯ ބޭނުން ވާނީ... " ޝަހީދު ބުންޏެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީގެ މަހެއްހައި ދުވަސް ކުރިން ޝަހީދު ވަނީ ކައްޕި ފަޅޮލެއް ގެންނާށޭ ބުނުމުން 'ކަޅުއޮށެއްވެސް' ގެނެސްދީފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) އމދ
(މިއީ ކިޔުންތެރިއަކު ފޮނުއްވެވި ލިޔުމެކެވެ... މިލިޔުމުގައި ވާ ނަން ތަކަކީ އަސްލު ނަމެއް ނޫނެވެ.)

Saturday, July 7, 2012

ކަދުރު ޕެކެޓްތަކެއް ޕާޓޭންގެ ބަޔަކު ވަގަށް ގެންގޮސްފި



ސައޫދީ  ސަރުކާރުން ދިވެހިރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާންމަހު ބެހުމަށް ފޮނުވާފައިވާ ކަދުރު ޕެކެޓްތަކެއް ޕާޓޭންގެ ބަޔަކު ވަގަށް ގެންގޮސްފި ކަމަށް  "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިއްޖެއެވެ. މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ވަގަށް ނަގާފައިވަނީ ހެންވޭރު އަވަށު އޮފީހުން ގެ ތަކަށް ބެހުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވާ ކަދުރު ޕެކެޓް ތަކެއް ކަމަށާއި މި ޕެކެޓްތަކުގެ ތެރެއިން 39 ޕެކެޓް މިހާރު ހޯދާފައިވާ ކަމަށް ވެސް ހެންވޭރު އަވަށު އޮފީހުގެ އޮފިޝަލަކު  މައުލޫމާތު ދީފައިވެއެވެ. "ކޮންމެސް ބަޔަކު ޕާޓޭން ތަކެއް ކައިރީ މި ބުނީ މިފަހަރު ސައޫދީން ފޮނުވާފަ ހުރި ކަދުރު ތައް ކެއުމުން 'އޮށަނި ކެއީމަ ވާގޮތް' ވެޔޭ... އިރު ކޮޅަކުސް ހަމަ ހެސް ކިޔާފަ ނައިސް ވެޔޭ... އެހެން ބުނީމަޔޯ މި މީހުން މި ކަދުރު ޕެކެޓްތައް ވަގަށް ނެގީ... ދެ ދުވަހަކު އޭގެ ދެމީހުން 'ދެ ޕާޓޭއިން' އައި ކަދުރު ހޯދަންވެސް... އެކަމަކު ހެންވޭރަށް ނިސްބަތް ނުވާ ބަޔަކަށް ކިހިނެއްތޯ އަޅުގަނޑުމެން ކަދުރު ދޫ ކުރާނީ.... އޭގެ ބައިގަޑިއިރު ފަހުން އައި 50 ރުފިޔާ ހިފައިގެން... އެއް ޕެކެޓް ނަމަވެސް ވިއްކަން ވީނުން ހޯ.... ދެން އަޅުގަނޑު އަހައިފިން ކީއްކުރަން ހޭ ކަދުރު ތި ހޯދަނީ.... ފިހާރަ ތަކުގަ ނެތީ ހޭ... ބުނީމަ އޭގެން އެކަކު ބުނެފި 'ސަކަރާތޭ... ޖީއެސްޓީ އޭ... ފަނިއަޅާފައޭ.... ދެން އަޅުގަނޑު ބުނެފިން ބަހާ ކަދުރެއް ނުވިއްކޭނޭ... ބުނީމަ މީގެ ދެމީހުން ދިޔައީ... ފަހުން އައިސް ބުނީ ކަދުރުގެ ބްރޭންޑް ބަލާލަން ދައްކަ ބަލާށޭ.... ތި ބްރޭންޑްގެ ކަދުރުކޮޅެއް މާލޭން ލިބޭތޯ ބަލާލަންށޭ... ދެން އަޅުގަނޑު މިތާ މަސައްކަތު ކުއްޖެއް ކައިރީ އެ މީހުންނަށް ކަދުރު ހުރި ގުދަން ދައްކަން ބުނެ އެތެރެއަށް ފޮނުވާލީ... ހިޔެއް ނުކުރަން އޮފީސް ފަޅާލައިގެން ކަދުރު ކޮޅު ވަގަށް ގެންދާނޭ އެކޭ.... އަނެއް ދުވަހު އޮފީހަށް އައި އިރު ތަން އޮތީ އެފުއް މިފުށަށް ޖަހާފަ... ކަދުރު ހުރި ގުދަނުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ މުޅި އެތަނުގެ ތެރޭ ހުރި ހުރިހާ އެއްޗެއް ވަނީ ވަގަށް ގެންގޮސްފައި".... ނަންނުޖެހުމަށް ޝަރުތުކޮށް  "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން އޮފިޝަލް ބުނުއްވިއެވެ. އަދި މިކަން ވާނީ އިސްލާމިކް މިނިސްޓްރީ އަށާއި ސިޓީ ކައުންސިލަށްވެސް އަންގާފައި ކަމަށް ވެސް އޭނާ އިތުރަށް ބުނުއްވިއެވެ. މީގެ ކުރިން ޕާޓޭއިންގެ ބަޔަކު ވަނީ 'ރެޑްބުލް' ގައި މަސްތުވާ މާއްދާއެއް ހުރިކަމަށް ބަޔަކު ވާހަކަ ފެތުރުމުން މުޅި 'މާލެ ދޮވެލައި' ރެޑްބުލްގެ ކޭސްތައް ފިހާރަތަކުން ގަނެ ހުސްކޮށްލާފައެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ބޮޑު އާބާދީއެއް ވެރިރަށް މާލޭގައި އޮންނަކަމީ މާލޭގެ އަމާންކަމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) މސޒ
(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެއް... ކިޔުންތެރިން ފޮނުއްވާ ލިޔުންތަކަށް ޝުކުރު ދަންނަވަން)

އޮހާޔޯ (ޖުލައި 7) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ދިންތާ މާ ގިނައިރުތަކެއް ނުވެ އެ ކެފޭގެ ވެރިމީހާ އިއްޔެ މަރުވެއްޖެ އެވެ.
އޮހާޔޯގައި ހުންނަ "އޭންސް ޕްލޭސް" ނަމަކަށް ކިޔާ ކެފޭ އަށް އޮބާމާ ހެނދުނުގެ ސަޔަށް ވަދެވަޑައިގެންނެވީ ރިޔާސީ ކެމްޕޭނާ އެކު ކުރިއަށް ގެންދަވާ ބަސް ދަތުރުތަކުގައި އުޅުއްވަމުންނެވެ. އެ ރެސްޓޯރެންޓުން ދެ ކުކުޅު ބިހާއި ޓޯސްޓެއް އޮބާމާ ފަރިއްކުޅުވި އެވެ. އޮބާމާ އަރިހު ހެނދުނުގެ ނާސްތާގައި ޓަޔަރު އުފައްދާ ފެކްޓަރީއެއްގެ ތިން މަސައްކަތްތެރިން ވެސް ބައިވެރިވި އެވެ.
އޮބާމާ ކެފޭ އަށް ވަޑައިގެންވި އިރު އެ ކެފޭ ހިންގާ އުމުރުން 70 އަހަރުގެ ޖޯސެފީން އޭން ހަރިސް އެ ތަނުގައި ނެތެވެ. ނަމަވެސް ފަހުން އޭނާ ކެފޭ އަށް އައިސް އޮބާއާ ބައްދަލު ކުރައްވައި ނާސްތާ ތައްޔާރުކޮށް ދިނުމުގައި އެހީތެރިވެދީފައިވެ އެވެ.
ނާސްތާ އަށް ފަހު އޮބާމާ އެ ކެފޭ އިން ވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އޭން މާ ބޮޑަށް ވަރުބަލިވެ ހާސްވުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕޓަލަށް ގެންދިޔަތާ ގިނަ އިރުތަކެއް ނުވަނީސް އެ މީހާ ވަނީ ހިތް ހުއްޓިގެން ހޮސްޕިޓަލުގައި މަރުވެފަ އެވެ.
އޮބާމާ އަށް މި ޚަބަރު ލިބިވަޑައިގެންނެވުމާ އެކު އެއާ ފޯސް ވަންގައި އިންނަވައި، އޭންގެ އަންހެން ދަރިފުޅު ވިލްމާ ޕާސަން އަށް ގުޅުއްވައި އާއިލާ އަށް ތައުޒިޔާ ވިދާޅުވި އެވެ.

މަސްބާނާ ދުވަސްކޮޅު ފެލިވަރުގައި ޖިންނި އުޅޭނެ

ފެލިވަރުގައި މަސްބަންދުކުރުމަށް ދަޅު ތައްޔާރު ކުރަމުން ދިޔަ މީހެއްގެ އިނގިލި ދަޅު ހަދާ މެޝިނުން ބުރިކޮށްލައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ފެލިވަރަކީ 1982 ވަނަ އަހަރުން ފެށިގެން ދަޅުގައި މަސްބަންދު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަސްފެކްޓަރީ ވެސް ހުރި ރަށެވެ. މިހާދިސާ އެންމެ ކައިރިން ދުށް ޅ.އަތޮޅު އޮލުވެލިފުށީ ކަނީރުމާގެ ހަސަން އިބްރާހިމް "އެން.ޔޫ.އެން"  އާއި ވަނީ ހިއްސާކޮށްފައެވެ. "ހަސަންބެ ހުރީ ދަޅުހަދާ ތަނުގަ... އެތާ ހުރެފަ މިއޮއް ހިންނަވަރު މޫސާފުޅު (މުސަޅޭ) ބުނެގެން ދެގަނޑު ޓިނު ހިފައިގެން އަޅުގަނޑު ދިޔައީ... މަށާ މުސަޅޭ އާ ތިބީ ވަރަށް އޮލަ ވާހަކައެއްގަ... ވާހަކައަށް ގެއްލިފަ ހުއްޓަ މުސަޅޭ އަށް ދަތްގަނޑު ދޮށަށް އަތް ކޮށްޕާލެވުނީ... އަސްލު އޭނަ މިއުޅުނީ ބަނޑިވެފަ އިން ދަގަނޑުކޮޅެއް ނަގަންވެގެން... އުޅެނިކޮށް އެސޮރުގެެ އަތް މެޝެނުން މި ކާލީ... އަތޭ ނުންތޯ ބުނެވޭނީ... ފަސް އިނގިލި އިނީ އެއްކޮށް ބުރިކޮށްލާފަ.... ދެން އެންމެ ހައިރާންވާ ޖެހޭ ކަމަކީ.... އެސޮރު އަތް ބުރިވެގެން އެތަނުން ލޭ ނާންނާތީ... އެތަނުން އަރަންފެށީ ދުންތަކެއް ދެން މަ ވެސް މި ހުރީ ހަމަ ހައިރާންވެފަ.... ދުންގަނޑު އޮލަވަމުން އޮލަވަމުން އެންމެ ފަހުން މުޅިތަން ހީވަނީ ދުން މުޖުމަރާއެއްހެން... ދެން ވަރުގަދަ އަޑުފަށް ގަނޑެއް އިވިފަ ދުންގަނޑު މަޑުވެއްޖެ... އަހަން ބަލާލީލު މުސަޅޭ އެއް ނެތް ފެންނާކަށް.... އޭރު މެންދުރު ކާންދާ ގަޑި ޖެހެނީ.... ދެން ގޮނު އެޅިތަނުން މަ ނިކުތީ ބޭރަށް..... އެދިޔަ ގޮތަށް ގޮސް ވަނީ އޮފީހަށް..... އޮފީހުގަ އެވާހަކަ ރިޕޯޓް ކުރީމާ ބުނީ މުސަޅޭ މިއަދު ނާދެޔޭ މަސައްކަތުއެއް... ދެން މަ އިތުރަށް ހައިރާންވި... ހުރިހާ ވާހަކައެއް ކިޔައި ދިނީމަ ބުނީ އެ ވާނީ ޖިންނި އަކަށޭ... މަސްބާނާ ދުވަސް ކޮޅު މިރަށުގައި ޖިންނި އުޅޭނޭ.... ދެން އަޅުގަނޑު އެރޭ ރަށަށް އައި އިރު ހުރީ ހުން އައިސް ރަތްވެފަ... ދަންވަރު މަށައް ހޭލެވުނީ މީހަކު ގޮވާއަޑަށް... ދެން ބަލާލިއިރި މުސަޅޭ މި ގޮވަނީ.... ނުދާނަމޭ ބުނީމަ މުސަޅޭ ގޭގަ ފާރު ހޮރަކުން ހުރީ އޭނަގެ 'ކުޑަގޮލާ' ކޮށްޕައިގެން....  މަ ބިރުން އަވަހަށް ކުރުސި ކިޔައިގެން ނިދީ..." އިބްރާހިމްބެ "އެން.ޔޫ.އެން" ފަރާތުން ކޮށްލި ސުވާލަކަށް ޖަވާބުދެއްވަމުން ކިޔައިދިނެވެ. ފެލިވަރުން މީގެ ކުރިން ވެސް އެތައް ބައިވަރު މީހަކު ވަނީ ޖިންނި އަވަލަވައިގެން މޮޔަވެސް ވެފައެވެ. މިގޮތުން އެންމެ ގިނަ މީހުން މޮޔަވެފައިވަނީ ގެރިކޮށި ހުންނަ ސަރައްދު އަތިރިމަތިން ކަމަށް ވެސް ގިނަ ބަޔަކު ދައްކާ ވާހަކަތަކުން ކަށަވަރުވެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ބޑޕ

ބެލުން ތިރި ކުރުމުގެ ސަބަބުން މުއްސަނދިވީ މީހެއް

ބެލުން ތިރިކުރުމުގެ ސަބަބުން ޅ.ނައިފަރު ދޯންޏެއްގެ ކެޔޮޅަކު މުއްސަނދިވެއްޖެއެވެ. މީނާ މުއްސަނދިވީ މާލޭގައި މިހާރު ކުރިއަށް ދާ އުނގުޅޭ ބާޒާރުން މީނާ ހޮވި ވޮލެޓެއްގައި ހުރި ލާރި ތަކަކުން ކަމަށް  މައުލޫމާތު ލިބިފައިވެއެވެ. "އަހަރެންވެސް މާލެ އޭސް މިއުޅެނީ ހަމަ އުނގުޅޭންވެގެން... މިހާރު ދެރެޔަކު ގޮސްފިން އުނގުޅޭ ބާޒާރަށް... އެއްޗެހި އަގުބޮޑުކަމުންނާ މީހުން މާގިނަކަމުން އެތާކު ނެތް މީހަކަށް ގުޑޭލެވޭންވެސް.... މަ ދެން މިހަދާ ގޮތަކީ ރީތި އަންހެން ކުދިން ގޭގޭ ހޭކެމުން އެކޮޅަށް ސޫރި މިކޮޅަށް ސޫރި ކަނޑަނީ... އެހެން ދުވެ ދުވެ ހުއްޓޭ މަށަށް ފެނެއްޖެ މީހަކު ދެފޭ ދޭތެރޭން އެއްޗެއް ވިދާތީ... މަ ދުވޭފޭ ގޮސް ނެގީރު ކަލޯ ބުނާކަށް.... ވޮލެޓެއް.... އެޔަކުނެތް މީހެއްގެ އައި.ޑީ.ކާޑެއް ވެސް.... ނުވިތާކަށް އޭތި ފުރޭންދެން ހުރީ ހުސް ފަސް ސަތޭކޭގެ ނޫޓު... މަ ތަންކޮޅެއް ދުރަށް ގޮސް އޭތި ގުނީރު އޭގޭ އިބައިން ފަނަރަހާސް ރުފިޔާ... ދެން މަ އޭތިން މުޅި ތަނުގޭ ދުވެގެން ލައްކަ ސާމާނު ގަނެފޭ މިހާރު އޮންނާނީ ހުދުހުދަށް އަރުވޭފޭ.... އަބަދުވެސް އަހަރެން އަޑުއަހާ ދަރުހެއްގޭ އެބަބުނޭ މިހެން 'ކަލޭ ބެލުން ތިރި ކުރާށޭ....' މަށަށް އަދި ކިރިޔާ މި ވިސްނުނީ އެބުނަނީ ކިހޭ ބޮޑު ތެދެއްކަން... ވިސްނޭލެ ބަލޭ މިއޮއް ވަރަށް މަ މަހަށް ދާއިރު ވެސް މަށަކަށް ނުލިބޭ މިހޭ ބޭވަރު ލާރިއެއް.... ދެން ކަލޭވެސް ހިނގާ އިރު ބަލާތި މަގު މައްޗަށް... " ވަރަށް އުފަލާއެކު  އޭނާ "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. މީގެ ކުރިން ނައިފަރު ދޯންޏެއްގެ ބަޔަކު ވަނީ މާވަހަރެއްވެސް ހޮވާފައެވެ. ނައިފަރު ދޯނިފަހަރަކީ ރާއްޖޭގައި އެންމެ ގިނައިން ކަންނެލި ބާނާ ދޯނިތައް ކަމުގައިވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

Friday, July 6, 2012

ނައިފަރާއި މަޑިވަރު ގުޅުވާލުމުގެ ގޮތުން ބްރިޖެއް އެޅުން

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނައިފަރާއި މަޑިވަރު ގުޅުވާލުމުގެ ގޮތުން ކޯޒްވޭ ބްރިޖެއް އެޅުމުގެ އަމަލީ މަސައްކަތް މިއަރުގެ ނޮވެމްބަރު މަހުތެރޭ ފެށޭވަރުވާނެ ކަމުގައި ނައިފަރު ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަބްދުލް ވައްހާބު އަބްދުއްރަހުމާން "އެން.ޔޫ.އެން"  މައުލޫމާތު ދެއްވައިފިއެވެ. އާއިލީ ޒިންމާގެ ދަތުރުފުޅެއްގައި މިވަގުތު މާލެ ވަޑައިގެން އުޅުއްވަނީ ބަފައިކަލޭގެ ބަލިވެގެން ކަމަށާއި އަދި އެމް.ޔޫ.އޯ އެއްގައި ސޮއިކުރަންވެސް އެބަ ޖެހޭ ކަމަށް ވައްހާބު ވިދާޅުވިއެވެ. "އައަޅުގަނޑު މި ވަގުތު މިއުޅެނީ އައި.ޖީ.އެމް.އެޗް ގައި ވަރަށް ވަގުތުކޮޅުވެސް ކުޑަ... ޖަޕާނުން އެބަ ބުނޭ ބުރިޖެއް އަޅައިދެވިދާނޭ.... ނައިފަރާ މަޑިވަރާ ދޭތެރޭ.... އަދި މަޑިވަރުގަ ކުޑަވަރެއްގެ އެއަރޕޯޓެއްވެސް އެޅިދާނޭ... މިތާނގަ މަޑިވަރު މިކިޔަނީ ނައިފަރު ކައިރީ އޮންނަ ރަށަށް... އެއްވެސް ޙާލެއްގައި މި ބުނަނީ މިއަތޮޅު އޮޅުވެލިފުށި ވާހަކައެއްނޫން... އެހެން މިބުނަން ޖެހުނީ  އޮޅުވެލިފުށި މީހުންނަކީ ވަރަށް ފާޑެއްގެ ބަޔެއް.... މަޑިޔޭ ބުންޏަސް އެމީހުންނަށް ހީވާނެ އެބުނީ އެރަށު ވާހަކައޭ... މިހެން ބުންޏަސް ބުނާނެ އެމީހުންނާއި ބެހުނިއްޔޭ... މި ޖަޕާނު މީހުން އެމީހުންގެ ސާވޭގައި ބަލާފައި ވަނީ ހިންނަވަރަށް ކެހިލިބޭގޮތަށް... އެއީ އަސްލު ވަރަށް ބޮޑު މައްސަލައެއް... ނައިފަރާ މަޑިވަރާ ގުޅާލުން އެއީ ނައިފަރުގެ ތޮއްޖެހުމަށް ވެސް ލުޔެއް ލިބޭނެ ކަމެއް... އައައަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެމީހުން ސާވޭ ކުރާތާ.... އެންމެ ފުރަމަތަ އެމީހުން ސާވޭ ކުރީ ހިންނަވަރު... ހިންނަވަރުގެ ސަތަހައިގަ ނެތޯ އެއްވެސް އުރައްޕުކަމެއް.... ދެން ފެލިވަރު.... ފެލިވަރު ގެ ފަރު ވަރަށް ތިލަކޮށް ބަލިކޮށޯ އޮތީ... ނައިފަރު އޭ ހަމަ ރަނގަޅީ އެ ގޮތަށް ގުޅުވާލަން.... އެހެންވީމާ ޖެހޭނީ ރަނގަޅު ސާވޭއެއް އަލުން ކުރަން.. ބުރިޖު އެޅުމުގެ އެމް.ޔޫ.އޯ އެއްގައި ސޮއި ކުރަންވެސް ނުދެވިގެން މިއުޅެނީ... ގަލަމެއް ވެސް އަދި ޖެހޭނީ ގަންނަން.... އުނގުޅޭ ބާޒާރުން ގަލަމެއް ގަނެގެން ދެވޭނީވެސް... ތެޅިގަނެގެން އަންނަން ޖެހުމުން ގަލަމާ މަ ގެންގުޅޭ އައިނުވެސް ރަށުގަ ބައިންދާފަ އާދެވުނީ.... " ވައްހާބު ވިދާޅުވިއެެވެ. ނައިފަރާ މަޑިވަރާދެމެދު ބުރިޖެއް އެޅުމުން ނައިފަރުގެ މަގުތަކުގައި ޓްރެފިކް ލައިޓްވެސް ހަރުކުރާނެ ކަމަށާއި އަދި މިހާރު ކުރަމުން ގެންދަނީ 'ކުދި ކުދި ހިމަ ގޯޅިތައް' ބޮޑެތި މަގުތަކަކަށް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ވައްހާބުގެ ވާހަކައިގައި އިތުރަށް ވިދާޅުވިއެވެ. ނައިފަރަކީ ޅ.އަތޮޅުވެރިކަން ކުރާ ރަށަށް ވެފައި ޅ.އަތޮޅުގައި އޮތް އެންމެ ތަރައްޤީ ރަށްވެސް މެއެވެ. މިހެންވުމުގެ ސަބަބުން ނައިފަރުގެ ރައްޔިތުން ތިބެނީ އެ އަތޮޅުގެ އެހެންރަށްރަށުގެ މީހުންނާއި ޒާތީ ގޮތުން ވެސް 'ޖައްސާލާފާ' ކަމަށް އެ އަތޮޅުގެ އެހެން ރަށް ރަށުގެ މީހުން ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑނ

Monday, July 2, 2012

ރިޕޯޓް:::: ބަރަކޫޑާ (ފަރުތޮޅި) އެއް ދިން ހަދިޔާ

ދިވެހިރާއްޖެއަކީ %75 ކަނޑުގެ ސަރަހައްދު ބޮޑުބައެއް އޮންނަ ޤައުމެކެވެ. ރާއްޖޭގައި ހިކިފަސްތަނަށްވުރެ ބޮޑީ ކަނޑުކަމަށްވެފައި ދިވެހިންގެ ލޭނާރުކަމަށް ވާ މަސްވެރިކަމަކީވެސް ކަނޑުގައި ގިނަވަގުތު ހޭދަކޮށްގެން ކުރެވޭކަމެކެވެ. މަސްވެރިކަމުގެ ތަފާތު ވައްތަރުތައް ހުންނައިރު މީގެ ތެރެއިން އެންމެ ނުރައްކާތެރި މަސްވެރިކަމަކީ ފަރުމަހުގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމެވެ. މަސްވެރިކަމާއި ބެހޭގޮތުން އޭރުގެ މަސްވެރިއަކާއި އަދި މިހާރުގެ ' މޮޑަރން' މަސްވެރިއަކާއި "އެން.ޔޫ.އެން" ގެ ފަރާތުން ވާހަކަ ދައްކާލީމެވެ. "އަޅުގަނޑަކީ ނައިފަރު މީހެއް... އަޅުގަނޑުމެން މަހައްދިޔޭމު ރިޔަލު ދޯނީގޭވެސް... ރިޔަލުގޭ މަހަށް ފުރުމަކީ ވޭން ހުރި ކަމެއް... އަނެއްކާ ވޭ ނުޖެހެންޏާ ދެން އެ ދިޔޭ ދުވަސް....  އަނބުރޭ ހޭރިޔާ ކުރަމުން އުޅޭން ޖެހޭ ހާލު... މިހާރު ހާދަ ފަސޭހަ އޭ... އަހަރެމެންގެ ޅަދުވަސް ނަމަ މިހާރު.... ކުރިޔަށް އޮތްތާ މަސްވެރިކަން ކުރާނީ ކޯންޗަކުން ކަމެއްވެސް ބުނާކަށް ނޭނގޭ..." މުހައްމަދު އީސާ ކިޔައިދިނެވެ. ރިޔަލު ދޯނީގައި މަސްވެރިކަން ކުރިއިރު އެންމެ ބިރުވެރި ދުވަހަކަށް ދިމާވީ ކޮން ކަމެއްތޯ ސުވާލުކޮށްލުމުން މުހައްމަދު ބުނީ "ފަރުތޮޅި އެއް އޭސް މަ ގައިން ތަންގަނޑެއް ނެގި ދުވަސް" ކަމުގައެވެ. "އާ... ޗަހެން ބުނީމާ އެބަ ޖެހޭ ޗަވާހަކަ ޗަކޮޔަށް ކިޔޭދޭން... މަ ކިޔާ ގޮތަށް ލިޔާން ހިޔޮ... ރަށުބަހުން ހަމަ ލިޔާން ވާނީ... ޗަކޮއި ފޯނަށްތަ ޗަ ރެކޯރޑްކުރަނީ... އާނ ދެން އަޑު އަހޭ... އަހަރެމެން ތިބީ މިތާ މިޔޮއް ކަނިފުށީ ކޮޅުގޭ.... ފިސާރި މަސްބޭނާ ތަނެއްއޭ... މަސް ވަރަށް ދަހި އަނެއްކާ.... އެއްލީ ގަތީ.... ގަތީ އެއްލީ... އަހަރެމެން ތިބީ ނަގިލިވެސް ލޭގެން.... ހަމަ ފަރުމަސް ބާނަން ތިބީ.... ދެން މަ ކޭރީ ބޮޑު މުޑަހަންޖެއް ގަނެގެން މަ ނުވިސްނޭ އިންދޭ އެޅާ ދިޔޭ މަ ގޮވޭގެން.... މަ ވެއްޓުނީ މޫދަށް... އޭރު ދޯނީ އެހެން ކުއްޖެއް ކޭރީ ރަތްމަހެއް ގަނެގެން އެ ސޮރު އޭތި ދަމަނީ.... އިރުކޮޅަކުން މަށަށް ހީވި މަ ފޫކޮޅާދިމާއިން އެއްޗެއް ހޭކެފޭ ދިޔަހެން....... ބޮލަށް އެންބުރުން އަރާހެން ހީވާތީ ނަނުންވެސް ދޫކޮށްލޭފިން.... ދޯންޏާ 15 ވަރަކަށް ފޫޓްގޭ މަ އޮތީ.... ދެން ވީ އެއް ނުވީއެއް ނޭންގުން.... ހޭވެރިކަމެއް ވީއިރު މައޮތީ ރަށުގޭ ދޮންކަލޭފާނުއް ގޯތީގޭ.... އަސްލު ކާފަރުތޮޅި މި ހެދިވަޑާމަކީ އޭތި މިއޭ ރަތްމަހާ ދިމާއަށް އޭސް މަ ބިސްގަނޑު ހިފޭގެން އެމަޔާއިނު މިދިޔޭ.... އެޅާ އަންނާނީ ދަމޭފޭ ދޫކޮށްލާ ރަބަރެއްހެން ފިސާރި ބާރަށް.... މަ މީ ދުނިޔޭގޭ ހުއްޓަސް ނެތް މީހެއް... އެފަހުން މަށެއް ކޮޅެއް ނުވޭ... އަނެއްކާ މީހަކާ އިނދެގެން މި އުޅެނީވެސް.... ދަރިއަކުވެސް ނުލިބޭނުން ނުވެރެންޏަކާ ދޯ...." މުހައްމަދު އީސާ މުންޑުކޮށިކޮށް ބިސްގަނޑު ދައްކާލަމުން ވަރަށް އަސަރާއެކު ކިޔައިދިނެވެ. ފަރުތޮޅިއަކީ އާންމުކޮށް ޝިކާރަކޮށް އުޅޭ މަހެއް ކަމުން، އޭތީގެ ސްޕީޑް ވަރަށް ހަލުވި މަހެކެވެ. ތޫނު ދަތްތަކެއްވެސް ހުންނަ މި މަހުގެ އާންމު ކާނާއަކީ ރިތްމަހާއި ރެއްސާއި މުށިމަހެވެ. މުށިމަހާއި ރެހީގެ އިތުރުން ދަޅައެއް ހުންނަ ކޮންމެ އެއްޗެއްގައި މި މަސް ޝިކާރަކުރުމުގެ ގޮތުން ހިފާކަމަށްވެއެވެ. "މަވެސް ބުނާނީ ޗަބުނާ ކާފަރުތޮޅިއޭ ވަރަށް ނުލަފާ އުއްލޫއެއް... އެޅާ ހިފާނެ ޖެހުނު ކޮންމެ ތާކު... އަހަރެން ބޭނުމެއް ނުވޭ ނޫހުގޭ ޖަހާކަށް ބޮޑު ވާހަކައެއް ކިޔޭދޭކަށެއް.... އަހަރެމެން އެންދަމާން ތިއްބޭ ދޯނި ކުއްޖަކު ފިންސުވެސް އެޅާދިޔޭ ދެފަޅިއަރުވޭލޭފޭ..." ނަންނުޖެހުމަށް ޝަރުތުކޮށް "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން މީހަކު ބުންޏެވެ. މޫދުގައި މާސްކު އަޅައިގެން ދުވާލު ގަޑީގައި ފިނާ މީހުން ބަރަކޫޑާ ނުވަތަ ފަރުތޮޅިއެއް ފެނިއްޖެ ނަމަ މާސްކް އަޅައިގެން އެއާއި ދިމާއަށް ނުބެލުމަކީ ފަރުތޮޅީގެ ސަބަބުން ލިބިދާނޭ ގެއްލުމަކުން ސަލާމަތް ވުމަށް ކުރެވިދާނޭ ވަރަށް މުހިންމު އަދި ރައްކާތެރިކަން ބޮޑު ކަމެކެވެ. (ނައިފަރު އަޕްޑޭޓް ނިއުސްޓީމް) ޗޗތ

Sunday, July 1, 2012

ނައިފަރު ދޯންޏަކުން ހޮވި މާވަހަރު ވަގަށް ނަގަން އުޅެފި

މި ދިޔަ މެއި މަހު ޅ.ނައިފަރު ދޯންޏަކުން ހޮވި މާވަހަރު އެންމެ ފަހުން ދޯނީގެ ކެޔޮޅަށާއި ފަޅުވެރިންނަށް ނުދީ ހަމައެކަނި އޮޑިވެރިޔާއަށް އެކަނި ލިބޭގޮތަށް ހުކުމް ކުރުމަށް ސިވިލް ކޯޓްގެ ގާޒީއަކަށް ރިޝްވަތުދޭން އުޅޭކަމުގެ މައުލޫމާތު  "އެން.ޔޫ.އެން" އަށް މައުލޫމާތު  ލިބިއްޖެއެވެ. މި މާވަހަރަކީ 20 ކިލޯއަށްވުރެ ބަރު މާވަހަރެއް ކަމަށާއި އަދި މާވަހަރުގެ އެންމެ މޮޅު ވައްތަރު ކަމަށްވާ ހުދަންބަރެއްކަމަށާއި މީގެ އަގު ގާތް ގަނޑަކަށް 8 މިލިއަން ރުފިޔާއަށް އަރާނޭކަމަށްވެސް  ދޯނީގެ ފަޅުވެރިއެއް އަދި ދޯނީގެ ކެޔޮޅުގެ ކޮއްކޮ  އިބްރާހިމް ބުންޏެވެ. "އޭނާ (ދޯނީގެ އޮޑިވެރިޔާ) ބޭނުންހޭ އެއްޗެއް ނެހެދޭނެ... ވިސްނޭލެބަލޭ އޭނާގެ ހަޔާތްކުޑަކަން... އޭ އަހަރމެންނަށް ފެނުން އެއްޗެއް... އޭނާގެ ދޯނި މިހާރުވެސް އެއްދުއްވަނީ ބަޔަކު.... ދޯންޏަކު ނީންނަނޭ ލޮލެއް، މާވަހަރު ފެންނާކަށް... އެބަ މާވަހަރު ހޮވޭތަ.... ދޯންޏަކަށް ފެނުން އެއްޗެއް ނޫނޭ އެއީ.... އޭނާ ކޭރީ ނުލާހިކު ރީތިކޮށް އަހަރެމެން ބުނީމު ހިނގާށޭ މަސްބޭ ބަހާގޮތަށް ބަހާން... އެކަމަކު އޭނާ އެކަމާ އެއްބަހެއް ނުވި.... ދެން އޭނާ އުޅެފި ބަޔަކުން ލައްވޭ އޭތި ވަގަށް ނަގުވާންވެސް... ފިނޭންސް މިނިސްޓްރީއަށް އޭތި ގެންދުވޭ ބަހައްޓޭފޭ އެމީހުންނަށް ޗިޕެއް ޖަހޭގެން އެ މާވަހަރު ފޮރުވާން.... އަހަރެމެން އޭނާޔަށްވުރެ އިސްކޮޅުން ކުޑަޔަކަސް އަހަރެމެން މާ ބޯބޮޑުވާނެ.... މިހާރު އޭނާ އެ އުޅެނީ މާވަހަރު އޭނާއަށް އެކަނި ލިބޭގޮތަށް ގާޒީ ލައްވޭ ހުކުން ކުރުވާން... އޭނާ ގާޒީ އަށް ރިޝްވަތުވެސް ނޭނގެ ނުދޭކަމެއް..." އިބްރާހިމް "އެން.ޔޫ.އެން" އަށް މައުލޫމާތުދެމުން ބުންޏެވެ. މާވަހަރު ހޮވިފަހުން ދޯނީގެ އެއްވެސް ފަޅުވެރިޔަކު މަހަކަށް ނުދެއެވެ. އަދި ދޯނީގެ ކެޔޮޅުވެސް ވަނީ  ފާޑަކަށް "މާލޭ ބަންދު" ވެފައެވެ. (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ކޑނ

ނައިފަރަށް ނަގޫރޯޅިއެއް އަރައިފި

މިއަދު ހެނދުގެ ވަގުތެއްގައި ނައިފަރަށް ނަގޫރޯޅިއެއް އަރައި ރަށުގެ އެކި ސަރަހައްދުތަކަށް ބޮޑު ގެއްލުމެއް ދީފި ކަމަށް ނައިފަރު ކައުންސިލުން މައުލޫމާތު ދީފިއެވެ. މި ނަގޫރޯޅި އެރީ ނައިފަރު ހުޅަގުފަރާތުން ކަމަށާއި އެހިސާބުގެ ގިނަގެތަކަކަށް ވަނީ މި ކަމުގެ ސަބަބުން ބޮޑެތިގެއްލުމެއް ލިބިފައެވެ. "ނަގޫރޯޅިއެއް މިއަދު އެރި... އެއީ ހެނދުނު 7:45 ހާއިރު.... ވަރަށް ވައިގަދަ އެހެންވެ ގިނަ ބަޔަކު ހީކުރީ އެއީ ވައި ގަދަވެގެން ވީ ކަމެއް ކަމަށް... ވަތަނިއްޔާގެ ފަރާތުން ނައިފަރުގައި ޖަހާފަހުރި އެންޓަނާވެސް ވަނީ ބިމާ ހަމަވެފައި... ނައިފަރުގެ ހުޅަނގު އުތުރު ގެއެއްވެސް ވަނީ ވީ ނުވީތަނެއްވެސް ނޭނގި ގެއްލިފައި.... " ރަށުކައުންސިލްގެ ރައީސް އަހުމަދު ހުސައިން   "އެން.ޔޫ.އެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މިކަމުގެ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ނައިފަރު ގެ މީހަކާއި ގުޅާލުމުން ބުނީ " ޗަހެނެއް ނުކިޔޭނެ... ނަގޫރޯޅި ވެސް ނާރާވަރެއް ނޫން އެކުރަނީ އެއް... ރޯޅިއެއް އެރީ އަރާންކަމަކަށްނޫން... ވަތަނިއްޔާ އެންޓަނާވެސް ހީވަނީ މީހަކު ފައްޖަހޭފޭ އެއްލޭލޭފޭ އޮތް ބާ ރަޖާ ގަނޑެއްހެން.... އަނެއްކާ މިރަށު ފޮނުގަނޑުގެ ބަންޑާރަ ގޯއްޗާ އެގޯތީގައިވާ އެންމެހާ އިމާރާތްތަކާ، ވަޅުފަދަ ތަންތަނާ ފޮނުގަނޑުގެ ފިރިހެން ކުއްޖެއް ކަމުގޭވާ އައްޔާ، އަލީ ލާން ގެންގުޅޭ ކައްގަނޑު ފަޅޭގެން ގޮސްފޭ އިން 4 ބޮކުސާއާ، އެސޮރު ނިދާ ބާލީސްވެސް ވަނީ ގެއްލެފޭ... ފަހުން ޕޮލިހުން ހޯދީރު މި ހުރިހޭ އެއްޗެއް ވަނީ ރޯޅިއާއެކު ރަށު އޮފީސްދޮށަށް ގެންގޮސްފޭ... ދެން ވިސްނޭލެ ރޯޅީގެ ބާރުމިން... ސަހާދެއް މިބުނީ މަވެސް އިނީ ފަހާނޭގޭ... އިންދޭ ގެވެސް ހެލެ ގަނެފޭ ބިމުން ކެޓެގެން ގޮސް މަ ބުރީ ތޮނގިވެސް ނައްޓޭލި... ފޮނުގަނޑުއްގޯތި ރޯޅި ގެންގޮސް ޖެހީ އަތޮޅުއޮފީސް ބުޑަށް... ދެން ކިހިނެއް ވާނީ... އަނެއްކާ މުޅި ރަށުތެރޭގޭ އޮތީ މީހުންގެ އަންނައުނާ، ގޮނޑުން ވަޔަށް އަރޭގެން އޭ ބޮޑެތި ގޮނގުރެޓްބެރިތަކާ ޑަބިޔަލާ ގެރިކިރު ހުސްކުރިދަޅުތައް... މިހެންވެސް ބުނެފިއްޔާ ބުނާ މީހަކު ނުލަފާ ވާނީ.... ގޮޑަށް ކުނި އަޅާ މަޔާއިނުންގެ ފަރުވާކުޑަކަމުން ރޯޅިއެއް އެރިޔަސް އަހަރެމެންނަށް މި ބަލާޔާ ޖެހެނީ... ވިސްނޭލެބަލޭ އަހަރެމެންގޯތި ގިފިލިތެރެ ފުރޭންދެން އޮތީ މިރަށު އަންހެން ވެރިން ޖަހޭފޭ އުކޭލި ޕެޑުތަކާ ކުޑަކުދިންގެ ގުއި ނެޕީތައް... އަހަރެން މިހާރު އެމް.އެން.ޑީ.އެފުގޭ ވެސް އެހީއަކަށް އެދެފިން... 30 ހަކަށް ސިފައިން ފޮނުވާށޭ މި ގޯތި ގިފިލި ސާފުކުރާން ވަރަށް އަވަހަށް...." ބޭނުންކަމަށެވެ. ނައިފަރަށް މިދިޔަ މާޗުމަހުވެސް ވަނީ ނަގޫރޯޅި އެއް އަރައި ބޮޑުގެންލުންތަކެއް ދީފައެވެ. އެފަހަރު ނައިފަރުގެ 3 ގެޔެއް ވެއްޓުމުގެ އިތުރުން ނައިފަރުން ފުރައިގެން ވަދު އަޅަން ދިޔަ ދޯންޏެއްވެސް ވަނީ ވީނުވީތަނެއް ނޭނގި ގެއްލިފައެވެ.(ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ޗޗތ

އޮރިޔާމުން ހުރި ފުރޭތައެއް ކުރަހާފަ ދީފި

އޮޅުވެލިފުށީ ސުކޫލުގެ ދަރިވަރަކު ކައިރީ އޭނާގެ މުދައްރިސް ފުރުޓެއް "މޭވާއެއް" ކުރަހައިގެން ގެންނަން އެންގުމުން ފުރޭތައެއް ކުރަހައި ކުލަ ޖައްސައިގެން ގެނެސްފިކަމަށް ސުކޫލުގެ ލީޑިން ޓީޗަރަކު  "އެން.ޔޫ.އެން" އަށް  މައުލޫމާތު ދީފިއެވެ. މިކަމެއް ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުކަމަށާއި މިކަމާއި ގުޅިގެން ކުއްޖާ ވަނީ "އަންގާލަންދެން ގޭގައި މަޑުކޮށްލުމަށް" ގެއަށް ފޮނުވާލާފައެވެ. ގްރޭޑް 2 ގައި ކިޔަވާ މިކުއްޖާގެ ބެލެނިވެރިޔަކީ ކުރީފަހަރެއްގައި ސުކޫލުގެ މުދައްރިސެއް ފެންވަރަން އޮއްވާ ގިފިލި ބެލި މީހެއް ކަމަށްވެސް   "އެން.ޔޫ.އެން" އަށް މައުލޫމާތު ލިބިފައިވެއެވެ. "އެއްވެސް ޙާލެއްގައި ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދޭން އުޅޭ ބައެއް ނޫން މި ރަށުމީހުންނަކީ އެއް... އަޅުގަނޑެއް ނުބުނަން ރޯ އޮރިޔާމުން ހުރި ފުރޭތައެއް ކުރަހައިގެން ކުލަ ޖައްސައިގެން ގެންނާކަށް... އަޅުގަނޑުބުނީ މާދަމާ އަންނައިރު ބްރެސަލް ބޯޑަކު ބޮޑުކޮށް މޭވާއެއް 'ފުރުޓެއް' ކުރަހައިގެން ގެންނަން.... އަނެއްކާ މި ކުއްޖާ އަކީ ކިޔެވުމާވެސް އެހާ ދުރުކުއްޖެއް..... ހޯމްވޯރކް ވެސް ނުނިންމާ އަންނަނީ.....މިކަމާއި ގުޅިގެން ކުއްޖާ ވާނީ އަންގާލަންދެން މަޑުކުރުމަށް ގެއަށްވެސް ފޮނުވާލާފައި.... މީ ދެން ފުކެއް ބޮޑުވަރު ކަންނޭނގެ.... ދަރިން ހަދަން އެނގޭ.... ނަސީބެއްނުން ޖޯޑުވަން އެނގޭކަންވެސް ދެއްތޯ..."  ސުކޫލުގެ ލީޑިން ޓީޗަރު "އެން.ޔޫ.އެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. އޮޅުވެލިފުށީ ސުކޫލަކީ 308 ދަރިވަރުން ކިޔަވަމުންދާ ވަރަށް ފެންވަރު ރަނގަޅު ސުކޫލެކެވެ. މިހާރު މިރަށުގައި ވަނީ މި ސުކޫލުގެ އާ އިމާރާތެއް އެޅުމަށްޓަކައި ކުރީގެ ގަބުރުސްތާނު އޮތްތަންވެސް ގަބުރު ނަގައި ބިން ސާފުކޮށްފައެވެ. މިކަމާއި ގުޅިގެން ދަރިވަރުގެ ބެލެނިވެރިޔާއަށް ގުޅާލުމުން ބުނީ "އަހަރެމެން މީ ކިޔަވައިގެން ތިބި ބަޔެއް ނޫން... ފުރުޓާ ފުރޭތަޔާ ކިޔާ ގޮތް ކިހާ އެއްވައްތަރު.... މަ އެސޮރު ނުނިދަން އުޅޭ އިރުން 'ފުރޭތަ' އުޅޭ ބިރުވެރި ވާހަކަ ވެސް ކިޔައި ދެން.... މަ ހީކުރީ މުދައްރިސް  އެބުނުއްވީ ފުރޭތައެއް ކުރަހާށޭ ކަމަށް... ފުރޭތަ އަކީ ކާފަރު ޖިންނި އެއް.... ކާފަރު ޖިންނި ތިބޭނީ ރޯ އަމަށުން... އެހެންވެ އޮރިޔާމުން ހުރި ފުރޭތައެއް ކުރަހާފަ ދިނީ.... މި ނުވާނެ ދޯ ބަރަހަނާ މަންޒަރު ކުޑަ ކުދިންނަށް ދެއްކީ ކަމަކަށް.... އަހަރެމެންނަށް އެނގޭނީ މަޑި ހިފަން.... ދެން އަނބިމީހާއާއެކު 'ޒިނޭ' ކުރަން.... ދަރިންނަށް ކިޔަވައިދިނަސް ވަޒީފާއެއްވެސް ލިބޭނީ އަކީ ނޫން...." ކަމަށެވެ. މިކަމާއި ގުޅިގެން މި ދަރިވަރުގެ ބައްޕަ ވަނީ ޕޮލިހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރުމަށްފަހު ގޭބަންދަށް ދޫކޮށްލާފައެވެ.  (ނައިފަރު އަޕްޑޭޓް ނިއުސް ޓީމް) ގޏޤ

(މިއީ ކިޔުންތެރިއެއް ފޮނުއްވެވި ލިޔުމެކެވެ. ތިޔަބޭފުޅުންގެ ލިޔުންފުޅުތަށް އީމެއިލް ކުރެއްވުމުން އެއްވެސް އުނި އިތުރެއް ނެތި މި ބްލޮގުގައި ޝާއިޢު ކޮށްދޭނަމެވެ. އަޅުގަނޑުމެންގެ އީމެއިލް އަކީ  naifarunews@gmail.com  އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބޭފުޅުން ވިދާޅުވާ ބްލޮގް ކަމަށް ވީތީ މި ބްލޮގް ވިދާޅުވެލައްޥާ ހުުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.)